ބިދޭސީން މޮނީޓާ ކުރުމަށް މިއަދު ތައާރަފު ކުރީ "އަތޮޅު މޮޑިއުލް" އާ ގުޅޭ ގޮތުން ކޮންޓްރޯލަރު ހަނަފީ (ކ) އާއި ޑެޕިއުޓީ ކޮންޓްރޯލަރު މިއަދު މީޑީއާ އަށް މައުލޫމާތު ދެއްވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
25 ފެބުރުއަރީ 2020 - 13:01
ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން ދެނެގަނެ އެ މީހުންގެ ހަރަކާތްތައް މޮނިޓާ ކުރުމަށް މޯލްޑިވްސް އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ގެ ނަމުގައި ޕޯޓަލެއް މިއަދު ތައާރަފުކޮށްފި އެވެ.
އިމިގްރޭޝަން އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި މި ޕޯޓަލް އިފުތިތާހު ކޮށްދެއްވީ، ރައްޔިތުންގެ މަޖިލީހުގެ ހޯރަފުށި ދާއިރާގެ އެމްޑީޕީގެ މެމްބަރު އަހުމަދު ސަލީމާއި ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު ހުސައިން (ހަނަފީ) އެވެ.
އިމިގްރޭޝަނުން ބުނީ، މިއީ ބިދޭސީންގެ ކަންތައްތަކަށް ހައްލު ހޯދުމަށް ލާމަރުކަޒީ ނިޒާމުގެ ދަށުން އެކުލަވާލައިފައިވާ ޕޯޓަލެއް ކަމަށެވެ.
މި ޕޯޓަލްގެ ހިދުމަތް އެންމެ ފުރަތަމަ ފަށާނީ ރާއްޖޭގެ އެންމެ އުތުރުން ހއ. ހޯރަފުށިންނެވެ. އެކަމަކު، ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި މުޅި ރާއްޖޭގެ ހުރިހާ ރަށަކަށް ޕޯޓަލްގެ ހިދުމަތް ދިނުމަށް އިމިގްރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.
އިމިގްރޭޝަނުން ބުނިގޮތުގައި، މި ޕޯޓަލަށް ބިދޭސީންގެ މައުލޫމާތު އަޅަން ޖެހެނީ ރަށު ކައުންސިލްތަކުންނެވެ. އަދި، ބިދޭސީ މީހާ އަކީ ގަވާއިދާ ހިލާފަށް އުޅޭ މީހެއް ނަމަ ލިޔެކިޔުންތައް ހަމަ ކުރުމަށް އޭނާ އަށް ވަކި މުއްދަތެއް ދޭނެ އެވެ. އެއް ރަށުން އަނެއް ރަށަށް ބިދޭސީއަކު ބަދަލު ވިޔަސް މި ޕޯޓަލް މެދުވެރިކޮށް، އެކަން ދެނެގަނެވޭނެ އެވެ.
ހޯރަފުށި ދާއިރާގެ މެމްބަރު ސަލީމް، "އަތޮޅު މޮޑިއުލް" ޕޯޓަލް ތައާރަފު ކުރުމުގެ ރަސްމިއްޔާތުގައި މިއަދު ވާހަކަ ދައްކަވަނީ..---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
މިއަދުގެ ރަސްމިއްޔާތުގައި، މެމްބަރު ސަލީމް ވިދާޅުވީ، ބިދޭސީންގެ މައްސަލަތައް ބޮޑުވެފައި ވަނީ ލޯކަލް ކައުންސިލްތަކަށް ދޭން ޖެހޭ ބާރުތައް މިހާތަނަށް ނުދީ އޮތުމުގެ ސަބަބުން ކަމަށެވެ. ނަމަވެސް، މި ޕޯޓަލްއާ އެކު، ސަރުކާރުގެ އިދާރާތަކާއި ސަލާމަތީ ބާރުތައް ގުޅިގެން މަސައްކަތް ކޮށް، ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލު ކުރެވޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތައާރަފު ކުރި ޕޯޓަލަކީ ހަމައެކަނި އަޅުގަނޑުމެންގެ އެއްޗެއް ނޫން. މިއީ ހުރިހާ ރެގިއުލޭޝަން ބޮޑީއެއްގެ އެއްޗެއް. މި ޕޯޓަލް އިތުރަށް ތަރައްގީކޮށް، މި އަށް ވުރެ ވެސް ގިނަ ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އިމިގްރޭޝަން ކޮންޓްރޯލަރު
"ކުރިއްސުރެ ކައުންސިލްތަކަކަށް ނެތް އެއްވެސް ބާރެއް، އިހްތިޔާރެއް އެ މީހުން ބަލަހައްޓާކަށް. ނަމަވެސް ކައުންސިލަށް އެފަދަ ބާރެއް އޮންނަ ނަމަ އިމިގްރޭޝަނުގެ މަސައްކަތަށް ވެސް ލުއިވާނެ. މިއީ އަސްލު ބާރެއް ދެނީއެއް ނޫން. އިމިގްރޭޝަނުން ކުރާ މަސައްކަތުގައި އިތުރު އެހީތެރިންތަކެއް ޝާމިލް މިކުރެވެނީ." ސަލީމް ވިދާޅުވި އެވެ.
