ޚަބަރު / ރާއްޖެ-އިންޑިއާ

ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް އެބަދޭ: އެމްއެންޑީއެފް

އިންޑިއާ އިން ރާއްޖެ އަށް ހަދިޔާކުރި ހެލިކޮޕްޓަރު: ދިވެހި ސިފައިން ޕައިލެޓުންގެ ގޮތުގައި ތަމްރީންކުރަން އެއްބަސްވެފައި އޮތް ނަމަވެސް އަހަރުތަކެއް ވި އިރު ވެސް އެކަމެއް ނުވި. --ފޮޓޯ/މިހާރު

ދިވެހި ސިފައިންގެ ކޮމާންޑްގެ ދަށުން އިންޑިއާ އިން ރާއްޖޭގައި އޮޕަރޭޓްކުރަމުން އަންނަ ދެ ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން މިއަދު ބުނެފި އެވެ.

ގައުމީ ދިފާއީ ބާރުން މިގޮތަށް ބުނެފައި މިވަނީ، ދައުލަތުގެ ހަރަދުގައި ހެލިކޮޕްޓަރުތަކެއް ހޯދައި ހިންގުމުގެ މާލީ މުއްސަނދި ކަމެއް ދައުލަތުގައި ނެތް ކަމަށް މި ހަފުތާގައި ވިދާޅުވުމުން ފާޑުކިއުން ބޮޑުވެފައި ވަނިކޮށެވެ. އެ ދެ ހެލިކޮޕްޓަރަށް ދިވެހި ޕައިލެޓުން ތަމްރީންކުރަން އިންޑިއާ އިން އެއްބަސްވެފައި އޮތް ނަމަވެސް އެކަން ނުވެ އަހަރުތަކެއް ފާއިތުވެއްޖެ އެވެ.

އެމްއެންޑީއެފްގެ މީޑިއާ އޮފިސަރު، މޭޖަ، އިބްރާހިމް އާޒިމް ވިދާޅުވީ ޕައިލެޓުންގެ ގޮތުގައި ދިވެހި ސިފައިން ތަމްރީން ކުރުމުގެ ފުރުސަތު އިންޑި އާއި އެހެނިހެން ގައުމުތަކުން ވެސް ލިބިފައިވާ ކަމަށާއި އެކަން ކުރިއަށް އެބަދާ ކަމަށެވެ. ޕައިލެޓުން ތަމްރީންކުރުމުގެ ފުރުސަތާ އެކު މީހުން ހޯދަން ވެސް ވަރަށް ގިނަ ފަހަރެއްގެ މަތިން އިއުލާންކުރި ކަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު، އޭނާ ވިދާޅުވި ގޮތުގައި ޝަރުތު ހަމަވާ މީހުން ކުރިމައްޗެއް ނުލަ އެވެ. އޭ ލެވަލް ގެ ފެންވަރު ހުރި ޝަރުތު ހަމަވާ ފަރާތްތައް ކުރިމަތި ނުލުމާއި ކޮމާޝަލް ޕައިލެޓް ލައިސަންސް( ސީޕީއެލް) ހަދައިގެން ރާއްޖޭގެ އެހެނިހެން ކުންފުނިތަކުން ލިބޭ އުޖޫރަ ރަގަނޅު ވުމުން އެކުންފުނި ތަކަށް ޝައުގުވެރިވުން ފަދަ ކުރިމަތިވާ ގޮންޖެހުންތަކެއް ހުރި ކަމަށް ވިދާޅުވި އެވެ. "މިހާރު ވެސް ކޮމާޝަލް ޕައިލެޓް ލައިސަންސް، ހަދާފައިވާ 3 ސިފައިންގެ ބޭކަލުން އެބަތިބި. އެ ފަރާތްތައް ހެލިކޮޕްޓަރު ޕައިލެޓުންނަށް ވުމަށް ވަކި ޚާއްސަ ތަމްރީންތަކެއް ހަދަން ޖެހޭ. އެކަމަށް ވާންޖެހޭ ތައްޔާރީތައް ދަނީ ވަމުން،" އާޒިމް ވިދާޅުވި އެވެ.

