ޚަބަރު / ފައްޔާޒު އިސްމާއިލް (ކުރީގެ މިނިސްޓަރު)

އޮޑިއަކަށްލައި ބިދޭސީން ނުފޮނުވޭނެ، 32،000 ރަޖިސްޓްރީކޮށްފިން: މިނިސްޓަރު

ގަވައިދާ ހިލާފަށް ރާއްޖޭގައި އުޅޭ ބިދޭސީން ރަޖިސްޓްރީވާން ގަލޮޅު ދަނޑުގައި. -- ފޮޓޯ: ނިޝާން އަލީ / މިހާރު

ވަރަށް ފޯރީގައި، ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށް ރަޖިސްޓްރީކުރަން މިދިޔަ އޮކްޓޯބަރުމަހުގެ ތެރޭގައި ފެށި އެވެ. ދަނޑާ އެކު މުޅި އެ ސަރަހައްދު ވަށާލައި ހެދި ކިޔޫތަކުން އާއްމުން އަންތަރީސްކޮށްލި އެވެ. މައްސަލަ ހައްލުކުރާނެ ކަމަށް އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވެވަޑައިގަތް ވައުދާ އެކު، ފެށި އެ މަސައްކަތް އެ ސްޕީޑުގައި ކުރިއަށްދާތަނެއް މިހާރަކު ނުފެނެ އެވެ.

ސޯޝަލްމީޑިއާގައި ހަރަކާތްތެރި، އާއްމުންގެ ކަންބޮޑުވުންތަކަށް ޖަވާބު ދެއްވާ މިނިސްޓަރަށް އަމާޒުކުރާ ފާޑުކިއުންތަކުގައި އެންމެ ހިތްހަމަނުޖެހިފައި އަހާ އެއް ވާހަކައަކީ ބިދޭސީން ރަޖިސްޓްރީ ކުރުމެވެ. ގަލޮޅު ދަނޑުން ދެއްކި މަންޒަރު ނިންމާލީ ހެއްޔެވެ؟

މިނިސްޓަރު ފައްޔާޒް މިދިޔަ ބުރާސްފަތިދުވަހު "މިހާރު" އަށް ދެއްވި އިންޓަވިއުގައި، އެ ފާޑުކިއުމަށް ޖަވާބު ދެއްވި އެވެ. ގިނަ ބައެއްގެ ވިސްނުމަކީ، ގަވާއިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ކަމަށް އަންދާޒާކުރެވޭ 63،000 ބިދޭސީން ވަގުތުން ފޮނުވާލުން ކަަމަށް ވިދާޅުވި އެވެ.

އެކަމަކު، ހައްލުނުވެ ދިގުލައިގެން ގޮސްފައިވާ އެ މައްސަލަ ވަގުތުން، ހައްލުކުރެވޭ ވަރަށް ވުރެން ގޮންޖެހުންތައް ބޮޑު ކަމަށް ވިދާޅުވި އެވެ.

މިހާތަނަށް 32،000 ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފިން. -- މިނިސްޓަރު

މިނިސްޓަރު ފައްޔާޒް: ބިދޭސީންގެ މައްސަލަ ހައްލުކުރުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް އެކަން އެބަދާ ކަމަށް ވިދާޅުވި. --ފޮޓޯ/މިހާރު

އޭނާ ވިދާޅުވި ގޮތުގައި، ރާއްޖޭގައި ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރަން ފެށި މަސައްކަތުގައި މިހާތަނަށް 32،000 ބިދޭސީން ވަނީ ގާނޫނީ އިމުގެ ތެރެއަށް ވައްދައިފަ އެވެ. މާލޭގެ އިތުރުން ބޮޑެތި ރަށްތަކުގައި ބިދޭސީން ރަޖިސްޓްރީކުރަމުން އަންނަ ކަމަށާއި އޭގެ ތެރޭގައި އައްޑު އާއި ފުވައްމުލަކާއި ލ. އަތޮޅުގެ އިތުރުން ހދ. ކުޅުދުއްފުށި ހިމެނޭ ކަމަށް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ކުރިއަށް އޮތް ހަފުތާތަކުގައި ވެސް އިތުރު ރަށްތަކުގައި އެކަން ފަށާނެ ކަމަށެވެ.

"ގަލޮޅު ދަނޑަށް ގޮވާލައި ރަޖިސްޓްރީކުރުން މިހާރު ނުފެންނަނީ، މެޗުތައް އޮންނާތީ ދަނޑުން އަޅުގަނޑުމެން ނުކުންނަން ޖެހޭ. މަސައްކަތް ހުއްޓޭ އެ ހިސާބުން. ކޮމްޕިއުޓަރުތައް ވެސް ނަގާ ހިސާބުގައި. އޭއެފްސީގެ ގާނޫނުގައި، އޮންނަ ގޮތުން،" ފައްޔާޒް ވިދާޅުވި އެވެ.

