އެކްސިޑެންޓް ހިނގި ސަރަހައްދެއްގައި ފުލުހުން ހަރަކާތްތެރިވަނީ: ނުރައްކާތެރިކޮށް ދުއްވުން ހުއްޓުވަން އިތުރު ފިޔަވަޅުތަކެއް އަޅަން ގާނޫނަށް ވަނީ އިސްލާހު ހުށަހަޅާފައި -- ފޮޓޯ/މިހާރު
12 ފެބުރުއަރީ 2020 - 07:16
ޓްރެފިކް ގަވާއިދުތަކުގެ ވާހަކައާ އެކު ގިނަ ބަޔަކަށް އެންމެ ފުރަތަމަ ވެސް ހަނދާނަށް އަންނާނީ ގަވާއިދާ ޚިލާފަށް ޕާކްކޮށްގެން ކުރެވޭ ޖޫރިމަނާތަކެވެ. އުޅަނދުތައް ގިނަވުމުގެ ސަބަބުން ޕާކް ކުރަން އެކަށީގެންވާ ޖާގައެއް ނެތް މާލޭގައި ޕާކިން ސްޓިކާ އެއް ބަޔަކު ސިފަކުރަނީ ދައުލަތަށް އާމްދަނީ ހޯދުމުގެ ވަސީލަތެއްގެ ގޮތުގަ އެވެ. މި ބަހުސް އަނެއްކާވެސް މިހާރު އުފެދިގެން އުޅެނީ އެއްގަމު ދަތުރުފަތުރުގެ ގާނޫނަށް ސަރުކާރުން ހުށަހެޅި އިސްލާހަކާ އެކު އެވެ.
ގަވާއިދާ ޚިލާފަށް ޕާކްކުރުމުގެ ޖޫރިމަނާތަކުގެ އުސޫލު އިތުރަށް ހަރުކަށިކޮށް، ޖޫރިމަނާ ފައިސާ ހޯދަން ދައުވާ ކުރުމުގެ ބާރު މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ދޭން އެ ބިލުގައި ހިމެނެ އެވެ. އެކަމަށް ގިނަ ބައެއްގެ ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ. އެކަމަކު ގަވާއިދާ ޚިލާފަށް ޕާކް ކޮށްގެން ކުރަމުން އަންނަ ޖޫރިމަނާއެކޭ އެއްފަދައިން، ނުރައްކާތެރިކޮށް އުޅަނދުތައް ދުއްވުމުގެ މައްސަލަ ވެސް ރާއްޖޭގައި ބޮޑެވެ. ތަފާތަކީ ޕާކިން ޖޫރިމަނާ ގަވާއިދުން ކުރަމުން އަޔަސް، ނުރައްކާތެރިކޮށް ދުއްވާ މީހުންނާ މެދު ފިޔަވަޅު ނޭޅޭ ކަމުގެ ޝަކުވާ އޮތުމެވެ.
ނުރައްކާތެރި އެކްސިޑެންޓްތަކުގައި އެތައް ބަޔަކު ކޮންމެ އަހަރަކު ރާއްޖޭގައި މަރުވެ އެވެ. އެފަދަ ބައެއް ހާދިސާތަކާ ގުޅިގެން ޖިނާއީ ދައުވާ އުފުލަ އެވެ. ނުރައްކާތެރިކޮށް ދުއްވައިގެން ހިނގާ އެކްސިޑެންޓްތަކުގައި، މަރުގެ އެތިފަހަރުން ކިރިޔާ ސަލާމަތްވާ ހާދިސާތަކާއި ދާއިމީ ނުކުޅެދުންތެރިކަން ކުރިމަތިވާ ފަދަ ހާދިސާތަކުގައި ވެސް އެކަށީގެންވާ ފިޔަވަޅުތަކެއް ނޭޅެ އެވެ. އެކަމަކު ގާނޫނަށް ހުށަހެޅި އިސްލާހުގައި ހަމައެއް ލަމައެއް ނެތި ނުވަތަ ނުރައްކާތެރިކޮށް ދުއްވުމާއި އެކަންކަން މަދުކުރަން ޚާއްސަ ފިޔަވަޅުތަކެއް ހިމަނާފައި އެބަ އޮތެވެ.
