ފަސްޓްލޭޑީ ފަޒްނާ، މެރަތަން ފުރިހަމަކުރައްވަނީ،--
25 ޖެނުއަރީ 2020 - 12:31
ފަސްޓްލޭޑީ ފަޒްނާ އަހުމަދު، ޓީއެފްޖީ ރަންގައިި މިއަދު މެރަތަނެއް ފުރިހަމަކުރައްވައި ތާރީހުން ޖާގަ ހޯއްދަވައިފި އެވެ. މިއީ ރާއްޖޭގެ ފަސްޓް ލޭޑީއެއް މެރަތަން ފުރިހަމަކުރެއްވި ފުރަތަމަ ފަހަރެވެ.
ޖުމްލަ 42 ކިލޯމީޓަރަަށް ދުވަންޖެހޭ މެރަތަން އެކަމަނާ ފުރިހަމަކުރައްވާފައިވަނީ ޓީއެފްޖީން ލ. ގަމުގައި ބާއްވާ އިވެންޓުގެ ތެރޭގަ އެވެ. ފިރިކަލުން އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފަސް ކިލޯ މީޓަރުގެ ދުވުން ފުރިހަމަކުރައްވައިފަ އެވެ.
ފަސްޓްލޭޑީ މެރަތަން ފުރިހަމަކުރެއްވީ ފަސް ގަޑިއިރާއި 39 މިނެޓުންނެވެ. ތަޖުރިބާކާރުން ވިދާޅުވާ ގޮތުގައި މިއީ ދުނިޔޭގައި ވެސް ފަސްޓްލޭޑީއަކު އެންމެ އަވަހަށް މެރަތަނެއް ފުރިހަމަ ކުރެއްވި ފުރަތަމަ ފަހަރެވެ.
ގަވައިދުން ކަސްރަތުކުރައްވަން ވަރަށް ކުރީއްސުރެ ޓީއެފްޖީ އަށް ވަޑައިގަންނަވާ އެ ދެ ބޭފުޅުން މިދިޔަ އަހަރު ވެސް، ލާމުގައި ބޭއްވި އިވެންޓުގައި ބައިވެރިވެވަޑައިގަތެވެ.
I think @thadhs is the 2nd First lady to finish a marathon. The 1st was Kenyan First Lady in 2014. Her timing was 07Hrs 4mnts and Fazu's timing is 5Hrs 39mnts.
— Marzooq (Mare') (@AhmedMarzooq) January 25, 2020
Beating Kenya in any category in distance running is a massive win. 💪 pic.twitter.com/G7ndVSqXKz
މެރަތަންގެ ތަމްރީނުގެ ބައެއްގެ ގޮތުގައި އެކަމަނާ ވަނީ މިދިޔަ މަހު ތައިލެންޑުގެ ޗިއަންމައިގައި ހާފު މެރަތަނެއް ފުރިހަމަކުރައްވައިފަ އެވެ.
މީގެ ކުރިން ވެސް ހާފު މެރަތަންތަކެއް ފުރިހަމަކުރައްވާފައިވާ ފަސްޓް ލޭޑީ، މެރަތަނަށް ތައްޔާރުވުުމަށް ކޮންމެ ހުކުރު ދުވަހަކު ދިގު ދުވުން ފުރިހަމަކުރައްވަ އެވެ. އެ ދުވުންތަކުގައި 30 ކިލޯމީޓަރާ ހަމައަށް ދުވެވަޑައިގަންނަވާނެ އެވެ. އަދި ކޮންމެ ދުވަހަކު ވެސް ފަތިސް ނަމާދަށް ފަހު ދުވުމަށް ނުކުމެވަޑައިގަންނަވާނެ އެވެ.
ފަސްޓް ލޭޑީގެ މަގާމުގައި ހުންނަވައިގެން، މެރަތަން ފަދަ ދުވުންތައް ފުރިހަމަ ކުރެއްވުމަކީ ދުނިޔޭގެ އެހެން ގައުމުތަކުގައި ވެސް އާއްމުކަމެއް ނޫނެވެ. އެހެންވެ ފަސްޓްލޭޑީ ފަޒްނާ މިފަހަރު މި ވަނީ ތާރީހުން ޖާގަ ހޯއްދަވައިފަ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކިނބޫ
26 January 2020
މި ގައުމަށް ޚިދުމަތެއް ކޮށްދޭނަމޭ ހިތަށް އަރާނީ ކޮންއިރަކު؟ ޖާބިރު ބުންޏަސް ތެދެއް ވާނީ ތެދަކަށް.
