ޚަބަރު / ސޯޝަލް އެންޑް ފެމިލީ ޑިވެލޮޕްމަންޓް މިނިސްޓްރީ

ކޭސް ވޯކަރުންނަށް ނުކަތާވަރަށް މައްސަލަ!

ކުޑަ ކުދިންނަށް ޖިންސީގޯނާކުރުމުގެ މައްސަލަތައް އިތުރުވަމުން އަންނަ ކަން ދައްކައިދޭ ތަފާސްހިސާބުތަކެއް.--ފޮޓޯ: ނިޝާން އަލީ/މިހާރު

މުޅި ރާއްޖޭގެ ހާލަތު ބިރުވެރި އެވެ؛ ކޮންމެ ދުވަހަކު، އެކި ސަރަހައްދުތަކުން ރިޕޯޓްކުރަނީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރުމުގެ އެންމެ މައްސަލައެއް، ދެ މައްސަލައެއް ނޫނެވެ. ޖެންޑާ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ފެންނަން އޮތީ ޖިންސީ ގޯނާގެ ޝިކާރައަކަށް ވެ ނުރައްކަލަށް ހުށަހެޅިފައިވާ ކުދިންގެ އަދަދު އިތުރުވަމުން އަންނަ ކަމެވެ. މި ފަހުން ފެންމަތިވި ދެ އަހަރު ނުފުރޭ ކުއްޖާގެ ރޭޕާ ގުޅިގެން، މައްސަލަތައް ރިޕޯޓްކުރާ އަދަދު ވެސް ވަނީ އިތުރުވެފަ އެވެ.

އެކަމަކު މި ހުރިހާ މައްސަލަތައް ބެލުމުގެ ގާބިލްކަން އެބަހުރި ހެއްޔެވެ؟

ބިދޭސީންނާ އެކު ރާއްޖޭގެ އާބާދީ 500،000 އަށް އަރާފައިވާ އިރު، މި ބޮޑު އާބާދީގެ ތެރޭގައި ހިނގާ މައްސަލަތަކުގައި ރައްކާތެރިކަން ހޯދައިދޭން ސޯޝަލް ސާވިސަސްގައި ތިބީ އެންމެ 80 މުވައްޒަފުންނެވެ. ދެ އަހަރު ނުފުރޭ ކުއްޖާ އަށް ދިމާވި ހާދިސާ އިން، ފެންނަން އޮތީ އެ ދާއިރާ ބަލިކަށި މިންވަރެވެ.

ކުދިންތަކެއް މަގުމަތީގައި ކުޅެނީ. ހުށަހަޅާ މައްސަލަތައް ނުބެލި ލަސްވާ ސަބަބުތައް ގިނަ. --ފޮޓޯ: ނިޝާން އަލީ/މިހާރު

މައްސަލަތައް އެކަށީގެންވާ ގޮތެއްގައި ނުބެލެ އެވެ. ފިޔަވަޅު އެޅުން ލަހެވެ. އަނިޔާ ލިބި އަތޮޅުތަކުގައި ނުރައްކަލަށް ހުށަހެޅިފައިވާ ކުދިން މޮނިޓަކުރުމާއި ސައިކޯ ސޯޝަލް ސަޕޯޓް ދިނުން އެހާ ދަށެވެ.

ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތަކުގައި ވެސް އިންސާފު ހޯދައިދިނުމުގެ ބޮޑު ޒިންމާއެއް އޮތް ސޯޝަލް ވޯކަރުންނަށް ތުހުމަތުގެ އިނގިލި ދިއްކުރާއިރު، އެކަމަކު އެ މީހުންނަށް ކުރިމަތިވެފައިވާ އުނދަގޫ ހާލަތާ މެދު އެއްވެސް މުއައްސަސާއެއްގެ ވިސްނުމެއް ނެތް ހެއްޔެވެ؟ އެ މީހުންގެ ޝަކުވާތަކާއި ކަންބޮޑުވުން އެބަ ހުއްޓެވެ.

މީހެއްގެ އަތުގައި 75 މައްސަލަ!

