ފައިނުގައި އަރިއަޅާލާފައިވާ ކާނި ގަހެއްގައި ވާ އައްސައިގެން ކުޑަކުދިންތަކެއް އެއަށް ދަމަނީ: މި ގަސްތައް މިހާރު ވަނީ ކޮޅަށް ނަގައިފައި
05 ފެބުރުއަރީ 2020 - 11:43
ރ. ފައިނުގެ އުތުރު ފަރާތް ވަރަށް ބޮޑަށް ގިރާލައި، އަތިރިމަތީގައި ހުރި ބިޔަ ކާނި ގަސްތައް ވެއްޓުމާ ގުޅިގެން ސަރުކާރުން އެ ގަަސްތައް ނަގައި، ރައްޔިތުންގެ އުއްމީދު އާކޮށްދީފި އެވެ.
މިދިޔަ ދެ މަސް ދުވަހުގެ ތެރޭގައި ފައިނު ވަރަށް ބޮޑަށް ގިރައި، އެ ރަށުގެ އަތިރިމަތީގައި ހުރި ހަތަރު ކާނި ގަސް ވަނީ ވެއްޓިފަ އެވެ. ދެ ގަރުނަށް ވުރެ ގިނަ ދުވަސް ވެފައިވާ، ތާރީޚީ އެ ގަސްތައް ވެއްޓުމާ ގުޅިގެން، މިދިޔަ ހުކުރު ދުވަހު ޕްލޭނިން މިނިސްޓްރީން ވަނީ ގިރާ ސަރަހައްދަށް ފަސް އަޅައި، ގަސްތައް އަލުން ނެގުމުގެ މަސައްކަތް ފަށައިފަ އެވެ.
މޫދަށް ވެއްޓިފައިވާ އެ ހުރިހާ ގަހެއް ވެސް ނެގީ އެކްސްކަވޭޓަރެއް ބޭނުންކޮށްގެންނެވެ.
"މިއީ އަޅުގަނޑުމެންނަށް ލިބުނު ވަރަށް ބޮޑު އުއްމީދެއް. ގަސްތައް ކޮޅަށް ހުރީތީ ވެސް އެއީ ލިބޭ ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" ގަސްތައް ވެއްޓި، ރަށުގެ ބޮޑުބައެއް ގިރައިލުމާ ގުޅިގެން ރައްޔިތުން މާޔޫސް ވެފައިވާކަން ފާހަގަކޮށް، ފައިނު ކައުންސިލްގެ އޮފިޝަލަކު ވިދާޅުވި އެވެ.
Sarukaarun enme kuda rahves baakee nukuraane. #savefainu @waddey_ pic.twitter.com/2uh1bPfzxo
— Shauna Aminath 🎈❓ (@anuahsa) February 1, 2020
ގަސްތައް ނެގި ނަމަވެސް، ގިނަ ދުވަސްވުމުގެ ސަބަބުން އެ ގަސްތައް ހުރީ ވަރަށް ބޮޑަށް މަރުވެފަ އެވެ. އެހެންވެ، ހިކިފައިވާ އެ ގަސްތަކަށް ފެން އަޅައި، އަލުން ރޯކުރެވޭތޯ ކައުންސިލުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
ގަސްތަކުގެ ބުޑަށާއި ގިރައިލާފައި އޮތް ސަރަހައްދަށް ފަސް އެޅުމުގެ މަސައްކަތް ވެސް ސަރުކާރުން މިހާރު އަންނަނީ ކުރަމުންނެވެ.
ކައުންސިލުން ބުނިގޮތުގައި އެ ތަނަށް އަޅަން ފަސް ނަގަނީ، ރަށުގެ ބަނދަރު ފަޅުތެރެ އަށް ގިނަވެފައިވާ ވެއްޔާއި ކުރިން ހަދާފައި އޮތް ބަނދަރަކުން ނަގާ ވެއްޔެވެ. އެ މަސައްކަތް ނިމޭނެ ދުވަހެއް އަދި ނޭނގެ އެވެ.
