31 ޖެނުއަރީ 2020 - 20:31
ޗައިނާގައި ފެތުރެން ފެށި ނުރައްކާތެރި ކޮރޯނާވައިރަހާ ގުޅުވައިގެން ދޮގު ހަބަރު ނުފެތުރުމަށް ރާއްޖޭގެ މީޑިއާތަކަށް މޯލްޑިވްސް މީޑިއާ ކައުންސިލް (އެމްއެމްސީ) އާއި މޯލްޑިވްސް ބްރޮޑްކާސްޓިން ކޮމިޝަނުން މިއަދު އިލްތިމާސް ކޮށްފި އެވެ.
މީޑިއާ ކައުންސިލުން ނެރުނު ބަޔާނެއްގައި ބުނީ ރައްޔިތުންގެ ހިތްތަކުގައި ބިރުވެރިކަން ނުފެތުރޭނެ ގޮތަށާއި ރާއްޖޭގެ އިގްތިސާދަށް އަސަރު ނުކުރާގޮތަށް ހަބަރުތައް ފެތުރުމަށް އިލްތިމާސްކުރާ ކަމަށެވެ. އަދި ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ އެންގުންތަކުގެ މައްޗަށް ހަބަރު ފެތުރުމަށާއި ތެދު ހަބަރެއްކަން ކަށަވަރު ކުރުމަށް ފަހުގައި ނޫނީ ހަބަރު ނުފެތުރުމަށް އެމްއެމްސީން ވަނީ އިލްތިމާސް ކޮށްފަ އެވެ.
ބްރޮޑްކާސްޓިން ކޮމިޝަނުން ބުނީ ކޮރޯނާ ވައިރަހުގެ ސަބަބުން ފެތުރެމުންދާ ބަލިމަޑުކަމާ ގުޅޭގޮތުން، އާންމުންގެ މެދުގައި ބިރުވެރިކަން އުފެދި، ނުތަނަވަސްކަން އަންނަ ގޮތަށް ސާބިތު ނުހިފޭ މައުލޫމާތު ގެނެސްދިނުމުން އެއްކިބާވުމަށާއި، މިކަމާ ގުޅޭ އެންމެހާ ކޮންޓެންޓް ގެނެސްދިނުމުގައި ޒިންމާދާރު ނޫސްވެރިކަން ކުރިއަށް ނެރުމަށް އިލްތިމާސް ކުރާ ކަމަށެވެ.
"ސާފު ސީދާ ތެދު މަޢުލޫމާތު ގެނެސްދިނުމަށާއި، ކަމާގުޅޭ އިދާރާތަކުގެ ބަސް ހޯދައި، އެފަރާތްތަކާ ހަވާލާދީ ކޮންޓެންޓް ގެނެސްދިނުމަށް ވެސް އިލްތިމާސްކުރަމެވެ.،" ބްރޮޑްކާސްޓިން ކޮމިޝަންގެ ސާކިއުލާގައި ވެ އެވެ.
ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ހަމަތަކާއި އުސޫލުތަކަށާއި ގައިޑްލައިންތަކާ އެއްގޮތްވާގޮތުގެ މަތިން އަމަލުކުރުމަށް ވެސް ހުރިހާ ބްރޯޑްކާސްޓަރުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި މި ދަނޑިވަޅުގައި ބްރޯޑްކާސްޓަރުން ގެނެސްދޭ ހަބަރާއި މައުލޫމާތު ކޮމިޝަނުން ވަރަށް ގާތުން މޮނިޓާކުރަމުންގެންދާ ކަމަށް ވެސް ސާކިއުލާގައި ބުނެފައިވެ އެވެ.
ކޮރޯނާ ވައިރަހާ ގުޅުވައިގެން ސޯޝަލް މީޑިއާގައި ދޮގު މައުލޫމާތުތައް ދަނީ ފަތުރަމުންނެވެ. އެ މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށް ބައެއް މީޑިއާތަކުން ހަބަރު ވެސް ގެނެސް ދީފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޖާއިލަމް
01 February 2020
ދޮގު ހަބަރު ފެތުރުން ހުއްދަވަަނީ ސަރުކާރުން ބޭނުންވީމަ އެކަނި.
