17 މާޗް 2020 - 12:00
ކުޑަކުދިންގެ ހިޔާގެ ސީއީއޯއަކަށް، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ ކުރީގެ މެމްބަރު މުއުމިނާ އާދަމް މިއަދު އައްޔަން ކުރައްވައިފި އެވެ.
ޖެންޑާ މިނިސްޓްރީގެ ދަށުން ހިންގާ ހިޔާގެ ސީއީއޯ އަކަށް މުއުމިނާ ހަމަޖެއްސެވީ، ކުރިން އެ މަގާމުގައި ހުންނެވި އަބްދުއްޝުކޫރު އަބްދުލް ހަކީމް އެ މަގާމުން އެކަހެރިކޮށް ބެހެއްޓުމަށް ފަހު އެވެ. މިދިޔަ ޖެނުއަރީ މަހު ޝުކޫރު ސަސްޕެންޑު ކުރީ ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ތަހުގީގު ކުރާ މައްސަލައަކާ ގުޅިގެންނެވެ.
ނަމަވެސް މި މަހުގެ ކުރީކޮޅު ޝުކޫރު ވަނީ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރަކަށް އައްޔަން ކުރައްވައިފަ އެވެ. އެކަމަކު، އޭނާއާ ގުޅޭ ގޮތުން އެޗްއާރުސީއެމުން ބަލަމުން އައި މައްސަލަ އަށް ވީ ގޮތެއް ނޭނގެ އެވެ. އެ މައްސަލައިގެ އެއްވެސް ތަފްސީލެއް އެޗްއާރުސީއެމުންނާއި ޖެންޑާ މިނިސްޓްރީން ވެސް ނުދެ އެވެ.
ދައުލަތުގެ ޚަރަދުގައި ތިބޭ ކުދިން ބައިތިއްބާ ކުޑަކުދިންގެ ހިޔާގެ ސީއީއޯ އަކަށް ހަމަޖެއްސި މުއުމިނާ އަކީ، ޔޫތު މިނިސްޓަރު އަހުމަދު މަހުލޫފުގެ ބޮޑުދައިތަ އެކެވެ.
ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާގައި ބައިތިއްބަނީ 13 އަހަރުން މަތީގެ ކުދިންނެވެ. އެ އުމުރުން ދަށުގެ ކުދިން ބަލަހައްޓަނީ ހުޅުމާލޭގައި ހުންނަ ފިޔަވަތީގަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ަަަިަަަާ
17 March 2020
މަރުހަބަަާ
މުހައްމަދު9
17 March 2020
މިއީ ރަގަޅު ނިންމުމެއް. މަރުހަބާ މޫންޓީ. ގިނަ ބޭފުޅުން ކޮމެންޓްކުރަނީ ހަގީގަތް ބަލާފައެއް ނޫން. މޫންޓީއަކީ އަހަރެން ވަރަށް ރަގަޅަށް ދަންނަ ބޭފުޅެއް. ކުޑަދުވަސްކޮޅެއް އެއްކޮށް މަސައްކަތްވެސް ކުރިން. ކުޅިވަރަށްވެސް ޚިދުމަތްކުރެއްވި. އެހެންކަމުން މިމަޤާމް މޫންޓީއަށް ހައްގު. ޚިޔާލުފާޅުކުރުމުގެ މިނިވަންކަން ފުޅާކޮށް އޮންނަ މާހައުލެއްގައި މޫންޓީގެ ނެގެޓިވް ކޮމެންޓްސް ހުރުމަކީވެސް މައްސަލައެއް ނޫން. އެކޮމެންޓްތަކާމެދުވެސް ވިސްނަންވާނެ.
ޙުސޭން
17 March 2020
ހިޔާ ހިންގަން ހުއްޓަ ގޯސް ވެގެން ޝުކޫރު މި ވަކި ކުރީ. ދެން އޭނާ މިލީ ހިޔާގެ ބެލެނިވެރި އިދާރާ ޖެންޑަރ މިނިސްޓްރީގެ މަތީ މަގާމަކަށް. މި ޖެހުނީ ކޮންތާކު؟؟
ހަތާ
18 March 2020
ސަރުކަަރަށް ބަލަދު އަރާފަ
ފޮނިޓައްޕު ހަސަނު
17 March 2020
މޫންޓީއަށް ނިކަން ފުރުސަތު ދީބަލަ ތިތަން ހިންގާލަން.
