މީރާއިން ހައި ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރައްވަނީ: އިންކަމް ޓެކްސްއާ ބެހޭގޮތުން ވަނީ ފަނޑިޔާރުންނަށް މައުލޫމާތު ދެއްވާފައި -- ފޮޓޯ/ހައި ކޯޓް
29 ފެބުރުއަރީ 2020 - 18:33
އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ ބެހޭގޮތުން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އިން ހައި ކޯޓުގެ ފަނޑިޔާރުންނަށް މައުލޫމާތު ދެއްވައިފި އެވެ.
މިދިޔަ އަހަރު ތަސްދީގުކޮށް، އަމަލުކުރަން ފެށި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނުގެ ދަށުން އަންނަ އޭޕްރީލް މަހުން ފެށިގެން ޓެކްސް ނަގަން ފަށަން ވަނީ ހަމަޖައްސައިފަ އެވެ.
މީރާ އިން ހައި ކޯޓުގެ ފަނޑިޔާރުންނާ އެކު ހައި ކޯޓުގައި މިއަދު ބޭއްވި ބައްދަލުވުމުގައި އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނާ ބެހޭގޮތުން ފަނޑިޔާރުންނަށް މީރާ އިން މައުލޫމާތު ދެއްވި ކަމަށް ހައި ކޯޓުން ބުންޏެވެ.
އިންކަމް ޓެކްސް ގާނޫނުގެ ދަށުން 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ ކޮންމެ މީހެއްގެ އަތުން ޓެކްސް ނަގަން ވަނީ ގާނޫނުގައި ހިމަނައިފަ އެވެ. އެގޮތުން 60،000ރ. އާއި 100،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ ކޮންމެ މީހެއްގެ އަތުން 5.5 ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާއިރު 100،000ރ. އާއި 150،000ރ. އާ ދެމެދުގެ އާމްދަނީ ލިބޭ މީހުންގެ އަތުން އަށް ޕަސެންޓް ޓެކްސްގެ ގޮތުގައި ނަގާނެ އެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީމާ
01 March 2020
ޤާނޫނުގަ މީހަކަށް -/60000ރ ކަމަށްވާއިރު 2 މީހުންގެ ނަމުގަ ރަޖިސްޓްރީ ކޮށްގެން ލޯނު ނަގައިގެން ހަދާ ކުއްޔަށް ދީގެން ލޯނު ދައްކަމުން ދާއިރު އެ ލިބޭ ލާރި މީރާ އިން ބަލަނީ ރަޖިސްޓްރީ ކުރެވިފައިވާ 1 ފަރާތަށް ލިބޭ އާމްދަނީ ކަމަށް. އެހެންވީމަ ރަޖިސްޓްރީގައިވާ އަނެއް މީހާ އަށް ހައްގު ވާ ބައެއް ނެތް؟ ތާހިރު ދިރިއުޅުމެއް އުޅުމަށް ކުޑަތަންކޮޅު އެއްކޮށްގެން އިމާރާތް ކުރަނީ.
ފިލާވަޅު
01 March 2020
ގަޢުމު ހިންގާނެ ގޮތެއް ނޭންގިގެންބާ މިއުޅެނީ
މޫސާނިކު
29 February 2020
ދެން ކޮން އިރަކުންތޯ ހައިކޯޓުގެ އިސްފަނޑިޔާރު ވަކިކުރަނީ؟ ޖޭއެސްސީގައި އެ ބޭފުޅާގެ އަށް މައްސަލަ އެބައޮތް
ހަސަނިކު
01 March 2020
މޫސާނިކަށް ތިހެން ހީވިއަސް އެއަކާ ނުކުޅެވޭނެ. އެ ހުރީ ގަދަކޮށް
ފުލް
29 February 2020
ހާދަހާ ވެޑުވިފަ
ޜޔޒ ރށދ
01 March 2020
އަބަދުވެސް ވެޑުވިފައި ތިބޭ ބައެއް.
އަޅުގަނޑުތގ
29 February 2020
ހުރިހާ ފަޑިޔާރުންވެސް އިންކަމް ޓެކުހަށް ރަޖިސްޓްރީ ކުރަންޖެހޭނެ ކަމަށް ލަފާ ކުރެވެނީ. ސަބަބަކީ 60000 އަށް ވުރެން ގިނައިން (މުސާރަ އާއި އިނާޔަތްތައް އެއްކޮއްލުމުން ) ފަޑިޔާރެއް ކޮއްމެ ކޯޓެއްގަވެސް ހުންނާނެ ތީ ޢާއި ބާކީ ތިބި ފަޑިޔާރުންގެ މުސާރަވެސް 20000 އަށް ވުރެން އިތުރުވާނެތީ