މާލެ އާއި އަތޮޅުތަކުގައި މަސައްކަތްކުރާ 80 ކޭސް ވޯކަރުންގެ ތެރެއިން މާލޭގައި 30 ވޯކަރުން ތިބޭއިރު، އަނެއް 50 މީހުން ތިބެނީ އަތޮޅުތަކުގައި ހުންނަ ސެންޓަރުތަކުގަ އެވެ. އެ މީހުން ބަލަނީ ކުޑަކުދިންނަށް ކުރާ ޖިންސީ ގޯނާގެ މައްސަލަތައް އެކަންޏެއް ވެސް ނޫނެވެ. ގެވެށި އަނިޔާ އާއި ކުދިންނަށް ކުރާ ޖިސްމާނީ އަދި ނަފްސާނީ އަނިޔާތައް ބެލުމާއި އުމުރުން ދުވަސްވީ މީހުންނަށް ކުރިމަތިވާ މައްސަލަތަކުގައި ވެސް މީގެތެރޭގައި ހިމެނޭނެ އެވެ.

ކޮންމެ މުވައްޒަފަކާ އެއްފަހަރާ ކުރިން ހަވާލުކުރަނީ ގިނަވެގެން 35 މައްސަލަ އެވެ. އެކަމަކު މި އަދަދު ދެ ގުނަވެ، ކޮންމެ މީހެއްގެ އަތުގައި މިހާރު މަދުވެގެން 75 މައްސަލަ އެބަ އޮތެވެ. ކޭސް ވޯކަރެއްގެ ގޮތުގައި ކުރިން މަސައްކަތް ކުރި މީހަކު ބުނިގޮތުގައި މިއީ އިންސާނަކަށް ކުޅަދާނަވަރެއް ނޫނެވެ.

"ކޮންމެ ކޭސްއެއް ރިޕޯޓްކުރާ ހިސާބުން ވަރަށް އުނދަގޫ މަސައްކަތްތަކެއް ކުރަން ޖެހެއޭ. ކޮންމެ މައްސަލައެއް ތަފާތު. ރަނގަޅަށް މަސައްކަތްކުރާ ކޭސް ވޯކަރުންނަށް، މަސައްކަތުން އަތްދޫކޮށްލެވޭނެ އިރެއް ނުދާނެ. އަތޮޅުތަކުގައި ހުންނަ ސެންޓަރުތަކަށް ހުށަހަޅާ މައްސަލަތައް ބަލަން އެކި ރަށްތަކަށް ދަތުރުކުރަން ޖެހޭ،" ބުރަކަމުން ވަޒީފާ ދޫކޮށްލި މީހާ ކިޔައިދިނެވެ.

ކުޑަކުދިންނަށް ކުރާ އަނިޔާތަކާ ދެކޮޅަށް ހޭލުންތެރިކުރުވަން ހަދާފައިވާ ޕޯސްޓަރެއް---

އަތޮޅުތަކުގައި ހުންނަނީ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަންގެ 19 ސެންޓަރެކެވެ. ކޮންމެ ސެންޓަރެއްގައި ގިނަވެގެން ތިބެނީ ދެ ކޭސް ވޯކަރުންނެވެ. މުޅި އަތޮޅު ނުވަތަ ދެ އަތޮޅުގެ ހުރިހާ ރަށްތަކެއްގެ މައްސަލަތައް ބަލަން ޖެހެނީ އެ ސެންޓަރެއްގައި ތިބޭ ދެ މުވައްޒަފުންނެވެ. އެ މީހުންނަށް އެންމެ ބޮޑު އެއް ގޮންޖެހުމަކީ ކަނޑު ހުރަސްކޮށްފައި ރަށްތަކަށް ދަތުރުކުރަން ޖެހުމެވެ. ޖެންޑާ މިނިސްޓްރީގެ ގިނަ ސެންޓަރުތަކުގައި ދަތުރުތައް ކުރެވޭނެ ގޮތެއް ނުހުންނާތީ ގިނަފަހަރަށް ދަތުރުކުރަން ޖެހެނީ ފުލުހުންގެ ލޯންޗްތަކުގަ އެވެ.

ދެ އަހަރު ނުފުރޭ ކުއްޖާ އަށް ޖިންސީގޯނާކުރި މައްސަލަ ރިޕޯޓްކުރުމުން ކަނޑު މަގުން ގއ. ކަނޑުހުޅުދު އަށް ދާން ޖެހުނީ ގދ. ތިނަދޫގައި ހުންނަ ސެންޓަރުގެ މުވައްޒަފެވެ. ތަކުރާރުކޮށް، އިއުލާންކޮށްގެން ވެސް ކޭސް ވޯކަރަކު ނުލިބި ގއ. ސެންޓަރު އެ ވަގުތު އޮތީ ހުސްކޮށެވެ. އެކަމަކު މިހާރު އެ ސެންޓަރަކަށް މީހަކު ހަމަޖެހިފައިވާ ކަން ޖެންޑާ މިނިސްޓްރީން ޔަގީންކޮށްދެ އެވެ.

