ހުޅުމާޅެ ބާބަކިއު އޭރިއާގައި ބަޔަކު ބާބަކިއު ހަދަނީ-- ފޮޓޯ: ނިޝާން އަލީ/ މިހާރު
20 ފެބުރުއަރީ 2020 - 19:33
ހުޅުމާލެ ފުރަތަމަ ފޭހާއި ދެވަނަ ފޭސް ގުޅާލުމަށް ތަރައްގީ ކުރާ ޗެނަލް ޕާކު ހެދުމަށް ބާބަކިއު އޭރިއާ ބަންދުކޮށް ވަގުތީ ތަނެއް މާދަމާ ހުޅުވަން ނިންމައިފި އެވެ.
ވަގުތީ ބާބަކިއު ސަރަހައްދެއްގެ ގޮތުގައި އެޗްޑީސީން ކަނޑައަޅާފައި ވަނީ ހުޅުމާލެ ރުއްގަނޑު 2 ސަރަހައްދެވެ. މިއީ މިހާރުވެސް ގިނަ ހަރަކާތްތައް ބާއްވަމުން އަންނަ ސަރަހައްދެކެވެ.
ބާބަކިއު އޭރިއާ ހުރި ތަނުގައި "ޗެނަލް ޕާކް ބޮލެވާޑް"ގެ ނަމުގައި ތަރައްގީ ކުރާ ޕާކު ނިމޭއިރު ހުންނާނެ ގޮތް ދައްކުވައިދޭ ވޯޑިއޯއެއް ވެސް އެޗްޑީސީން ވަނީ މިއަދު އާއްމުކޮށްފަ އެވެ. މި ވީޑިއޯއިން ދައްކާގޮތުގައި ކުޑަކުދިން ކުޅޭ ސަރަހައްދަކާއި ސްކޭޓް ޕާކަކާއި ރެސްޓޯރެންޓުގެ އިތުރުން އައުޓްޑޯ ޖިމެއް ވެސް ޕާކުގައި ހުރެ އެވެ. މި ޕާކުގައި ތަރައްގީ ކުރާ ރެސްޓޯރެންޓުތައް ޑިޒައިން ކުރަން ނިންމާފައިވަނީ ދޯނީގެ ޑިޒައިނަށެވެ.
އެޗްޑިސީން އާއްމުކޮށްފައިވާ ވީޑިއޯ:
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވިގޮތުގައި ޗެނަލް ޕާކު ތަރައްގީ ކުރުމަށް ހަވާލު ކޮށްފައިވަނީ ޗައިނާގެ ސްޓޭޓް އިންޖިނިއަރިން އެންޑް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެސްއީސީސީ) އާއެވެ. މި ޕާކަކީ ހުޅުމާލެ ފޭސް ދޭއް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ ތަފާތު ޕްރޮޖެކްޓުތަކުގެ ތެރޭގައި ހިމެނޭ ޕްރޮޖެކްޓެކެވެ.
ހުޅުމާލޭގެ ދެ ފޭސް ގުޅާލުމަށް ޕާކުގެ އިތުރުން ފަސް ބްރިޖު އެޅުމުގެ މަސައްކަތް ވެސް މިހާރު ވަނީ ފަށައިފަ އެވެ. މި ބްރިޖުތަކަކީ ވެސް ސީއެސްއީސީސީ އިން ހަދަމުން އަންނަ ބްރިޖުތަކެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ޝޮކްތެރަޕީ
21 February 2020
ހުޅުމާލޭގެ ތަސައްވަރު ވަނީ ކުރަހާ ނިމްމާފަ. ޔާމިންގެ ތަސައްވަރު މި ސަރުކަރުން އުޅެނީ ފޮރުވައިގެން.
ރަބަރު
20 February 2020
މިގައުމުގައި ކޮންމެބަޔަކުރިއަސް ތިކުރާކަންތަކަކީ ބޭކާރުކަންތައް. ނުބެލެހެއްޓި ތަން ވީރާނާވުން ނޫންކަމެއް ނުވާނެ. މަގުތައް އެދަނީ ހަލާކުވަމުން. މަގުތަކުގެ ކައިރީގައިޖަހާފައިވާ ގާތަށް ހަލާކުވެއްޖެ. ޕޭމަންޓްތަކުގެ ގާތައް ތެޅިއްޖެ. ތަންހީވަނީ ގޮނޑެއްހެން. މަ މިހެންބުނީމަ އެންމެނަށް ގޯސްވާނީ މަ.