މުނިފޫހިފިލުވުން / ކެޓްރީނާ ކައިފް

ބޮލީވުޑްގެ ޚަބަރުތައް ކުރުކޮށް

ޖެކީ.

02 ފެބުރުއަރީ 2020 - 09:08

އަނޫބަވް ސިންހާ ޑައިރެކްޓްކޮށް، ތާޕްސީ ޕައްނޫ ލީޑް ރޯލް ކުޅެފައިވާ ޑްރާމާ ފިލްމު "ތައްޕަޅު" ގެ ޓްރެއިލާ ދައްކާލައިފި އެވެ.

އަންހެނުންނާ ދެކޮޅަަށް ހިންގާ ޖަރީމާތަކަށް ބިނާކޮށްގެން ހަދާފައިވާ މި ފިލްމުގެ ކާސްޓުންގެ ތެރޭގައި ޕަވައިލް ގްލާޓީ، ރަތުނާ ޕަތަކް ޝާހް، ތަންވީ އަޒްމީ، ދިއާ މިރްޒާ، ރާމް ކަޕޫރް، ކުމުދު މިޝްރާ، މާނަވް ކޯލް އަދި ގްރޭސީ ސިންގް ހިމެނެ އެވެ.

މީގެ ދެ އަހަރު ކުރިން ތާޕްސީއާ އެކު ކްރިޓިކުންގެ ތައުރީފު އޮހުނު ފިލްމު "މުލްކް" ގެނެސްދިން އަނޫބަވް އެންމެ ފަހުން ބެލުންތެރިންނަށް ގެނެސްދިން ފިލްމަކީ މިދިޔަ އަހަރު އަޔޫޝްމަން ކުރާނާއާ އެކު ގެނެސްދިން "އާޓިކަލް 15" އެވެ.

"ތައްޕަޅު" ސިނަމާތަކަށް އަންނާނީ މި މަހުގެ 28 ގަ އެވެ.

"ސޫރިޔާވަންޝީ" ގެ ރޯލެއް ޖެކީ އަށް

ޑައިރެކްޓަރު ރޯހިތު ޝެޓީ އަންނަ މާޗް މަހު ގެނެސްދޭ ކޮޕް ޑްރާމާ "ސޫރިޔާވަންޝީ" ގެ ރޯލަކަށް ޖެކީ ޝްރޮފް ސޮއިކޮށްފި އެވެ.

ކަރަން ޖޯހަރް ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާ މި ފިލްމުގެ ލީޑް ތަރިންނަކީ އަކްޝޭ ކުމާރާއި ކެޓްރީނާ ކެއިފެވެ. އިތުރު ކާސްޓުންގެ ތެރޭގައި ނީނާ ގުޕްތާ، ގުލްޝަން ގްރޯވާ، ނިތިކަން ދީރް، ވިވިއަން ބަޓޭނާ އަދި އަބިމަންޔޫ ސިންގް ހިމެނެ އެވެ.

މީގެ އިތުރުން "ސޫރިޔާވަންޝީ" ގެ ހާއްސަ ފެނިލުންތަކުން ރޯހިތު ކުރިން ގެނެސްދިން ކޮޕް ޑްރާމާތައް ކަމަށްވާ "ސިންގަމް" ގެ ބަތަލު އަޖޭ ދޭވްގަން އާއި "ސިމްބާ" ގެ ތަރި ރަންވީރު ސިންގް ހާއްސަ ފެނިލުންތަކުން ފެންނާނެ އެވެ.

ފިލްމު ސިނަމާތަކަށް އަންނާނީ އަންނަ މަހުގެ 27 ގަ އެވެ.

ހިމޭޝްގެ އާ ފިލްމަކީ "ނަމަސްތޭ ރޯމް"

ހުކުރު ދުވަހު ރިލީޒްކުރި މިއުޒިޝަން ހިމޭޝް ރޭޝަމިއާގެ "ހެޕީ ހާޑީ އެންޑް ހީރް" އަށް ފަހު އޭނާ އަނެއްކާ ވެސް އާ ފިލްމެއްގެ މަސައްކަތް ފަށައިފި އެވެ.

ހިމޭޝް ބަތަލުގެ ރޯލް ކުޅޭ އާ ފިލްމުގެ ނަމަކީ "ނަމަސްތޭ ރޯމް" އެވެ. މިއީ އިޓަލީގައި ބޮޑުބައި ޝޫޓްކުރާނެ ރޮމޭންޓިކް ކޮމެޑީއެކެވެ. ހަގީގީ ހާދިސާތަކެއްގެ މައްޗަށް ބިނާކޮށް ހަދާ ފިލްމުގެ ޝޫޓިން އަންނަ މެއި މަހު އިނގިރޭސިވިލާތުން ފަށާ އިރު، މީގެ ހާއްސަ ރޯލަކުން މަޝްހޫރު ތަރިއަކު ވެސް ފެންނާނެ އެވެ.

"ނަމަސްތޭ ރޯމް" ރާޖޭޝް ސޭތީ ޑައިރެކްޓްކުރާ އިރު، ފިލްމަށް ހިމޭޝް ހަދާ މިއުޒިކަށް އިތުރު ފުރިހަމަކަމެއް ގެނެސްދޭނީ މަޝްހޫރު ޅެންވެރިޔާ ޖާވިދު އަޚްތަރުގެ ޅެންތަކުންނެވެ.

"ގަންގްބާއީ" ގެ ރޯލަށް ޝަންތަނޫ އަށް؟

އާލިއާ ބަޓާ އެކު، ޑައިރެކްޓަރު ސަންޖޭ ލީލާ ބަންސާލީ މިހާރު ހަދަމުން އަންނަ ފިލްމު "ގަންގްބާއީ ކަތިއަވާޅީ" ގެ ރޯލަކަށް ޓީވީ އެކްޓަރު އަދި ނެށުންތެރިޔާ ޝަންތަނޫ މަހޭޝްވަރީ ސޮއިކޮށްފައިވާ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނިގޮތުގައި ސްޓާ ޕްލަސް އިން މިދިޔަ އަހަރު ގެނެސްދިން ޑާންސް ޝޯ "ނަޗް ބަލިޔޭ" ސީޒަން ނުވައެއްގައި ވެސް ވާދަކުރި ޝަންތަނޫ، ބަންސާލީގެ ފިލްމުން ފެނިގެންދާނީ އަފްސަން ކިޔާ ކެރެކްޓާއަކުންނެވެ. މިކަން އަދި ކަށަވަރުނުވާ އިރު، މިއީ ތެދަކަށްވެއްޖެ ނަމަ "ގަންގްބާއީ" ވެގެން ދާނީ ޝަންތަނޫ ފިލްމަކުން ފެންނަ ފުރަތަމަ ފަހަރަށެވެ.

އޭނާ ކުޅެފައިވާ ސިލްސިލާތަކުގެ ތެރޭގައި "ޔޭ ހޭ އާޝިގީ" އާއި "މެޑިކަލީ ޔުއާޒް" އަދި "ދިލް ދޯސްތީ ޑާންސް" ހިމެނެ އެވެ. ޝަންތަނޫ، 28، އަކީ 2017 ގައި ރިއަލިޓީ ޝޯ "ހަތުރޯން ކޭ ކިލާޅީ" ވެސް ކާމިޔާބުކޮށްފައިވާ ފަންނާނެކެވެ.

"ގަންގްބާއީ" އަކީ މި އަހަރުގެ ސެޕްޓެމްބަރު 11 ގައި ރިލީޒްކުރާ ފިލްމެކެވެ.

0 ކޮމެންޓް, 2 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454