ލައިސަންސް ނެތި ދުއްވުމުން ކުރިން އޮންނަނީ ދުއްވާ މީހާއަށް ކުރާ ޖޫރިމަނާއެކެވެ. ލައިސަންސް ނެތި ދުއްވާ މީހުންގެ ފަރާތުން ނުރައްކާތެރި އެކްސިޑެންޓްތައް ހިނގުމުގެ ގިނަ ހާދިސާތަކެއް ހިނގާފައި ވިޔަސް، އޭނާގެ އަތަށް އުޅަނދު ދޫކުރި އޭގެ ވެރިފަރާތާ ދެކޮޅަށް އެޅޭނެ އެއްވެސް ފިޔަވަޅެއް ނޯވެ އެވެ. އެކަން ވެފައި އޮންނަނީ ލައިސަންސް ނެތި ދުއްވާ މީހުންނާއި އެކަމަށް މަގުފަހިކޮށްދޭ މީހުންނަށް ބޮޑު ހިތްވަރަކަށެވެ. އެކަމަކު ގާނޫނަށް ހުށަހެޅި އިސްލާހު އޮތީ ދުއްވާ މީހާ ޖޫރިމަނާ ކުރުމަށް ފަހު ނިންމާލާ ގޮތަކަށް ނޫނެވެ.
އެ އިސްލާހު އޮތް ގޮތުން ލައިސަންސް ނެތި ދުއްވާ މީހާ ޖޫރިމަނާ ކުރުމުގެ އިތުރުން ލައިސަންސް ނެތި ދުއްވި އުޅަނދު ވެސް 15 ދުވަހުގެ މުއްދަތަކަށް ހިފެހެއްޓެ އެވެ. އަދި ދުއްވި މީހާއެކޭ އެއްގޮތަށް އުޅަނދުގެ ވެރިފަރާތް ވެސް 2،000ރ. އިން ޖޫރިމަނާކުރާނެ އެވެ. މިއީ ހަމަގައިމު ވެސް ލައިސަންސް ނެތި ދުއްވުމުގެ ސަގާފަތާ ދެކޮޅަށް އެޅޭ ވަރުގަދަ ފިޔަވަޅެއް ކަމަށް ބެލެވިދާނެ އެވެ.
އެކްސިޑެންޓްތަކުގައި ތަހުގީގުގެ ބޭނުމަށް ލައިސަންސް ހިފެހެއްޓުމަކީ ހަމައެކަނި ނަމެއްގައި ކުރާ ކަމެކޭ ބުނެވިދާނެ އެވެ. ކިތަންމެ ބޮޑު އެކްސިޑެންޓެއްގައި ވިޔަސް، ތަހުގީގުގެ ބޭނުމަށް ލައިސަންސް ހިފެހެއްޓެނީ 48 ގަޑިއިރަށެވެ. އަދި އެ މުއްދަތަށް ހިފަހައްޓާއިރު ވެސް ވަގުތީ ލައިސަންސެއް ދޭން ޖެހެ އެވެ. އަދި މުއްދަތު ހަމަވުމުން އަސްލު ލައިސަންސް އަނބުރާ ދޭން ޖެހެ އެވެ.
އެކަމަކު އެ އިސްލާހުގަައިވާ ގޮތުން އެކްސިޑެންޓްތަކުގައި ލައިސަންސް ހަތް ދުވަހަށް ހިފެހެއްޓިދާނެ އެވެ. އެކްސިޑެންޓްގެ ބާވަތާއި ނުރައްކާތެރިކަމަށް ބަލައި، އެ މުއްދަތުގައި އިތުރު ވަގުތީ ލައިސަންސެއް ދޫނުކުރުމުގެ ބާރު ވެސް ފުލުހުންނަށް އޮންނާނެ އެވެ. އަދި އެ މުއްދަތު ހަމަވުމުން ކޯޓު އަމުރަކާ އެކު އިތުރު މުއްދަތަކަށް ވެސް ލައިސަންސް ހިފެހެއްޓިދާނެ ކަމަށް އިސްލާހުގައިވެ އެވެ.
