ޔާމީން: އެމަނިކުފާނު ހޮސްޕިޓަލުން ވަނީ ދޫކޮށްލާފައި -- ފޮޓޯ/މިހާރު
23 ފެބުރުއަރީ 2020 - 20:30
ޖަލު ހުކުމެއް ތަންފީޒުކުރަމުން ގެންދަވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ހޮސްޕިޓަލުގައި އެޑްމިޓްކުރިތާ ތިން ދުވަސް ފަހުން އިއްޔެ ދޫކޮށްލައިފި އެވެ.
މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުން ގެންދަވާ ޔާމީން މިދިޔަ ހަފުތާގައި އައިޖީއެމްއެޗްގައި އެޑްމިޓްކުރީ ހިތުގެ އާލާސްކަންފުޅަކާ ގުޅިގެން ޓެސްޓްތަކެއް ހެދުމަށެވެ.
ކަރެކްޝަންސްގެ މީޑިއާ އޮފިޝަލް ވިދާޅުވީ ހަދަންޖެހޭ ޓެސްޓްތައް ހެދުމަށް ފަހު އިއްޔެ ޔާމީން ހޮސްޕިޓަލުން ދޫކޮށްލުމާ އެކު، ޖަލަށް ގެންގޮސްފައިވާ ކަމަށެވެ.
ޔާމީން ޖަލަށް ބަދަލު ކޮށްފައި ވާއިރު، އެމަނިކުފާނަށް އިއްވި ޖަލު ހުކުމް އިސްތިއުނާފް ކުރަން އެމަނިކުފާނުގެ ފަރާތްޕުޅުން ހުށަހެޅުއްވި މައްސަލާގެ އިސްތިއުނާފް ޝަރީއަތުގެ އަޑުއެހުމެއް މާދަމާ މެންދުރު ބާއްވަން ހައި ކޯޓުން ވަނީ ހަމަޖައްސައިފަ އެވެ.
އިސްތިއުނާފް މައްސަލަ ނިމެންދެން ޔާމީން ކަފާލާތުގެ ދަށުން ދޫކޮށް މިިނިވަންކޮށްދޭން އެދުނަސް، ހައި ކޯޓުން ނިންމާފައި އޮތީ ކަފާލާތުގެ ދަށުން އެމަނިކުފާނު ބަންދުން މިނިވަން ނުކުރެވޭނެ ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ފޮނިޓައްޕު ހަސަނު
24 February 2020
ހޮސްޕިޓަލުން ދޫކުރިއަސް ނަމަ ނަމަ ޖަލުން ދޫނުކުރާތި.
އަރުވާލި އާދަނުގެ ސިޔާސީހާސަރު
24 February 2020
ހޮސްޕިޓަލް ދޫކުރެވޭނެ ތޯ. ތިޔަ ވިދާޅުވީ މިނިވަންވިއްޔޭތޯ ނޫނީ އައިޖީއެމްއެޗް އިން ޑިސްޗާޖް ކުރިއްޔޭތޯ ؟
ސޭކްސްތާން
24 February 2020
އަދުރޭ އަދިވެސް ކިޔަނީ ޔާމީނު ޖަލުގައި ހުރީ ނުހައްގުންނޭ، ސުވަލަކީ: ޖަލުގަ ބާކީތިބި މީހުން ތިބީ ހައްގުންހޭ، ކީއްވެހޭ ޔާމީނު ކުރާކުށް ކުށަކަށް ނުވަނީ؟
އަހުމަދުބޭ
24 February 2020
ވެރިކަމުގައި ތިބި މީހުންނަށާ އަދި އަންނަން ތިބިވެރީންނަށް އިބުރަތަކަށް ވާނެކަމަށް އުއްމީދު ކުރަން
އޮނަރަބްލް އަފީފު ދީދީ
23 February 2020
ﷲ ގެކުޅަދުންވަންތަކަން ނިކަން ދެކިބަލަ. އިއްޔެ ބޮޑާކަމާއި ކިބުރުވެރިކަމާއިއެކު ބިންމަތީގައި ބުންފައިޖަހާފަ އުޅުނުމީހާ ހަމަ ހިދުކޮޅެއްގެ ތެރޭގައި ސެއްޅިއެއް މެއްސެއްފަދަ އިން ނިކަމެތިވެގެންދޭ.
ކަދުރޭ ޓިނު
23 February 2020
ހާދަ ހިކިފައޭދޯ؟ ނުވެސް އިގުނު!