"ކުރީގައި އޮތް ރީތި ފަސްގަނޑެއް މިހާރަކު ނެތް. އެކަމަކު އަޅުގަނޑުމެން އުއްމީދު ކުރަނީ އަލުން ވެލި އެޅުމުގެ ސަބަބުން ކޮންމެވެސް ވަރެއް އިޔާދަ ކުރެވޭނެ ކަމަށް،" އޮފިޝަލް ވިދާޅުވި އެވެ.
ކާނި ގަސްތައް ހުރި ފަޅީގައި، އެ ގަސްތަކާ އިންވެގެން ފައިނު ބަނދަރު ހަދަން ފެށީ 2015 ވަނަ އަހަރު އެވެ. ފަޅު ކޮންނަން ފެށިތާ ކައިރީގައި ވެސް ރަށް ވަރަށް ބޮޑަށް ގިރި އެވެ. އެކަމަކު ސަރުކާރުން އެކަމަށް ހައްލެއް ގެނައީ، ބޮޑު ހިލަ ޖަހައިގެންނެވެ. އޭގެ ފަހުން މިދިޔަ ތިން އަހަރުގެ ތެރޭގައި އެ މައްސަލަ މާ ބޮޑަށް ކުރިމަތި ނުވެ އޮވެފައި، ރަށް އާދަޔާ ހިލާފަށް ގިރަން ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ނާނު
06 February 2020
ގިރާ ތަނަކަށް ވެލި އަޅާނީ ބޯ ބުރާންތި ބަޔެއް ތިތާ ތޮއްޓެއްލާ ދީބަލަ ކުދި ރަށް ބާކީ ނުކުރާނޭ ކިޔައިގެން މި އުޅެނީ އިންތިޚާބެއް އޮތީމަ ދޮއްތަ
ސީޒާ
05 February 2020
މިކަހަލަ ކުދި ރަށްރަށުން މީހުން ބާލަބަލަ ހެޔޮނުވާނެ. އާދޭސްކޮށްފަ މިބުނީ...
ޝާޑު
05 February 2020
ޖަޒީރާރާއްޖޭގައި ދެއްކުން މަނާ ވާހަކަ ތިޔަހުންނަނީ.
ބައުކަލޯ
05 February 2020
"ދޮގެއް! ބާލާނެ ކަމެއް ނެތް! ވޯޓްހޯދަން ބަނދަރުއަޅައިދީ، ހާސިލު ނުކުރެވޭ "އުއްމީދު ތައް" އާކޮށްދީފަ ބައިތިއްބާ!" މިވެސް މީހަކު ބުނި އެއްޗެއް! ވަރަށް ދެރަ....
މެގަ
05 February 2020
އަނެއްކާވެސް މެގަ ޕްރޮޖެކްޓެއް. އެކަމަކު ކޮޅަށްނެގި ގަހުގެ ހިމާޔަތުގައި އޮންނާނެ ފަސްގަނޑެއް ނެތިއްޔާ ނުވަތަ އެ ފަސްގަނޑު ހިފެހެއްޓޭނެ ގޮތެއް ނެތިއްޔާ ތިޔަ މެގަ ޕްރޮޖެކްޓްވެސް ވާނީ ފެއިލް ނޫންތޯ؟
ރަދީފުގެދަރި ކުމާރު
05 February 2020
ސަރުކާރުން އެނެގި ގަސްދޮށުގެވަށައި ބޮޑުހިލަޖަހައިދިނަސް އެއީ ވަރަށް ބޮޑުވަރު ރަށުގެ ހިމާޔަތަށް.
ރަބަރު
05 February 2020
ހަމައެކަނި ގަސްތައް ނަގާ ކޮޅަށްޖެހިއަސް ނުފުދޭނެ ގަހުގެ ވަށައިގެން ގަސް ހިމާޔަތް ކުރެވޭނެ ގޮތެއްވެސް ހަދަންޖެހޭނެ.
އަލިއްޔާ
05 February 2020
ތިވަރު ކޮމަންސެސް އެހެންމީހުންގެ ނުހުންނާނެ ކަމަށްތަ ތިކޮމެންޓްކުރަނީ! ތިކަން ނޭގިގެން އެއްވެސް މީހަކު ނޫޅޭ ނޫންތޯ.