ކުޅިވަރު / ދެވަނަ ޑިވިޝަން ފުޓްބޯޅަ

ވެލެންސިއާ ދެ ވަނަ ޑިވިޝަނުގެ ޗެމްޕިއަންކަން ހޯދައިފި

ވެލެންސިއާ ކުޅުންތެރިން ޗެމްޕިއަންކަން ހޯދުމަށް ފަހު އުފާފާޅުކުރަނީ.-- ފޮޓޯ: ނިޝާން އަލީ/ މިހާރު

ފަހަތުން އަރައި ސުޕަ ސްޕޯޓްސް ޔުނައިޓެޑް އަތުން 3-1 އިން މޮޅުވެ، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބް ކަމަށްވާ ވެލެންސިއާ ދެ ވަނަ ޑިވިޝަން ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން މިރޭ ހޯދައިފި އެވެ.

މި މުބާރާތުގެ ފައިނަލަށް ދިއުމާ އެކު ވެލެންސިއާ އާއި ސުޕަ ޔުނައިޓެޑް ވަނީ އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނަށް ޕްރޮމޯޓްވެފަ އެވެ. ދެ ވަނަ ޑިވިޝަނުގެ ފައިނަލަށް ދާ ދެ ޓީމަށް، އަންނަ ސީޒަނުގެ ފުރަތަމަ ޑިވިޝަނުން ޖާގަ ލިބޭގޮތްވީ ސަސްޕެންޝަނުގެ ސަބަބުން ނިއު ރޭޑިއަންޓާއި ވިކްޓްރީ ދެ ވަނަ ޑިވިޝަނަށް ވެއްޓުމުންނެވެ. ކުރިން ގަވާއިދުގައި އޮތީ ދިރާގު ދިވެހި ޕްރިމިއާ ލީގުގެ އެންމެ ފުލަށް ދާ ދެ ޓީމާއި ދެ ވަނަ ޑިވިޝަނުގެ ފައިނަލުގައި ކުޅޭ ދެ ޓީމު މެދުގައި ލީގު ބުރެއް ކުޅުމަށް ފަހު، އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެއް ފުރަތަމަ ޑިވިޝަނަށް އަންނަ ގޮތަށެވެ. އެކަމަކު ނިއު އާއި ވިކްޓްރީގެ ސަސްޕެންޝަން ދިގުލައި ގޮސް އެ ދެ ކްލަބަށް ވާދަކުރެވޭވަރު ނުވީ އެވެ.

މެޗު ފަށައިގެން ރަނގަޅަށް ކުޅެ ފުރަތަމަ ހަމަލާ އުފެއްދީ ސުޕަ ޔުނައިޓެޑުންނެވެ. މެޗުގެ 10 ވަނަ މިނިޓްގައި އެ ޓީމުގެ އަހުމަދު އަޝްރަފް ޔޫސުފް (ސޮބީ) ޖެހި ބޯޅަ އަމާޒުވީ ގޯލުގެ އަރިމަތީ ދަނޑިއަށެވެ. ވެލެންސިއާ އިން މެޗުގެ 20 ވަނަ މިނިޓްގައި ލީޑުނެގުމާ ގާތަށް ޖެހިލި އެވެ. ވެލެންސިއާ އަށް ކުޅޭ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ހުސެއިން ނިޔާޒް މުހައްމަދު (ބޮކުރީ) ހިލޭ ޖެހުމަކުން ފޮނުވާލި ބޯޅަ ސުޕަ ޔުނައިޓެޑްގެ ކީޕަރު އަބްދުﷲ ނާސިހު އަތުގައި ޖެހިފައި ނުކުތްވަގުތު ހުސެއިން ފައިސަލް (ފައިޓޯ) ފޮނުވާލުމުން ގޯލުގެ ރޮނގުމަތިން ބޯޅަ ސަލާމަތްކުރީ ޒުވާން ޑިފެންޑަރު އަހުމަދު ރިޒާން އެވެ.

ވެލެންސިއާ ސިއްސުވާލުމަށް ފަހު ސުޕަ ޔުނައިޓެޑަށް މެޗުގެ 26 ވަނަ މިނިޓްގައި ލީޑުނަގައިދިނީ މި މުބާރާތުގައި މޮޅު ކުޅުމެއް ދައްކަމުން އައި ފޯވާޑް އާދަމް ނިޒާމް (ކިތުނަ) އެވެ. ސޮބީ ހުސްކޮށްލާފައި ދިން ބޯޅަ ކިތުނަ ވަނީ ހަމަޖެހިލާފައި ގޯލުގެ ތެރެއަށް ފޮނުވާލައިފަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ވެލެންސިއާ އިން ނަތީޖާ ހަމަހަމަކުރަން ކުރި މަސައްކަތް ކާމިޔާބުވީ މެޗުގެ 38 ވަނަ މިނިޓްގައި ބިދޭސީ ފޯވާޑް އައިރީ ސަމިއުލް ޖެހި ގޯލުންނެވެ. އޭނާ މި ލަނޑު ޖެހީ ބޮކުރީ ނެގި ހުރަހަކުން ބޮލުންނެވެ.