މިއަަދުގެ ރަސްމިއްޔާތުގައި، އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ މީޑިއާ ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު
އިމިގްރޭޝަން ކޮންޓްރޯލަރު ހަނަފީ ވިދާޅުވީ، ދަތުރުފަތުރުގެ ނިޒާމަކުން ރަށްރަށް ގުޅާލައިފައި އޮތުމުގެ ސަބަބުން، ބިދޭސީން ޓްރެކް ކުރުމަކީ މިހާރު ވަރަށް އުނދަގޫ ކަމެއް ކަމަށެވެ. ނަމަވެސް މި ޕޯޓަލާ އެކު، އެ ކަންތައް ފަސޭހަވެ، ގާނޫނު ތަންފީޒު ކުރާ އިދާރާތަކަށް އިތުރު ލުއި ފަސޭހަތަކެއް ވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން މި ތައާރަފު ކުރި ޕޯޓަލަކީ ހަމައެކަނި އަޅުގަނޑުމެންގެ އެއްޗެއް ނޫން. މިއީ ހުރިހާ ރެގިއުލޭޝަން ބޮޑީއެއްގެ އެއްޗެއް. މި ޕޯޓަލް އިތުރަށް ތަރައްގީކޮށް، މި އަށް ވުރެ ވެސް ގިނަ ހިދުމަތްތައް ދިނުމަށް އަޅުގަނޑުމެން މިދަނީ މަސައްކަތް ކުރަމުން،" އިމިގްރޭޝަން ކޮންޓްރޯލަރު ވިދާޅުވި އެވެ.
އިމިގްރޭޝަނުން "އަތޮޅު މޮޑިއުލް" ޕޯޓަލް ތަރައްގީ ކުރަމުން އަންނަ އިރު، މި އަހަރުގެ ޖޫން މަހުން ފެށިގެން "ފޭޝަލް ރެކޮގްނިޝަން" (ފޮޓޯ އިން މީހުން ދެނެގަންނަ ޓެކްނޮލޮޖީ) ވެސް ޕޯޓަލުގައި ތައާރަފު ކުރާނެ އެވެ. މި ހިދުމަތާ އެކު، އެއްވެސް ރަށަކަށް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީއަކަށް ނޭރޭނެ ކަމަށް އިމިގްރޭޝަން ހަނަފީ ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2122
25 February 2020
މީ ފެއިލް ސްޓޭޓް ގެ މަލަމަތި މިފެންނަނީ ، ހުސް މައްސަލަ ރަނގަޅު ގޮތެއް ނުފެންނާނެ.......
އަހުމަދުބެ
25 February 2020
ހޯރަފުށި ސަލީމް ވެސް ގެންގުޅެ ބައިވަރު ބިދޭސިން. އައިޖީއެމްއެޗް ގަ ކެންޓީން ހިންގަމުން، މަލޭގަ ސުކޫލުތަކުގަ ކެންޓީނު ހިންގަމުން، އެއާޕޯޓްގަ ޓީއެމްއޭގަ ކެންޓީނު ހިންގަމުން، ވަރަށް ގިނަ ބިދޭސިން ގެންގުޅެ، އެމީހުންގެ ހާލެއް ބަލާލަބަލަ އިމިގުރޭޝަނުން.
ކޮރަލް
25 February 2020
މިހާރު ބަދަލު ވާމީހުން ޑިޕޮސިޓް ދައްކާ ކަށް ނުޖެހެއެވެ. އެކަމު އަލަށް އަންނަ ކޮންމެ މީހަކު ޑިޕޮސިޓް ދައްކަން ޖެހެ އެވެ. މިއީ ގޯހެކެވެ. ޕާސްޕޯޓް ނެތަސް ބަދަލު ވެވެ އެވެ. މިއީ ގޯހެކެވެ. ރަށް ދާން ބިދޭސީ ހިޔާ އަށް ދިޔައީ އެތައް ދުވަހެއް ނަގަ އެވެ. މިއީ ގޮހެކެވެ. ރަނގަޅު ކޮށްލަން ވީ އެވެ. ޕޯޓަލް އަކީ ވ ބޭނުންތެރި އެއްޗެކެވެ.