ގިނަ ދަތުރުތައް ކުރަން ޖެހި، މައްސަލަތަކުން ސިކުނޑި ބަރުވެފައި ތިބޭ މުވައްޒަފުންގެ އަނެއް ޝަކުވާ އަކީ ކުރަން ޖެހޭ މަސައްކަތާ އަޅާބަލާއިރު މުސާރަ ނިސްބަތުން ކުޑަވުމެވެ.

ކޭސް ވޯކަރުންގެ އަސާސީ މުސާރަ

- އެސިސްޓެންޓް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރަކަށް 5،020ރ.

- ސޯޝަލް ޕްރޮޓެކްޝަން އޮފިސަރު (ޑިޕްލޮމާ) 5،610ރ.

- ސޯޝަލް ޕްރޮޓެކްޝަން އޮފިސަރު (ޑިގްރީ) 6،250ރ.

މީގެ އިތުރުން ރިސްކް އެލަވަންސްގެ ގޮތުގައި ވަޒީފާ އަށް ނުކުންނަ ކޮންމެ ދުވަހަކަށް 100ރ. ދެ އެވެ. ޑިއުޓީ އެލަވަންސާއި ޓެކްނިކަލް އެލަވަންސާއި ސާވިސް އެލަވަންސްގެ ގޮތުގައި އަސާސީ މުސާރައިގެ ވެސް ޕަސެންޓެއް ދެ އެވެ.

"އެންމެ ރަނގަޅަށް މަސައްކަތް ކުރާ ގިނަ ކޭސް ވޯކާއަކަށް ހުރިހާ އެލަވަންސްތަކާ އެކު މި ލިބެނީ 10،000ރ. އެލަވަންސްތަަކާ އެކުު 12،000ރ. ލިބޭ މީހުން ވެސް އުޅޭ. އެކަމަކު މި ދާއިރާގައި ކުރާ މަސައްކަތާ އަޅާބަލާއިރު މި މުސާރަ ކުޑަ،" އެކަކު ބުންޏެވެ.

ނަތީޖާއަކީ މި ދާއިރާއާ ބައެއް މުވައްޒަފުން ދުރުވުމެވެ. މަސައްކަތް ބުރަވެފައި އެކަށީގެންވާ މުސާރަ ނުލިބޭތީ ބައެއް މީހުން ވަޒީފާ އިން ވަކިވި ކަން މިނިސްޓްރީން ވެސް ބުންޏެވެ.

މުވައްޒަފުން ހޯދަން އުނދަގޫ!

ސޯޝަލް ވޯކަރުންގެ ދަތިކަން ކުރިމަތިވެ، މައްސަލަތައް އެންމެ އަވަސް މިނުގައި ބައެއް ފަހަރަށް ނުބެލި ލަސްވާ ކަން އެ މިނިސްޓްރީން އެއްބަސްވެ އެވެ. ކޭސްވޯކަރުންގެ ގޮތުގައި މަސައްކަތް ކުރެވޭނީ، ވަކި ޝަރުތުތަކެއް ހުރެ، ހެލްތު މިނިސްޓްރީގެ ލައިސަންސް އޮވެގެންނެވެ.

ޖިންސީ އަނިޔާ ލިބުނު ދެ އަހަރު ނުފުރޭ ކުއްޖާގެ ބައްޕަ ހައްޔަރުކުރަން ގޮވާލައި ހުޅުމާލޭ 108 ނަންބަރު ފްލެޓް އިމާރާތް ދޮށަށް އާންމުން އެއްވެފައި.

ޖެންޑާ މިނިސްޓްރީގެ ޑައިރެކްޓާ ކޮމިއުނިކޭޝަން، އިބްރާހިމް މުހައްމަދު ވިދާޅުވީ އެހެން ދާއިރާތަކުގައި މުވައްޒަފަކު ވަކިވުމުން، ކުއްލިއަކަށް މުވައްޒަފަކު ހަމަޖެއްސުނަސް ސޯޝަލް ސާވިސްގެ ވަޒީފާ އަށް މީހަކު ނަގަން އެހާ ފަސޭހަ ނޫން ކަމަށެވެ. އެންމެ ބޮޑު ގޮންޖެހުމަކީ އެ ދާއިރާ އަށް ޚާއްސަވެފައި ތިބި މީހުން ނުލިބުމުގެ ދަތިކަން ކަމަށް އޭނާ ވިދާޅުވި އެވެ.

