17 ފެބުރުއަރީ 2020 - 07:42
މަޝްހޫރު ލަވަކިޔުުންތެރިޔާ ޖަސްޓިން ބީބާގެ އާ އަލްބަމް "ޗޭންޖެސް" ނެރެފި އެވެ.
އާ އަލްބެއް ގެނެސްދޭން މަސައްކަތްކުރާތާ ފަސް އަހަރު ފަހުން، ހުކުރު ދުވަހު ނެރުނު އަލްބަމްގައި 17 ލަވަ ހިމެނެ އެވެ. އަލްބަމްގެ ނެރުމުގެ ކުރިން މީގެ ލަވަތަކެއް ވެސް އާއްމުކުރި އެވެ.
"ޗޭންޖެސް" ގައި ހިމެނޭ ބައެއް ލަވަތަކުގައި، ކެނެޑާ އަށް އުފަން 26 އަހަރުގެ ލަވަކިޔުންތެރިޔާއާ އެކު ބައެއް އެހެން ފަންނާނުންތަކެއް ވެސް ހިއްސާވެފައިވެ އެވެ. އޭގެ ތެރޭގައި ލިލް ޑިކީ އާއި ޓްރާވިސް ސްކޮޓާއި ޕޯސްޓް މެލޯނާއި ސަމާ ވޯކާ އަދި ކެލާނީ ހިމެނެ އެވެ.
Happy Valentine’s Day. #CHANGESOUTNOW - #ChangesTour ON SALE NOW TOO - https://t.co/ovrdEhwGGn
— Justin Bieber (@justinbieber) February 14, 2020
އާ އަލްބަމާ އެކު، ބީބާ ވަނީ އަލްބަމް ޕްރޮމޯޓްކުރުމުގެ ގޮތުން ޓުއާއެއް ފަށަން ވެސް ނިންމާފައިވާކަން އިއުލާންކޮށްފަ އެވެ. މިއީ ކޮންމެ އަލްބަމަކާ އެކު އޭނާ އަބަދު ވެސް ކުރާ ކަމެކެވެ.
"ޗޭންޖެސް ޓުއާ" ފަށަން ނިންމާފައި ވަނީ މެއި މަހުގެ މެއި މަހުގެ 14 ގައި އެމެރިކާގެ ސިއެޓްލްއިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy