ޖޭއެސްސީގެ މެމްބަރުންތަކެއް: ސުލޫކީ މައްސަލަ ބަލަމުން ދަނިކޮށް ރިޓަޔާ ކުރިޔަަސް އިނާޔަތް ނުލިބޭ ގޮތަށް ވަނީ ހަމަޖައްސާފައި --ފޮޓޯ/މިހާރު
23 ފެބުރުއަރީ 2020 - 12:51
ސުލޫކީ މައްސަލައެއް ބަލަމުން ދަނިކޮށް އަމިއްލަ އަށް އެދިގެން ފަނޑިޔާރު ކަމުން ރިޓަޔާވާ ބޭފުޅުންނަށް އިނާޔަތްތައް ނުދޭ ގޮތަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ހަމަޖައްސައިފި އެވެ.
އުމުރުން 55 އަހަރުވުމުން އަމިއްލަ އަށް އެދިގެން ނުވަތަ ސިއްހީ ސަބަބުތަކަށްޓަކައި މަގާމުން ރިޓަޔާ ކުރާ ފަނޑިޔާރުންނަށް އިނާޔަތް ދިނުމުގެ ގަވާއިދު، ކުރިން އޮންނަ ގޮތުން ފަނޑިޔާރުންގެ ގާނޫނުގެ ދަށުން އަމިއްލަ އަށް އެދިގެން ނުވަތަ ސިއްްހީ ސަބަބުތަކަށްޓަކައި ޖޭއެސްސީން ރިޓަޔާ ކުރަން ނިންމާ ބޭފުޅުންނަށް އިނާޔަތްތައް ހަމަޖައްސައިދެ އެވެ.
ނަމަވެސް، އެ ގަވާއިދަށް މިދިޔަ ހަފުތާގައި ގެނައި އިސްލާހުގައިވާ ގޮތުން، ރިޓަޔާ ކުރައްވަން އެދިވަޑައިގަންނަވާ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ޖޭއެސްސީން ބަލަމުންދާ ނަމަ ނުވަތަ އެފަދަ މައްސަލައެއް އެ ކޮމިޝަނަށް ހުށަހެޅިފައިވާ ނަމަ، އެ ފަނޑިޔާރަކަށް އިނާޔަތް ހަމަޖައްސައެއް ނުދެވޭނެ އެވެ.
އަމިއްލަ އަށް އެދިވަޑައިގެން ރިޓަޔާ ކުރައްވާ ފަނޑިޔާރުންނަށް ވެސް މާލީ އިނާޔަތްތަކާއި ލިވިން އެލަވަންސާއި މެޑިކަލް އިންޝުއަރެންސްގެ އިތުރުން ސެކިއުރިޓީ ވެސް ހަމަޖައްސައިދެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކާފަބޭ2020
24 February 2020
ހަރުގެހިންގު މުގައި ކިހާދުވަހަކުއުޅެވޭނެބާ؟؟؟؟؟ ޔަގީންކަ މަކީ ޖަވާބުދާރީވާޖެހޭދުވަހު ހަރުގެނިވާފަތް ގަނޑަކަށްނުހެދޭނެކަން ދެފަރާތަށްއެނބުރިބަލާއިރު ހެޔޮއަ މަލެއްކުރެވިފާނެތި އެހެން މީހުންގެފާފަތައް ލިބިގަންނަންޖެހޭދުވަސް ކުރި މަތިވެދާނެކަން ވީ މާ ނަފްރަތްތެރިކަންދޫކޮށް އިންސާފްޤާއި މްކުރާށެވެ. ޢެޖެންޑާ19ގަވެސްވަނީ އިންތިގާލީއަދާލަތުގެވާހަކަ ނޫންތޯ؟
ވަތުބަތާނަ
24 February 2020
މި މީހުންނަށް ހިންދެމިލެވޭނީ ފަަނޑިޔާރުގެއާއި ފުލުހުންނާއި ސިފައިންގެ ކިބައިން ރަނގަޅު ބަދަލެއް ހިފުނީމައިތާއޭ! ފަނޑިޔާރުގެ މިނިވަންވާނީ މިހާވަރަށްތާއޭ! ޤާނޫނަށްވުރެ ޖޭ އެސް ސީގެ ފުންނާބު އުސްވެއްޖެތާއޭ؟ މިނޫން ދުވަހެއް އަންނާނެބޭވައޭ؟
ގަޑުބަޑު
24 February 2020
ޤާނޫނު އަސާސީ އާއި ޚިލާފު ބާރު ތަށް ޖުޑީޝަރީގެ މައްޗަށް ސިޔާސީ ބަޔަކު ހިންގާއި އެބައެއްގެ އަޅުވެތި ކަމުގެ ދަށަށް ކޯޓްތަށް ގެންގޮސް ނިމޭއިރު ސުޕްރީމް ކޯޓް ހަނު އޮތުމަކީ ހިތާމަ ހުރި ކަމެކެވެ.
