19 ފެބުރުއަރީ 2020 - 09:13
މެޑްރިޑް (ފެބްރުއަރީ 19) - ޔުއެފާ ޗެމްޕިއަންސް ލީގުގެ ދެ ވަނަ ބުރުގެ ފުރަތަމަ ލެގުގައި ރޭ އެތުލެޓިކޯ މެޑްރިޑުން އަމިއްލަ ދަނޑުގައި 1-0 އިން އެންމެ ފަހުގެ ޗެމްޕިއަން ލިވަޕޫލް ބަލިކޮށްފި އެވެ.
މި ނަތީޖާއާ އެކު އަންނަ މަހު 11 ވަނަ ދުވަހު ލިވަޕޫލް ދަނޑުގައި ކުޅޭ ދެ ވަނަ ލެގުގެ މެޗު އެއްވަރުކޮށްލައިގެން ވެސް އެތުލެޓިކޯ އަށް ކުއާޓާ އަށް ދެވޭނެ އެވެ. އެ މެޗު އިތުރު ވަގުތު ކުޅެން ޖެހޭނީ ލިވަޕޫލް 1-0 އިން މޮޅުވެއްޖެނަމަ އެވެ. އެ ނޫން ނަތީޖާ އަކުން މޮޅުވެ ލިވަޕޫލް ކުއާޓާ އަށް ދަތުރުކުރާނަމަ ދެ ލަނޑުގެ ތަފާތަކުން އެތުލެޓިކޯ ބަލިކުރަންޖެހޭނެ އެވެ.
ލިވަޕޫލުން މިދިޔަ ސީޒަނުގެ ޗެމްޕިއަންސް ލީގު ތަށި އުފުލާލި ވަންޑާ މެޓްރޮޕޮލިޓާނޯ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗު ފަށައިގެން އެ ޓީމަށް ހަމަޖެހިނުލެވެނީސް އެތުލެޓިކޯ އިން ވަނީ މެޗުގެ ހަމައެކަނި ގޯލު ކާމިޔާބުކޮށްފަ އެވެ. މެޗުގެ ހަތަރު ވަނަ މިނިޓްގައި އެތުލެޓިކޯ އަށް ލިބުނު ކޯނަރެއްގައި އޭރިއާ ތެރެއިިން ލިބުނު ފުރުސަތުން މި ގޯލު ޖެހީ ސައުލް ނިގޭޒް އެވެ. އެތުލެޓިކޯ އަށް ލީޑުފުޅާކޮށްދޭން އަލްވާރޯ މޮރާޓާ ޖެހި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފަ އެވެ.
ފުރަތަމަ ހާފުގައި ލިވަޕޫލްގެ މުހައްމަދު ސަލާހު ގޯލެއް ޖެހި ނަމަވެސް އެ ބޯޅަ އޭނާ އަށް ދިންއިރު އެ ޓީމުގެ ރޮބާޓޯ ފިރްމީނޯ އޮފްސައިޑްގައި ހުރުމުން ރެފްރީ ނިންމީ އެ ގޯލު ބަލައިނުގަންނާށެވެ. މުޅި މެޗަށް ބަލާއިރު ވެސް ލިވަޕޫލަށް ލިބުނު ފުރުސަތުތަކުގައި އެތުލެޓިކޯގެ ކީޕަރު ޔެން އޮބްލަކް އަށް ނުރައްކާކުރާވަރުގެ ހަމަލާއެއް ފޮނުވާނުލެވުނެވެ. ދެ ވަނަ ހާފުގައި ސަލާހު ހުސްކޮށް ހުރެފައި ބޮލުން ޖެހި ބޯޅައެއް ދަނޑިކައިރިން ދިޔައިރު، ކެޕްޓަން ޖޯޑަން ހެންޑަސަން ފޮނުވާލި ބޯޅަ ވެސް ދިޔައީ އަރިމަތިން ބޭރަށެވެ.
މިއީ ސްޕެއިނުގެ ކްލަބަކާ ދެކޮޅަށް އެ ގައުމުގައި ލިވަޕޫލުން މޮޅެއް ނުލިބި ފުރިހަމަކުރި ހަ ވަނަ މެޗެވެ. ލިވަޕޫލްގެ ކޯޗުކަމާ ޔާގެން ކްލޮޕް ހަވާލުވި ފަހުން އެ ޓީމު ޔޫރަޕްގެ ނޮކައުޓް މެޗަކުން ބަލިވެފައިނުވާއިރު ރޭގެ މެޗަށް ފަހު ވެސް އޭނާ ބުނީ އަމިއްލަ ދަނޑުގައި ނަތީޖާ ނެރެވޭނެ ކަމަށެވެ.