މަޖިލީހުގެ ޖަލްސާއެއް: އެއްގަމު ދަތުރުފަތުރާ ބެހޭ ގާނޫނަށް އިސްލާހު ވަނީ ހުށައަޅާފައި -- ފޮޓޯ/މަޖިލީސް
އުޅަނދުތައް ގިނަ، މަގުތައް ތޮއްޖެހިފައިވާ ތަންތަނުގައި ވެސް ބާރަށް ދުއްވާ މީހުންނަށް މިހާރު ގާނޫނު އޮންނަ އަދަބު އިތުރަށް ބޮޑުކުރުން ވެސް އިސްލާހެއްގެ ގޮތުގައި ވަނީ ހިމަނައިފަ އެވެ. މިހާރު އެކަމަށް ކުރެވޭ 500ރ.ގެ ޖޫރިމަނާ 1،000ރ. އަށް ބޮޑު ކުރުމާއި އެކަން ތަކުރާރު ކުރާ ތިން ވަނަ ފަހަރުގެ ޖޫރިމަނާއަކާ އެކު، 15 ދުވަހަށް އުޅަނދު ހިފަހައްޓަން ޖެހޭ ގޮތަށް ވެސް އިސްލާހުގައި ހިމަނާފައިވެ އެވެ.
ނުރައްކާތެރިކޮށް ދުއްވުމުގެ ސަބަބުން މީިހަކަށް ގެއްލުމެއް ލިބިއްޖެ ނަމަ، އިސްލާމީ ޝަރީއަތުގައި އޮންނަ ބަދަލެއް އެކަމަށް ދިނުމުގެ އިތުރަށް 10 އަހަރަށް ނުވަތަ ފަސް އަހަރަށް ލައިސަންސް ހިފެހެއްޓެ އެވެ. އެ ގޮތަށް އޮތް އޮތުމުގެ އިތުރަށް ވެސް އެފަދަ ބައެއް ހާލަތްތަކުގައި އިތުރު ފިޔަވަޅުތަކެއް އަޅަން އެ އިސްލާހުގައި ހިމަނާފައިވެ އެވެ. އެއީ ފުރާނައަށް ގެއްލުމެއް ލިބިދާނެ ގޮތަކަށް ދުއްވާ މީހުން ވެސް ޖޫރިމަނާ ކުރުމާ އެކު، 30 ދުވަހަށް އުޅަނދު ހިފެހެއްޓުމެވެ.
ފުރާނައަށް ގެއްލުމެއް ވެދާނެ ގޮތަކަށް ދުއްވާ މީހުންގެ ލައިސަންސް ފުރަތަމަ ފަހަރު އެއް އަހަރާއި ދެ އަހަރާ ދެމެދުގެ މުއްދަތަކަށް ހިިފެހެއްޓޭ ގޮތަށް އޮތުމުގެ ބަދަލުގައި ބިލްގައި ހިމަނާފައިވަނީ ފުރަތަމަ ފަހަރު 2،000ރ. އިން ޖޫރިމަނާ ކުރާ ގޮތަށެވެ. އެފަދަ ކަންކަމުގައި ލައިސަންސް އެއް އަހަރަށް ހިފެހެއްޓުމުގެ ބާރު ދެނީ އެކަން ތިން ވަނަ ފަހަރު ތަކުރާރުކޮށްފި ނަމަ އެވެ. އެކަމަކު މިކަމަށް ލުޔެއް ދޭއިރު، އިތުރަށް ވިސްނާލަން ޖެހެ އެވެ.
ސައިކަލު ފަދަ އުޅަނދުތައް ގަތުމަށް ފަހު އެކި ގޮތްގޮތަށް އޭގެ އަސްލަށް ބަދަލު ގެނައުމަކީ މިހާރު އާންމު ކަމެކެވެ. އަޑު ގަދަކުރުމާއި އެކި ގޮތްގޮތަށް އަލި އަންނަ ގޮތަށް ގެންނަ ބަދަލުތަކުގެ ސަބަބުން މަގު ބޭނުންކުރާ އެހެން މީހުންނަށް އޭގެ އުނދަގޫ ކުރިމަތިވެ، ނުރައްކާތެރި ހާދިސާތައް ހިނގުމުގެ ފުރުސަތު އޮތަސް، ގާނޫނު މިހާރު އޮތްގޮތުން އެކަމަށް އެޅޭ މާ ބޮޑު ފިޔަވަޅެއް ނެތެވެ. އެކަމަކު އެ އިސްލާހު އޮތީ އެކަމަށް ހައްލު ގެނެވޭ ގޮތަށެވެ.