"އެންމެން ޖަމާކޮށްގެން އެކަން ނުކުރިއަސް ރަޖިސްޓްރީ އެބަދޭ. ވަރަށް ދިގު ޕްރޮސެސްއެއް އެބަދޭ ވެރިފިކޭޝަނަށް. އިމިގްރޭޝަނުން އެ މީހުން ވެރިފައިކުރަން ޖެހޭ. ޕާސްޕޯޓް ނެތް މީހުންގެ ޕޮލިސް ރިޕޯޓެއް ހަދަން ޖެހޭ. އެ ހިސާބުން ޕާސްޕޯޓާ ހަމައަށް މިދަނީ."

މިހާތަނަށް ރަޖިސްޓްރީ ކުރި މީހުން ވެސް ވަޒީފާތަކަށް ނެގުން ލަސް ކަމަށާއި އޭގައި ތަފާތު އުނދަގޫތަކެއް ހުރި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭގައި އުޅޭ އެތައް ހާސް ބިދޭސީން ފޮނުވާނުލައި ގާނޫނީ އިމަށް ވަނުމުގެ ފުރުސަތެއް ދިނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއީ ކުރެވޭނެ ވަރަށް ވުރެ އުނދަގޫ ކަމަކަށް ވުމުންނެވެ. އެކަން ކުރެވޭނީ ފުލުހުންނާއި ސިފައިން ނެރެ ހުރިހާ ރަށެއްގައި ބޮޑު އޮޕަރޭޝަނެއް ހިންގައިގެން ކަމަށާއި އެއީ ކުރިއަށް އޮތް ފަސް އަހަރުން ވެސް ނިންމާލެވޭނެ ކަމެއް ނޫން ކަމަށް ވިދާޅުވި އެވެ.

"ގޯސް މީހުން ވެސް އެބަތިބި. އެކަމަކު، ބިދޭސީންގެ ތެރޭގައި ގިނައީ ވިކްޓިމްސް. އެ މީހުންނަށް ފުރުސަތު ދިނީމަ އެ މީހުން އެބަ ރަޖިސްޓްރީވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

ގަލޮޅު ދަނޑަށް ބިދޭސީން ޖަމާކޮށްފައި: މިހާތަނަށް 32،000 ބިދޭސީން ގާނޫނީ އިމަށް ވައްދާފައިވާ ކަމަށް މިނިސްޓަރު ވިދާޅުވި. --ފޮޓޯ/މިހާރު

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ޑިޕޯޓްކުރުމަކީ ވެސް ފަސޭހަ ކަމެއް ނޫނެވެ. ރާއްޖޭގައި ހުންނަ އެހެން ގައުމުތަކުގެ އެމްބަސީން ވެސް ޕާސްޕޯޓް ނެތް މީހުންނާ ހަވާލުވާން ނުވަތަ އެ މީހުން ގައުމަށް ފޮނުވާލަން އެހީވުމުގައި އުޒުރު ދައްކަ އެވެ. ހައްޔަރުކޮށްފައި ބައިތިއްބާނެ ތަނެއް ވެސް ނެތެވެ.

ގަވާއިދާ ޚިލާފަށް އުޅޭ ބިދޭސީން ހައްޔަރުކޮށްފައި ބައިތިއްބަން ހުޅުމާލޭގައި ހުންނަ ޑިޓެންޝަން ސެންޓަރުގެ ޖާގައަކީ 40 އެވެ. ގަވާއިދާ ޚިލާފުވުމުން، އެތަނަށް މީހަކު ލިޔަސް އެ މީހަކީ ކާކުތޯ ދެނެގަތުމަށް ދެ މަހެއްހާ ދުވަސް ހޭދަވާއިރު، ދައުލަތުގެ ބަޖެޓުން އެ މީހުންގެ ބަންދަށް ވެސް ބޮޑު ހޭދައެއް ކުރަން ޖެހެ އެވެ.

ފައްޔާޒް ވިދާޅުވީ ބިދޭސީއަކު ހައްޔަރުކޮށްގެން ގެންގުޅުނަސް މަހެއްގެ މައްޗަށް މީހަކަށް 16،000ރ. އެބަ ޚަރަދުވާ ކަމަށެވެ.

"އޮޑިއަކަށް ލައި ނުފޮނުވޭނެއެއް ނޫންތޯ. އަނެއްކާ ފްލައިޓަކަށް ނާރުވާނެ ޕާސްޕޯޓް ނެތިއްޔާ. މިސާލަކަށް އަޅުގަނޑުމެން އެ މީހުން ބޯޓަކަށް ލައިގެން ސިފައިންނާ އެކު އެ ގައުމަކަށް ދިޔައަސް ނުވެސް ޖެއްސޭނެއެއް ނޫންތޯ ބަންގްލަދޭޝްގައި،" ފައްޔާޒް ވިދާޅުވި އެވެ.

