ޚަބަރު / ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު (މިނިސްޓަރު)

އިމްރާންގެ ޓްވީޓުން ޖަލުގައި ތަފާތު ކުރުން އޮންނަ ކަން ހާމަވޭ: ޝަހީމް

ޝަހީމް: ޔާމީނާ ގުޅޭގޮތުން އިމްރާން ކުރި ޓްވީޓުން ޖަލުގައި ތަފާތުކުރުން އޮންނަ ކަން ހާމަވާ ކަމަށް އޭނާ ވިދާޅުވި --ފޮޓޯ/މިހާރު

ކުރީގެ ރައީސް އަބްދުﷲ ޔާމީންއާ ގުޅޭ ގޮތުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ކުރެއްވި ޓްވީޓުން ޖަލުގައި ތަފާތު ކުރުން އޮންނަކަން ދޭހަކޮށްދޭ ކަމަށް ކުރީގެ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު މިއަދު ވިދާޅުވެއްޖެ އެވެ.

ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީނަށް ޖަލުގައި އެކަށީގެންވާ އިންތިޒާމުތަކެއް ހަމަޖެހިފައި ނެތް ކަމަށް ބުނެ އިދިކޮޅު ކޯލިޝަނުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން މިނިސްޓަރު އިމްރާން މިއަދު ކުރެއްވި ޓްވީޓްގައި ވަނީ ޔާމީން ޖަލުގައި ހުންނަވަނީ ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވެސް ހުންނެވި ގޮޅި އިތުރަށް ފެންވަރު ރަނގަޅު ކުރުމަށް ފަހު އެ ތަނުގައި ކަމަށެވެ.

ޝަހީމް ހިތްހަމަޖެހިވަޑައިނުގަތީ، އިމްރާންގެ ޓްވީޓްގައި ނަޝީދާއި މައުމޫންގެ ނަންފުޅުގެ ކުރިއަށް ރައީސް ބޭނުން ކުރެއްވިޔަސް، ޔާމީންގެ ނަންފުޅުގެ ކުރިއަށް ރައީސް ނުޖެއްސެވުމުންނެވެ. އިމްރާންގެ ޓްވީޓްގައި ޔާމީނަށް މުޚާތަބު ކުރެއްވީ "މއ. ކާމިނީ ހުޅަނގުގޭ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް" ގެ ނަމުންނެވެ. އެކަމާ ގުޅިގެން ޝަހީމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޔާމީނަކީ ވެސް ކުރީގެ ރައީސެއް ކަމަށާއި އެހެންވެ، އެމަނިކުފާނުގެ ނަންފުޅުގެ ކުރިއަށް ރައީސް ބޭނުން ކުރައްވާފައި ނެތީ ކީއްވެގެންތޯ ސުވާލު އުފެދޭ ކަމަށެވެ.

ޝަހީމްގެ ޓްވީޓަށް ބައެއް މީހުން ދިން ރައްދުގެ ޖަވާބުގައި އޭނާ ކުރެއްވި އިތުރު ޓްވީޓެއްގައި ވަނީ ޖަލުގެ ކަންކަން ބެލެހެއްޓުމާ ހަވާލުވެ ހުންނެވި ވަޒީރު ތިން ރައީސަކާ މެދު މުޚާތަބު ކުރިގޮތުން ޖަލުގައި ތަފާތު ކުރުން އޮންނަ ކަން ދޭހަކޮށްދޭ ކަމަށެވެ. އެންމެ ފަހުގެ ރިޔާސީ އިންތިޚާބުގައި ޔާމީންގެ ރަނިންމޭޓަކަށް ހުންނެވި ޝަހީމް ވިދާޅުވީ، ކުރީގެ ރައީސްގެ ލަގަބު ޔާމީނަށް ވެސް އޮންނާނެ ކަމަށާއި އެމަނިކުފާނަށް ހުކުމް ކޮށްފައި ވަނީ ބޭ އިންސާފުން ކަމަށެވެ.

