12 މާޗް 2020 - 14:11
ކޮވިޑް-19 ފެތުރޭތީ އަޅާ ފިޔަވަޅެއްގެ ގޮތުން އައިލެންޑް އޭވިއޭޝަނުން ހިދުމަތްދޭ ވަގުތު މަދުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ އާދިއްތަ ދުވަހުން ފެށިގެން މޯލްޑިވިއަންގެ ޓިކެޓިން ހިދުމަތް ދޭނީ ހެނދުނު 8:30 އިން މެންދުރު ފަހު 3:30 އަށް ކަމަށެވެ. މީގެ އިތުރުން ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުގެ ހިދުމަތްދޭ ވަގުތަށް ވެސް ވަނީ ބަދަލު ގެނެސްފަ އެވެ. އެގޮތުން އާދިއްތަ ދުވަހުން ބުރާސްފަތި ދުވަހާ ހަމަ އަށް ކޮންމެ ދުވަހަކު ހެނދުނު 8:30 އިން ހަވީރު 6:00 އަށް ހިދުމަތްދޭނެ އެވެ. އަދި މީގެ އިތުރުން ހުކުރު ދުވަހާއި ހޮނިހިރު ދުވަހު އެ ދެ ތަން ބަންދުވާނެ އެވެ.
މީގެ ކުރިން ހަފުތާގެ ކޮންމެ ދުވަހަކު ދަންވަރު 12:00 އާ ހަމަ އަށް އައިލެންޑް އޭވިއޭޝަންގެ ކޯލް ސެންޓަރާއި ވައިބާ ޕްލެޓްފޯމުން ހިދުމަތްތައް ދެ އެވެ.
އައިލެންޑް އޭވިއޭޝަނުން ބުނީ މި ބަދަލުތައް ގެނައީ ކޮވިޑް-19 ފެތުރޭތީ، މި ދުވަސްވަރު އެކަކު އަނެކަކާ ބައްދަލުވުން މަދުކުރުމަށް ކަމަށެވެ.
އެ ކުންފުނިން ބުނި ވަގުތަށް ބަދަލު ގެނައި ނަމަވެސް، ވެބްސައިޓާއި އެޕް ބޭނުންކޮށްގެން ޓިކެޓިންގެ ހިދުމަތްތައް ހޯދޭނެ ކަމަށެވެ. އަދި މިހާރު ކުރިމަތިވެފައިވާ ހާލަތު ބަދަލު ވުމުން، ކުރިއެކޭ އެއްގޮތަށް ހިދުމަތްތައް ދޭން ފަށާނެ ކަމަށް ބުންޏެވެ.
ކޮވިޑް-19 ފެތުރެން ފެށުމން އައިލެންޑް އޭވިއޭޝަންގެ މޯލްޑިވިއަނުން ޗައިނާ އަށް ދަތުރުކުރުން ވެސް ވަނީ ހުއްޓާލާފަ އެވެ. މިކަމުން ކުންފުންޏަށް މާލީ ގޮތުން އަސަރު ކުރާނެ ކަމަށް ބެލެވެ އެވެ. ނަމަވެސް މިހާތަނަށް އެކުންފުނީގެ މާލީ ހާލަތަށް އައިސްފާ ބަދަލުތަކުގެ ތަފްސީލެއް އަދި ނޭނގެ އެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް އަށް މީހުން ޕޮޒިޓިވް ވެފައި ވާއިރު ބަލި ހުރެދާނެ ކަމަށް ބެލެވޭ 80 އަށް ވުރެ ގިނަ މީހުން އެކަހެރިކޮށްފައި އެބަތިއްބެވެ.
ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ބޮޑެތި އެއާލައިންތަކަށް 100 ބިލިއަން ޑޮލަރުގެ ގެއްލުމާ ކުރިމަތިލާން ޖެހިފައިވާ ކަމަށް ދުނިޔޭގެ ވައިގެ ދަތުރުފަތުރާ ގުޅޭ ޖަމިއްޔާ އެއާ ޓްރާންސްޕޯޓް އެސޯސިއޭޝަނުން ވަނީ ބުނެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އާރިއްޕެ.
12 March 2020
ރަނގަޅަށް މެނޭޖްކޮށް އިސްރާފު ކުރުން ކުޑަކޮށް ފްލައިންގ އެލަވަންސާއި އިތުރު ޙަރަދު ކުރާން ނުޖެހޭގޮތަށް ދަތުރުތައް އަލުން އިންތިޒާމް ނުކޮށްފިނަމަ ކުންފުނި ބަޤުރޫޓް ވުމަކީ ގާތްކަމެއް. ސަރުކާރުން މިކަމަށް ސަމާލުވެ ކުންފުނީގެ ހާލަތު ބަލާންޖެހޭ.