"ސެންޓަރެއްގައި އެ ހުސްވާ ވަޒީފާއަކަށް މީހަކު ނުލިބި ގިނަ ދުވަސްތަކެއް ހޭދަވަނީ ވެސް މިކަހަލަ ސަބަބެއް މެދުވެރިވެގެން. އެހެން ދާއިރާތަކުގައި އޮންނަ ގޮތަށް ބޭރުން މީހަކު ވެސް ނުގެނެވޭނެ،" އޭނާ ވިދާޅުވި އެވެ.

އިބްރާހިމް ވިދާޅުވި ގޮތުގައި، ސޯޝަލް ސާވިސަސްގައި ހުރި ގޮންޖެހުންތަކަށް ލުޔެއް ހޯދަން މިނިސްޓަރު ޝިދާތާ ގެންދަވަނީ މަސައްކަތް ކުރަމުންނެވެ. ސޯޝަލް ވޯކަރުންނަށް މިދިޔަ އަހަރުގެ ތެރޭގައި އެލަވަންސް ހަމަޖައްސައިދިނުމަކީ ވެސް އެ މަސައްކަތާ ގުޅިފައިވާ ކަމެއް ކަން އޭނާ ފާހަގަކުރެއްވި އެވެ.

މައްސަލަތައް ބަލަން އެކަށީގެންވާ އަދަދަށް، ސޯޝަލް ވޯކަރުން ނުލިބުމުގެ މައްސަލަ އަށް ހައްލު ހޯދަން ޖެހެ އެވެ. ރާއްޖޭގެ ހުރިހާ ސަރަހައްދަކުން ފުލުފުލުގައި ހުށަހަޅާ މައްސަލަތައް އަވަހަށް ބެލި، އިންސާފުގެ ދޮރާ ހަމައަށް ވާސިލްވުމުގެ މަސައްކަތް ފަށަން އޮތީ އެ ހިސާބުންނެވެ.

ނުބެލި ފުނިޖެހިފައި ހުރި މައްސަލަތަކުގެ ފައިލް އަލުން ހުޅުވަން ޖެހެ އެވެ. އެ މައްސަލަތަކުގައި ހިމެނޭ، މުޖުތަމައަށް ދޫވެފައި ތިބި މީހުންނަކީ ކޮބައިތޯ ހޯދަން ޖެހެ އެވެ. މިނިވަންކަމުގައި ތިބެ ތަކުރާރުކޮށް ކުށަށް އަރައިގަތުން ހުއްޓުވަން، މައްސަލަތައް އަވަސް ކުރެވޭނެ ގޮތަކަށް ވިސްނަން ޖެހެ އެވެ. ފަށަން ޖެހިފައި މިއޮތީ ސޯޝަލް ސާވިސަސްގައި ހުރި ކަންބޮޑުވުންތަކާއި ގޮންޖެހުންތަކަށް ހައްލު ހޯދައިދިނުމުންނެވެ.

52 ކޮމެންޓް, 36 ރިއެކްޝަންސް

icon happy icon happy 6%
icon sad icon sad 81%
icon angry icon angry 14%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ސުންދެރިޔާ

28 January 2020

މިކަންކަން މިހެން ހުރިއިރު ދިވެހިރާއްޖޭގެ ޤާނޫނުތައް ހެދިފައި ހުރިގޮތަށް ކީއްވަތަ ބަލާނުލީ. ކިތަންމެ ކުޑަ މައްސަލައެއްގައިވެސް ހުކުމް ޖަލަށްލާން ޖެހޭ. ޖަލަށް ލާމީހުން ބެލެހެއްޓުން އުނދަގޫވެފައުވާއިރު ހުކުމްތައް އިންތިހާއަށް ދިގުމުއްދަތު ހުންނީ ޖަހާފައި. އެތަނުން މީހުން މަދުކުރުމަކީ ޤާނޫނު ދަންނަކަމެއްނޫން. ކުޑަކުދިންނާ ގުޅޭ ކުދިކުދި މައްސަލަތައްވެސް އެހުންނަނީ ހަޤީޤަތުގައި ކުށާ ނުގުޅޭވަރުގެ ދިގު މުއްދަތުގައި. ޒުވާން އުމުރު ޖަލުގައި ހޭދަކުރުމަށް.