ދެ ވަނަ ހާފްގެ ކުޅުން ފެށިތާ ހަތަރު މިނިޓް ތެރޭ ވެލެންސިއާ އަށް މެޗުގައި ފުރަތަމަ ފަހަރަށް ލީޑުނަގައިދިނީ އެ ޓީމުގެ ކެޕްޓަން އަބްދުﷲ މިދުހަތު ފަހުމީ (ބިޗަޑް) އެވެ. ކުރިން ނިއު ރޭޑިއަންޓާއި މަހިބަދޫ އަށް ފުރަތަމަ ޑިވިޝަނުގައި ކުޅުނު ބިޗަޑް މި ގޯލު ޖެހީ ކީޕަރު ނާސިރު ކައިރިން ނައްޓާފައި ގޮހެވެ. ސުޕަ ޔުނައިޓެޑަށް އެއްވަރުކޮށްދޭން ކިތުނަ ވަނީ ދެ ހަމަލާއެއް ފޮނުވާލައިފަ އެވެ. އޭގެ ތެރެއިން މެޗުގެ 58 ވަނަ މިނިޓްގައި އޭރިއާ ތެރެއިން ކިތުނާ ބޮލުން ޖެހި ބޯޅަ ވެލެންސިއާގެ ކީިޕަރު މުހައްމަދު ޖަޒްލާން (ބަބޭ) ވަނީ މަތަކޮށްފަ އެވެ.

ލަނޑު ޖެހުމަށް ފަހު ވެލެންސިއާ ކުޅުންތެރިން އުފާފާޅުކުރަނީ. -- ފޮޓޯ: ނިޝާން އަލީ/ މިހާރު

ވެލެންސިއާ އަށް ޗެމްޕިއަންކަން ކަށަވަރުކޮށްދިން ގޯލު މެޗުގެ ފަހު މިނިޓްގައި ކާމިޔާބުކުރީ ބިޗަޑް ހުސްކޮށްލާފައި ދިން ބޯޅައަކުން ސަމިއުލް އެވެ. އޭނާ މި ގޯލު ޖެހީ ކައިރީގައި ހުރި ޑިފެންޑަރު ކައިރިން ނައްޓާލުމަށް ފަހު އެވެ.

މުބާރާތުގެ މޮޅު ކުޅުންތެރިޔަކީ ކުރިން ދިވެހި ޕްރިމިއާ ލީގުގައި ބ.ފެހެންދު އަށް ކުޅުނު ކިތުނަ އެވެ. އެންމެ މޮޅު ކީޕަރަކީ ފުރަތަމަ ޑިވިޝަނުގެ ކްލަބްތަކުން ކުރިން ފެނުނު އަދި ގައުމީ 23 އަހަރުން ދަށުގެ ޓީމުގެ ގޯލު ވެސް ބެލެހެއްޓި ބަބޭ އެވެ. ފެއާޕްލޭ ޓީމަކީ މަހިބަދޫ ސްޕޯޓްސް ކްލަބް އެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކްލަބް ވެލެންސިއާ ފުރަތަމަ ޑިވިޝަނުގައި އަންނަ ސީޒަނުގައި ވާދަކުރާނީ އެއް އަހަރުގެ މެދުކެނޑުމަކަށް ފަހު އެވެ. ވެލެންސިއާ ވަނީ 1979 ވަނަ އަހަރުން ފެށިގެން 2018 ވަނަ އަހަރާ ހަމައަށް އެއް ވަނަ ޑިވިޝަނުގައި ވާދަކޮށްފަ އެވެ. ދެ ވަނަ ޑިވިޝަނަށް ވެލެންސިއާ ރެލިގޭޓްވީ އެ ފަހަރުގެ މާލޭ ލީގުގެ ކޮލިފައިންގައި ޔުނައިޓެޑް ވިކްޓްރީ އަތުން ދެ ލެގު ކުޅެގެން ބަލިވުމުންނެވެ.

