ކުޅިވަރު / ގައުމީ ކަސްރަތު މުބާރާތް

ސާއިދު އެއް ވަނަ ހޯދިއިރު، ޒުވާން ދުވުންތެރިން ވިދާލައިފި

ސާއިދު (ކ-2) 100 މީޓަރު ހީޓް ނިންމާއިރު އޭނާއާ އެންމެ ވާދަކުރި ސަރީސް (ވ) ރޭސް ނިންމަން ހިފަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ގައުމީ އެތުލެޓިކްސް މުބާރާތުގެ 100 މީޓަރު ދުވުމުން އެއް ވަނަ މަގާމް ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދު މިއަދު ފަސޭހަކަމާ އެކު ދިފާއުކުރިއިރު، ރާއްޖޭގެ އެންމެ ބާރު އެއް އަންހެން ދުވުންތެރިޔާ އަފާ އިސްމާއިލްގެ މައްޗަށް ކުރި ހޯދައި އަންހެނުންގެ 100 މީޓަރު ދުވުމުން އެއް ވަނަ ނަޝާ ނިޒާރު ހޯދައިފި އެވެ.

މި މުބާރާތުން މީގެ އަށެއްކަ އަހަރު ކުރިން ވިދާލި ސާއިދު، ބައިނަލްއަގްވާމީ މައިދާނުގައި ބޮޑެތި ކާމިޔާބީތައް ހޯދާފައިވާއިރު އޭނާ މިއަދުގެ ރޭސް ކާމިޔާބުކުރީ 11 ސިކުންތުން ދުވެގެންނެވެ. މި އިވެންޓުން ސާއިދު 10.33 ސިކުންތުން ދުވެ ގައުމީ ރެކޯޑް ހަދާފައިވީ ނަމަވެސް ބައިނަލްއަގްވާމީ މުބާރާތްތަކުގައި އޭނާ ވާދަކުރާ ދުވުންތެރިންނާ ބަލާއިރު، މިއަދު އޭނާއާ ވާދަކުރީ އެވްރެޖް ދުވުންތެރިންނަށް ވުމުން ޓައިމިން ދަށްވީ އެވެ.

ސާއިދުގެ ފަހަތުން މި އިވެންޓުން ދެ ވަނަ ހޯދީ ރާއްޖޭގެ ކުރީގެ އެއް ވަނަ ދުވުންތެރިޔާ އަޒްނީމް އަހުމަދު (އައްޒަ) ފަހަތަށް ޖައްސާލުމަށް ފަހު ތިނަދޫ ޒުވާނުންގެ ކްލަބުގެ އުއްމީދީ ދުވުންތެރިޔާ ސަރީސް އަހުމަދެވެ. އޭނާ 11.38 ސިކުންތުން ދުވިއިރު، ހީޓުގައި ސާއިދަށް އެންމެ ބޮޑަށް ޗެލެންޖެއް ދިނީ ވެސް ސަރީސެވެ. ސައުތު އޭޝިއަން ޖޫނިއާ ޗެމްޕިއަންޝިޕަށް ކޮލިފައިވާން އެސޯސިއޭޝަނުން ކަނޑައަޅާފައިވާ ވަގުތަށް އޭނާ ރޭސް ނިންމުމުން އޭނާ އަށް ވަނީ އެ މުބާރާތުގައި ރާއްޖެ ތަމްސީލްކުރުމުގެ ފުރުސަތު ލިބިފަ އެވެ.

ނަޝާ (ކ) 100 މީޓަރު ރޭސް ނިންމާއިރު ދެ ވަނަ ހޯދި އަފާ (ވ-2) އަދި ތިން ވަނަ ހޯދި މިރުފަތު (ވ) ކައިރީގައި. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ތިނަދޫ ޒުވާނުންގެ ކްލަބަށް ދުވި އައްޒަ ރޭސް ނިންމީ 11:45 ސިކުންތުންނެވެ. ރާއްޖޭން 2010 ވަނަ އަހަރުގެ ސައުތު އޭޝިއަން ގޭމްސްގެ ރިލޭ އިން ލޯ މެޑަލް ހޯދިއިރު ދުވި އަދި އޮލިމްޕިކްސްގެ ޕްރިލިމިނަރީ ބުރެއް ފަހަނައަޅައި ދިޔަ ފުރަތަމަ ދިވެހި އެތުލީޓުގެ ޝަރަފް ހޯދާފައިވާ އައްޒަ މިދިޔަ އަހަރު އަލުން ދުވަން ފެށީ ދުވުމާ އަހަރުތަކެއް ދުރުގައި ހުރުމަށް ފަހު އެވެ.