The name is already taken The name is available. Register?

ހަބޭސް2050

28 January 2020

21 ވަނަ ގަރުނުގެ ބޮޑުޖޯކު އެސިސްޓެންޓް ސޯޝަލް ޕްރޮޓެކްޝަން އޮފިސަރަ / ސްކޫލް ކައުންސެލަރ 5،020ރ. ޑިޕްލޮމާ / ޑިގްރީ ދައިގެން ރަށުގެ ހޮޅުއަށީގައި އިނދެފައި ކައުންސިލްއަށް ޓައީއަލާގެން ދިޔާމަ 23000، 18000، ލިބޭ

The name is already taken The name is available. Register?

ހަބޭސް2050

28 January 2020

ޓްރޭންޑް ކޭސް ވޯކަރުން ބޭނުންބާ؟ އެމްޑީޕީ އަންހެނުންގެ ގޮފީގެ މީހުން ނާއި އެކްޓިވިސްޓުން ބޮޑުމުސާރަދީފާ ކޭސްވޯކަރުންނޭކިޔާފަ ލީމާއޯކޭވާނޫންތޯ؟ ކޭސްވޯަކަރަކަށް ދެނީ 7000ރ ރުފިޔާ ނުކިޔަވާ ހުންނަ ރަށުކައުންސިލަރަށް 12000 ރ ރުފިޔާ މީތޯ އެޖެންޑަ 19ގެ އިންސާފަކީ

The name is already taken The name is available. Register?

ނަޝީދު.

28 January 2020

ކޭސް ވޯކަރުން އިތުރަށް ނުވެއްދޭތަ؟ ރައްޔިތުން އަތުން ނަގާހާޓެކްސް ލާރި ކޮބާތަ؟ ކަސްޓަމްސް ޑިއުޓީ، ފިތުރު ޒަކާތް، މުދަލު ޒަކާތް، ޖީ.އެސް.ޓީ، ބީ.ޕީ.ޓީ، ޕާކިން ޓިކެޓް، އިންކަމް ޓެކްސް، ޕެންޝަން ފަންޑު ... ....

The name is already taken The name is available. Register?

ހައްލޭ

28 January 2020

ކޭސް ވޯކަރުން ގިނަކުރަންވީކީ ނޫން. ކޭސްތައް މަދުވޭތޯ މީހުން އިތުރަށް ހޭލުންތެރިކޮށް ދީނަށް އަހުލުވެރިކުރުވަންވީ. ތިޔަފަދަ ނުބައި ކަންކަން ހުއްޓުވޭނީ މީހުންނަށް ދީން ރަގަޅަށް ދަސްކޮށްދެވިގެން. ކުޑަކުދިންނަށް އަދި އެހެން މީހުންނަށް ކުރާ އަނިޔާއިން ތިމާއަށް ފަހުން ބަދަލުގައި ލިބޭނެ ހިތި އެނގިގެން. މިދުނިޔޭގައި ވަގުތުން އޭގެ ބަދަލުގައި ނުބައިކަމެއް ނުވިއަސް ފަހުން ވާނެކަން ދަނެގެން. އަނެކާއަށް ދޭ އެއްވެސް އަނިޔާއެއް އެއީ އަނބުރާ އަންނާނެ އެއްޗެއް

The name is already taken The name is available. Register?

ހައްގުބަސް

28 January 2020

މުސާރަނެގުންނޫންކަމެއްނެތް.އޮފީހުގަ މަޑުކޮއްލާނެ ވަގުތެއްނޯވޭ.ކޮފީ މީޓިން. ސަރުކާރުގެ ހުރިހާ އޮފީސްތަކުގެހާލުހުރީއެގޮތަށް.

The name is already taken The name is available. Register?

ދިވެހި އަންހެނާ

28 January 2020

ތި ބޭފުޅާ މި މުހިއްމު މަސައްކަތް ކުރުމަށް އެ މިނިސްޓްރީއަށް ކޭސްވޯކަރެއްގެ ވަޒީފާއަށް ވަންނަންވީނޫތޯ؟ ތިކަހަލަ ކޮފީ ނުބޯ މިކަމާ ކަންބޮޑުވާ މީހުން ބޭނުންވޭ އަމަލީ މައިދާނަން. ހަމައެކަނި މީޑިއާގައި އަޑުއުފުލިޔަސް ނުވާނެ، އަމަލީ މައިދާނަށް ވަންނަވާ!

