ކެންގަރޫ ކިޑްސް ޕްރީ ސްކޫލުގެ ދަރިވަރުން އިއްޔެ އެ ސްކޫލުގައި ނަށަނީ.-- ފޮޓޯ: ކެންގަރޫ ކިޑްސް
09 އޮކްޓޯބަރ 2016 - 16:52
ކެންގަރޫ ކިޑްސް ޕްރީ ސްކޫލުން ކިޔަވައިދެމުން އަންނަ ގޮތް އާއްމުންނަށް ދައްކާލުމަށް އިއްޔެ ފެއާއެއް ބާއްވައިފި އެވެ.
ޑިސްކަވަރީ ފެއާގެ ނަމުގައި މި ފެއާ ބޭއްވީ އިއްޔެ މެންދުރުފަހު 2:00 އިން އިރުއޮއްސި 6:00 ޖަހަންދެންނެވެ.
ކެންގަރޫ ކިޑްސް އިން ބުނީ އެ ފެއާ އަށް ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާ ކަމަށާއި ފެއާ ވަރަށް ކާމިޔާބު ކަމަށެވެ.
ކެންގަރޫ ކިޑްސް ޕްރީ ސްކޫލުން އިއްޔެ ބޭއްވި ޑިސްކަވަރީ ފެއާގައި ދަރިވަރުންތަކެއް ބައިވެރިވަނީ.-- ފޮޓޯ: ކެންގަރޫ ކިޑްސް
"ވަރަށް ގިނަ މީހުން ބުނޭ ވަރަށް ތަފާތޭ މި ސްކޫލުގައި ކިޔަވައިދެމުން އަންނަ ގޮތް،" ކެންގަރޫ ކިޑްސްގެ ޕްރިންސިޕަލް އައިމިނަތު ތަހުމީނާ ވިދާޅުވި އެވެ
އިއްޔެ ބޭއްވި ޑިސްކަވަރީ ފެއާގައި، މޯލްޑިވިއަން އައިޑޮލް އިން އެއްވަނަ ހޯދި ލައިޝާ ޖުނެއިދު ވެސް ބައިވެރިވެ ކެންގަރޫ ކިޑްސްގެ ދަރިވަރުންނާ އެކު ލަވަ ކިޔާފައިވެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy