ބްރޮޑްކާސްޓިން ކޮމިޝަންގެ ބައެއް މެމްބަރުން: އެ ކޮމިޝަންގެ ކުރީގެ ނިންމުންތައް ރިވިއު ކުރަން ފުރުސަތު ދެވޭ ގޮތަށް ވަނީ ހަމަޖައްސާފައި -- ފޮޓޯ/ބްރޮޑްކާސްޓިން ކޮމިޝަން
30 ޖެނުއަރީ 2020 - 16:57
ބްރޯޑްކާސްޓިން ކޮމިޝަނުން ކުރިން ނިންމާފައިވާ ނިންމުންތައް ވެސް ރިވިއު ކުރަން އެދި އެ ކޮމިޝަނަށް ހުށަހެޅޭ ގޮތަށް އެ ކޮމިޝަނުން މިއަދު ހަމަޖައްސައިފި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ އެ ކޮމިޝަނަށް ޝަކުވާ ހުށަހެޅުމާއި ބަލައިގަތުމުގެ އުސޫލަށް މިއަދު ގެނައި އިސްލާހުގެ ދަށުން އެ ކޮމިޝަނުން ކުރިން ނިންމާފައިވާ މައްސަލަތައް ރައްދުވާ ފަރާތްތަކުން އެ ނިންމުމާ މެދު ހިތްހަމަނުޖެހޭ ނަމަ، އެ ނިންމުން ރިވިއު ކުރަން އެ ކޮމިޝަނަށް އެދި ހުށަހެޅޭނެ ކަމަށެވެ.
އެގޮތުން ނިންމުން ރިވިއުކުރަން ހުށަހަޅާ މައްސަލަތައް މިއަދުން ފެށިގެން 30 ދުވަހުގެ ތެރޭގައި ރިވިއު ކުރަން ހުށަހަޅަން ޖެހޭނެ ކަމަށް އެ ކޮމިޝަނުން ބުންޏެވެ. އެކަމަކު ރިވިއުކުރަން ނިންމާފައިވާ، ރިވިއު ކުރަންޖެހޭ އެކަށީގެންވާ ގާނޫނީ ސަބަބުތަކެއް ހުރި ނަމަ ކަމަށް ވެސް އެ ކޮމިޝަނުން ބުންޏެވެ.
މީގެ އިތުރުން ބްރޯޑްކާސްޓިން ކޮމިޝަނަށް ހުށަހެޅޭ ޝަކުވާތަކުގެ ތެރެއިން މައްސަލާގައި ހިމެނޭ ދެ ފަރާތުން ސުލްހަވެރި ހައްލަކަށް އާދެވޭނެ ކަމަށް ކޮމިޝަނަށް ފެންނަ މައްސަލަތަކުގައި ހައްލެއް ލިބޭތޯ ބެލުމަށް ޑިސްޕިއުޓް ރިޒޮލިއުޝަން މަރުހަލާއެއް ވެސް ފަށަން ނިންމާފައިވާ އެ ކޮމިޝަނުން ބުންޏެވެ. އެފަދަ މައްސަލަތަކުގައި ޑިސްޕިއުޓް މަރުހަލާގައި ދެ ފަރާތުން އެއްބަސްވުމަކަށް އާދެވިއްޖެ ނަމަ، އެގޮތަށް މައްސަލަ ނިންމާނެ ކަމަށް ވެސް ބްރޯޑްކާސްޓިން ކޮމިޝަނުން ބުންޏެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސަރުކާނު
01 February 2020
ކަޑަ ވަރަށް ކަދަކަމެއްތީ.
ހުސެެން
01 February 2020
ރަގަޅު ނިންމުމެއް... މީޑިއާނެޓް މީހުން ބުނެގެން އަހަރަމެން ކުދި ރައްރަށައް ކޭބަލް ޓީވީ ދޭ މީހުން ލައްކައިން ޖޫރިމައިނާ ކޮއްފި... ޖޫރިމަނާ ކޮއްފަވަނީ ސީދާ މީޑިއާނެޓް ބުނެގެން
ގާސިމު
31 January 2020
ޢަބަދު އެމްޑީޕީ ވެރިކަމުގަ ނޯންނާނެކަން ހަނދާންކުރާތި.
ޔާމީޏު
31 January 2020
އަވަހައް ބަދަލު ދީފަ ނިންމާލާ
ކަންވައް
31 January 2020
"ބަދަލުދިނުމުގެ" ކުޅިގަނޑު. ބަހާބަހާ ހުސްކޮަށްލާތި. "ތިއްތިކޮށް" ކުރާ ވައްކަން ތިހުންނަނީ.
ޖަޒީރާމަނިކު
30 January 2020
މިހާތަނަށް ރާއްޖެޓީވީ ކޮށްފައިވާ ޖުރިމާނާތައް އަނބުރާދޭން ކުޅޭ ކުޅިއެއް. އެދޭއިރު ލިބުނުގެއްލުމުގެ ބަދަލުވެސް ދޭގޮތަށް ނިންމާތި.
2ޖހގތ
31 January 2020
ދޭން ޖެހޭ.. ޤަވާޢިދާ ޚިލާފަށް ހަތަރެސްފައި ބަނދެފަ ކުރި ކަމެއް އެއީ.. ދީބާޖާ ތަންތަނަށް ދިން ބަދަލާ މިއާ ގުޅުވޭނެ އެއްވެސް ސަބަބެއްނެތް...
ގޯނި
30 January 2020
އުޅޭ ފާޑެއް. ބޯހަލާކު