ޝަހީމްގެ ޓްވީޓް

ޝަހީމްގެ ޓްވީޓް

ޖަލުގައި ޔާމީނަށް އެކަށީގެންވާ ޚިދުމަތްތައް ނުލިބޭ ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން ފާޅުކުރި ކަންބޮޑުވުންތަކާ ގުޅިގެން ހޯމް މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ގާނޫނުތަކާއި ބައިނަލްއަގްވާމީ މުއާހަދާތަކުން ގައިދީންނަށް ދޭންޖެހޭ ހުރިހާ ޚިދުމަތެއް ޔާމީނަށް ވެސް ދެމުން ގެންދާ ކަމަށެވެ. އަދި އެކަންކަމާ ގުޅޭ އެއްވެސް ޝަކުވާއެއް ޔާމީނާއި އެމަނިކުފާނުގެ ވަކީލުން ވެސް ހުށަހަޅުއްވާފައި ނެތް ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

މަނީ ލޯންޑްރިންގެ ކުށުގައި ޔާމީންގެ މައްޗަށް އިއްވި ފަސް އަހަރުގެ ޖަލު ހުކުމް ހައި ކޯޓުގައި ވަނީ އިސްތިއުނާފް ކޮށްފަ އެވެ. އަދި އެ މައްސަލާގެ ޝަރީއަތް އަންނަ އަންގާރަ ދުވަހު ފަށަން އެ ކޯޓުން މިހާރު ވަނީ ހަމަޖައްސައިފަ އެވެ.

53 ކޮމެންޓް, 74 ރިއެކްޝަންސް

icon happy icon happy 7%
icon sad icon sad 1%
icon angry icon angry 92%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އަރުވާލި އާދަނުގެ ސިޔާސީ ހާސަރު

27 January 2020

ތިޔައީ ހަމަ އާލަމް ތަކުގައި ތަފާތު ދެނެ ގަންނަށް ގެންގުޅޭ މިންގަކީ ތޯ.؟؟؟( ޓުވިޓަރު ) ތިޔައީތޯ އެމިން ގަޑު

The name is already taken The name is available. Register?

އިބްރާހީމް ހާއިލް

27 January 2020

ތީ ޝަހީމް މެންގެ އަގު ވެއްޓޭކަމަކީ. އެންމެ ކުޑަ ކުދިންނަށް ވެސް އެނގޭވަރަށް "ރައީސް"ޔާމީންކުރި ކަންކަން ހާމަވެ އެނގުނީމަވެސް ތި ވިދާޅުވަނީ ޖަލައްލީ ބޭއިންސާފުންނޭ. ދެންކީކޭ ބުނާނީ.

The name is already taken The name is available. Register?

ފފފފފ

27 January 2020

ޔުނިވަރސިޓީ ތައުލީމު އުނގެނޭ ދަރިވަރުންނާއި، އިލްމެއްހުރެ އުމުރުން ދުވަސްވެފައި ތިބި އެންމެން ދަންނަކަމެއް. ފާސިގެއްގެ ހެކިބަސްނޫން އެއްޗެއް ރައީސް ޔާމީނާ ދެކޮޅަށް ނެތްކަން. ﷲ ތަޢާލާ މިގައުމުގެ ރައްޔިތުންނަށް މިދައްކަވަނީ ނުބައިކަންކަމަށް ހިތްވަރުދިނުމުގެ ސަބަބުން މިންވަރުކުރައްވާ ކަންކަން. މަހެއްނުދޭ 3ނުވަތަ 4 ކުއްލި މަރު. ގެއްލޭ މީހުނާއި ވާނުވާނޭނގި ކުއްލިއަކަށް މަރުވުމައި ފަގީރުކަން މިދަނީ އިންތިހާއަށް.

The name is already taken The name is available. Register?

ޢބްދުﷲ

27 January 2020

" ބުއްދިޔާ ފިކުރު ނެތިއްޔާ ޢިލްމަކުން ކުރާނެ ފައިދާއެއް ޏޯންނާނެ "

The name is already taken The name is available. Register?