އެއްވެސް އުޅަނދެއްގެ އަސްލަށް ބަދަލު ގެނެސްފި ނަމަ އަދި އެއީ އެ ގާނޫނުގެ ދަށުން ފުލުހުން ހަދާ ގަވާއިދުގައި ބަޔާންކުރާ މިންގަނޑަށް ނުފެތޭ ގޮތަށް ގެނެސްފައިވާ ބަދަލެއް ނަމަ، އެކަން އިސްލާހު ކުރަން އެންގުމުގެ ބާރު ފުލުހުންނަށް ލިބެ އެވެ. އެ އެންގުމަށް އަމަލު ނުކޮށްފި ނަމަ، އެ އުޅަނދެއް ހިފެހެއްޓުމުގެ ބާރު ވެސް އެ ބިލުގައި ފުލުހުންނަށް އޮތީ ދީފަ އެވެ. އެކަމާ ބެހޭ އުސޫލުތައް ހަދާނީ ފުލުހުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކޭއްވެތަ ޗެކްނުވަނީ
18 February 2020
އެއްގަމު ދުއްވާ އުޅަނދު ޗެކްކުރާއިރު ވަގަށް ވަދެތިބޭ ބަންގާޅުން ކައިރީގަ ބަލްނ ޗެކެއް ނުކުރެވޭ
މޫސަމަނިކް
13 February 2020
ފުލުހުން ނަކީ ތަންފީޒީ އިދާރާ ޓްރެފިކް ގާނޫނު އަދި ގަވައިދުގެ ހުރޭ އިސްތިސްނާ ހާލަތްތަ ފުލުހުންނައްް އަމަލްކުރެވޭ.
ޔޫސޭ
12 February 2020
ނުހުއްޓޭނެ 4 މީހުންލައިގެން ވެސް އެބަ ދުއްވާ ކޮބާ ގާނޫނު-- ވެރިން ކުދިންނަށް ދައްކާ ނަމޫނާ.. އާދެބަލަ މިރަސައްބަލާލަން.. ބ. އަތޮޅު ކިހާދޫ
ޅަބޭ
12 February 2020
ނުހުއްޓުވޭނެ!
އާސިފާ ނަސީރު
12 February 2020
ބޮދެތި ކުންފުނިތަކައްގެންނަ ބިދޭސީ ޑުރައިވަރުންނަން އިތުވެހިކަލެއް ދުއްވިގެންނުވާނެ ެމީހުން ދުއްވަންޖެހޭނީ ކާރުވިއްޔާކާރު ލޮރީވިއްޔާ ލޮރީ ޕިކަޕުވިއްޔާ ޕިކަޕު އެމީހުން ހަވީރު މަސައްކަތް ނިންމާލާފަ ހަވީރު ފެންވަރާލާގެން މިނިކުންނަނީ ސާކަލުދުއްވަން ދެންކިހިނެއްވާނީ އޭގެކޮންމެމީހަކު އަތުގަހުރޭސާކަލެއް ނޭގެކޮންތާކުންm ހޯދާއެއްޗެއްކަމެއްވެސްީދެން ބޮޑުވަރު
ސަމަން
12 February 2020
ފުލުސްމީހާ ޖެލެސްވާ މީހަކު ދުއްވާނީ ނުރައްކާކޮށް.. މީ މިކަން ހިގާގޮްއި......ތި އިސްލާހުން އިތުރަށް ގޯސްވާނެ..
