ޚަބަރު

ކޮވިޑް-19: ޔުނިވާސަލްގެ ރިސޯޓުތައް ތިން މަހަށް ބަންދު ކުރަން ނިންމައިފި

ރާއްޖޭގައި އަށް ރިސޯޓު ހިންގާ ޔުނިވާސަލް ކުންފުނީގެ ޗެއާމަން އުމަރު މަނިކު ވާހަކަ ދައްކަވަނީ-- މިހާރު ފޮޓޯޯ: ނިޝާން އަލީ

މުޅި ދުނިޔެ އަށް ފެތުރިފައިވާ ކޮރޯނާވައިރަސް ރާއްޖެ އިން ވެސް ފެނި، ބުކިންތައް ކެންސަލް ވުމާ ގުޅިގެން ޔުނިވާސަލް އެންޓަޕްރައިސަސްގެ ހުރިހާ ރިސޯޓުތައް ބަންދުކުރަން އެ ކުންފުނިން މިއަދު ނިންމައިފި އެވެ.

ޔުނިވާސަލް އިން ރާއްޖޭގައި އަށް ރިސޯޓު ހިންގަ އެވެ. އަދި އެ ކުންފުނީގައި 3،200 އަށް ވުރެ ގިނަ މުވައްޒަފުން އެބަތިއްބެވެ.

ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ އެންމެ ބޮޑު އެއް ކުންފުނިން ނެރުނު ބަޔާނެއްގައި ބުނީ، އަންނަ މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހަށް ޔުނިވާސަލްގެ ހުރިހާ ރިސޯޓުތަކުގެ ހިންގުން ވަގުތީ ގޮތުން މެދުކަނޑައިލަން ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށެވެ.

އެ ފިޔަވަޅު އަޅާ އެކު، މުވައްޒަފުންނަށް ޚާއްސަ ޕެކޭޖުތަކެއް ހަމަޖެހި، މުސާރަ ލިބޭ ގޮތަށް ތިން މަސް ދުވަހުގެ ޗުއްޓީއެއް ލިބޭނެ އެވެ. އަދި އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތާއި މި މާޗުގެ މުސާރަ އާއި ސާވިސް ޗާޖު ވެސް އުނިކުރުމެއް ނެތި ގާނޫނުގައިވާ ގޮތަށް ހުރިހާ މުވައްޒަފުންނަށް ލިބޭނެ ކަމަށް ޔުނިވާސަލް އިން ބުނެ އެވެ.

"މި ނިންމުން ކޮންމެ ކޮންމެ މަހަކު އެއް ފަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަ ވުމަކީ، ކުންފުނީގެ އުންމީދެވެ،" ޔުނިވާސަލް އިން ބުންޏެވެ.

"މި ނިންމުން ކޮންމެ ކޮންމެ މަހަކު އެއް ފަހަރު މުތާލިއާކޮށް، ހާލަތަށް އަންނަ ބަދަލުތައް ދެނެގަނެ، ވީ އެންމެ އަވަހަކަށް ކުރީގެ ހާލަތަށް ރުޖޫއަ ވުމަކީ، ކުންފުނީގެ އުންމީދެވެ،" ޔުނިވާސަލް

ރާއްޖެއަށް ޓޫރިޒަމް ތައާރަފް ކުރި އެއް މޭސްތިރިޔާ ޔުނިވާސަލްގެ ޗެއާމަން މުހައްމަދު އުމަރު މަނިކު (އެމްޔޫ) ގެ އަށް ރިސޯޓު ތިން މަސް ދުވަހަށް ބަންދުކުރާއިރު، ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމް ވެސް ވަނީ އޭނާގެ ވިލާ ޝިޕިން އިން ހިންގާ ރިސޯޓުތަކުގެ ތެރެއިން އެއް ރިސޯޓު ފިޔަވައި ހުރިހާ ތަނެއް ވަގުތީ ގޮތުން ބަންދު ކުރަން ނިންމަވައިފަ އެވެ.

ވިލާގެ ފަސް ރިސޯޓުގެ ތެރެއިން ހިންގަނީ ޕެރެޑައިސް އައިލެންޑް ރިސޯޓު އެކަންޏެވެ. އަނެއް ހަތަރު ރިސޯޓުގެ ބުކިންސްތައް ވެސް ޕެރެޑައިސް އަށް މިހާރު ވަނީ ބަދަލުކޮށްފަ އެވެ.

ޔުނިވާސަލް އިން ބުނިގޮތުގައި، ކޮވިޑް ބައްޔާ އެކު، އެތައް ގައުމަކުން ވައިގެ ދަތުރުފަތުރުތައް ހުއްޓާލުމާ ގުޅިގެން، އެ ކުންފުނީގެ ރިސޯޓުތަކުގައި މިހާރު އެއްވެސް ބުކިންއެއް ނެތެވެ. އަދި އެ ކުންފުނީގެ ވިޔަފާރި މައިގަނޑު ގޮތެއްގައި ބިނާވެފައި ވަނީ ޓޫރިޒަމްގެ ސިނާއަތަށް ކަމަށް ވާއިރު، މިދިޔަ ދުވަސްތަކުގައި އެ ސިނާއަތު ކުރިއަރުވަން ޔުނިވާސަލް އިން މީހުން ބިނާކުރަން ވަރަށް ބޮޑު ހޭދައެއް ކޮށްފައިވާނެ ކަމަށް ބުންޏެވެ.