ކުރީގެ ޕައިލެޓް
12 March 2020
ޕައިލެޓުންނާއި ކުރޫންތައް ޑިއުޓީއަށްނެރެންޖެހޭ އަދަދުމަދުކޮށް ޑޮމެސްޓިކް އެއަރޕޯޓްތަކަށް ކުރާ ބޭކާރު ދަތުރު ވެސް މަދު ކުރާންޖެހޭ. އަދި ދެކުނުގެ ރިސޯޓް ތަކާއި އެއްކޮށް އެއްބަސްވުންތަކެއް އޮތްކަމުގައި ވިޔަސް ގަމަށް ދުވާލަކު 10 ފްލައިޓް ބޭއްވުމުގެ ބަދަލުގައި އޭ321 ނުވަތަ އޭ330 ގެ 1 ފްލައިޓް ބާއްވައި ކުންފުނީގެ ޙަރަދު ކުޑަކުރާންވެސް ވިސްނާންޖެހޭ. މި ރޯގާ އިތުރަށް ފެތުރި އަދި ކިތަންމެ ކަމެެެއް ހިގާނެ. އެކަމަކު ކުންފުނި ސަލާމަތް ކުރާޏް މިބަދަލު ގެނޭ.
އިއްސެ.
12 March 2020
އަހަރުމެނަށް ތަރުކާރީއާއި މީޓް އަދި ތާޒާ ކުކުޅު ބިސް ފުރުޓް ފަދަ ކާބޯ ތަކެއްޗާއި ބޭހުގެ ބާވަތްތައް ފަސޭހައިން ގެނެވޭ ގޮތަށް މިދުވަސްވަރަށް ޙާއްސަކޮށްގެން ވިޔަސް ބޮޑު ފްލައިޓް ބާއްވަދީބަލަ. ހަމަ ޔަޤީނުން ވެސް ގަމަށް ދުވާލަކު ކުދި ބޮޓް 12 ބޯޓް ދަތުރު ކުރުމަށް ކުންފުނިން މާބޮޑޫ ހޭދައެއް ކުރާންޖެހޭނެ ބޮޑު އެންމެ ފްލައިޓެއް ބޭއްވުމަށް ވުރެން. ކީއްވެ މިކަން ނުކުރާން ތިއުޅެނީ؟
އޮނަރަބްލް އަފީފު ދީދީ
12 March 2020
ދަތުރުކުރާން ބޭނުންދުވަހަށް ޓިކެޓްނަގާފައިއޮއްވާ ދަތުރުކެންސަލްވެއްޖެކަމަށްބުނެ ތިކޮޅުންބޭނުންގަނޑިއަކަށް ރީޝެޑިއުލްކުރުމާއި، ޓިކެޓްގައިއޮންނަ ގަނޑީގެމާކުރިން ހުޅުލެއަށްގޮސްތިއްބާ 3 ހަތަރުފަހަރަށް ފްލައިޓްޑިލޭކުރުންވެސް މަދުކޮށްލަންޖެހޭ. # އަދި ގަމަށް ދުވާލަކު 8 ނުވަތަ 10 ފްލައިޓް ބޭއްވުމުގެބަދަލުގައި މިހާރު ބަންގާޅު ދަތުރުވެސްހުއްޓާލާފައިވާތީ ގަމަށް A330 ދަތުރުބާއްވާ ކާގޯ އުފުލޭނެގޮތްހަމަޖައްސަވާދެއްވާ. ޔަޤީން ކުންފުންނަށް ފައިދާވާނެކަން.
ޙާރިސް
12 March 2020
ޔާމީން ސަރުކާރުގައި މާލެ އިން ގަމަށް އަދި ގަމުން ޗައިނާއަށާއި ތައިލެންޑަށް ދަތުރު ކުރުމުގެ ސިޔާސަތެއް ކުންފުނިން ވާހަކަ ދައްކާ ސަރުކާރާއި އެކު އެކުލަވާލާ އަދި އެކަން ކުރުމަށް ވަސީލަތް ޤާއިމް ކުރަން އިތުރަށް ބޮޑެތި ބޯތްތައް ކުންފުންޏަށް ވާނީ އޯޑަރ ކޮށްފައި. އެމްޑީޕީގެ ސަރުކާރާއި އެކު މެނޭޖްމަންޓް ބަދަލު ނުކުރިނަމަ މިހާރު މާލެއިން ގަމަށް އަދި ގަމާއި ތައިލެންޑާއި ޗައިނާއާއި ދެމެދު އޭ330 ގެ ބޯޓު އުދުހޭނެ. ދެންވެސް 2023 ގަ ވިސްނާތި.