މުނިފޫހިފިލުވުން / ބޮލީވުޑް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

އަންނަ އެޕްރީލް މަހުގެ 10 ގައި ރިލީޒްކުރާ، ކަބީރު ޚާންގެ ކްރިކެޓް ފިލްމު "83" ގެ މައިގަނޑު ކާސްޓުންގެ ވަކިވަކި ސްޓިލް ޕޯސްޓަރުތަކެއް ދައްކައިލުމަށް ފަހު، މޯޝަން ޕޯސްޓަރެއް ވެސް ދައްކާލައިފި އެވެ.

މި ފިލްމަކީ ކުރީގެ ކްރިކެޓް ތަރި ކަޕިލް ދޭވް އިންޑިއާގެ ގައުމީ ކްރިކެޓް ޓީމްގެ ކެޕްޓަނަކަށް ހުރެގެން، އިނގިރޭސިވިލާތުގައި 1983 ގައި ބޭއްވި ކްރިކެޓް ވޯލްޑް ކަޕް އިންޑިއާ ކާމިޔާބުކުރި ގޮތް ދައްކުވައިދޭ ފިލްމެކެވެ. ފިލްމުގައި ކަޕިލްގެ ރޯލް ކުޅެފައި ވަނީ ރަންވީރު ސިންގެވެ. އަދި އޭނާގެ އަންހެނުން ރޯމީ ބާޓިއާގެ ރޯލުން ފެންނާނީ ރަންވީރުގެ އަންހެނުން މަޝްހޫރު ބަތަލާ ދީޕިކާ ޕަދްކޯނެވެ.

މި އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ "83" އިން ބޮޑު ކާސްޓެއް ފެންނާނެ އެވެ. އެގޮތުން ޓީމުގެ ކުޅުންތެރިންގެ ގޮތުގައި ތަފާތު އެކްޓަރުތައް ފެނިގެންދާނެ އެވެ.

އޭގެ ތެރޭގައި ސާގިބް ސަލީމް، ތާހިރު ރާޖް ބާސިން، ހާޑީ ސަންދޫ، އައްމީ ވާކް، ޖިވާ، ސާހިލް ޚައްތަރު، ޗިރާގް ޕަޓިލް، އަދިނާތު ކޮތާރޭ، އާރް ބަދުރީ، ދައިރިއާ ކަރްވާ، ޑިންކަރް ޝަރުމާ އަދި ޖަތިން ސަރުމާ ހިމެނެ އެވެ.

ފިލްމުގެ އިތުރު ކާސްޓުންގެ ތެރޭގައި ބޮމަން އިރާނީ، ނީނާ ގުޕްތާ އަދި ޕަންކަޖް ތުރިޕަތީ ހިމެނެ އެވެ.

"ހެލްމެޓް" ގެ ޝޫޓިން ނިންމާލައިފި

ދާދި ފަހުން ޝޫޓިން ފެށި ފިލްމު "ހެލްމެޓް" ގެ ޝޫޓިން ނިންމާލައިފި އެވެ.

ކުރީގެ އެކްޓަރު ޑީނޯ މޯރިއާ ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމަކީ އަޔޫޝްމަން ކުރާނާގެ ކޮއްކޮ އަޕަރްޝަކްތީ ކުރާނާ އާއި މިދިޔަ އަހަރު ފިލްމު "ނޯޓްބުކް" އިން ތައާރަފުވި އެކްޓަރު މޯނިޝް ބޭލްގެ ދަރިފުޅު ޕްރަނޫޓާން ބޭލެވެ.

ރިލީޒްކުރާނެ ތާރީހެއް އަދި އިއުލާން ނުކުރާ "ހެލްމެޓް" ޑައިރެކްޓްކޮށްފައި ވަނީ ސަތުރަމް ރަމާނީ އެވެ.

"މިޝަން މަންގަލް" ގެ ޑައިރެކްޓަރު އައިސީޔޫގައި

މިދިޔަ އަހަރު ރިލީޒްކުރި ކާމިޔާބު ފިލްމު "މިޝަން މަންގަލް" ގެ ޑައިރެކްޓަރުގެ ހާލު ސީރިއަސްވެގެން ހޮސްޕިޓަލްގައި އެޑްމިޓްކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނީ އޭނާ އެޑްމިޓްކުރީ ސިކުނޑީގައި ލޭގަނޑުވެގެން ހާލު ގޯސްވެގެން ކަމަށާއި ފަރުވާ ދެމުން އަންނަނީ އައިސީޔޫގައި ކަމަށެވެ. ޖަގަންގެ އާއިލާގެ މީހަކާ ހަވާލާދީ ބައެއް މީޑިއާތަކުން ބުނީ އޭނާގެ ހާލު ގޯސްވީ ރައްޓެހިންތަކަކާ އެކު އުޅެނިކޮށް ކުއްލިއަކަށް ވެއްޓިގެން ކަމަށެވެ.

ޖަގަންގެ އަލަތު ފިލްމު "މިޝަން މަންގަލް" އަކީ މިދިޔަ އަހަރު 100 ކްރޯޑް ކުލަބުން ޖާގަ ހޯދި ފިލްމެކެވެ.

އޭގެ ކާސްޓުންނަކީ އަކްޝޭ ކުމާރާއި ވިދިޔާ ބަލަން އާއި ސޮނާކްޝީ ސިންހާ އާއި ސަންޖޭ ކަޕޫރާއި ތާޕްސީ ޕައްނޫ އާއި ކްރިތީ ކުލްހާރީ އާއި ޝަރުމަން ޖޯޝީގެ އިތުރުން ނިތިޔާ މެނަން އެވެ.

ވިކީއާ އެކު ކިއާރާ

މި މަހު "ޗަޕާކް" ގެނެސްދިން ޑައިރެކްޓަރު މެގްނާ ގުލްޒާރު ދެން ހަދާ ފިލްމު "ސޭމް" ގައި އެކްޓަރު ވިކީ ކޯޝަލްއާ އެކު ބަތަލާގެ ރޯލުން ފެންނާނީ ކިއާރާ އަދުވާނީ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

އެ ދެ ތަރިން ކުރިން ވަނީ އެންތޮލޮޖީ ފިލްމު "ލަސްޓް ސްޓޯރީޒް" ގެ އިތުރުން އެކީގައި އިޝްތިހާރުތަކެއް ވެސް ކުޅެފަ އެވެ.

"ސޭމް" އަކީ އިންޑިއާގެ މިނިވަން ކަމަށް މަސައްކަތް ކުރި ވަރުގަދަ ބަތަލެއް ކަމަށްވާ ސޭމް ބަހާދޫރުގެ ނަމުން މަޝްހޫރުވި ފީލްޑް މާޝަލް ސޭމް ހޯމްސްޖީ ފްރަމްޖީ ޖަމްޝޭދީ މަނެކްޝޯ އެމްސީގެ ވާހަކަ ކިޔައިދޭ ފިލްމެކެވެ. މި ފިލްމުގެ ފަސްޓްލުކާ އެކު ފިލްމު ރަސްމީކޮށް އިއުލާންކޮށްފައި ވަނީ މިދިޔަ އަހަރުގެ ޖޫން މަހުގެ ތެރޭގަ އެވެ.

މީގެ ޕްރޮޑިއުސަރަކީ މިދިޔަ އަހަރު ރިލީޒްކުރި ވިކީގެ ކާމިޔާބު ފިލްމު "އުރީ: ދަ ސާޖިކަލް ސްޓްރައިކް" ގެ ޕްރޮޑިއުސަރު ރޯނީ ސްކްރޫވާލާ އެވެ.

0 ކޮމެންޓް, 1 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454