ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް އައްޔަނު ކުރި ލޯރާ ޖޭމިސަން-- ފޮޓޯ: ބީއެމްއެލް
08 މާޗް 2020 - 12:14
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް އިނގިރޭސި ވިލާތުގެ ރައްޔިތަކު ހަމަޖައްސައިފި އެވެ.
ރީޓެއިލް ފައިނޭންސިންގެ ރޮނގުން 30 އަހަރަށް ވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ލޯރާ ޖޭމިސަން، ރާއްޖޭގެ ގައުމީ ބޭންކުގެ ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ކަނޑައެޅި އިރު، އެ މަގާމުގައި އެންމެ ފަހުން ހުންނެވީ ޑެޕިއުޓީ ސީއީއޯކަމުން މިދިޔަ މަހު އިސްތިއުފާ ދެއްވި މުހައްމަދު ޝަރީފެވެ.
ބީއެމްއެލް އަށް 25 އަހަރު ވަންދެން ޚިދުމަތް ކުރައްވާފައިވާ ޝަރީފް އިސްތިއުފާ ދެއްވިއިރު، އޭނާ އެންމެ ފަހުން ގެންދެވީ އެތަނުގެ ޑެޕިއުޓީ ސީއީއޯގެ މަގާމު ފުރުއްވަމުންނެވެ. ނަމަވެސް ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމުން އަހަރެއްހާ ދުވަސް ކުރިން އޭނާ ހުންނެވީ އިސްތިއުފާ ދެއްވައިފަ އެވެ.
ޑައިރެކްޓާ އޮފް އޮޕަރޭޝަންސްގެ މަގާމަށް ހަމަޖެއްސި ލޯރާ އަކީ ކަސްޓަމާ އެކްސްޕީރިއަންސް އާއި އޮޕަރޭޝަންސް އާއި ބިޒްނަސް ޓްރާންސްފޮމޭޝަންގެ ދާއިރާގެ ޚާއްސަ ބޭފުޅެކެވެ. އަދި އޭނާ ވަނީ މާލީ ދާއިރާގެ ހިންގުމުގައި އިސް މަގާމުތަކެއް ވަނީ ފުރުއްވައިފަ އެވެ.
ލޯރާ ވަނީ އިނގިރޭސި ވިލާތުގެ ބާކްލޭސް ބޭންކުގެ ރީޓެއިލް އެންޑް ބިޒްނަސް ޑިވިޝަންގެ، ހެޑް އޮފް ކަސްޓަމާ އެކްސްޕީރިއަންސް އިމްޕްރޫވްމަންޓްގެ މަގާމާއި ހެޑް އޮފް އޮޕަރޭޝަނަލް އެކްސެލެންސްގެ މަގާމު ވެސް އަދާކުރައްވައިފަ އެވެ.
މީގެ އިތުރުން، އިނގިރޭސި ވިލާތުގެ އައިވޯ ބޭންކް ލިމިޓެޑްގެ ޑައިރެކްޓާ އޮފް ބިޒްނަސް އޮޕަރޭޝަންސް އާއި ސެންޓެންޑާ ޔޫކޭގެ ހެޑް އޮފް އޮޕަރޭޝަންސް އެންޑް ކޮންޓިނުއަސް އިމްޕްރޫވްމެންޓްގެ މަގާމު ވެސް ފުރުއްވި އެވެ.
ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑައިރެކްޓަ ޓިމް ސޯޔާ ވިދާޅުވީ، ލޯރާ ފަދަ ތަޖުރިބާކާރު ބޭފުޅަކާ އެކު، ކަސްޓަމަރުން އުއްމީދުކުރާ ފަދަ ފެންވަރު ރަނގަޅު ހިދުމަތްތަކެއް ދިނުމުން، އެ ބޭންކުގެ އޮޕަރޭޝަނަލް ޕްރޮސެސްތަކަށް ހެޔޮ ބަދަލު ގެނެވި އިތުރަށް ހަރުދަނާ ވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
ބީއެމްއެލް އިން އަންނަނީ އެ ތަނުގެ މުވައްޒަފުންނާ ގުޅޭ ގޮތުން އެންމެ ކުރިއަރާފައިވާ ސިޔާސަތުތައް އެކުލަވައިލަމުންނެވެ. މިގޮތުން، ބޭންކުގެ ވަޒީފާ ދިނުމާއި ތަމްރީނު ކުރުން އަދި މުވައްޒަފުންގެ އަގުވަޒަން ކުރުމުގެ ސިޔާސަތުތަކަށް ފާހަގަކޮށްލެވޭ ބޮޑު ބަދަލުތަކެއް މިދިޔަ ދުވަސްތަކުގައި ގެނެސްފައިވާ ކަމަށް ބީއެމްއެލުން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދޮން އާދަނު
09 March 2020
އެހެންތާ ވާނީ މި ޤައުމުގަ ކިޔަވައިގެން ތިބި މީހުން ނެތީމާ އެހެން ނޫނަސް އެމްޑިޕީން ބުނާހާގޮތެއް ނުހަދާ މީހުން މަޤާމުތަކުގަ ނުބައިތިއްބާނެ އެމްޑީޕީން ކުޅޭ ގޭމު ރަނގަޅަސް ކުޅުމަށް މަގުފަހިކޮށްދޭމީހުން ނުފޫޒުގަދަ މަޤާމުތަކުގަ ބައިތިއްބާނީ ދިވެހިރައްޔިތަކަށް އެފަދަ ބޮޑު މުސާރައަކާ އިނާޔަތް ދީފިނަމަ އެކަމުގެ މަންފާކުރާނީ ދިވެހި އާއިލާއަކަށް އެހެންވީމާ އިނގިރޭސި ރައްޔިތަކަށް އެ މަޤާމުހަވާލުކުރީ އެމްޑީޕީއަކީ ދިވެހިންދެކެ އަމަށަކު ލޯތްބެއްވާ ބައެއްނޫން
އާރީ
09 March 2020
18ފަސެންޓް އިންޓަރެސްޓް ނަގާގެން މިމީހުންގެ މުސާރަ ހަމަޖަންސަން ޖެހޭނެތާ. ހެވެއްނު ރަށްއިތުން ނުކައި ބޯހިޔާވަހިކަމެއް ނުލިބިފަ ތިންބަސް.