ދަންތޫރަ
24 February 2020
ސްޕްރީމް ކޯޓަކީ އެމްޑީޕީގެ ސިޔާސީ ގޮތްޕެއް ދެން ސްޕްރީމް ކޮތުން ކިޔާނެ އެއްޗެސް ކުރާނެކަމެއް ނޯންނާނެ ސްޕްރީމް ކޯޓު ހިނގަނީ އެމްޑީޕީގެ އިސްވެރިންގެ ބެލުމުގެ ދަށުން އެމީހުން ބަސްބުނާނީ އެމީހުން ތިބީ ތިޔަބުނާ ޖުޑިސަލް ސާވިސް ކޮމިޝަނުގަ މިހާރު ޝަރުޢީ ދާއިރާގެ މައިސޯބަކީ އެ ކޮމިަން ދެން މުޅި ސަރުކާރުގެ މައި ސޯބަކީ މަޖިލިސް ހާއްސަކޮށް އެމްޑީޕީ މަޖިލިސްމެމްބަރުންނާ މަޖިލީހުގެ ރައީސް ހުރިހާ މައްސަލައެއްބަލާ ޙުކުމްކުޮށް ނިންމާނީ މަޖިލީހުގެ ކޮމެޓީތަކުން
އަނިޔާ އަނިތާ އަނިޔާ
24 February 2020
އުއްތަމަ ފަނޑިޔާރު ކޮބާތަ؟ ފަނޑިޔާރުގޭގެ ބެލެނިވެރި އަކީ ކާކުކަ؟ ހުރި ނިކަމެތި ލަމާ އަޅުވެތި ކަމާ އެވެ.
ފީކަކޫ
24 February 2020
ހަސަދަ ވެރިކަމަކީ އެކަމަކުން އެކަން އެނބުރިއައިސް ޔިމާމެނަށް ރައްދުވާނެ ކަމެއް.
ޝޮކްތެރަޕީ
23 February 2020
މިހާރު ކޯޓުތަކަކީ އެމްޑީޕީގެ ހަރުގެއެކޭ ތަފާތެއްނެށް!
ކަނަމަނަ
23 February 2020
ކަލޭމެންނުރުހޭމީހަކައް އެއްވެސް އެއްޗެއްލިބިގެންނުވާނެ ކޮންސުލޫކީމައްސަލައެއް އެވެސް ކަލޭމެން އުފައްދާމައްސަލަތައް ، ތިޔަތާގަތިތިބީ ހުސްވަކަރަގޭދަރިން ދެންކޮންކަމެއްރަގަޅުކުރެވޭނީ
ދޮން ހަސަނު
23 February 2020
ތިޔައީ ކޮން ކަހަލަ އިންސާފުވެރި ކޮމެޝަނެއްބާއޭ ހިތައް އަރާ ބޭނުން ބަޔަކު މައްސަލަ ބަލަމުން ދަނިކޮށް ަން ގައިގެ ރިޓަޔަރ ކޮށްފައި އަނެއްބައެއްގެ މައްލަ ބަލަނިކޮށް ރިޓަޔަރ ކުރީމަ އިނާޔަތު ނުލިބިފައި ތީ ކޮން ކަހަލަ އިންސާފެއްތޯ؟ އެހެންވީމާ ސްޕްރީމް ކޯޓުގެ ފަނޑިޔާރު އަރީފަށްވެސް އިނާޔަތެއް ނުލިބޭނެތާ ދޯ ފަނޑިޔާރުން ހޮވުމުގެ އުސޫލުވެސް ތިޔައޮތީ ތިޔަ ކޮމިޝަނުގެ ބޭފުޅުންގެ ހިތު ތެރޭގަ ޤަވާޢިދުވެސް ބޭނުންގޮތަކަށް ބަދަލްކުރަނީ ތިއަށް އިންސާފޭކިޔަންވީތަ؟؟
ހުސޭނުބޭ
23 February 2020
ހިތު ހުރިހ ގޮތަކަށް މީސްތަކުންނަށް ބިރުފަދައްކައި އެމީހުންގެ އިންސާނީ ހައްގުތަކަށް އަރައިގަންނާށެވެ. ހީކޮށްގެން ތި ތތިބީ އިންޑިއާ އާ ހުޅަގުން މި އަނިޔާވެރިކަން ދަމަހައްޓައިދޭނެކަމަށެވެ. ޔަގީނުންވެސް އެވެރީން އެކަން ކުރާން އުޅޭނެއެވެ. ނަމަވެސް ރައްއޔިތުން ނުކުންނާނީ ތި ތިއްބެވި މޭޒު ދަށަށް ތި އެންމެންލާ އިންސާފު ޔަގީންކުރާށެވެ. އެ ދުވަސް އޮތީ ވަރަށް ކައިރިީގައެވެ. ދެކެން ތިބޭށެވެ!
އަމިއްލަ ކެންޑިޑޭޓް
23 February 2020
ކޮބާ އަންނަ ލޯކަލް ކައުންސިލް އިންތިޚާބުގެ ފަނޑިޔާރުންގެ އާއިލާ ތަކުގެ ވޯޓް އޮތީ ކިހިނެއްތޯ އެވެ؟