ކުޑަކުދިންގެ ހިޔާގެ ސީއީއޯ ޝުކޫރު: އެޗްއާރްސީއެމުން ބަލާ މައްސަލައަކާ ގުޅިގެން އޭނާ މިހާރު ވަނީ މަގާމުން އެކަހެރި ކޮށްފައި.
23 ޖެނުއަރީ 2020 - 16:33
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބޭ ކުދިން ބަލަހައްޓާ މަރުކަޒު، ކުޑަކުދިންގެ ހިޔާގެ އިސްވެރިޔާ އަބްދުއްޝުކޫރު އަބްދުލް ހަކީމް، އެތަނުގެ މަސައްކަތުން މިއަދުން ފެށިގެން އެކަހެރި ކޮށްފި އެވެ.
ސްޓޭޓް މިނިސްޓަރުގެ ފެންވަރުގައި، ކުޑަކުދިންގެ ހިޔާގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަގާމުގައި ހުންނެވި ޝުކުރޫ އެތަނުގެ މަސައްކަތުން އެކަހެރި މިކުރީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަމުން އަންނަ މައްސަލައަކާ ގުޅިގެންނެވެ. އޭނާއާ މެދު މި ފިޔަވަޅު އެޅީ އެ ކޮމިޝަނުގެ އެންގުމަކަށް ކަމަށް ވެ އެވެ.
ނަމަވެސް އެޗްއާރުސީއެމުން ބަލާ މައްސަލައިގެ އެއްވެސް ތަފްސީލެއް އަދިއެއް ނުލިބެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޑޭޓް
23 January 2020
ފިޔަވަތީގައި ވަކިދުވަހެއް (ސްކޫލް ދުވަސްތަކުގަވެސް) ބެލުމެއްނެތި ރޭގަނޑު 11 ޖަހަންދެން ބައެއް ރޭރޭ މިއުޒިކު ކުޅޭނެ. ޖަހާނީ ހިންދީ ނުވަތަ ދިވެހި ލޯބީގެ ލަވަތައް.. ހިތައް އަރާ ދައުލަތުން 0-10 އަހަރުގެ ދޭތެރޭ ކުދިން ބަލަން އޮންނަ އުސޫލުން އެކުދިންނަށް ކޮށްދޭ ކަންކަންބާއޭ އެއީ.
ދޮން މިތުރު
23 January 2020
އަދި ހަލުވާލައިފިއްޔާ ޝިދާތާވެސް އެކަހެރި ކުރަންޖެހޭވަރު ވާނެ. ޔަޤީން.
ތުރާކުނު
23 January 2020
މީނާމީ ކުރިން ހުރި ވަޒީފާގެ މަސްއޫލިއްޔަތު އުފުލުމުގައި އިހްމާލުވެގެން ކަނޑާލުމުން މި ސަރުކާރުން އަލުން ވަޒީފާދީ ބަދަލުގެ ފައިސާދީފައި ހުރި މީހެއްް. މިޖެހުނީ ކޮންތަނެއްގައި
މަހޯރަ
23 January 2020
ބާޒާރުން އަގުބޮޑެތިހާ ގޮނޑި ގަނެގެން އެއަށް ވެޑުއިފަ މިއިންނަނީ ކަމަކުން ކުރެ ކަމެއް ނުކޮށް ކީކޭދެން ބުނާނީ
ޒެނީށާ
23 January 2020
ނަމެއްގަ ހިޔާގެ ބޮޑުމީހާ ، މުވައްޒަފުން ގާނުވަން އެކަނި އިނގޭ މީހެއް? އަޅެ މީނަ މޫނަށް ބަލާފަވެސް ޖަހާ ވަރަށް ވޭން ބޮޑު މީހެއްވައްތަރު.
ޝިދާތާ
23 January 2020
އުނދަގޫ ބޮޑު މީހެއް މީ ހުވާ. ވާނުވާ އެއް ހަމަ
އަބްދުއްالله
23 January 2020
ބޯޑިންގެއްގެ ސަރުދާރަކު މިނިސްޓަރު ފެންވަރަށް ދިޔައީ ކީއްވެގެންތަ؟ މިނިސްޓަރު ފެންވަރުންގެ ސަރުދާރުން ތިބޭގަތަށް، ޕިޔޯނު ފެންވަރުގެ މިނިސްޓަރުންވެސް ތިބޭތަ؟
ބްރޯބްރޯ
23 January 2020
ބޭފުޅާ. ބައެއް މިނިސްޓްރީ ތަކުގައި ދެތިން މުވައްޒަފުންގެ ވެރިޔަކަށް ސްޓޭޓް މިނިސްޓަރ ނުވަތަ ޑެޕިއުޓީ މިނިސްޓަރ ފެންވަރު ބޭފުޅުން އުޅޭނެ. ކުޑަކުދިންގެ ހިޔާގައި މުވައްޒަފުންވެސް ގިނަވާނެ ޒިންމާތައްވެސް ބޮޑު ވާނެ. އެހެންވީމަ އެއީ މައްސަލައެއް ނޫން.
ބޯހަލާކ
23 January 2020
ބޯޑިންގ ގެ އެކޭ؟ ބޯހަލާކު. ނޭންގޭއިރު ވެސް މޮޅެތި ބަސްބަސް ބޭނުން ކުރޭ.
އަބްދުއްالله
25 January 2020
ބްރޯބްރޯ، ތިޔަހެން ނަމަ، މުވައްޒިފުންގެ އަދަދަށް ބަލާފަ، ފަޝްޓުލޭޑީ ފެންވަރުގެ ކުނިކަހާ މީހުން ވެސް ތިބޭނެ.
ސިދާތާ
23 January 2020
ކޮރަޕްޓްވެގެންގޮސް ހައްދުފަހަނަ އަޅާފަ ހުރިމީހެއް ސުކޫރުއެއީ. ފާޓީވެގެންގޮސް އަނެއްއަތަށް އަޅާފަ.
އަދަބު
23 January 2020
ރައްޔިތުންނަށް ވާނުވާ ނޭނގެ އެވެ.