އަދުރޭޓިނު
08 March 2020
ސުމަކުން ފެށިބޭންކް އެތައްސަތޭކަ މިލިޔަންޑޮލަރުގެ ސާފުފައިދާ ފެންނަ ތަނަކަށްވެ ރާއްޖޭގެ އެންމެ ފުޅާ އެންމެ ބޮޑު އިގްތިސާދީ ތަނބު ކަމުގައިވެފައިވަނީ ޕިޔޯނުން ފެންވަރުން އިނގިރޭސީން ތިބެގެނެއްނޫން. އެކަމަކު މިއީ އިގިރޭސިން ނަށް ވަޒީފާދޭން ޖެހޭ ސަރުކާރެއް. އެހެންވީމަ އެކަށޭނަ މުއައްޒަފުން ލިބެން ތިއްބަސް އަދި ނެތަސް ތިކަން ކުރިޔަށް ދާނެ.
ޙަސަންދީ
08 March 2020
މިފަދަ ތަޖުރިބާކާރުންގެ ފަރާތުން ފިލާވަޅު ލިބިގަނެގެން އަޅުގަޑުމެން މިފަދަ ޓެކްނިކަލް މަގާމްތަކައް ރާއްޖެއާއި ރާއްޖޭން ބޭރުން ފުރުސަތު ހޯދުމައް އަޒުމް ކަޑައަޅަންވީ
ރަދީފު ބިން ރަފައިދާ
08 March 2020
ކޮބާހޭ އެންޑުރޫ ހީލީ؟ އޭނާ ހުއްޓައޭ "ބޮޑުވައްކަން" ކޮށްނިންމާލީ.
ކަސްޓަމަރ
08 March 2020
ރަގަޅު ބަދަަކަށް ވާނެ ކަމަށް އުއްމީދު. ދުނިޔޭގެ ބޮޑެތި ކުންފުނިތައް ކުރިއަރަނީ، ޤައުމުން ބޭރުން އެކްސްޕާޓުން ގެނެސް ހިންގައިގެން. ދިވެހިންވެސް މިގޮތް ދަސްކުރަންވެއްޖެ. އެސްޓީއޯ، ސްޓެލްކޯ، ފެންކުންފުނި، އެމްޕީއެލް، އެމްޓީސީސީ، މިފްކޯ، އެއަރޕޯރޓް ކުންފުންޏަށް ވެސް ބޭރުގެ އެކްސްޕާޓުން ގެނެސް އެތަންތާގަ އޮތް ކޮރަޕްޝަން ނައްތާލާ ބާރު ދުވެއްޔެއްގަ ހިންގަން ފެށުމަށް ރައީސަށް ދަންނަވަން.
ބައިރޯ
08 March 2020
ތިވަރުގެ ދިވެއްސަކު ނުލިބުނީތަ؟
މޫސާދީ
08 March 2020
100 ޕަސެންޓް ގެރެންޓީ ނުލިބޭނެ. އެބޭފުޅާގެ ސީވީއަށް ބެލީމާ އެނގޭ ނުލިބޭނެކަން. އަނެއްކާ ރާއްޖެއަކީ މާލީ ދާއިރާގައި މާގިނަ ފަންނުވެރިން އުޅުއްވާ ތަނެއް ނޫން. މިއީ ހަމަ މިސެކްޓަރ ކުރިއަރަންވެސް ލިބޭ ފުރުޞަތެއް. އުއްމީދު ކުރަނީ މިބޭފުޅާގެ އެހިތެރިކަމާއެކު މީހުން ބިނާވެގެން ދިއުން. ރަގަޅު ބަދަލެއް.
ޒަހާ ރަޝީދު
08 March 2020
އަނެއްކާ މުސާރައާއި ލިވިންގް އެލެވަންސް ލީމާ މިލިއަނުން ނާރާނެ ބާ؟ ދެން ހަމަ ކަސްޓަމަރުންގެ ޖީބަށްދޯ ބާރު ބޮޑުވާނީީ
ނަސީދު
08 March 2020
ކޮއްމެ މީހަކުލައިގެންވެސް ތި %12 އިންޓަރެސް ކުޑަވޭތޯ ބަލާބަލަ އޭރުން ވެސް ވައުދެއް ފުއްދުނީ
ރާވެރިބެ
08 March 2020
ވަކިވަކި މުއައްސަސާތަކަށް ދޮންމީހުން ލާނެ.. މި ވެރިކަމުގައި އިނގިރޭސީންނަށް ވަޒީފާ އޮންނާނެ ދިވެހީންނަށް ނެތަސް.