ގަބުޅިބޯ

27 January 2020

ނަބީކަލޭގެ ފާނުގެމައްޗަށް ސަލަވާތް ކިއުމަށް ކަލާން އަންގަވާފައިވޭ ، އެމާތް ނަންފުޅު ގަނެވޭހިނދު އަޑުއަހާމީހުން ކޔަންވީ މިންވަރު ނުކިއުމަކީ ވަރަށް ބޭއަދަބީ ނުބައި ކަމަކަށްވެފައި ވޭ ! މީ އެގޮތައް ދީނަށް އަލަށް ޝޭޚްމެން ވައްދާ ކަމެއްނޫންބާ ކޮންމެހެން ރައީސް ކުރިއަށް ކިޔުން ! ޝޭޚް ބޭނުންވީމާ ރައީސް އަކަން ހުންނަ މީހެއްގެ މައްޗަށް ކުއްތާއެއް ފާޅުކުރެއްވުމަށް ދުއާވެސް ކުރެވޭ.

The name is already taken The name is available. Register?

ނޫމާ

27 January 2020

އާންއެކޭ! ހުވާ ކޮށްފާ ބުނާ ތެދެއްމީ. މަގޭ ހުންނަނީ އަންހެންދަރިއެއްކަމަކު ކޮންމެ ހުކުރު ދުވަހަކު ހުތުބާ އަޑުއަހަން ކުޑައިރުއްސުރެ އޭނަ ބައިންދަން. ފުދޭވަރަކަށް ދީނީޢިލްމުވެރިންނަށް އިޙްތިރާމްވެސް ކުރާނެ. އެކަމަކު އެދުވަހު އާޓިފިޝަލް ބީޗްގަ ޝަހީމް އެލެވި ހަޅޭއް އަޑުއިވިފަ އޭނަދެން ޝަހީމުގެ ހުތުބާވެސް އަޑެއްނޭހި. ކިހާ ދެރަކަމެއް. އޭގެ ސަބަބުން ދީނީ ޢިލްމުވެރިންނަށް އޭނަ ނަފްރަތުކުރަންފެށި. އިލްމުވެރިންތަމީ.

The name is already taken The name is available. Register?

ޓިނު

27 January 2020

ތިމީހުންގެ ވެރިކަމުގައި ކެނެރީގޭ ނަޝީދޭ ކިޔައިގެން ލިޔުނު ހަދާންވޭތަ ؟

The name is already taken The name is available. Register?

ނޫސް ބަލާމީހާ

27 January 2020

ބޭރު ޤައުމުތަކުގައި ޒިންމާދަަރު ވަޒީފާގައި ތިއްބަވައިގެން ރާއްޖޭގެ ކަންކަމާބެހި ފާޑުކިއުން ދޫކޮށްލުމަށް ޝަހީމުގެ ކިބައިން އެދެން. އަމުދުން ތިފާޑުގެ ފާޑު ކިއުމަކީ ޙަސަދަވެރިކުރުވުން ކަމުގައި ދަންނަވަން. ވަރަަށް ސަލާމް

The name is already taken The name is available. Register?

ފފފފފ

27 January 2020

ބޭރުގައުމެއްގައި ހުއްޓަސް އެތެރެގައުމެއްގައި ހުއްޓަސް ދިވެއްސެއް. މީހުންގެ މިނިވަންކަމުގެ ދާއިރާއަށް އަތްނުބޭނުމަށް ނޫސް ބަލާމީހާ ޖަހައިގެން ކޮމެންޓްކުރާ މީހާއަށް ދަންނަވަން. ކުޑަކޮށް ތައުލީމު އުނގެނި މީހުންގެ ތެރޭގައި އުޅެން ދަސްކުރޭ.

The name is already taken The name is available. Register?

52154

27 January 2020

ރައީސް ޔާމީންގެ އާރާބާރު ހުރިއިރު އަދި ވެރިކަމުން ވަކިވުމަށްފަހުވެސް ދުވަހަކުވެސް، ނަޝީދުއަށް ވަހީދުއަށް އަދި މައުމޫނަށްވެސް "ރައީސް" ކުރިއަށް ލައިގެން ނޫނީ މުހާތަބު ނުކުރޭ. ރިވެތި އަޚްލާޤުގާއި އުޅުމުގެ މާތްކަން. ރިވެތިކަން އެފެނިގެން ދިޔައީ. އެކަމަކު މަގުމަތީގައި އުޅޭ ވަކަރުގޭ މީހުންގައި މިފަދަ އަޚްލާޤެއް ނުހުންނާނެ.ގައުމުގެ ވެރިކަންކުރާ މީހުންނަށް ނިކަމެތިގޮތް ހެދުމަކީ ގައުމުގެ ޝަރަފު ނަގައިލެވޭކަންނގޭ. ތަހްޒީބު މުޖުތަމައުތަށް ބަލާބަލަ.

