09 އޮކްޓޯބަރ 2025 - 14:27
ހުޅުމާލެ 1 އާއި ހުޅުމާލެ 2 ގުޅުވައިދޭ ހުޅުމާލެ ޗެނަލް ޕާކުގެ މޫދަށް ކަނޑުއުޅަނދުފަހަރަށް ނުވަދެވޭ ގޮތް ހެދުމަށް މިއަދު އެތަނުގައި ބޮއި އަަޅައިފި އެވެ.
އެޗްޑީސީން ބުނީ ހުޅުމާލެ ޗެނަލް ޕާކުގައި އިންޖީނުލީ އުޅަނދުފަހަރު ދުއްވުން މަނާކޮށްފައިވުމާ އެކު، އެ ސަރަހައްދު ފާހަގަކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އެ ސަރަހައްދު ފާހަގަކުރުމުގެ ގޮތުން އެޗްޑީސީން ވަނީ ޗެނަލް ޕާކުގެ ހުޅަނގު ފަރާތުން މޫދުގައި ބޮއި އަޅައިފަ އެވެ.
އެޗްޑީސީން ކުރިން ކުރި އިއުލާނެއްގައި ބުނީ އެ ޗެނަލް ޕާކަކީ ކުޑަކުދިންނާއި ބޮޑެތި މީހުން ހިމެނޭ ގޮތަށް ގިނަ އަދަދެއްގެ މީހުން މޫދަށް އެރެން ބޭނުންކުރާ ސަރަހައްދެއް ކަމަށާއި އެތަނުގައި އެ ކުންފުނީގެ ފަރާތުން މުރަކަ އާލާކުރުމުގެ މަސައްކަތް ވެސް ކުރަމުން އަންނަ ކަމަށެވެ.
އެހެންވެ، އެ ސަރަހައްދުގައި އިންޖީނުލީ އުޅަނދު ދުއްވުމަކީ މޫދަށް އެރި އުޅޭ މީހުންނަށް ރައްކާތެރި ކަމެއް ނޫން ކަމަށާއި މުރަކަ އާލާކުރުމަށް ވެސް ހުރަސްއެޅޭނެ ކަމަކަށް ވާތީ، އެ ސަރަހައްދަށް އުޅަނދުތައް ވަނުން މަނާކުރީ ކަމަށް އެ އިއުލާނުގައި ބުނެފައިވެ އެވެ.
މީގެކުރިން އެތަނުގައި މޫދު ކުޅިވަރު ކުޅުމަށް ގެންގުޅޭ ޖެޓްސްކީ އާއި އެހެން ވެސް މޫދުގައި ދުއްވާ އުޅަނދުތައް އާންމުން ބޭނުންކުރި އެވެ. ނުރައްކާތެރިކޮށް ބައެއް މީހުން އެ އުޅަނދުތައް ދުއްވާތީ ބައެއް ފަރާތްތަކުން ކަންބޮޑުވުން ވެސް ފާޅުކުރި އެވެ.
އެޗްޑީސީ އާއި އެންވަޔަރަމެންޓަލް ރެގިއުލޭޓަރީ އޮތޯރިޓީ (އީއާރުއޭ) އާއި މޯލްޑިވްސް މެރިން ރިސާޗް އިންސްޓިޓިއުޓް (އެމްއެމްއާރުއައި)އާ ގުޅިގެން "ކޮރަލް ގާޑެން ޕްރޮޖެކްޓް"ގެ މަސައްކަތް ފެށީ މިދިޔަ ޖުލައި މަހުގެ 22 ގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ކުޑަކުއްޖާ
09 October 2025
ވަރައްބޮޑަށް ޝުކުރިއްޔާ.. ވަރަށް އުފާވެރި ހަބަރެއް.. މޫދައް އެރެން ވަރަށް މަޖާ ރީތި ތަނެއް މީ. (-:
އލ22
09 October 2025
އެޗްޑީސީއަށް ނޭގެނީތޯ އެއީ މޫދަށް އެރެން ރައްކާތެރި ތަނެއްނޫންކަން؟އަދި އެތަނަކީ ވަރަށް ބާރު އޮއިވަރެއްއަޅާތަނެއް. އަދި އެތަނަކީ ވެމްކޯބާޖަށް އަޅާބައެއްކުނި މޫއްދަށް އެޅިގެން އެޗެނަލްތެރޭ ދެކޮޅަށް ކުނިތަށް ދުވާތަނެއްކަން؟!
ހުމަަ
09 October 2025
މިހާރު ދަމައިގަތަސް އޮންނާނީ ވަލުގަ އަޅާފައެންނު
ސަނީސައިޑްބޮންޑް
09 October 2025
މުޅިހުޅުމާލޭގަވެސް ދުބާއީ ފެންވަރަށް ހެދިފައޮތީ ހަމައެކަނި ތިލޮނުގަނޑު. އެވެސް ނެތްފައިސާއިން ހިއްކާފައިއޮތްތަނެއް އަނެއްކާވެސް ނެތްފައިސާއިން ކޮނެފަ ބޮޑުޚަރަދުކޮށްގެން ތާކުންތާކުނުޖެހޭ ބުރިޖްތަކެއްއަޅާފަ.
އިކްލީލާ
09 October 2025
ތި ތަން ސިފައިން ވެރިކޮށްގެން މިއުޅެނީ ކޮން ހައިސިއްޔަތަކުން ތޯ؟ މިހާރު އާންމުންނަށް ތިތަނަށް ވަދެވޭ ވަރެެެއް ނުވޭ. ގިރިފުއްޓާ މާފިލާފުށި އުތުރުތިލަފަޅު މި ކީއްކުރާ ތަންތަނެއް. ތަމްރީނޭ ކިޔާފަ މުޅި ޗެނަލް ހިސާރުކޮށްގެން
އަބްދުﷲ
09 October 2025
ހުޅުމާލޭ ޗެނެލް ޕާކު ޖެޓީއަކީ ސަފާރީތަކުން ހުޅުމާލެއަށް ވަގަށް ބަނގުރާ ބޭލުމާއި، ކުދިން ސަފާރީތަކަށް ގެންދިއުމަށް ބޭނުން ކުރާ މައި ޖެޓީ. ތިޔަ އެޅިފިޔަވަޅުން ސަފާރީތަކުގެ މީހުން ރަތަށް އަރާން.
އަނީމް
09 October 2025
ފުރަތަމަ ރައްޔިތުންނާ ގުޅިފަހުރި އަސާސީ ކަންކަން ކޮށްބަލަ. ދޮރެއްގެ އަތްގަނޑު ހަލާކުވީމަ އެހަދާލާނެ މީހެއް ނުވެގެން އަހަރު ދެއަހަރު ވަނީ...
ޒުބޭ
09 October 2025
ވަރަށް ރަނގަޅު ކަމެއް! ސާބަހޭ