"އެހެންކަމުން ދުނިޔެ އަށް ދިމާވަމުން މިދާ އިގްތިސާދީ ހީނަރުކަމުގެ އަސަރު އެންމެ ބޮޑަށް ކުރާ އެއް ދިވެހި ކުންފުންޏަކަށް މި ކުންފުނި ވަނީ ވެފަ އެވެ. ކަން މިހެން އޮތް ނަމަވެސް މި ކުންފުނިން މަސައްކަތް ކުރަމުން މި ގެންދަނީ، ކުންފުނީގެ އެއްވެސް މުވައްޒަފަކު ވަކި ނުކޮށް އަދި ހިންގުން ވެސް މުޅިން ހުއްޓާނުލައި ކުރިއަށް ގެންދެވޭނެ ގޮތްތަކެއް ހޯދުމަށެވެ،" ޔުނިވާސަލްގެ ބަޔާނުގައި ބުންޏެވެ.

"މި ކުންފުނިން އަބަަދުވެސް ގަބޫލުކުރާ ގޮތުގައި، ކުންފުނީގެ އެންމެ ބޮޑު ރައުސްމާލަކީ މި ކުންފުނީގައި މަސައްކަތް ކުރަމުން ގެންދާ 3200 އަށް ވުރެ ގިނަ މުވައްޒަފުންނެވެ."

ރާއްޖެ އިން ކޮރޯނާވައިރަސް ޖެހިފައިވާ 13 މީހަކު މިހާތަނަށް ފެނިފައިވާއިރު، އޭގެ ތެރެއިން 11 މީހުންނަކީ ޓޫރިސްޓުންނެވެ. ބާކީ ދެ މީހުންނަކީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި މަސައްކަތް ކުރާ ބިދޭސީ މުވައްޒަފުންނެވެ.

މިހާތަނަށް ފަރުވާއެއް ހޯދިފައި ނުވާ ކޮރޯނާވައިރަސް ރާއްޖެ އިން ފެނުމާ ގުޅިގެން، އެ ވައިރަސް އިތުރު ފެތުރުނަނުދިނުމަށްޓަކައި ސަރުކާރުން ވަނީ ވަރުގަދަ ފިޔަވަޅުތަކެއް އަޅަން ފަށައިފަ އެވެ. ޚާއްސަކޮށް ރިސޯޓުތަކަށް އަރައި ފޭބުން މަނާކޮށް، ގެސްޓް ހައުސްތަކަށް ޓޫރިސްޓުން ގެނައުން މި ވަގުތަށް ވަނީ ހުއްޓާލައިފަ އެވެ. އެހެންވެ އާއި ދުނިޔޭގެ ވައިގެ ދަތުރުފަތުރަށް އަރާފައިވާ ބުރުލާ އެކު، ރާއްޖޭގެ ޓޫރިޒަމް އިންޑަސްޓްރީ މި ވަގުތު ވަނީ ވަރަށް ބޮޑަށް އިނދަ ޖެހިފަ އެވެ.

86 ކޮމެންޓް, 195 ރިއެކްޝަންސް

icon happy icon happy 80%
icon sad icon sad 16%
icon angry icon angry 4%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

ނުފެނެއޭ

20 March 2020

ތިޔާއިން ގެއްލުން ވާނީ ލަންކާ އަދި އިންޑިއާ މީހުންނަށޭ ތިޔާ ރިސޯރޓްސް ތައް ބަންދު ކުރުމުން ދިވެހިންނަށް ވަޒީފާ ގެއްލޭނެ ކަމަށް މަމެން ނުދެކެމޭ...

The name is already taken The name is available. Register?

މަނިކުބޭ

20 March 2020

ވިލާ ގްރޫޕުން ފުރަތަވެސް ބުނެފައިވަނީ އެޕްރީލް މަހުންފެށިގެންނޭ މުސާރަ އުނިކުރާނީ. ހަސަދަވެރިވިއަސް ހަދީދަތާ އެއްގޮތައް ވާހަކަދައްކާ. ވިލާއިންވެސް ބުނެފައި އެވަނީ އަންނަ މަހު ފަށާ މި އަހަރުގެ ރޯދަ މަހުގެ އިނާޔަތާއި މި މާޗުގެ މުސާރަ އާއި ސާވިސް ޗާޖު ވެސް އުނިކުރުމެއް ނެތި ގާނޫނުގައިވާ ގޮތަށް ހުރިހާ މުވައްޒަފުންނަށް ލިބޭނެ ކަމަށް. ވީމާ ކޮމެންޓް ލިޔާ ކުދިންވެސް ރަނގަޅަށް ބަލާފަ ލިޔަންވީނުން ދޯ! https://mihaaru.com/news/70596

The name is already taken The name is available. Register?