"ޔަގީނުން ވެސް މި މެޗު އަދި ނުނިމޭ. އެއީ އެންފީލްޑް އަށް ދާން ޖެހޭ މެޗު މިއޮތީ. އަހަރެމެންގެ ސަޕޯޓަރުން ބޭނުންވާ ތަފާތު ދައްކާނެ،" ކްލޮޕް ބުންޏެވެ.
އެތުލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނީ ބުނީ ލިވަޕޫލް ކަހަލަ ތަފާތު ފޯމެއްގައި އޮތް ޓީމެއް ކައިރިން މޮޅުވެވޭނީ ވަރަށް ރަނގަޅަށް ކުޅެގެން ކަމަށާއި އެހެންވުމުން އޭނާގެ ޓީމަށް ތައުރީފު ހައްގުކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
މެންޔޫ ފޭންސް
20 February 2020
ފެންވަރު މިފެންނަނީ.ވީއޭއާރް ނެތް ނަމަ ލިވަފޫލް އޮންނާނީ ލީގްގެ 6 ވަނަ މަގާމްގަ.
ރަޑީފް
22 February 2020
ޔޫރޮޕާ ލީގުގެ ދެ ވަނަ ބުރުގައި ރޭ މެންޗެސްޓާ ޔުނައިޓެޑާއި ކްލަބް ބްރޫޖް 1-1 އިން އެއްވަރު.. ފެންވަރު.
ލެއްގި ކޮމިޝަނަރ
19 February 2020
ގަދަފަދަ މަސްހޫރު ވަރުގަދަ އިނގިރޭސި ކައްޕަޅިލީގު (ޔައުނީ ކަޅުފައިސާ ދޮންނަލީގު) ގަ 23 ޕޮއިންޓާއެކު 1 ވަނާގައި އުޅޭ ލިވަޕޫލް އެބަލިވީ އެއްކަލަ ނިކަމެތި ދެރަ ފޭސްބުކް ލީގުގެ 4 ވަނަ ޓީމްގެ އަތުންދޯ.؟ މިމެޗުން2 ލީގުގެ ތަފާތު ވަރަށް ރަންގަޅަށް ހާމަވެގެން ހިގައްޖެ.
ރަދީފްް
19 February 2020
އެއްކަލަ ކައްޕަޅި ލީގުގަ 2ވަނަ މިދިޔަ އަހަރު ހޯދި ޓީމުން ތިޔަބުނާ ގަދަފަދަ ލީގުގެ އެއްވަނަ ފަސޭހަކަމާއެކު ކޮންމެ އަހަރަކު ހޯދާތާ މުސްކުޅި ވެފައި އޮތް ޓީމެއް 4-0 އިންވެސް ބަލިކުރި ނޫންތޯ؟ ލީގުގެ ފެންވަރު ކިޔަން އަދި އަވަސް.
މެސީ
19 February 2020
ކަޅު ފައިސާ ދޮންނަ ލީގު؟ މި ސީޒަނުގަެ ޓްރާންސްފަރ މާރކެޓްގަ އެންމެ ގިނައިން ޚަރަދުކުރި އެއް ތިން ޓީމަކީ ބާރސާ، ރެއާލް އަދި އެތްލެޓިކޯ. 2014ގެ ފަހުން 1 ބިލިއަން ޚަރަދުކުރި ހަމައެކަނި ކްލަބަކީ ބާރސާ. މިހާރު އެއުޅެނީ ތަންތަނަށް ލާރިދީގެން ކުޅުންތެރިން ބަދުނާމުކުރަން ކްލަބުން މަސައްކަތްކުރާ ވާހަކަ ފެންމަތިވެގެން. އެފެންވަރުގެ ކްލަބެއްގެ ސަޕޯޓަރެއްގެ ބަސްމަގު ތިގޮތަށް ހުރުމުން ހައިރާނެއް ނުވޭ.
ޑޮލަރޭ
20 February 2020
މީހަކު އަޖައިބެއް ނުވާނެތަ؟ އިހަށް ދުވަހު ނޫންތަ ލިވަރޕޫލް ބެންޗް ޓީމް އަރާ ބާރސާ 4-0 އިން ބަލިކުރީ. އެވެސް 3-0ގެ ލީޑެއް ދީފަ. ހިނި އާދޭ ބާރސާ ފޭނުން މިއުޅޭ ވައްތަރުން.
ފުރަހަނި
19 February 2020
ސާބަހޭ ސެލްޓާ ވިގޯ
ފުރަހަނިގެ ބަފާ
19 February 2020
ކަލެއަށް ބޯޅަ ކްލަބްތައް އެނގޭތަ؟