ޚަބަރު / އިމްރާން އަބްދުﷲ، ހޯމް މިނިސްޓަރު

ޔާމީން ގެއަށް ބަދަލުކުރެވޭނެ ގޮތް އޮންނާނީ އަންގާފައި: އިމްރާން

ޔާމީން: އެމަނިކުފާނު ފަރުވާ އަށް ރާއްޖެ އިން ބޭރަށް ފޮނުވަން ވަނީ ލަފާ ދީފައި.

25 އޮކްޓޯބަރ 2020 - 12:40

20 comments
angry icon 63%

މާފުށީ ޖަލުގައި ހުކުމް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން އެދިވަޑައިގެންފައިވާ ގޮތަށް، ގޭބަންދަށް ގާނޫނީ ގޮތުން ބަދަލުކުރެވޭނެ ގޮތް އަންގާފައިވާނެ ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރޭ ވިދާޅުވެއްޖެ އެވެ.

ދައުލަތުގެ މީޑިއާ، ޕީއެސްއެމްގެ ޕްރޮގްރާމެއްގައި އިމްރާން މިގޮތަށް ވިދާޅުވީ، އެމްއެމްޕީއާރުސީގެ ޚިޔާނާތުގައި 20 އަހަރުގެ ޖަލު ހުކުމެއްގައި ހުންނެވި ކުރީގެ ނައިބު ރައީސް އަހްމަދު އަދީބު ގޭގައި ހުންނެވުމުގެ ފުރުސަތު ދެއްވާފައިވާ އިރު، ޔާމީނަށް އެފަދަ ލުޔެއް ނުދެއްވުމަކީ އިންސާފެއްތޯ މީހަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުންނެވެ.

އަދީބު ގޭގައި ހުންނަވާ ސަބަބު ދިފާއު ކުރައްވަން އިމްރާން ވިދާޅުވީ، އަދީނު ނިދިކުރައްވަން މެޝިނެއް ބޭނުންވާ ކަމަށާއި އެ މެޝިން ޖަލުގައި ނުބެހެއްޓޭ ކަަމަށެވެ.

އިމްރާން ވިދާޅުވީ ސިއްހީ ހާލުކޮޅު ހުރި ގޮތުން ލުއިތަކެއް ދޭން ޔާމީނަށް ވެސް ހުށަހެޅުއްވި ކަމަށެވެ. ރާއްޖޭގައި ހެދެން ނެތް ޓެސްޓެއް ބޭރުން ހެދުމަށާއި ސްޓްރެސް ފްރީ މާހައުލެއްގައި ބެހެއްޓެވުމަށް ޑޮކްޓަރު ލަފާ ދެއްވާފައި އޮތް ކަމަށާއި އެ ލަފަޔާ އެއްގޮތަށް ޓެސްޓް=ު ހައްދަވަން ބޭރަށް ވަޑައިގަތުމަށް ޔާމީނަށް ދެންނެވި ކަމަށް އިމްރާން ވިދާޅުވި އެވެ.

"[އެ ލަފަޔާ ގުޅިގެން] އަޅުގަނޑު އަމިއްލަ އަށް ގޮސް ބައްދަލުކުރިން. އަޅުގަނޑު ހިތުން ރައީސް ޔާމީން މިހާރު ބަހައްޓަވާފައި އެ ހުންނެވި މާހައުލަކީ ޖަލެއްގެ ތެރޭގައި، ވަކި އެ އަށް ވުރެ ރަނގަޅަށް އެކަން ކުރެވޭނެއޭ ދަންނަވާކަށް ނުކެރޭނެ. އަޅުގަނޑުމެން ތިބިއިރު ތިބި ހާލަތާއި ރައީސް ޔާމީން އެ ހުންނެވި ހާލަތު އެނގިވަޑައިގަންނަވާ ބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އަޅުގަނޑު މި ދަންނަވަނީ ކޮން ވާހަކައެއްކަން،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި، ޔާމީން ޖަލުގައި ހުންނެވީ އެޕާޓްމެންޓެއްގައޭ ވިދާޅުވުން ދޮގަކަށް ނުވާނެ އެވެ.