"ކުރިމަގުގައި ސީޕީއެލްއާ އެކުއެކީގައި ހެލިކޮޕްޓަ ޕައިލެޓް ޓްރޭނިން ހިމެނުމަށް ދަނީ އިންތިޒާމުތައް ހަމަޖައްސަމުން. އަދި މި އަހަަރު ތެރޭގައި ޕައިލެޓުން ތަމްރީން ކުރުމުގެ މަސައްކަތް ފެށެނޭ،" އާޒިމް ވިދާޅުވި އެވެ.

އިންޑިއާ އިން ދެ ހެލިކޮޕްޓަރެއް ރާއްޖޭގައި އޮޕަރޭޓް ކުރާއިރު، ފުރަތަމަ ހެލިކޮޕްޓަރު ގެނައީ ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި 2010 ގަ އެވެ. ސ. ގަން އެއާޕޯޓުގައި ބާއްވާފައި އޮންނަނީ އެ ހެލިކޮޕްޓަރެވެ. ފަހުން ހަދިޔާކުރި ހެލިކޮޕްޓަރު އޭޕްރީލް، 2011 ގައި ރާއްޖެ ގެނެސް، އޮޕަރޭޓް ކުރަނީ ލ. ކައްދޫ އެއާޕޯޓުގައި އިންޑިއާ ސަރުކާރުން ހަދައި ދީފައިވާ ހޭންގަރުގައި ބާއްވައިގެންނެވެ.

އިންޑިއާ އިން ރާއްޖެ އަށް ދިން ދެ ހެލިކޮޕްޓަރުން މައިގަނޑު ގޮތެއްގައި އުފުލަނީ ބަލި މީހުންނެވެ. އެކަމަކު، ބައެއް ހާދިސާތަކުގައި މީހުން ގެއްލުމާ ގުޅިގެން އެ މީހުން ހޯދުމުގެ މަސައްކަތުގައި ހެލިކޮޕްޓަރުގެ އެހީ ހޯދަ އެވެ. ހެލިކޮޕްޓަރުތައް އޮޕަރޭޓް ކުރުމަށް އިންޑިއާގެ ފަންސާހެއްހާ ސިފައިން އުޅެ އެވެ.

ހެލިކޮޕްޓަރު އިންޑިއާ ސިފައިން އެކަނި އޮޕަރޭޓްކުރުމުގެ ނުތަނަވަސްކަމަށް ހައްލެއް ހޯދަން ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ހުށަހެޅީ އޮޕަރޭޝަންތަކުގައި ދިވެހި ސިފައިންގެ ބައިވެރި ކުރުމަށެވެ. މިއީ، އެންމެ ކުރިއްސުރެ އެއްބަސްވުމުގެ ތެރޭގައި ވެސް ހިމެނޭ ކަމެކެވެ. ޕައިލެޓުން ތަމްރީން ކުރުމަށް އިންޑިއާ އިން އެއްބަސްވެފައިވީ ނަމަވެސް މިއަދާ ހަމައަށް އަސްކަރީ ހެލިކޮޕްޓަރަށް ޚާއްސަ ދިވެހި ޕައިލެޓަކު ތަމްރީނެއް ނުކުރެވެ އެވެ.

މި ނުތަނަވަސްކަން އޮއްވައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުގެ ފުރަތަމަ މަސް ދުވަހުގެ ތެރޭގައި ދެ ހެލިކޮޕްޓަރުގެ އެއްބަސްވުން އާކޮށް، އޮޕަރޭޝަންތައް ވަނީ ފަށައިފަ އެވެ.

30 ކޮމެންޓް, 30 ރިއެކްޝަންސް

icon happy icon happy 27%
icon sad icon sad 3%
icon angry icon angry 70%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ކެކެކެ

23 March 2021

ހެލިކޮޕްޓަރަށް ދިވެހި ޕަ އިލެޓުން ތަމްރީނު ކުރަން ދުނިޔޭން ބޭރަށް ދިޔަ މީހުންގެ ޚަބަރެއ އް ކަލޭ ބަލާނުލަންތަ؟

The name is already taken The name is available. Register?

މާންބެ

01 February 2020

ހެލިކޮޕްޓަރަށް ދިވެހިޕައިލަޓުން ތަމްރީނުކުރަން އަދިއެއް ދައުރު ބޭނުންވާނެ. މަހީހީ

The name is already taken The name is available. Register?

ހައްގުބަސް

31 January 2020

ފައިދާއަށްވުރެ ގެއްލުންބޮޑީ.