ކަސްޓަމްސް ރިކްރިއޭޝަން ކްލަބުގެ ނަޝާ އަންހެހުންގެ 100 މީޓަރުގެ ރޭސް ކާމިޔާބުކުރީ ފައިނަލުގައި 13:18 ސިކުންތުން ރޭސް ނިންމައިގެންނެވެ. މި އިވެންޓުން ރާއްޖޭގެ ގައުމީ ރެކޯޑް ހަދާފައިވާ ސަމްހާ އަހުމަދު މުބާރާތުގައި ވާދަނުކުރެ އެވެ. ނަޝާގެ ފަހަތުން ދެ ވަނަ ހޯދީ ރާއްޖޭގެ 200 މީޓަރު ދުވުމުން ރެކޯޑް އޮންނަ އަފާ އިސްމާއިލެވެ. އެންމެ ފަހުގެ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް އާއި ސައުތު އޭޝިއަން ގޭމްސްގައި ދުވި، ކަސްޓަމްސްގެ އަފާ ރޭސް ނިންމީ 13:21 ސިކުންތުންނެވެ. ތިން ވަނަ ހޯދީ ރާއްޖޭގެ ކުރީގެ ޔޫތު ލެވެލްގެ އުއްމީދީ ދުވުންތެރިޔާ ޒިފިއަސް ސްޕޯޓްސް ކްލަބުގެ މިރުފަތު އަހުމަދެވެ. އޭނާގެ ޓައިމިން އަކީ 13:38 ސިކުންތެވެ.

މިއަދުގެ އެހެން އިވެންޓްތަކަށް ބަލާއިރު އަންހެނުންގެ ޑިސްކަސް އުކުމުން އެއް ވަނަ ހޯދީ ދިވެހި ސިފައިންގެ ކްލަބުގެ ޝިފްލާ އަބްދުއްލަތީފެވެ. ދެ ވަނަ އެ ކްލަބުގެ އައިޝަތު ރިޝްމާ ހޯދިއިރު ތިން ވަނަ އަކީ ރަނާސް މޯލްޑިވްސް ތަމްސީލްކުރި މަޝްހޫރު ބެޑްމިންޓަން ކުޅުންތެރިޔާ މައިސާ ފަތުހުﷲ އިސްމާއިލެވެ.

100 މީޓަރު ދުވުމުގެ ދެ ވަނަ ހީޓުގައި ބައިވެރިން ދުވަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

ފިރިހެނުންގެ ޝޮޓްޕުޓް އުކުމުން އެއް ވަނަ ހޯދީ ރާއްޖޭގެ އެންމެ ކާމިޔާބުކުރި ޝޮޓްޕުޓް އުކުންތެރިޔާ ސިފައިންގެ ކްލަބުގެ ހަސަން ޝައްމޫނެވެ. އެ ޓީމުގެ މޫސާ ފަޒްލީން ދެ ވަނަ ހޯދިއިރު ތިން ވަނަ މަގާމް ލިބުނީ މޭޑް ރަނާސްގެ މުހައްމަދު މައިއާޒަށެވެ.

ފިރިހެނުންގެ ލޯންގް ޖަމްޕް ފައިނަލް ވެސް މިއަދު ހަވީރު އޮތެވެ. މި އިވެންޓުގެ އެއް ވަނަ އަކީ ތިނަދޫގެ މުހައްމަދު ހަނާމް އިސްމާއިލެވެ. ކޭވައި ސްޕޯޓްސް އެކަޑަމީ ތަމްސީލްކުރި ނިފާހު އަލީ ދެ ވަނަ ހޯދިއިރު ތިން ވަނަ އަކީ ދުވުމުން އެއް ވަނަ ހޯދި ސާއިދެވެ.

ސިފައިންގެ ކްލަބުގެ ޝައްމޫން ވަނީ ޖަވެލިން އުކުމުން ވެސް އެއް ވަނަ މަގާމް ދިފާއުކޮށްފަ އެވެ. އޭނާގެ ފަހަތުން ދެ ވަނަ ހޯދީ އޭނާއާ އެކު ސިފައިންގެ ޓީމު ތަމްސީލްކުރި ފަޒްލީލެވެ. ތިން ވަނަ އަކީ ތިނަދޫގެ އިބްރާހިމް މާޒިން އެވެ.

