ރަށެއްގައި ދަނޑުވެރިކަން ކުރަނީ: ދަނޑުވެރިކަމަށް ދޫކުރާ ލޯނުތަކުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަން ވަނީ ނިންމާފައި -- ފޮޓޯ/އައިލެންޑް އޯގެނިކްސް
09 މާޗް 2020 - 14:05
ދަނޑުވެރިކަމަށް ދޫކުރާ ލޯނުގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަކުރަން ނިންމާފައިވާ ކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެފި އެވެ.
ފިޝަރީޒް މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ އަންހެން ދަނޑުވެރިންނަށް ޚާއްސަ އިސްކަމެއް ދީގެން ދޫކުރެވޭ ލޯން ޕްރޮގްރާމެއް އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ) މެދުވެރިކޮށް ޑިޒައިންކޮށް ހިިންގުން ސްޓްރެޓީޖިކް އެކްޝަން ޕްލޭންގައި ހިމެނޭ ކަމަށެވެ. އެހެންވެ، މިހާރު ގާއިމް ކޮށްފައިވާ "ދަނޑުވެރި ނަފާ" ލޯނު ޕްރޮގްރާމްގެ 30 ޕަސެންޓް އަންހެނުންނަށް ޚާއްސަ ކުރަން ނިންމާފައިވާ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
އަންހެނުންނަށް ލޯނު ޕްރޮގްރާމެއްގެ ވަކި އަދަދެއްގެ ޚާއްސަކުރީ ދަނޑުވެރިކަމަކީ އިގްތިސާދަށް ފައިދާ ކުރާ އަދި ތިމާވެށްޓާ ރަށްޓެހި ސިނާއަތަކަށް ހެދުމުގައި އަންހެނުން ބާރުވެރި ކުރުވުމަށް ކަމަށް ބަޔާނުގައިވެ އެވެ.
އެ ލޯނު ޕްރޮގްރާމްގެ ދަށުން ޓެކްނޮލޮޖީ ބޭނުން ކޮށްގެން ޒަމާނީ ދަނޑުވެރިކަން ފަދަ އާބަން އެގްރިކަލްޗާ އާއި ޕްރޮޓެކްޓެޑް އެގްރިކަލްޗާ އާއި ޓެރެސް ނުވަތަ ވާޓިކަލް އެގްރިކަލްޗާ ކުރުމަށާއި ޕޯލްޓްރީ އަދި ކުދި ޖަނަވާރު ގެންގުޅުމާއި ވެލިއެޑިޝަން އަދި އެގްރޮފްރަސްޓްރީ ފަދަ ކަންކަމަށް ލޯނު ދޫކުރާނެ ކަމަށް އެ ބަޔާނުގައިވެ އެވެ. އަދި ޕްރޮގްރާމްގެ ފޯމް އެސްޑީއެފްސީ އާއި އެ މިނިސްޓްރީން މިހާރު ލިބޭނެ ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހެޔޮބަސް
09 March 2020
ތިބާގެ މިބައި ފާފައިން އަޅަމެން ސަލާމަތް ކުރައްވާށި! އާމީން
މަގޭ ޚިޔާލު
09 March 2020
ރާއްޖޭގައި ވިޔަފާރީގެ އުސޫލުން ދަނޑުވެރިކަން ކުރުމުގެ ފުރުސަތެއް ނެތެވެ.އެއްމެ ބޮޑު މައްސަލައަކީ ކަޑަ ބޯދާ ފިކުރުގެ ބަޔަކު ތިބި މިނިސްޓްރީ އެއް ކަމަށް ވާތީއެވެ.
މާލޭ ދަނޑުވެރިޔާ
09 March 2020
ތި ލިބޭނީ ތޮއްޑޫ ދަނޑުވެރި (ބަންގާޅީން) ނަށާއި ކާށީދޫ ދަނޑުވެރި( ބަންގާޅީން ) ނަށެވެ.
މިނާ
09 March 2020
ތި މިނިސްޓްރީ ބަހައްޓާ ކަށް ނުފެނެއެވެ. ތިއީ ދަނޑުވެރި ން ނަށް ޖެއްސުން ކޮށް އުދަގޫ ކުރާ ތަނެކެވެ. ހުރިހާ ކަމެއް ފައިސާ އަށް ނުވަތަ ވިޔަފާރިއަށް ގޮސް ހުސް ވެފައިވާ ތަނެއެވެ.
ޖާބިރު
09 March 2020
ކައުންސިލް އިންތިހާބަށް ތައްޔާރުވަނީ.