10 ކޮމެންޓް, 19 ރިއެކްޝަންސް

icon happy icon happy 68%
icon sad icon sad 11%
icon angry icon angry 21%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ބަލަ

21 February 2020

މިހާރުވެސް ރާއްޖޭގެ ފުޓުބޯޅައަށް ބޭރުން އެހީތަށް އެލިބެނީ ތިޔަ ބައްސާމުގެ ސަބަބަކުންނެއް ނޫން އަލީވަހީދު ރާއްޖެ އިސްތިހާރު ކުރުމުގެ ގޮތުން އެއްބަސްވި އެއްބަސް ވުމުގެ ތެރެއިން ފުޓުބޯޅައަށް ބޭރުގެ ފުޓުބޯޅަ ޖަމިއްޔާތަކުން ތިޔަ ދަނީ އެހީތެރިވަމުން . ތިޔަ ބައްސާމު އެގެންދަނީ ރާއްޖޭގެ ފުޓޫބޯޅަ ހަާކު ކުރަމުންް ކަންމަތި ގުރޫޕުތަކަށް އޭނަޔަސަޕޯޓު ކުރާ ޓީމުތަށް ގާތްކުރަމުން އެއީ އެޕް.އޭ.އެމް އިން ލިބޭ ޑޮލަރުގަނދުގެ ދަހިވެތިކަމުން. ބައްސާމުގެ ނުބައި ރޭވުން

The name is already taken The name is available. Register?

Aliumar

21 February 2020

ގައުމީ ޓީމަށްވުރެވެސް ބޮޑަށް ވެލެެންސިއާއަށް ސަޕޯޓް ކުރަން.

The name is already taken The name is available. Register?

————

21 February 2020

ދެން މިހެން ބުނީމަ ރުޅިއަރާ ބަޔަކުވެސް އުޅޭނެ. ބޭސިކް ޓްރެއިނިން އަކީ އޭދަފުށީ ވެލިދަނޑު އެކަޑަމީ.

The name is already taken The name is available. Register?

ސާބަހޭ

21 February 2020

މަގޭ ލޯބި ވެލެންސިއާ.. މަރުހަބާ ދަރިންނޭ

The name is already taken The name is available. Register?

މަރުހަބާ އެވެ

21 February 2020

އެއްވަނަ ޑިވިޝަންގާ ތައްޓެއް ނުލިބޭތީ ފަހަތަށް ޖެހިލާފައި ތައްޓެއް ހޯދީ ތާއެވެ. ތި ވެސް ގޮތެކެވެވެ.

The name is already taken The name is available. Register?

ޖޭ މު

21 February 2020

މަރުހަބާ ވެލެންސިޔާ.. ގަދަ އިގޭ...

The name is already taken The name is available. Register?

ކުނިބެ

21 February 2020

ތިއީ އެޓީމަކަށް އަރެން ސަޕޯޓް ކުރާ ދިވެހިޓީމަކީ 2021 ގައި މިއަށްވުރެ ރަގަލު ކާމިޔާބީއަކަށް އެދެން ޝުކުރިއްޔާ ހުރިހާ ކުޅުން ތެރިންނަށް.

The name is already taken The name is available. Register?

އާރީ

21 February 2020

ނިއު ވިކުޓަރީ ދެވަނަ ޑިވިސަނަށް ވައްޓާލުން ތީ ވަރަށް ނާއިންސާފުން ކޮށްފަ އޮތް ކަމެއް. ހިތަށްއެރީމަ ގަވާއިދު ބަދަލުކޮށްލާފަ ބަންސާމް ޓީމަށް ފަސްޓުން ޖާގަ ދޭށްވެގެން.

The name is already taken The name is available. Register?

ބޯބުރި އިއްބެ

22 February 2020

ދެން އަހަރެމެންދާނީ 2 ވަނަ ޑިވިޝްންގެ މެޗުތައް ބަލަން. މާބޮޑަށް ފޯރިހިއްޕާލާނަން ވިކްޓްރީ ނިއުގެ ސަޕޯޓަރުންގޮސް ދަނޑު ފުރާލާނަން މި 2 ޓީމު ކުޅޭއިރު. ބަލަން ހުންނާތި. ދެން ބައްސާމު ކޯންޗެއް ހަދާނީ!

The name is already taken The name is available. Register?

ބުލޫ

21 February 2020

ބިޗަޑަކީ ގައުމީޓީމަށް ވެސް ނަގާ ފެންވަރު މޮޅު ކުޅުންތެރިއެއް. އޭނަ އެކަށް ސާބިތު ކޮށްދިން ނިއުގަ ހުރިއިރުވެސް މިހާރުވެސް އެހާ މޮޅު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454