"ރައީސް ޔާމީނަށް އަޅުގަނޑު ދެންނެވިން ޑޮކްޓަރު އެބަ ވިދާޅުވެއޭ މަނިކުފާނު، ރާއްޖެ އިން ހެދެން ނެތް ޓެސްޓްތަކެއް ހަދަން. އެހެންވީމާ އެ ޓެސްޓްތައް ހެއްދެވުމަށްޓަކައި ވަޑައިގަންނަވަން ބޭނުންފުޅުވަނީ ކޮން ގައުމަކަށްތޯ މި ރީޖަންގެ ތެރެއިން. ވިދާޅުވީ ބޭރަށް ވަޑައެއް ނުގަންނަވާނަމޭ،" އިމްރާން ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ޔާމީން އެދިވަޑައިގަތީ ގެއަށް ބަދަލުކުރައްވަން ކަމަށާއި އެކަމަކު އެއީ ޑޮކްޓަރުގެ ލަފާގެ ދެ ވަނަ ބައި ކަަމަށް ދެންނެވި ކަމަށެވެ.

"ފުރަތަމަ ބައި ފުރިހަމަކޮށްފައި ނޫންތޯއޭ ދެ ވަނަ ބައި ފުރިހަމަކުރެވޭނީ [ދެންނެވިން]،" އިމްރާން ވިދާޅުވި އެވެ.

"ވަރަށް ސާފުކޮށް ދެންނެވިން ރައީސް ޔާމީން ބޭރަށް ވަޑައިގެންފައި ޓެސްޓު ހައްދަވާފައި ދެން އެ ޓެސްޓުގެ މައްޗަށް ބިނާކޮށް ޑޮކްޓަރުން ރައީސް ޔާމީން ޖަލުގައި ބަހައްޓާފައި އެ ހުރި މާހައުލަކީ ކަމުނުދާ މާހައުލެއް ކަމަށް ވިދާޅުވާ ކަމަށް ވާ ނަމަ، އަޅުގަނޑުމެން އެއާއެއްގޮތަށް އަމަލުކުރާނަމޭ،" އިމްރާން ވިދާޅުވި އެވެ.

އޭނާ ވިދާޅުވި ގޮތުގައި މި ވާހަކަ ޕާޓީގެ އިސް ބޭފުޅުންނާ ވެސް އޮންނާނީ ހިއްސާ ކުރައްވައިފަ އެވެ. އެހެންކަމުން، ގާނޫނީ އިޖުރާއަތުތަކުގެ ތެރެއިން ގެއަށް ބަދަލުކުރެވޭނީ އެކަމަށް ޔާމީން މަގުފަހި ކޮށްދެއްވުމުން ކަމަށް އިމްރާން ވިދާޅުވި އެވެ.

20 ކޮމެންޓް, 53 ރިއެކްޝަންސް

icon happy icon happy 34%
icon sad icon sad 2%
icon angry icon angry 64%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ދެރަ

01 November 2020

ޔާމީނު ދައުލަތަށް ދައްކަންޖެހޭ ހުރިހާ ހުރިހާ ރުފިޔާ ނުދައްކަނީސް ގެއަށް ބަދަލު ކުރެވިގެންނުވާނެ މިހާރުވެސް އެހުރީ ނަމުން ޖަލުގާ މިގައުމަކީ މީގެކުރިން ޖަލުގައިދީންނަށް ފަތާ ފެންގަޑާ އިންޑޯ ޖިމާ ޖައްވައްދާން ރޮކެޓާ ދޭ ގައުމެތްނޫން މޮޔަނުވޭ

The name is already taken The name is available. Register?

ބައިރޯ

26 October 2020

އަޖާއިބް ރިހާކުރު ފުޅި ނެގި މީހާ ޖަލުގަ މުޅި ދައުލަށް ދަވާ މީހާ ގޭގަ ބޮޑު ޖޯކެއް

The name is already taken The name is available. Register?

