ފަރުވާ އަށް ގެންދިއުމުން ފިލި ގައިދީ: އޭނާ މިހާރު ވަނީ ހައްޔަރުކޮށް، ކަރެކްޝަންސްއާ ހަވާލުކޮށްފައި.
23 ޖެނުއަރީ 2020 - 14:51
މާލޭ ޖަލުން ފަރުވާ އަށް އައިޖީއެމްއެޗަށް ގެންދިއުމުން މިއަދު ފިލި ގައިދީ ހުޅުމާލެ އިން އަތުލައިގެންފި އެވެ.
މަސްތުވާތަކެތީގެ މައްސަލައެއްގައި ހުކުމް ތަންފީޒުކުރަމުން އަންނަ ގދ. ރަތަފަންދޫ، އައިސަރު ނަސީމް، 24، ފިލީ ޓެސްޓުތަކެއް ހަދަން އައިޖީއެމްއެޗުގެ ޓީބީ ކްލިނިކް ތެރޭގައި ހުރެފަ އެވެ. މާސްކް ވެސް އަޅާފައި ހުއްޓައި އޭނާ ފިލީ، އެނގިފައިވާ ގޮތުގައި، ހޮސްޕިޓަލުން ބޭރަށް ނުކުތުމަށް ފަހު ކާރަކަށް އަރައިގެންނެވެ.
ފުލުހުންގެ އެހީތެރިކަމާ އެކު އޭނާ ހައްޔަރުކޮށް، މިހާރު ހުރީ ކަރެކްޝަނަލް ސާވިސްގެ ބެލުމުގެ ދަށުގަ އެވެ.
ކަރެކްޝަނަލް ސާވިސް އިން ބުނެފައިވާ ގޮތުގައި ގައިދީ ފިލީ، ފަރުވާގެ ބޭނުމަށް ބިޑި ނައްޓާލައި، ސާމްޕަލް ނަގާ ކޮޓަރި އަށް ވެއްދި ވަގުތު ކުޑަދޮރަކުންނެވެ. ގައިދީން ޑޮކްޓަރަށް ދައްކަން ގެންދަނީ ކަރެކްޝަނަލް ސާވިސްގެ އޮފިސަރުންނާ އެކުގަ އެވެ.
އޮފިސަރުންނަށް ހަަމަލާ ދިނުމަށް ފަހު ވެސް ބައެއް ފަހަރު ގައިދީން ފިލާފައިވެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޙިނި
23 January 2020
މަސްތުވާ ތަކެތީގެ މައްސަލަ އެކޭ ބުނުމަކުން މިހާރާރަކު ފަރެއްނުޖެއްސޭނެ، ކޮބާތަފުސީލު، ޒުވާނުންތައް ހިފާހައްރަރުކޮއް ޖަލުގަ، ރާއްޖެއައް ފިރިހެނުން އިންޕޯޓު ކުރަނީ ބަންގުލަދޭޝްއިން
ނެޑް
23 January 2020
ހުޅުމާލެ އަކީ ފިލަން ދާން ބޭނުންކުރާ ތަނަކަށް ވެއްޖެ.
ޙައްވަ
23 January 2020
ހުޅުމާލެއަކީ މީހުންފިލާތަނަކަށް ވެއްޖެ
ޢާއިލާ
23 January 2020
ބޮޑުވަޒީރު ރުޅިދުރުވާނެ. އަނިޔާކުރީމަ.
ދިމާކުރާތީ
23 January 2020
ރަން ރީންދޫ މީހުން މިގައުމަށް ގެނައި ޑިމޮކްރަސީ ގައި މަނާ ވާނެ ބިޑި އެޅުވުމާއި ކުއްވެރިންނަށް ދެރަގޮތެއް ހެދުން. މަށަށް މާ ރަގަޅު މައުމޫނު ވެސް ކުއްވެރިންނަށް ހައްޔަރުކޮށް ސައިޒު ގައި ބައިތިއްބާނީ
ބާބާ
23 January 2020
ސުވާލަކީ ކީއްވެހޭ ކުއްވެރިން މިކަހަލަ ތަންތަނަށް ނުގެންދަނީ ޖަލު ހެދުމުގަ؟ އެމީހުން ގަނެފާނެ ލަދަކަށް ހިއުމަން ރައިޓްސް ކޮމިޝަނުން އެންގީތަ؟
ރަދީފް
23 January 2020
24 ގަޑިއިރު ބިޑި އަޅުވާފަ އަނދަގޮނޑީގަ ބާއްވަބަލަ.ހުޅުމާލެއަށް ގޮސް ޓެކްސީއަށް ފައިސާ ދިނީ ކިހިނެއް ބާ؟ ލަދު ކޮބާ؟؟ ވ.ވެދުން
ކަނީރު
23 January 2020
ފައިސާދިންކަން ކަލެއަށް އެނގޭބާ!