ޕިޔާ
26 January 2020
ދިވެހި ރައްޔިތުން ސިއްޙަތު ރަނގަޅުބަޔަކަށް ހެދުމަށް މިކަހަލަ ކަންކަމަށް މީހުން ހޭލުންތެރި ކުރުވުން ވަރަށް މުހިންމު!! މަރުޚަބާ މަހާރެހެންދި!
ތުއްފާށަނާ
26 January 2020
ތިޔަހެން ކުރީގައި ކޮންމެއަހަރަކު ރައްޔިތުންގެ މަޖުލިސް ހުޅުވާ ދުވަހު ބާއްވާ ކްރިކެޓް މެޗުން މޮޅުވެ މެޑެލްޖެހި ދުވަސްވެސް ދިޔަ.
ރާއްޖެ
26 January 2020
ފިރިކަލުން ގައުމު ގޮވައިގެން މި ދުވަނީ ފަހަތަށް.
ފަހުދު
25 January 2020
ފަޒޫ ކުރިޔައްދުވެ މެރަތަނެއް ޖަހައިފި. ގައުނު ފަހަތައްދުވެ މެރަތަނެއް ޖަހައިފި.
ތާރީފު
25 January 2020
މާދަމާވެސް ވެރިކަމުން ފޭބީމަ އެނގޭނީ
ޢެހެންތަ ހީވަނީ
25 January 2020
ގައުމާދީނަށްޓަކައި ޅަދަރިންގެ ހައްގުގައި ނުކުޅެދުންތެރި ކުދިންނަށް ޓަކައި އަދި ފިރިކަލުން ރައްޔިތުންނަށްޓަކައި ވެވަޑައިންނެވި ވައުދު ފުއްދައިދެއްވުމަށް ގައުމުގެ ތަރައްގީއާއި ކުރިމަގަށް އަންނަށް އޮތް ޖީލަށް ގައުމެއްގެ ލާބަޔާމަންފާއަށް ލިބިވަޑައިގެންފައިވާފަސްޓް ލޭޑިީ ގެ މަގާމަށްޓަކައިވެސް ތީގައުމަށް ކޮއްދެއްވި ވަރަށްވެސް ބޭނުންތެރި ވަރަށް ވެސް އަގުހުރި މަސައްކަތް ތަކެއް ތިމެރެތަން ފުރިހަމަ ކުރެއްވުމުން ގައުމުގައި ނުފުދިވާ ހުރިހާކަމެއް ފުދި އިތުރުވީ
ޝާހް، ރ.ވާދޫ
25 January 2020
ތިމީހާ ވޯރޑްރެކޯޑުހަދަން ކިހާވަރެއް ދައުލަތުން ހަރަދުކުރިބާ؟ ރައްޔިތުންނަށް ކޮށްދެވޭ އެއްކަމެއްވެސް ހަރާމް. މުޅިންވެސް މިމީހުން އަމިއްލަ އާކަންކަންކޮށް އިޝްތިހާރުވުމުގަ. ގައުމު އިނދަޖެހެނީ، އިންތިހާއަށް ލޯނުނަގާ ރައްޔިތުން ބޮލުގަ އަޅުވަނީ. ލަދުހަޔާތްކޮބާ؟
ޢާސީ
25 January 2020
ޢެބަ ރަނގަޅުވޭ
ގުޖަޑޭ
25 January 2020
ދުވުން ނޫން ކަމެއް އަޅެ އެބަކުރެވޭތަ؟
ޖަހާބަލަ މިކޮމެންޓް
26 January 2020
ސްޓިކާ ޖެހުން. ލާދީނީ މީހުންނާ ކުއްކުރާމީހުންނަށް ހިމާޔަތްދިނުން. އަންނަ ދައުރުގަ ހޮވޭނެކަމުގެ ޔަގީންކަންނެތީމަ 10އަހަރަށްވާވަރަށް ސަރުކާރުގެ މުދަލާ ފައިސާ ކައި, ފަހަށް ރައްކާކޮށް އިންވެސްޓްކުރުމުގަ ހޭވައްޓާ. ރާއްޖެ ބައިބައިކޮށް އެއްބައިވަންތަކަން ނަގާލަނީ