ފިފުޓީ ސިކުސް

26 October 2020

ބަންދުގައި ހުންނަ މީހަކު ގެޔަށް ބަދަލުކުރަން ޖެހެނީ ސަރުކާރުން ބުނާވަކި ކަމަކަށް ސަރުތު ކުރީމަކާނޫން ތިޔަ ހެދީވެސް ގޯހެއް އިމްރާނު ކިޔަވަންދާންވީނުން

The name is already taken The name is available. Register?

ކޮންހާވާހަކައެއް

26 October 2020

އަދީބު ޖަލުގައި ހުރެގެން މިސަރުކާރު ދެމިއެއް ނޯންނާނެ. މިސަރުކާރު ވައްޓާލެވޭހާ ބަރު ހަތިޔާރު ހުރި މީހެއް ކިހިނެތް ޖަލުގަ ބާއްވާނީ؟ ބެދޭނެ ދުވަހަކަށް ލައްކަ އިންވެސްޓްކޮށްފައި ހުރީމަ ބެދެން އޮތް ދުވަހު ހުންނާނީ އެގޮތަށް ގޭގައި.

The name is already taken The name is available. Register?

ކޮލަމާފުށީ މީހާ

26 October 2020

ހީފުޅު ނުކުރައްވައި ދާއިމަށް ތި ވަޒީފާގައި އުޅެވޭނެ ކަމަށް ، އަދުލު އިންސާފު ހަމަ ހަމަ ވާންޖެހޭނެ އެއީ މިރާއްޖޭގެ ގާނޫނު އަސާސީ އާއި ، އިސްލާމް ދީން ވެސް ބާރު އަޅާނީ މިހެން ތިޔައީ ހިނދުކޮޅެއް ގެ ބާރެއް ، ދުުނިޔަވީ އެދުމަށް ދީން ވިއްކާލި މީހެއްގެ ނިމުން ވެސް ހިތި ވާނެ ،

The name is already taken The name is available. Register?

1231

25 October 2020

ބަލަ އޭނަ އޮންނާކަށް ނުޖެހޭ ފިނިކޮޓަރިއެއްގަ. އެހެން ގައިދީންނަށް ކުރެވޭ އިހުމާލެއް އޭނައަށް ވަކިން ހެޔޮކޮށް ހިތުމަކީ. ޖަލުގަ ދެން ހަދަންވީނުން ތަރި ބަހާފަ 7 ތަރީގެ ރިސޯޓެއް ތީނަ ލާން. އަޖައިބު އަންތަރީސް

The name is already taken The name is available. Register?

ތެދުވެރިޔާ

25 October 2020

މިގޮތަކައް ހުކުމެއް ނުކުރެވޭނެ. މީ ހަމަ ސިޔާސީ ހުކުމެއް. ނުވަތަ ހަސަދަވެރިކަމެއް ފިލުވާލަނީ

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

25 October 2020

ރައިސް ޔާމިންނަ ކަންކުރަނީ ވަރައް އަނިޔާ ވެރިކޮއް. ދެންތިބި ބީހުން ހިމާޔައް ކޮއްފަ ގޭގަ ޓީވި ބަަލަން

The name is already taken The name is available. Register?

މަންޑޭލާ

25 October 2020

ހަގީގަތުގަ ޔާމިންގެ ތަރައްގީވެސް ބަރަބަރު. އަދިކިރިޔާ ދިވެހިންނަ ވިސްނެނީ.

The name is already taken The name is available. Register?

ޝޮކްތެރަޕީ

25 October 2020

ރައިސް ޔާމިން އަކީ ޤައުމު ދެކެ ލޯބިފުޅުވާ ބޭފުޅެއް. އިންޑިޔާގެ ދަށުވާކައް ރައިސް ޔާމިނެއް ބޭނުންފުޅު ނުވި.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454

Share your opinion about "Mihaaru" new website

"މިހާރު"ގެ އާ ވެބްސައިޓާ ބެހޭ ގޮތުން ހިޔާލު ފޮނުވުމަށް

ނަން އަދި ޚިޔާލު ޖައްސަވާ!
Please fill in name and opinion.
ތިޔަ ޚިޔާލު ލިބިއްޖެ. ޝުކުރިއްޔާ!
We have recieved your message. Thank You!