ބޯބުރާންތި
31 January 2020
ނިދިން ހޭލެވުނީތަ؟
ނާޝިދު
31 January 2020
ނޫސްވެރިންނަށް މިފަދަ އިންޒާރެއް ދިނުމުން ދޭހަވަނީ ސަރުކާރުން މިކަމުގައި ރައްޔިތުންނަށް އޮޅުވާލަން ބޭނުންވާކަން. ބަލަ ނޫސްވެރިންވެސް ދުނިޔޭގެ މަސްހޫރު ނިއުސް ޗެނެލްތަކުން ލިބޭ ޚަބަރު އެ ގެނެސްދެނީ. ނޫސްވެރިނަށް ތިޔަ އިންޒާރު ދޭ މީހުން އަޑުއަހާލަބަލަ މިއަދު ކެނެޑާގެ ޓޮރެންޓޯ އިން އެ ގެނެސްދިން ޚަބަރުތައް. ބިރުން ފިއްކަޑައިގެންދާނެ އަޑުއެހިނަމަ. ދެންވެސް ސަރުކާރުގެ އިސް ވެރިން މާތް ﷲ އަށް ބިރުވެތި ވާންވީ. ރައްޔިތުން ސަލާމަތް ކުރުމަށް އިޙްލާސްތެރިކަމާއެކު މަސައްކަތް ކުރަންވީ. 1 ޑޮލަރަށްވުރެ މި ދިވެހީންގެ ފުރާނައިގެ އަގު ބޮޑުކަން ހަދާންކޮށް ޗައިނާއިން މިގައުމަށް މީހުން އައުން ހުއްޓުވަންވީ. މިހެން ބުނީމަ އަނެއްކާވެސް މަޓީ އަކާނޫން ވާހަކަ ދައްކަންވީ. ފޯރަމެއް ބާއްވައިގެން ވިޔަސް އާއްމު ރައްޔިތުން ބޭނުން ވަނީ ކޮން ގޮތެއްތޯ ބަލާބަލަ. ކަންކަން ކުރުމުގެ ގާބިލްކަން ނެތިއްޔާ ނުވަތަ ޑިސިސަން ނަގާނެ ގަޓު ނެތިއްޔާ އިސްތިއުފާދީފައި ރަށަށް ދޭބަލަ. މިހާރު ރުޅި ގަދަވީ
ކޮރަލް
31 January 2020
ތެދު ހަބަރު ފަތުރާތީ އަންނަ ޕްރެޝަރެވެ
ޚަބަރު ދާރު
31 January 2020
ސަރުކާރުން ވެސް ތެދު ޚަބަރު ފެތުރުން އެދެން...ވަންހަނާ ނުކުރުން އެދެން.
ބުރާންތި 1
31 January 2020
އަބަދު އަބަދު އެ ބާއްވަނީ ޕްރެސް ކޮންފަރެންސް އެކަމަކުވެސް މަށަށް ކަމުދަނީ ވައިބާއިން މަށަށް ލިބޭ ފޮލާ ދެން މިކަމާ ކީއްކުރާނީ
ދުރުވިސްނާމީހާ
31 January 2020
21ވަނަ ގަރުނުގައި ސޯޝަލް މީޑިޔާ އާންމުވުމާ ގުޅިގެން މުޅި ދުނިޔޭގެ ހުރިހާ ހިސާބަކަށްވެސް ދިމާވެފައިވާ އެންމެ ބޮޑު ގޮންޖެހުމަކީ ފޭކް ނިއުސް. މިހާރުވެސް އެމެރިކާގެ ކުރިއަށް އެދާ ޓްރަމްޕުގެ އިމްޕީޗްމެންޓް ޕްރޮސެސްއަށް ބަލާއިރު އެންމެ ގަދައަށް އިވޭ އަޑަކީ ސޯޝަލް މީޑިޔާ މެދުވެރިކޮށް ފޭކް ނިއުސް ފަތުރައިގެން ރަޝިޔާއިން އެމެރިކާގެ އިންތިހާބު ފުނޑާލިވާހަކަ. ދިވެހިންވެސް ހަބަރަށްވުރެވެސް ބޮޑަށް ސޯޝަލް މީޑިޔާގައި ހުންނަ ފޮލާ ކަމުދާކަން ފާހަގަކުރެވޭ.
ނިރު
31 January 2020
ރާއްޖެޓީވީ މިހާރަކު ނުބަލަން އެހެންވީމަ ދޮގު ޙަބަރެއް އަޑުއިވިދާނެކަމުގެ ބިރެއްނެތް
ވަތުއޮޑި
31 January 2020
ހަމަ އެހެން މިނިސްޓަރުން ހުރިހާ މަސައްކަތެއް ކުރީމަ އެމްޑީޕީއިން ފިތުނަ ހަދާ އެމީހުންގެ މިނިސްޓަރު ރަނގަޅުުކުރަން އުޅެނިކޮށް އެ އޮތީ އަތުންފައިން އެ މާރިޔާއަށް ރަނގަޅު ގޯހެއް ހެދިފައި. އެެހެންވީމަތާ ގުރުއާނުގައި އޮންނަނީ، ތިޔަބައިމީހުންވެސް ޕްލޭން ކުރެޔޭ އަދި ﷲ ވެސް ޕްލޭން ކުރައްވައޭ. ހަމަކަށަވަރުން ﷲ އީ މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާންގެއޭ. ދެން މިހާރު ޕީއާރު ޖައްސާ މާރިޔާގައި ނެތް ގާބިލުކަމެއް ރައްޔިތުންނަށް ދައްކަން.