ރާއްޖޭގެ ކުރީގެ މަޝްހޫރު އެތުލީޓް ޔަޒްނީ މިއަދު ޑިސްކަސް އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

މިރޭ ކުރިއަށް ދިޔައީ ފިރިހެނުންގެ 400 މީޓަރު ދުވުމުގެ ހީޓްތަކެވެ. ފުރަތަމަ ހީޓުން ގަދަ ތިން ދުވުންތެރިންގެ ގޮތުގައި ފައިނަލަށް ކޮލިފައިވީ 52:57 ސިކުންތުން ރޭސް ނިންމި ސިފައިންގެ ކްލަބުގެ ހުސެއިން އިނާޝާއި 52:71 ސިކުންތުން ރޭސް ނިންމައި ދެ ވަނަ ހޯދި ތިނަދޫގެ އިބްރާހިމް މުހައްމަދާއި 52.17 ސިކުންތުން ރޭސް ނިންމައި ތިން ވަނަ ހޯދި ރަނާސް މޯލްޑިވްސްގެ އަހުމަދު އަލީ އެވެ. މީގެ އިތުރުން 52:59 ސިކުންތުން ދުވެ، ހަތަރު ވަނަ އަށް ރޭސް ނިންމި ފުވައްމުލަކުގެ މުހައްމަދު ޝަޒީން ޖިހާދާއި 57:35 ސިކުންތުން ރޭސް ނިންމައި ފަސް ވަނަ ހޯދި ކޭވައި ސްޕޯޓްސް އެކަޑަމީގެ އަހުމަދު ލުޖެއިން އަށް ވެސް ވަނީ ފައިނަލުން ފުރުސަތު ލިބިފަ އެވެ.

ދެ ވަނަ ހީޓުން ފައިނަލުން ޖާގަ ހޯދީ ތިން ދުވުންތެރިއެކެވެ. އެއީ 55:44 ސިކުންތުން ރޭސް ނިންމައި އެއް ވަނަ ހޯދި ތިނަދޫގެ މުހައްމަދު މުނާޒް އަލީ އާއި 55:79 ސިކުންތުން ރޭސް ނިންމައި ދެ ވަނަ ހޯދި ފުވައްމުލަކުގެ އިބްރާހިމް ޝަހީރު މޫސާގެ އިތުރުން ތިން ވަނަ ހޯދި ރަނާސް މޯލްޑިވްސްގެ އާދަމް އަނީފް ސޮލާހެވެ. އޭނާގެ ޓައިމިން އަކީ 56:25 ސިކުންތެވެ.

ކުޅިވަރު އެކުވެނީގެ ޓްރެކް ދަނޑުގައި މުބާރާތް ކުރިއަށްދާނީ މިއަދުން ފެށިގެން ހޮނިހިރު ދުވަހުގެ ނިޔަލަށެވެ.

ފިރިހެނުންގެ ޖަވެއިލިން އުކުމުން ހަތަރު ވަނަ ހޯދި މަޝްހޫރު ދުވުންތެރިޔާ ރިޒާ މިއަދު ޖަވެއިލިން އުކަނީ. --ފޮޓޯ: ނިޝާން އަލީ/ މިހާރު

5 ކޮމެންޓް, 27 ރިއެކްޝަންސް

icon happy icon happy 89%
icon sad icon sad 4%
icon angry icon angry 7%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނިބިހޫރް

07 October 2016

ލޯންގް ޖަންޕްއިން 1 ވަނަ ހޯދި ކުއްޖާގެ ނަމަކީ މުހައްމަދު ހަނަމް އިސްމާޢީލް، ހަނާމް އެއްނޫން، އެއީ ތިނަދޫ ކުއްޖެއްވެސް ނޫން އެއީ ގދ.ގައްދޫ ކުއްޖެއް، ބައިވެރިވީ ތިނަދޫ ޒުވާނުންގެ ކްލަބްގެ ފަރާތުން. ތިބޭފުޅުން ޙަބަރު ލިޔުއްވާއިރު މައޫމާތު ރަނގަޅަށް ހިމެނުން މުހިންމު!

The name is already taken The name is available. Register?

ސަމްވަން ވިތް ބެޓަރ އިންފޯ ދެން ޔޫ

07 October 2016

އިބްރާހިމް މުހައްމަދު އެއީ ތިނަދޫ ދުވުންތެރި އެއް ނޫން! ނޫހުގަ ޖެހުމުގެ ކުރިން މައުލޫމާތު ސާފުކޮއްލަދެއްވުން އެދެން!

The name is already taken The name is available. Register?

ޢައިޝާ

07 October 2016

ތިން ވަނަ ހޯދި ދުވުންތެރިޔާގެ ދުވުން އެއްވަނަ ދެވަނަ އަށް ވުރެ ބާރުވީ ކިހިނެއް؟؟؟

The name is already taken The name is available. Register?

ތިލަދުންމަތި

06 October 2016

ސާބަހޭ ކުޅުދުއްފުށީ ދެދަރިން ކަމަށްވާ ނަޝާ އަދި އަޒްމީން އައްޒަ އަށް

The name is already taken The name is available. Register?

ކަމާ ބެހޭ މީހާ

07 October 2016

މަރުހަބާ ކުޅުދުއްފުއްޓަށް ރީތި ނަން ތި ހޯދަ ދިން ކުދިންނަށް...

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454