16 ފެބުރުއަރީ 2020 - 16:23
ހެލްތު މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އާ ބޭފުޅަކު މިއަދު އައްޔަން ކުރައްވައިފި އެވެ.
ރައީސް އޮފީހުން ބުނީ ހެލްތު މިނިސްޓްރީގެ ނައިބުގެ މަގާމަށް، ދަފްތަރު ނަންބަރު 115-94، އަބޫބަކުރު އަބްދުލްކަރީމް ހަމަޖައްސާފައިވާ ކަމަށެވެ. އޭނާ މިހާތަނަށް ހުންނެވީ ހޯމް މިނިސްޓްރީގެ ޖުވެނައިލް ޖަސްޓިސް ޔުނިޓްގެ ޑިރެކްޓަރުގެ މަގާމުގަ އެވެ. އޭގެ ކުރިން ޖެންޑާ މިނިސްޓްރީގެ ސޯޝަލް ސާވިސަސްގެ ޑިރެކްޓަރުގެ މަގާމު ވެސް ފުރުއްވި އެވެ.
އޮފީސް މެނޭޖްމަންޓް ދާއިރާއިން ޑިޕްލޮމާ ކިޔަވާ ވިދާޅުވަމުން އަންނަ އަބޫބަކުރު މީގެ ކުރިން އެޑްވާންސް ސެޓްފިކެޓް އިން ކޮމިއުނިޓީ ހެލްތް ކޯސް ފުރިހަމަކުރައްވާފައި ވެ އެވެ. އަބޫބަކުރާއެކު ހެލްތު މިނިސްޓްރީގައި މިވަގުތު ޑެޕިއުޓީ މިނިސްޓަރުންގެ ފެންވަރުގައި ތިން ބޭފުޅުން އެބަތިއްބެވެ.
ޑެޕިއުޓީ މިނިސްޓަރަކަށް މުސާރަ އާއި އެލަވަންސްގެ ގޮތުގައި ކޮންމެ މަހަކު ލިބިވަޑައިގަންނަވާނީ 30،500ރ. އެވެ. އެއީ 18،000ރ. ގެ މުސާރަ އާއި 12،500ރ. ގެ އެލަވަންސެކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޟި ޔަނަ
18 February 2020
ޞަ ބައްޔެއްނު ކޮރޯނާ އޭކިޔާފަ ހެލްތްގަ މަސައްކަތްކުރާ ފ މުވައްޒަފުންކޮޅު އެތަނުގައި ޑިއުޓީ ކުރަން ގެންދަނީވެސް ނިކަން ގަޓު ހުރިއްޔާ ބޮޑު މުސާރަދީފަތިބި ސިޔާސީ ބޭފުޅުން ގެންދެބަލަ
އަދާލަތު
17 February 2020
މަރުޙަބާ! ބަކުރު
ހަސަނުބޭ މައިސޫރު
17 February 2020
ހާދަ ތައުލީމީ ބޭފުޅެކޭ
ހަކީމް
17 February 2020
ޒީރޯ ޓޮލަރަނސް ގެ ދަށުން.
ކަރިޝް
17 February 2020
ތި ހެލްތްވޯކަރުންތަކުގެ ކިބައިން ހެލްތުމިނިސްޓްރީ ސަލާމަތް ކުރަންއެބަޖެހޭ
ވަތުބަތާނަ
17 February 2020
ކްރާނާ ވައިރަސް ފިލުވަން!
ައޮހެއި
17 February 2020
އެޖެންޑާ ބާރަކުރިޔަ މީއެބުނާ ހެޔޮވެރިކަން...
އައިޖޭ
17 February 2020
ލެވެލް 4 އެޑްވާންސް ސެޓިފިކެޓް އަކުން ނައިބު މިނިސްޓަރު ކަން ކުރެވުން މިއީ އަދުގެ ތައުލީމީ ޒުވާނުންގެ މޫނު މަތީގައި ޖެހި ތަފާލެއް.... ޝުކުރިއްޔާ ރައީސް
ޅެއްގިބަބުރު
16 February 2020
ފަސްބައި ހުދުފޮށައެއް ކަހަލަ ބޭފުޅެއްލެއްވީ ގަސްދުގައިތޯ.؟
ސަލޫ
16 February 2020
ޙުސް ސިޔާސީ މަގާމް އުފައްދަނީ... ރަްޔިތުން ފެލަން ޑިޔުޓީ ބޮޑު ކޮށް މުދާ އަގުބޮޑު ކުރަނީ ތި އިތުރު ކުރާ މީސްމީހިންނަށް ބޮޑު މުސާރަ ދޭން.. ރައްޔިތުން ނިކަމެތި ކޮށް ވެއްޔާއި މޮޑެލަނީ... ވަޒީފާ ތަކުގެ ޔަގީން ކަން ވެސް ގެއްލުވާލަން ޕުރަބޭޝަން ޕީރިއަޑް އިތުރު ކުރަނީ 6 މަހަށް..