މިނިސްޓަރު ދެކެވަޑައިގަންނަވާ ގޮތުގައި، ރާއްޖޭގައި މަސައްކަތް ކުރަން ބިދޭސީން ގެނައުމަށް ކޯޓާ ދިނުން ހުއްޓާލުމަކީ ވެސް ބިދޭސީންގެ މައްސަލައިގައި ލިބުނު ވަރަށް ބޮޑު ހައްލެކެވެ. އެހެން ހެދުމުން، ބިދޭސީން އިތުރުނުވާ ކަމަށް ވިދާޅުވި އެވެ.

"މިހެން ދެންނެވިއަސް ޓޫރިސްޓު ވިސާގައި ބިދޭސީން އެތެރެވޭ ކަމުގެ އަޑުތަކެއް އިވޭ،" މިނިސްޓަރު ވިދާޅުވި އެވެ.

96 ކޮމެންޓް, 64 ރިއެކްޝަންސް

icon happy icon happy 5%
icon sad icon sad 0%
icon angry icon angry 95%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ްއަދުރޭ

24 February 2020

މިހާރުވެސް ބަންގްލަދޭޝްމީހުން އަންނަވަރަށް ހަމަ އާދޭ. އެއާޕޯޓް އިމިގްރޭޝަން ކައުޓަރގަ ބޮޑު ކިއުއޮވޭ ކޮންމެރެއަކު.

The name is already taken The name is available. Register?

އަލީ!

24 February 2020

މައްސަލައަކީ އަދިވެސް އިމިގުރޭޝަން. އެމީހުން އެތެރެވަނީ ޕާސްޕޯޓް ނުލާތަ؟ ޕާސްޕޯޓް ދޫކޮށްލާފަ ފިލުމަކީވެސް އެމީހުންގެ މައްސަލައެއް..!! ޕާސްޕޯޓެއް ނެތިއްޔާ މިގައުމުގަ ބިދޭސީންނަށް އުޅެވޭނެދޯ؟!

The name is already taken The name is available. Register?

އަލިފުން

24 February 2020

32000*300 ޑޮލަރު =9.6 މިލިއަން ޑޮލަރުގެ ގެއްލުން މަހަކު ރާއްޖެއަށް ވާނެ، މަދުވެގެން

The name is already taken The name is available. Register?

ކޮތަރު

24 February 2020

މިއީ ކިހިނެތްވާ ގެއްލުމެއް.؟

The name is already taken The name is available. Register?

ދޮންމަނިކު

24 February 2020

ވޭތުވެ ދިޔަ 2 މަސް ތެރޭ 5 ވަނަޔައް ރާޖެއައް ގެސްޓް ގެސްޓުން އައިސް ފައި ވަނީ ބަންގުލަދޭސް ބަންގުލަދޭސް އިންނެވެ ، ............. ކަން ކަން ހައްލު ކުރަން ނޭންގޭ ކަ މައްވާނަ މަ ގޭގަ މަޑު ކޮއްލުމައްފަހު .. ޓެކްނިކަލީ ތިކަން ހައްލުކުރެވޭ ބަޔަކާ ހަވާލުކުރަން ރައީސައް އިލްތި މާސް ކުރަން

The name is already taken The name is available. Register?

ފަރީ

24 February 2020

މިކަމުން ސަލާމަތެއް ނުވަނެ. ދަރިންނަށް ދޭން ހުރި ބޯހިޔާވަހިކަންވެސް އެމީހުންނަސް ދޭން ޖެހޭނީ. ސަރުކާރަކަށް ކުޑަމިނުން ނުކެރޭ ދިވެއްސަކު މެދުވެރި ނުކޮށް ބިދޭސީއަކަށް މަސައްކަތް ހަވާލުކުރުން އެއީ މަނާކަމަކަށް ހަދާލާކަށްވެސް. ދިވެއްސެއްގެ އައިޑީކާޑު ކޮޕީއަކާއެކު ލިޔެކިޔުމެއް ނެތިި މަސައްކަތް ހަވާލުކުރެވިގެން ނުވާނެ. އެފަދަ މީހުންނަށް އަދަބު ދެވެންޖެހޭ.

The name is already taken The name is available. Register?

ފީސަބްނަމް

24 February 2020

ބަންގާޅިން އަތުގަ ކާކުކަން އަންގާދޭ ލިޔުމެއް ނެތް. ފިންގަޕރިންޓެއް ޑީއެންއޭއެއް ނެގިފައެއް ނެތް. އެމްބަސީން ހަވަލެއް ނުވޭ. ދެން ކުށެއް ކުރިއަސް އެމީހަކު ހޯދާނީ ކިިހިނެއް. ވުޖޫދުގަ ނުވާ މީހަކު ހޯދޭނެތަ؟ އަދަބު ދެވޭނެތަ؟ މިކަމަކަށް ހައްލެއް ހޯދަން ކެރޭނެ މީހަކު ނެތީތަ؟

The name is already taken The name is available. Register?