ބޮޑު އަނގަ
25 February 2020
ކުދީންނޭ! އަދިވެސް އެމީހުން މަދުކުރުމުގެ ވިސްނުމެއް ނެތް. އަހަރުމެން ރައްޔިތުން ވާވައްދަން ކުރާ ކަންކަން ހައްތާވެސް މި ފެންނަނީ!
ހަސަން45
25 February 2020
ތި ކުރީ ރަންގަޅު ކަމެއް، ހިތާމަ ކުރަން މިހުރިހާ ދުވަހެއް ވީ އިރުވެސް ތިޔަފަދަ ނިޒާމެއް ގާއިމު ކުރެވިފާ ނެތީތީ. ފިންގަޕރިންޓް ނުވަތަ ފޭޝަލް ރެކޮގްނިޝަން ކޮންމެހެންވެސް ހުރުން މުހިންމު. އެމްބަސީ އިން މިހާރު އެބުނަނީ، އެއްވެސް ލިއުމެއް ނެތޭ، ރަށުބަހުން ވާހަކަ ދެއްކިޔަސް އެއީ އަހުރުމެން ރަށުބައެއް ނޫނޭ. އެތެރެ ކުރި އިރު ޕާސްޕޯރޓްގެ ކޮޕީ އިމިގްރޭސަންގާ ވާނެ. ތިކަން ނިންމަން 2 އަހަރު މާގިނަ. ޕެރެލަލްކޮށް ހިންގަވާ.
ސަމާސާ އޯކޭ
25 February 2020
ބޭރުމީހުންނަށް ކުޑަސިޓީ ތައާރަފް ކުރަން ފެނޭ. އެެއާނުލާ އެއްރަށުން އަނެއްރަށް ދަތުރުކުރެވިގެނ
ބޫޗޭ
25 February 2020
ފޮޓޯގަ އޭނދަމީހާ ތިކަމުގަ އުޅެނިކޮށް މިކަން ބޮއްސުންލީވެސް ދެންކޮށްރަނގަޅެއްވާނީ
ދަރޭ
25 February 2020
ޕޯޓަލްތައަދިވެސް ހަދަނީ މިމީހުން ބޭރުކޮށްބަލަ މުޅގައުމު ފުރިގެން ބަންޑުންދަނީމިޔޮށް މިހާރުވެސް ހަފްތާޔަކު ހައެއްކަހާސް އެބަ އެތެރެވޭ އެކަންހުޓުވޭތޯ ބަލާބަލަ ހެޔޮނުވާނެ
ދިއްދޫ ހަންދަރު ޙަސަން
25 February 2020
ތިޔައީ ފަރިހި ކަލޯގެ ފާރުގަނޑެވެ ރައްޔިތުން އަތުން ވާރުނަގައިގެން ކޮންމެވެސް ޕޯރޓަލެއްގެ ނަމުގަ އެއްޗެއް ހަދައި ފިލާތިބުން އެއީ ގައުމުގެ މިއީމައްސަލާގެ ޙައްލެއް ނޫން ބޭނުންވަނީ ހުރިތަންކުން އަރާހަމަކޮށް ހުނި ޖަހާލާފަ ނެރެލުން އެކަން ކުރާނެ ހިތްވަރެއް ނެތި ގަވައިދާ ޚިލާފަށް ވަދެ ތިބި މީހުން ބޭރުކުރަން އުޅެފިނަމަ ކުރިމަތިވާނެ ޕްރެޝަރު ނައްތޅުމަށް ރީރަޖިސްޓަރީ ކޮށްފަ އެތެރކޮށްލުން އެއީ ގައުމީ ކުރިމަތިވެފަ އޮތް ޕްރެޝަރަށް އޯލްޓަނޭޓިވް އެއް ހޯދުނީ
ސިމްޕަލް
25 February 2020
ގަވާއިދާ ޚިލާފަށް ބިދޭސީންނަށް އުޅެވެނީ އެމީހުންނަށް ފައިސާ ލިބޭ މަސައްކަތް ލިބޭތީ. ކޮންމެ ބިދޭސީއަކަށް ވެސް ރެސިޑެންްޓް ޕާރމިޓެއް ދޫކޮށް، ބިދޭސީއަކު ލައްވާ އެއްވެސް ބާވަތެއްގެ މަސައްކަތެއް މީހަކު ކުރުވާނަމަ. ބިދޭސީ މީހާއަކީ ރާއްޖޭގައި ހުރުމުގެ ހުއްދަ އޮތް މީހެއްތޯ ޔަގީން ކުރުމަކީ ލާޒިމް ކަމެއްކަމަށް ހަދަންވީ. އެހުއްދަ ނެތް މީހަކަށް މަސައްކަތެއް ދީފިނަމަ، އެ މަސައްކަތް ދިން ފަރާތް ބޮޑު އަދަދަކުން ޖޫރިމާނާ ކުރަންވީ.