މީހަކު ފުޅީގައި ތުންޖަހައިގެން ފެން ބޮނީ.
13 ފެބުރުއަރީ 2020 - 07:34
ގެންގުޅޭ ފެންފުޅީގެ ސާފުތާހިރުކަމާ ދޭތެރޭ ކިހާ ވަރަކަށް ސަމާލުކަން ދެވޭ ހެއްޔެވެ؟ ދާ ކޮންމެ ތާކަށް ގެންދެވޭ ގޮތަށް ފެންއަޅާ ފުޅިއެއް ގެންގުޅުމަކީ މިހާރު ވަރަށް ގިނަ ބައެއްގެ އާދައެކެވެ. އެއާ އެކު ފުޅީގެ ސާފުތާހިރުކަމާ ދޭތެރޭ ސަމާލުނުވެއްޖެ ނަމަ މީހާ ބަލިވެދާނެ އެވެ.
އެހެންވެ ސިއްހީ ތަޖުރިބާކާރުން ދޭ އިރުޝާދަކީ މިއެވެ؛ އާދަކޮށް ކޮންމެ ދުވަހަކު ވެސް ފުޅި ރީތިކޮށް ދޮންނާށެވެ. އަދި އަމިއްލަ އަށް ބޭނުންކުރާ ފުޅި އެހެން މީހުންނާ ހިއްސާނުކުރާށެވެ. ހާއްސަކޮށް، ފެންބޮނީ ފުޅީގައި ތުންޖަހައިގެން ކަމަށްވާ ނަމަ، އިތުރު ބަޔަކާ ފުޅި ހިއްސާކުރުން އެއްގޮތަކަށް ވެސް ރައްކާތެރިއެއް ނޫނެވެ.
ފެންއަޅާ ފުޅި ސާފުތާހިރުކޮށް ނުގެންގުޅޭ ނަމަ ފުޅީގެ ތެރޭގައި މަޑު ހެދި، ޖަރާސީމު އަށަގަނެ، ހަށިގަނޑަށް އެ ވާސިލުވުމުގެ ފުރުސަތު ބޮޑުވާނެ އެވެ. އަދި ފެން ބޮނީ ފުޅީގައި ތުންޖަހިގެން ކަމަށްވާ ނަމަ އަނގައިގެ ތެރޭގައި ހަރުލާފައި ހުންނަ ކާއެތިކޮޅުކޮޅު ވެސް ފުޅީގެ ތެރެއަށް ދިއުމުގެ ފުރުސަތު ބޮޑެވެ.
އެހެންވެ އެންމެ ރައްކާތެރި ގޮތަކީ މިގޮތަށް ފުޅި ބޭނުންކުރާ ނަމަ ގޭގެ ކޮންމެ މީހަކު ވެސް ވަކި ފުޅިއެއް ބޭނުންކުރުމެވެ.
އަމިއްލަ ފެންފުޅި އެހެން މީހުންނާ ހިއްސާކުރުން ރައްކާތެރިއެއް ނޫން.
ތިމާ ގެންގުޅޭ ފުޅި އަކީ އެހެން މީހުން އަތްލާ އެއްޗަކަށް ނަހަދާށެވެ. އެހެން ހަދާ ނަމަ އެކަކުގެ އަތުން އަނެކަކުގެ އަތަށް ޖަރާސީމުތައް ވާސިލުވެ، އެކި ކަހަލަ ބަލިތަކަށް ހުށަހެޅުމުގެ ފުރުސަތު ބޮޑެވެ.
ފުޅި ދޮންނަ އިރު، ތާފެނާ ފެން ބޭނުންކުރުމަކީ ވެސް ރައްކާތެރިކަމުގެ އިރުތު ފިޔަވަޅަކަށް ވާނެ އެވެ. ކުޑަކުޑަކޮށް ހޫނުކޮށް ހުންނަ ފެނުން ފުޅި ދޮންނަ އިރު ސައިބޯނިން އެތެރެ އާއި ބޭރު ވެސް ކޮންމެ ދުވަހަކު ރީތިކޮށް ދޮންނަން ވާނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފިރިދަ
13 February 2020
މިހާރު ޕުލާސްޓިކް ދެކެ ރިޑިއަރަގެން ތިއުޅެނީ މާ ބޮޑަށް.
މާޓިން ބަޝީރު
13 February 2020
ރާއްޖޭގެ ގިނަ ހޮޓާތަކުގައި ބަންގާޅު މީހުންއުޅެނީ. އެމީހުންގެ ސާފުތާހިރުކަން ހުރީ ކިހާވަރަކަށް ކަމެއް އަހަރުމެންނަށް ނޭގޭ. ސައި އަޅައިގެން އަންނަ ތަށިވެސް ރަގަޅަށް ދޮވެފަ ހުންނަ ވައްތަރު ނުޖަހާ، އެތަށީގައި ކިތަށް މީހުން ތުންޖަހާނެ. އެމީހުން ހެދިކާ ހަދަނީ، ކާކަށް އެގޭނީ ކޯޗެއްކަން ހަދަނީ، އިއްޔެގެ ނުވިކި ކުނިވާން ކާރިވެފަ ހުންނަ ހެދިކާ ހުރޭ އަނެއްދުވަހު ހޫނުކޮށްފައި ބަހައްޓާފަ، ބުނާނީ ހަމަ ދެންމެ ހެދި ހެދިކާއޭ، އެއެއްޗެހި ކައިގެން ދިވެހިން އުޅެނީ
ރަބަރު
13 February 2020
ވަރަށް ރަނގަޅު ވާހަކައެއް. އެކަމަކު ތިގޮތަށް ކަންތައްކުރާ މީހުން މަދެވެ. ހޮޓާތަކުގައި ފެންބޯން ހުންނަ ބިއްލޫރިތަށިތައްވެސް އެހާ ނުސާފެވެ. ބައެއް ރެސްޓޯރެންޓްތަކުގައި ރީއްޗަށް ސާފުކޮށްފަ ހުންނަ ތަށިތައް ހުރެއެވެ.