The name is already taken The name is available. Register?

ޓޮޓް

31 January 2020

ބުހުތާނު ދޮގު

The name is already taken The name is available. Register?

ބޯގޮވައިފި

23 March 2021

ތިޔަ ބުނީ ހާދަ ބޮޑު ތެދެކޭ. މިއަދު މީ 23 މާރިޗު 2021 ވިއްޔަ. ތަމްރީނު ކުރެވޭ ބަޔަކު ކުރެވިފަތާ ތިބީހީ.

The name is already taken The name is available. Register?

އެމްޑީޕީމީހާ

31 January 2020

ރާއްޖެއަ ހުރި ނުރައްކަލެއް މީ. އެމީހުން ރާއްޖޭން ނުފައިބާނެ. ނަޝީދުގެ ނުބައިކަން މިފެންނަނީ.

The name is already taken The name is available. Register?

މިލިޓަރީ

31 January 2020

އެމްޑީޕީގެ އިސްސަފުގަ ތިބީ ރާއްޖޭ ދެކެ ލޯބިނުވާ ބައެއް. އެމީހުންގެ ވިސްނުން ހުރީ ޔޫރަޕް ޤައުމުތަކުގަ ދިރިއުޅެން.

The name is already taken The name is available. Register?

ވަތަން އިސްކުރަންޖެހޭ

31 January 2020

އިންޑިޔާ އޮތީ ރާއްޖެއަ އަސްކަރީ ޕްލޭނެ. އެމީހުން ބޭނުންވާ ތަންތަން އިންޑިޔާއަ ދޭން މިސަރުކާރުން ނިމްމާފަ އޮތީ. ރާއްޖޭގެ އިގްތިސޯދު ދެން އޮންނާނީ އިންޑިޔާގެ މުސުތެރޭގަ. ދިވެހިންނަ ވެިސްނޭނީ ކިހާވަރަކަ އަޅުވެތި ވީމަތަ.؟

The name is already taken The name is available. Register?

އަހުމަދުސަރީފް

31 January 2020

5އަހަރުތެރޭގަ އައިޖީއެމްއެޗް ހޮސްޕިޓަލްވެސް ދިވިހި ސަރުކާރާ ހަވާލުކުރާނަމޭބުނި އެކަމް އަދިވެސް ???ސަލާމަތް ނުވެގެން

The name is already taken The name is available. Register?

ާއައިޝާ 234

31 January 2020

ސަހަރޯ.ބަލަގަ ތިހެލިކެޕްޓަރުން ޚިދުމަތެއް ކޮށްދެނީ ދިވެހި ރައްތިނުންނަށް ނޫންބާ.އިންޑިއާގެ އަވައްތަކުގެ ބަލިމީހުންތަ އެމީހުން އެފުލަނީ.ބައްޔެއް މީ.

The name is already taken The name is available. Register?

އިސްތިއު

31 January 2020

ގައުމުތައް އިސްތިއުމާރުކުރާގޮތާއި އިސްތިއުމާރުގެ ސަބަބުން ގައުމުގެ ރައްޔިތުންނަށް ލިބޭ ގެއްލުން ތިކަހަލަ ޅަ ސިކުނޑިތަކަކަށް ނުވިސްނޭނެ. ކުރީ ސަރުކާރުން ފައިބަން އެންގީމަ ނުފޭބި. ދެންވެސް ނުފައިބާނެ. ވަގުތު ފާއިތުވާއިރު، އޮންނާނީ އަރައިނުގަނެވޭނެ އެއްބަސްވުންތަކެއްގައި ސޮއިކޮށްފަ. އިސްތިއުމާރު އިހުސާސްކުރެވޭނީ ޕޯޗްގީޒުންގެ ދުވަސްވަރު، އިނގިރޭސީން އިންޑިޔާގައި ތިބިއިރު، ފަލަސްތީނު، ކަޝްމީރަށް ބަލައިލުމުން

The name is already taken The name is available. Register?

އަލިފުތާބެއްޔާ

31 January 2020

އެހާ ގިނަ އަހަރު ތިކަމަށް ނަގަނީ ރޫޅާ ރާވާ އަމިއްލަޔަށް ހެލްކޮޕްޓަރ ހެދޭ ވަރަށް ތި ޕައިލެޓުން ތަމުރީނު ކުރާތީދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454