ކުޅިވަރު

އެފްރިކާ އަށް ފީފާ ރައީސްގެ ހުށަހެޅުންތަކެއް

ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެފްރިކާގެ ގައުމުތަކާ އެކު ބޭއްވި ސެމިނާގެ ތެރެއިން ވާހަކަދައްކަވަނީ.-- ފޮޓޯ: އޭއެފްޕީ

04 ފެބުރުއަރީ 2020 - 10:45

ރަބާތު، މޮރޮކޯ (ފެބްރުއަރީ 4) - އެފްރިކާ ފުޓްބޯޅަ ބަދަލުކޮށްލަން ކުރެވޭ މަސައްކަތުގައި އެ ބައްރުގެ ހުރިހާ ގައުމެއްގެ އެއްބާރުލުން ވެސް ބޭނުންވާނެ ކަމަށް ބުނެ ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ އެފްރިކާގެ ގައުމުތަކަށް ކަންތައްތަކެއް ހުށަހަޅުއްވައިފި އެވެ.

އެފްރިކާ ބައްރުގައި ހިމެނޭ ފީފާގެ މެމްބަރުންގެ ގޮތުގައި ތިބި 54 ގައުމުގެ މަންދޫބުންނާ އެކު އިންފަންޓީނޯ ވަނީ ދާދި ފަހުން ބައްދަލުވުމެއް ބާއްވައިފަ އެވެ. މި ބައްދަލުވުމުގައި އިންފަންޓީނޯ ހުށަހެޅުއްވި ގިނަ ކަންތައްތަކަށް އެފްރިކާ ގައުމުތަކުގެ ރުހުން ލިބުނެވެ.

އިންފަންޓީނޯ ހުށަހެޅުއްވި ކަންތައްތައްކަކީ އެފްރިކާގެ ކޮންމެ ގައުމެއްގައި ފެންވަރު ރަނގަޅު ދަނޑެއް އެޅުމަށް އެއް ބިލިއަން ޑޮލަރުގެ ޕްރޮޖެކްޓަކާއި މިހާރު ދެ އަހަރުން އެއް އަހަރު ބާއްވަމުން އަންނަ އެފްރިކަން ކަޕް އޮފް ނޭޝަންސް ހަތަރު އަހަރުން އެއް އަހަރަށް ބަދަލުކުރުމުގެ އިތުރުން އެފްރިކާގެ ގައުމުތަކުގެ މެދުގައި ވަރުގަދަ ކްލަބް ފުޓްބޯޅަ މުބާރާތެއް ފެށުމެވެ.

އެފްރިކަން ކަޕް ކޮންމެ ދެ އަހަރަކުން ބޭއްވުމަކީ ޔޫރަޕްގެ ކްލަބްތަކަށް އޭގެ ސަބަބުން ގިނަ މައްސަލަތަކެއް ކުރިމަތިވާ ކަމެކެވެ. އެ ގޮތުން އަންނަ އަހަރު ޖެނުއަރީ އާއި ފެބްރުއަރީގައި އެފްރިކަން ކަޕް ބާއްވާތީ ޔޫރަޕްގެ ލީގުތަކުގެ މެދުތެރެއިން އެފްރިކާ ކުޅުންތެރިން ގައުމީ ޓީމަށް ދޫކުރަން ޖެހުމުން ގިނަ މައްސަަލަތަކެއް ކުރިމަތިވާނެ ކަމަށް ބެލެވެ އެވެ. އިންފަންޓީނޯ ވިދާޅުވީ ފޯރި އާއި އެހެން ހުރިހާ ކަމަކަށް ބަލާއިރު ވެސް އެންމެ ރަނގަޅު ގޮތަކީ އެ މުބާރާތް ހަތަރު އަހަރުން އެއް ފަހަރު ބާއްވާ ގޮތް ހެދުން ކަމަށެވެ.

"މިއީ އެފްރިކާ ގައުމުތަކުން ނިންމަން ޖެހޭ ނިންމުމެއް. މިއީ މަޝްވަރާކޮށްގެން ގެނެވޭނެ ވަރަށް ހެޔޮ ބަދަލެއް. ފުޓްބޯޅައިގެ ފޯރި ހާއްސަކޮށް އެފްރިކާގެ އިތުރުން މި މުބާރާތް މުޅި ދުނިޔޭގައި ވެސް މަގުބޫލުކުރެވޭނެ ގޮތެއް،" އިންފަންޓީނޯ ވިދާޅުވި އެވެ.

"ޕެލޭ ބުނެފައިވޭ އެފްރިކާ ޓީމެއް ވޯލްޑް ކަޕް ހޯދާނެއޭ. އެކަމަކު އަދި އެކަމެއް ނުވޭ. އެހެން ނަމަވެސް ފެންވަރު ރަނގަޅު ބަދަލުތަކެއް ގެނެސްގެން އެކަން ކުރެވޭނެ."

އިންފަންޓީނޯ ވިދާޅުވީ އެއް ބިލިއަން ޑޮލަރު ހަރަދުކުރާ އެފްރިކާގައި ސްޓޭޑިއަމް އެޅުމުގެ ޕްރޮޖެކްޓްގައި އިސްކަންދޭނީ ފެންވަރު ރަނގަޅު ދަނޑެއް ނެތް ގައުމުތަކަށް ކަމަށެވެ. އަދި ރަނގަޅު ދަނޑުތައް ހުރި ގައުމެއްގައި އިތުރު ދަނޑެއް އެޅުމުގެ ބަދަލުގައި ވަކި ފަންޑެއް ދޭނީ އެހެން އިންފްރާސްޓްރަކްޗާ ރަނގަޅުކުރުމަށް ކަމަށް ވިދާޅުވި އެވެ.

ފީފާ އިން ދެން ހުށަހެޅި ޕްރޮޕޯސަލަކީ އެފްރިކާގެ ލީގެއް ތައާރަފް ކުރުމުގެ ވިސްނުމެވެ. އެއީ 20-24 ކްލަބް ކުޅޭގޮތަށް މުބާރާތް ބާއްވައި އެފްރިކާގެ ޗެމްޕިއަން ކްލަބް ހޮވުމަށެވެ. އެއީ ފަހަކަށް އައިސް އެފްރިކާގެ ޗެމްޕިއަންސް ލީގުގައި ގިނަ މައްސަލަތަށް ފެންމަތިވަމުން އަންނާތީ އެކަަމަށް ވެސް ހައްލެއް ގެނައުމުގެ ގޮތުން ކުރާ ކަމެއް ކަމަށް އިންފަންޓީނޯ ވިދާޅުވި އެވެ.

0 ކޮމެންޓް, 4 ރިއެކްޝަންސް

icon happy icon happy 100%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454