The name is already taken The name is available. Register?

ފފފފފ

27 January 2020

ރިވެތި އަޚްލާޤާ އިލްމުން މީހާގެ ހައިބަތާއި ހައިޘިއްޔަތު އެނގޭނީ. ވަކަރުގޭގެ ގޮތްގަނޑު ހުރި އަދަބު އަޙްލާޤުނެތް ރައްޔިތުން އުޅޭނީ އިލްމެއްނެތް ވެރިން އެމީހުންގެ ވެރިންގެ ގޮތުގައިބަލައިގަތްފައިވާ މުޖުތަމަޢުތަކުގައި އެކަނި.

The name is already taken The name is available. Register?

ފފފފ

27 January 2020

އިމްރާނަކީ ހަސަދައާޢި ނަފްރަތުން ފުރިއަރާފައި ހުރި މީހެއް. އޭނާ ތަފާތު ނުކުރާނެ ގޮތަކީ ނެތްގޮތެއް.. ﷲ އަށް ބިރެއްނެތި ﷲ ގެ އަދުއްވުންނާ ބައިއަތު ހިފުމުން މީހާގެ ނުބައި ނުލަފާކަން އެނގޭ.

The name is already taken The name is available. Register?

ބޮޑުމީހާ

27 January 2020

ޝަހީމެވެ. ދައުލަތުން ވަގަށް ނެގި 3.4 ބިލިއަން ރުފިޔާވެސް ވަގަށް ނެގީ ބޭ އިންސާފުންތަ. ކަލޭމެން ސިޔާސީ މީހުންވެސް ދީނީ ތާޖު އަޅަނީ ވަކިކަމެއް ހާސިލްކުރަން

The name is already taken The name is available. Register?

އަލީ!

26 January 2020

ޔާމީނު އެއޮތީ އޮންނަންޖެހޭތަނުގަ.

The name is already taken The name is available. Register?

8965

27 January 2020

ތިކަން މޮޅަށް ދެނެވޮޑިގެންވާނީ ﷲ ތަޢާލާ. ފެންނަން ހުރި ހެކިން އެނގޭ ގޮތުގައި ދައުލަތަށް ރައީސް ޔާމީނުގެ ކުށުގެ އެއްވެސް ހެތްކެއް ހުށަނޭޅުނު. ރައީސް ޔާމީނުގެ ދުޝްމަނު އަދި އިސްލާމީ ޝަރީޢަތް ބުނާގޮތުން ފާސިގުންގެ ހެކިބަސް ނަގައިގެން ހިންގި ޝަރީއަތަކުން ޖަލަށް ލީ. އެއީ ނުބައި ހުކުމެއްކަމަށް ފެންނަނީ. ގައުމު ތަހައްމަލް ކުރަނީ ބިރުވެރި ނާމާންކަން. ކޮރަޕްޝަން އިންތިހާ، އިޖުތިމާޢީ ހަމަޖެހުގެއްލި މަގުތައް ބިރުވެރި. ރޭޕް އިންތިހާ. ކުއްލި މަރު އިންތިހާ.

The name is already taken The name is available. Register?

ފަޤީރުކޮއެ

26 January 2020

ހަޤީޤަތުގަވެސް ޝަޙީމު އެވިދާޅުވީ ވ.ބޮޑު ތެދެއް! ޖަލުގަ އެއްވެސް ތަފާތެއް ގެންގުޅެގެންނުވާނެ! ޔާމިނަކަސް ސަގަރު ލުތުފީއަކަސް ޖަލުގަވާންވާނީ ހަމަހަމަ! ޔާމީނުވީމަކަ ވަކި އަރާމުގަ އުޅެވިގެންނުވާނެ!

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454