ސީޕްލޭން

24 February 2020

ކުރުކޮށް ބުނަންޏާ ދެން ޖެހޭނީ ތި އެންމެން މިތާ ވަޒަންވެރިކޮށް ފުލެޓު ދޭން. އަދިވެސް ބަންގާޅުން މީހުން އައުން ހުއްޓުވާކަށް ނުވޭތަ؟ މިހާރު ގިނަވަނީ ވިކްތިމްސް އަށް ވުރެ ގޯސް މީހުން. ޓޫރިސްޓު ވިސާގަ އައިސް ނުނިކުންނަ މީހުން. ޓެރަރިސްޓުުން ސީރޔާއަށް ގޮސް ޕާސްޕޯޓު ވީދާލާހެން ރާއްޖެ އައިސް ޕާސްޕޯޓު އެއްލާލަނީ. އަދިއަދަށްވެސް އިމިގްރޭޝަނުން ބުނެއެއް ނުދެވެ ޓޫރިސްޓު ވީސާގައި ވަން ހުރިހާ އެންމެން ނިކުތް ކަމަކަށް.

The name is already taken The name is available. Register?

ރެގިއުލަރައިޒޭޝަން

24 February 2020

ސެޕްޓެމްބަރ ގައި އޮންލައިންކޮށް އެޕްލައިކުރީމަ އަދިވެސް އެޕްރޫވްއެއްނުވޭ. ކަމެއްވާތަނެއްނޫން.

The name is already taken The name is available. Register?

އަދާލަތު

24 February 2020

ޤާނޫނާއި ޚިލާފަށް އުޅޭ، އަދި ޤާނޫނާ ޚިލާފު އެތަކެއް ޖަރީ މާ ހިންގާ ބަންގާޅީން މި ޤައު މުގައި ބައިތިއްބަން ޖެހޭތޯ؟. ދިވެހިރާއްޖޭގެ ޤާނޫނާއި ބައިނަލް އަޤުވާމ މީ ޤާނޫނުގެ ކޮން މާއްދާއެއްގެ ދަށުންތޯ؟ ގޮތެއްފޮތެއްނެތް ބަންގާޅީން މި ޤައު މުން ފޮނުވައި ނުލައްވަން ފައްޔާޒު މަސައްކަތްޕުޅު ތިޔަ ކުރައްވަނީ. އަދިވެސް އަންނަވަރުން އަންނަނީ. ޤައު މު ހަލާކުވެއްޖެ. ބިރުވެރިކަން ޙައްދުފަނަ އަޅައިފި. ޑާކާ ސިޓީ ޕާރކަކަށް ޤައު މުވެއްޖެ. ވަޢު ހަނދު މަނެތިއްޖެ.

The name is already taken The name is available. Register?

ގަމާރާ

24 February 2020

އޮޑިއަކަށް ލައި ނުފޮނުވޭނެއެއް ނޫންތޯ. އަނެއްކާ ފްލައިޓަކަށް ނާރުވާނެ ޕާސްޕޯޓް ނެތިއްޔާ. މިސާލަކަށް އަޅުގަނޑުމެން އެ މީހުން ބޯޓަކަށް ލައިގެން ސިފައިންނާ އެކު އެ ގައުމަކަށް ދިޔައަސް ނުވެސް ޖެއްސޭނެއެއް ނޫންތޯ ބަންގްލަދޭޝްގައި،" ފައްޔާޒް ވިދާޅުވި އެވެ.

The name is already taken The name is available. Register?

ްްްގައުމު19

24 February 2020

މީ ރާއްޖޭގެ އެއްވެސް ސިޔާސީ ވެރިޔަކު އަދި މުއްސަދި ވިޔަފާރި ވެރިޔަކު ކަންބޮޑުވާ ކަމެއް ނޫން މީ އެހެންވީމަ މިކަން ތައް މިގޮތަށް ދިމާވެފަ މިއޮތީ.. މިއަދަކު ވެސް މާދަމާއަކުވެސް އަދި ކިތަށްމެ ޒަމާނެއް ވިޔަސް ދިވެހިންނަކަށް މިކަމަކުން ސަލާމަތެއް ނުވެވޭނެ ސަބަބަކީ ސިޔާސީ ވެރިންވެސް ސިޔާސީ ޕާރޓީތައް ވެސް ސަރުކާރުގެ އިދާރާތައް ވެސް މިކަމަށް ހަތްލެއް ހޯދައިދޭން ބޭނުން ނުވުން..

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454