The name is already taken The name is available. Register?

އަތޮޅުތެރެ

29 January 2020

ވަޒީފައަށް ވަނީއްސުރެ ކޮންމެ އަހަރެއްގެ 365 ދުވަހުގެ 24 ގަޑިއިރު އޮންކޯލްގަ، ރަސްމީގަޑީގަ އޮފީހުގަ އުޅުމުގެ އިތުރުން. އަބަދުވެސް ފުރަން ތައްޔާރުވެގެން.

The name is already taken The name is available. Register?

އެޑްމުންޑޯ

28 January 2020

އިއްޔެ އެއޮތީ ރާއްޖެތެރެވެސް ހިމެނޭގޮތަށް ކޯޓްތަކަށް ޗީފް އެޑްމިނިސްޓރޭޝަނުން ހޯދަން އިއުލާންކޮއްފައި ، އިތުރު ގަޑިއާއި އެކު 17ވަރަކަށް ހާސް ރުފިޔާ ލިބޭނެ ، މިއީ ރަށުކޯޓްގެ ހުންނަ އޮފިސަރެއް ، ކޭސް ވޯކަރުންނަކީ މުޅިއަތޮޅަށް ތިބޭ ބަޔަކަށް ވާއިރު 10000 ރުފިޔާ މިއީ ޖޯކެއްދޯ

The name is already taken The name is available. Register?

ސެންޓަރު

29 January 2020

މަތީ މަޤާމުތަކަށް އިޢުލާނު ނުކުރޭ އަތޮޅު ތެރެއަށް. މާލޭގަ ސެޓްފިކެޓް ލެވެލްގެ މުޢައްޒަފުން އަދާކުރާ ވަރަށްވުރެ ދަށް މަޤާމުތަކުގަ ޑިގްރީ ހަދައިގެން އައިސް އުޅެން ޖެހެނީ. އެއްވެސް ރައްކާތެރިކަމެއްނެތި އިންޒާރުތަކާއެކު މަސައްކަތް ކުރަންޖެހެނީ، ގިނިކަންޏާ

The name is already taken The name is available. Register?

ހަސަންދީ

28 January 2020

މަސައްކަތާ އަޅާ ބަލާއިރު ލިބޭ އުޖޫރަ ކުޑަވެގެން އަޅުގަނޑު ވަޒީފާ ދޫކޮށްލީ. އުޖޫރަ ބޮޑުކޮށްފިނަމަ ރަނގަޅު ގާބިލް މީހުންވެސް ލިބޭނެ. ކިތައްމެ ކުރާހިތުން ކުރިޔަސް ލިބޭ އެއްޗަކުން ދެކޮޅު ނުޖެހެންޏާ އެކަކުވެސް ނޫޅޭނެ.

The name is already taken The name is available. Register?

ފެށުން

29 January 2020

މުސާރަ ކުޑަ، މަސައްކަތް އެހާ ބުރަ ބައިވަރު، މުޢައްޒަފުން އެހާ މަދު، ރިސްކު އެހާ ބޮޑު، 24/7

The name is already taken The name is available. Register?

ހުސައިން

28 January 2020

5ލައްކަ މީހުންގެ މިބޮޑު އާބާދީއޯ.

The name is already taken The name is available. Register?

ޙަސަން މަނިކު

28 January 2020

ޖެންޑަރ މިނިސްޓަރީގެ ޒިއްމާ މިހާ ބޮޑުއިރު ނުވިތާކަށް އެންސްޕާ އާއި އެން.ޑީ.އޭ ވެސް ޖެންޑަރ މިނިސްޓްރީގެ ދަށަށް މިގެނައީ. މި ސަރުކާރު ހީވަނީ ފޭލު ނުގެން އުޅޭހެން.

The name is already taken The name is available. Register?

ޝާހިދު

28 January 2020

މިފްކޯ، އެސްޓީއޯ، ޕޯޓު ހެލްތު. ޜޯޑް ކޯޕަރޭޝަން މިހުރިހާ ތަނެއް ޖެންޑަރ މިނިސްޓްރީ ދަށަށް ގެންނަންވީ.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454