ބޮޑުމީހާ
17 March 2020
ކަމެއް ރަގަޅުކުރުމުގެ ނިޔަތުގައި އެ ދާއިރާއަކުން ކިޔަވައިގެން ހުންނަ މީހަކު އައްޔަން ކުރާނަމަވެސް ތަންކޮޅެއް ހިތްހަމަޖެހުނީސް. ދައުލަތުގެ އިސް މަގާމުތަކަކީ ބަހާ އެއްޗެއް
އަރުވާލި އާދަނުގެ ސިޔާސީހާސަރު
17 March 2020
ހިޔާ ކުޑަ ކުދިންގެ އެކުދިން ބޭރުން ހޯދައިގެން ގެނެސް ކިތަށްފަހަރު ހިޔާ ކުރަން ޖެހުނު ތޯ. މަރު ހަބާ ބްރޭންޑް ނިއު ސީ އީ އޯ.
ކޮތަނބިރި
17 March 2020
މަހަށްނުގޮސް މަގުމައްޗަށްނިކުމެ އެތައްބަޔަކު ހާންތިވެގެން ކަރާޓީކުޅޭތާ އެތައް އަހަރު ދެއަހަރުން ވެރިކަން ވެއްޓެނީ، ވެރިކަން ބަދަލުވެގެން ހުރިހާ ވަޒީފާއެއްދެނީ އެހުރިހާކަމެއް ހިނގާއިރު މާލޭގެ މުއްސަނދިންގެ ގޭގޭގަ ޕަބުޖީކުޅެންތިބޭ މީހުނަށް.
ހަތާ
18 March 2020
ކޮތަނބިރިޔަސް ދަވިއްގަނދަސް ތި ބުނީ ހަމަ ވަރަށް ބޮޑު ތެދެއް
ސުވައިދާ
17 March 2020
ތީ މުޅިންވެސް ސަރުކާރަށް ބަލަދު އަރާފަތިބި މީހުން.ވަރިހަމަ ކޮންމެ ކަމެއްކުރިޔަސް.ތިބުނާޝުކޫރަކީ މަގާމާ ހަވާލުވާ ކޮންމެތަނަކުން ކޮންމެވެސް މައްސަލައެއްގަ ބޭރުވާ މީހެއް.އެކަމަކުވެސް އެއްތަނުން ވަކިކުރާއިރަށް އަނެއްތަނަކަށް.މި ދަނޑިވަޅުގަ ސިޔާސީ މަގާމްތައް ދިނުން މަޑު ޖައްސާލުން ކިހިނެއް؟
ނާޝް
17 March 2020
މާލޭގެ ބޮޑަތި މުއްސަނދި މަހުޖަނުންނަށް ވަޒީފާ ދީފަ ބަހައްޓާ. މީން ކޮންމެ މީހެއްގެ ދެތިން ބިން މާލޭގަ އޮވެ. ގެ 10 ބުރިއަށް ނަގާ ކުއްޔަށްދީފަ. މިޔަށްވުރެ ރަނގަޅުވާނެ ދާއިރާއިން ކިޔަވައިގެންހުރި ނިކަމެތި ރައްޔިތަކަށް މިވަޒީފާ ދިނަސް.
ދެރަ
17 March 2020
މއެމްއާރުއެމްގެ ކައުންސިލް މެމންބަރެއް މިހާރު. ކޮންމެ ސަރުކާރެއް އަޔަސް މޮޅު. ކުރީގެ ވެރިން ލީ ބޯޑަށް. ޔާމީނު ލީ ހޭންޑް ބޯލް ހިންގަން، އިބޫ ދިނީ ސީއީއޯ ކަން. ދެން މިނިސްޓަރަކަށް؟
ތާހިރެއްނުން
17 March 2020
ދީމާ އެޕާޓްމަންޓް ގަތުމާ’ މުމިނާއަށް މި މަގާމުލިބުންމީ ބަޔަކު ނޭފަތުގަ އިގިލިކުރި ޖައްސާލަންޖެހޭ އެބަ! ނޭގޭ ކަމަށް ހެދިގެން ތިބެންވީ ކިހާދުވަހަކު؟