މިސްރުގައި ހިތާންކުރި އަންހެން ކުއްޖާގެ މައިންބަފައިންނާއި ބޮޑުދައިތަ އަދި ޑޮކްޓަރު ވަނީ ހައްޔަރުކޮށްފައި.
01 ފެބުރުއަރީ 2020 - 13:47
ގާހިރާ (ފެބްރުއަރީ 1) - މިސްރުގައި 14 އަހަރުގެ އަންހެން ކުއްޖަކު ހިތާންކުރަނިކޮށް އެ ކުއްޖާ މަރުވުމުން މައިންބަފައިންނާއި ބޮޑުދައިތަކު ފުލުހުން ހައްޔަރުކޮށްފި އެވެ.
މިސްރުގެ ޕްރޮވިންސެއް ކަމަށްވާ އަސީވުތުގައި އަންހެން ކުއްޖާ ހިތާން ކުރަން އުޅުނު ޑޮކްޓަރު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ ހަތަރު މީހުން ހައްޔަރު ކުރީ އަންހެނ ކުއްޖާގެ ބޮޑު ބޭބެއަކު ފުލުހުންނަށް އެކަން ރިޕޯޓް ކުރުމުންނެވެ.
އަންހެން ކުދިން ހިތާން ކުރުން މިސްރުގައި މަނާކޮށްފައި ވަނީ 2008 ވަނަ އަހަރު އެވެ. ނަމަވެސް މުޅި ދުނިޔެއަށް ބަލާއިރު ވެސް އަންހެން ކުދިން ހިތާން ކުރުމުގެ ނިސްބަތް އެންމެ މަތީ މިސްރުގަ އެވެ.
އދ.ގެ ކުޑަ ކުދިންނާ ބެހޭ އެޖެންސީ، ޔުނިސެފުން ބުނެފައިވާ ގޮތުގައި މިސްރުގެ ޅަ އަންހެން ކުދިންނާއި އުމުރުން 15 އަހަރާއި 49 އަހަރާ ދެމެދުގެ 87 ޕަސެންޓް އަންހެނުން ވަނީ ހިތާންކޮށްފަ އެވެ. މިސްރުގެ 50 ޕަސެންޓް މީހުން ގަބޫލް ކުރަނީ އެއީ ދީނީ ގޮތުން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
ހިތާންކުރުމުގެ ތެރޭގައި އަންހެން ކުއްޖާ މަރުވުމުން، މިސްރުގައި ވަނީ އިންސާނީ ހައްގުތަކަށް މަސައްކަތް ކުރާ ފަރާތްތަކުން އެކަމާ ދެކޮޅަށް އަޑު އުފުލަން ފަށައިފަ އެވެ. ނޭޝަނަލް ކައުންސިލް ފޯ ޗައިލްޑްހުޑް އަދި މަދަހުޑް އެންޑް ނޭޝަނަލް ކައުންސިލް ފޯ ވިމެން އިން ވަނީ އަންހެން ކުއްޖާ ހިތާން ކުރުމުގައި ބައިވެރިވި އެންމެންގެ މައްޗަށް ދައުވާ ކުރަން ގޮވާލައިފަ އެވެ.
އދ. އިން ބުނެފައި ވަނީ ދުނިޔޭގެ އެކި ހިސާބުތަކުގައި 200 މިލިއަނަށް ވުރެ ގިނަ އަންހެން ކުދިން ހިތާން ކޮށްފައިވާ ކަމަށެވެ. އަންހެން ކުދިން އެންމެ ގިނައިން ހިތާން ކުރާ ގައުމުތައް ކަމަށް ބުނެފައި ވަނީ މިސްރު، އިތިއޯޕިއާ އަދި އިންޑޮނީޝިއާ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ސުލޭމާން
02 February 2020
ވަރަށް ހިތާމަ އާއެކު ބުނެލަން ބޭނުންވަނީ ތިކަހަލަ ނާތަހުޒީބު ވިނަ ކަންތައްކުރަނީ އިސްލާމީ ގައުމުތަކުގައި . ޔަމަނުގައި ކުޑަކުދިންނާއި ކައިވެނި ކުރުން .އަފްގާނިސްތާންގައި ޅަފިރިހެންކުދިންނަށް ޖިންސީ ގޯނާ ކުރުން. ޕާކިސްތާންގައި އާއިލީ ޝަރަފައް އާއިލާގެ އަންހެންކުދިން މެރުން .
ހަބީބު
03 February 2020
ތިޔަބުނާ ތަހުޒީބު މިރާއަޖޭގަ ބަންގާޅިން އެދަނީ މުޅިރާއްޖެގެ ވަޒީފާގެ ބާޒާރު ހިސޯރުކުރަމުން ވައްކަން ކުރަމުން މިހުންމރަމުން
އަބްދުއްالله
02 February 2020
ތިޔަ ކަމަކީ މުޅި ދުނިޔޭގައި އިސްލާމުން ފަތުރަމުން އަންނަ، ނާ ތަހުޒީބު ކަމެއް.
މި މިސްރު ދަރިވަރު
02 February 2020
ފ. މ.ޖ އަކީ މަސްރު އަދި މިސްރުގެ ވަށައިގެންވާ އެފްރިކާގެ ގައުމުތަކުގައި ޘަޤާފީ ގޮތުން އިހު ޒަމާނުގައި ކުރެވެމުން އައި ކަމެއް. ކްރިސްޓިއަނުން ވެސް މުސްލިމުން ވެސް. މިސްރުގެ އަޒްހަރު ، ކޮޕްޓިކް ޗަރްޗް، އަދި މިސުރުގެ ސަރުކާރުން މަނާ ކޮށްފައިވާ ކަމެއް. ޖޫރިމަނާ އަދި ޖަލު ހުކު މް މިއަދު ލިބޭ ކަމެއް. ވީމާ ، ދީނީ ކުލަވަރު މިކަމުގައި ޖައްސަވަންނަހައްދަވާ. މަނާ ކުރި ނަމަވެސް ކޮންމެ ގައުމެއްގައި ވެސް ކުށްކުރާ މީހުން ދިރިއުޅޭ.
ޑާޑާ
01 February 2020
ރާއްޖޭގަވެސް ތިކަމެއް ކުރާ ހިތުން ބައިގަނޑެއް އަވަދިވަނީ..........މިތާގަ ކޮން ސަކަރާތެއް ޖަހާކަށް، ތޯރާބޯރާއަށް ގޮސް ރަންބުއްދިވޭ..........
ޑާޑާގެނުވިސްނޭސިކުނޑި
02 February 2020
މިތާނގައި ޖަހާ ސަކަރާތް އެންމެނަށް އެބަ ފެނޭ. ރޯމާ ދުވާލު މީހުން މެރުން، ކަޓަރު އެޅުން، ވައްކަން ކުރުން، ކޮރަޕްޝަންގެ ކަޅު ފައިސާ ބެހުން، ހަމަހަމަ ކަމާއި އިންސާފަށް ހުކުމް ނުކުރުން އަދިވެސް އަދިވެސް. ދެން މިތަނަށް ކިޔާނީ ކޮން ނަމެއްތަ؟