ތަސްލީމު
31 January 2020
އެއޮތްފަދަ ހިމަބިހި ކްރައިސިސްވެސް ހެލްތު މިނިސްޓަރު ހައްލު ކޮށްދެއްވީ ގައިމު ސޯޝަލް މީޑިޔާގައި އެންމެ ގޯލެއްވެސް ނުޖަހާ. މި މީހުން ކަމެއް ކުރުމުގެ އަދި ޖެހޭނެ އެކަން ސޯޝަލް މީޑިޔާގައި އިއުލާން ކުރަން. އެ ހެޔޮ އަގުބޮޑު ގަމީހެއް ލިޔަސް. ރައްޔިތުންގެ ހައްގުގައި މަސައްކަތް މީހުންނަށް ތިޔަފަދަ މެޑަލް ޖަހަން ވަގުތެއްވެސް ނުވާނެ
ގަމާރުސޯ
31 January 2020
ރާއްޖޭ މީހުން ކޮންމެ ކަމެއް ސިޔާސީ ކުރާތީ މައްސަލައަކީ. މިކަންވެސް ހީވަނީ މި ރާއްޖޭގެ ހެލްތު މިނިސްޓަރު އަމިއްލައަށް ގެނެސްގެން އުޅޭ ކަމެއްހެން. މިއީ މިހާރު މުޅި ދުނިއަށް ދިމާވެފައިވާ ތަދުމަޑުކަމެއް. ވޯލްޑް ހެލްތު އޯގަނައިޒޭޝަންގެ ޑިރެކްޓަރ ޖެނަރަލް އެ އޮތީ ރޭގައި އިއުލާން ކޮށްފައި މިއީ ގްލޯބަލް ކްރައިސިސްއެއް ގޮތުގައި. ބުއްދިން ކަމެއް ވިސްނިއްޔާތާ
އަޅެ
31 January 2020
މިނިސްޓަރު އަމިއްލަ ގެނެސްގެން އުޅޭ އެއްޗެކޭ ނުކިޔާ. ރެޑީ ނުވެވޭ އިރުވެސް ރެޑީ އޭ ކިޔައިގެންނާއި ހާސް ވާކަށް ނުޖެހޭ ކިޔައިގެންނާއި ރައްޔިތުން ގަމާރުން ކަމަށް ދެކިގެން ދައްކާ ވާހަކަ ކަމު ނުދަނީ.
ކާމިލު
31 January 2020
ބަލަ ދުނިޔޭގެ ހުރިހާ ގައުމަކުންވެސް ރެޑީއޭ ބުނަނީ ރައްކާތެރިކަމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އަޅާފައި. ގަމާރުވިޔަސް ބޮޑުވަރު ނޫންތޯ
އޮނަރަބްލް އަފީފު ދީދީ
31 January 2020
ރެޖިސްޓްރީ ކޮށްގެން ހިންގާ އެއްވެސް މީޑިއާ އަކުން ބަލީގެ ޙަޤީގަތާއި ޙިލާފު މައުލޫމާތު އާންމުކުރާނަމަ އެކަން ހުއްޓުވަންޖެހޭނެ. އަދި އެކަން ދޮގުކޮށް ބަޔާން ނެރެންވާނެ. އޭރުން އެފަދަ ފަރާތްތަކަކީ "ދޮގު މައުލޫމާތު ފަތުރާބައެއްކަން" ރައްޔިތުނަށް އިގޭނެ. # ރާއްޖޭގައި ސަރުކާރުގެ 3 ޓާޝަރީ ހޮސްޕިޓަލް ހުންނައިރު މިދެންނެވި 3 ހޮސްޕިޓަލްގެ ވެބުސައިޓުން ބައްޔާއިބެހޭ މައުލޫމާތާއި މިވަގުތުގެހާލަތު ވަގުތުންވަގުތަށްއިގޭނަމަ ރައްޔިތުން ފޭކް ނިއުސްތަކަށް ނުދާނެ.