ރަންނަ
12 February 2020
މާލޭގެ ނުހުންނާނެ ވަރަށްމަދުން ނޫނީ ސީސީޓީވީ ކަވަރު ކުރުރާ ސަރަހައްދެއް. ދެކޮޅުހެދުމުގެ ބާރު ރައްޔިތުންނަށް އޮންނާނޭ. އޭރުން ޕޮލިހުން ޖެހޭނީ ސާބިތުކޮށްދެން
ނާމާ
12 February 2020
މިގައުމުގެ މައްސަލައަކީ، ސަރުކާރުން އަބަދުވެސް ބޭނުންވަނީ ނުގަވާއިދުން ކަންތައް ކުރަން ދޮރު ހުޅުވާލަން. އޭރުން ނުގަވާއިދުން ކަންތައް ކުރާ މީހުންގެ ތެރެއިން ބޭނުން ބައެއް އަތުން ޖޫރިމަނާގެ ނަމުގައި ފައިސާތަކެއް ހޯދައި، އަނެއްބައި މީހުންނަށް މަޢާފުދިނުން. ވެރިންގެ ހެޔޮކަން އަންގަން. ނަމަވެސް އޭގެ ބަދަލުގައި މަގުމަތީގައާއި، ޚާއްސަ ޕާކިން ޒޯނުތައް ހަދައި، މަހު ފީއެއް ދައްކައިގެން ކާރާއި، ޕިކަޕާއި ސައިކަލް ޕާކުކުރަން ހުއްދައެއް ދުކުރެވިދާނެ.
ނަގިއްޔާ
12 February 2020
މައްސަލައަކީ މައުމޫމުގެ ވެރިކަމުން ފެށިގެން ގައުމު ތަރަށްގީ ކުރަނީ ހުރިހާއެއްމެން އެއްތަނަކަށް ޖަމާކުރާގޮތަށް. ކުޑަރަށެއްގެ ބިމުގެ ސައިޒަށް ނުބަލާ ކޮންމެ ގެއެއް އުޑުގަ ޖެހޭވަރަށް. ދެން ކޮންމެ ގެއަކުން 500މީހުން އެމީހުންގެ ދުއްވާ އެއްޗެއްސާއެކު މަގުތަކަށް ނިކުތީމަ ކިހިނެތްވާނެ. ކުރިމަތީއޮތް ދުއްވާއެތީގެ ދުން ބޮވޭވަރަށް އެއްޗެހިގިނަ. ކެންސަރުގެ ބަލިތަށް ގިނަވަނީ. ހިތުގެ މައްސަލަ. އެއްދުވަހުން އަނެއްދުވަހަށް މިނުރައްކާ ވަބާގެ ތެރެއަށް ނުންތަ މިދަނީ
ކައްތުބޭ!
12 February 2020
ނުވާނެ އެއްވެސް ހައްލެތް. މާދަމާ ކޭމްޕޭނާ ދިމާކޮއް ހުރިހާ ޖޫރިމަނާއެއް މާއާޕް ވާނެކަމުގެ ޔަޤީންކަން އޮވެގެން މީހުން ޤަވައިދާ ޚިލާފް ވަނީ! ކަމެއް ކުރާކަން ދެއްކުމުގެ ގޮތުން ހަދާ ޤާނޫތައް ނޫން ދެން ކޯޗެއް މިއީ!
ޖަޒީރާ ކަލޯ
12 February 2020
ކިތަންމެ މޮޅު ގަވާއިދުތަކާއި ގާނޫނުތަށްވެސް ހެދިދާނެ އެކަމަކު އެގާނޫނުތަކަށް ބޯލަނބާ ރައްޔަތަކާ އެކަން ބަލާނެ ފުލުހަކާ ރަނގަޅު ހުކުމް ކުރާނެ ފަނޑިޔާރު ގެޔެއްނެތިއްޔާ ކޮބާ އޭގެބޭނުމެއް؟ ޢަހަރެމެން އެބަދެކެން 3 މީހުން އަރައިގެން ފުކުހުން ސައިކަލު ދުއްވާތަން ފުލުސް ވެހިކަލް ދުއްވަމުން ފޯނުން ވާހަކަދްކާތަން ނޫނީ ފޯނެއް އައިމަ ފަހަތުން އަންނަ އެއްޗެއްސައް ބެލުމެއްނެތި މަގުމެދައް މަޑުކޮއްފަ އެއަށް ޖަވާބުދޭތަން!!!