ހަންޓޯ

20 March 2020

ފަޅުވެރިން. މިދައްކަނީ ވިލާ ގްރޫއްޕުގެ 6000 މުއައްޒަފުންގެ ވާހަކަ. މިދައްކަނީ ޤާސިމްގެ ރިޒޯރޓްތަކުގައި ތިބި މުއައްޒަފުންގެ ޢަދަދުގެ ވާހަކައެނޫން ހަމައެކަނި. ވިލާ ފައުންޑޭޝަން އިން 794 މިލިއަން ރުފިޔާ 7 ހާސް ދިވެހި ދަރިންގެ ތައުލީމަށާއި އަދި ދިވެހިންގެ ބޭސް ފަރުވާއަށް ހަރަދުކޮށްފައިވޭ. މިނޫން ދިވެހި އެހެން ކުންފުންޏެއް އުޅޫބާ؟ ނޫސްތަކުގައި ހުރި ހަބަރުތައް ކިޔާލަން ވީނުން. ވިލާގެ ރިސޯޓުތަކުގެ މުއަޒަފުން 4000 އަށްވުރެ ގިނަ.

The name is already taken The name is available. Register?

ކޮންތައުރީފެއް

20 March 2020

ރާއްޖޭގައި ހުރިއްޔާ ހުރި ފަޅުރަށެއް މިބަޔެއް މިލްކުކޮށް ކޮންމެ މަހަކަު އެތައްބިލިޔަން އަންބޮޑިޔަށް ޖަހަމުން ދިޔަބަޔަކު މިހާވަރު ކުރުމުން އަތްޖަހާކަށް ނުޖެހޭ. މިއީ އިރާދަފުޅުން އަބަދު އޮންނާނެ ހާލަތެއްނޫން. ޢެކަމަކު އެހެންގައުމު ތަކުގެ ބޮޑެތި މަހުޖަނުން ސަރުކާރުތަކަށް އެވެދޭ އެހީ މިބަޔެއްގެ ފަރާތުން ނުފެނުމަކީ މިބައިމީހުން އަންބޮޑިބޮޑުކުރަން އަދިވެސް ހިފާފައިވާ ވަރު އެނގޭ ކަމެއް. މިމީހުންނަށް ތައުރީފް ކުރާކަށް ނުޖެހޭ.

The name is already taken The name is available. Register?

ސޫރަ

20 March 2020

ސުވާލަކީ ޕެކޭޖުގަ އަތަށްލިބެނީ ކިހާވަރެއްތޯއޭ. އެވެދާނެ 0 އަށްވެސް. އެއަކަށް ނުކިޔާނެ މުސާރަލިބޭ ޗުއްޓީއެކޭ.

The name is already taken The name is available. Register?

ފަހު ދު

20 March 2020

ރަ ނގަޅު ވާހަކައެ އެއްއެ ކަމުވެ ސް ސްޕޭސްބާ އައްފިތިފަ އިނީމަ ކިޔަންއުނ ދަގޫ

The name is already taken The name is available. Register?

ފަޅުވެރިން

20 March 2020

ޤާސިމްގެ ރިޒޯރޓްތަކުގައި ތިބި މުއައްޒަފުންގެ ޢަދަދު 6000 ކަމަށް މިތަނުގައި ބައެއް މީހުން ކޮމެންޓް ކޮށްފައި އެބަހުރި. އެއީ ކަނޑައެޅިގެން ބުހުތާނު ދޮގެއް. ޤާސިމް ގެ 5 ރިޒޯރޓުގައި ގިނަވެގެން ތިބޭނީ 3000 މުއައްޒަފުން. މިހާރު ވެއްޖިއްޔާ އުޒުރެއް އެބައޮތް. ނަމަވެސް އެއްވެސް އުޒުރެއް ނެތް ޙާލަތުގައި ވެސް ތަފާތު ބަހަނާ ދައްކައިގެން މުއައްޒަފުންގެ މުސާރަ ކުޑަކޮށް، ސާވިސްޗާރޖް ނުދީ ތިބޭ ބައެއް ވިލާ އަކީ.

The name is already taken The name is available. Register?

ލޮކިސާނު

20 March 2020

މުޅި ވިލާ ގްރޫޕުގަ (ޖޭޕީ ގެ މުސާރަވެރިންނާއި ފެންފުށި މާމިގިލީގެ ގިނަ އަދަދެއްގެ 'ޕެންސަނަރުން' ވެސް ހިމަނައިގެން) ހައެއްކަ ހާސް ވަރު ވާނެ ކަމަށް ބެލެވޭ!

The name is already taken The name is available. Register?

ޒުވާނާ.

20 March 2020

މިފަދަ ކަންކަމައް ބޭނުން ޖެހޭދަނޑިވަޅުގަ ތިގޮތައް ކަންކު ރުމުން ﷲ ތިޔަވިޔަފާ ރީގާ ބަ ރަކާތް ލައްވާނެ ޔުނިވަ ރސަލްގެ މުވައްޒަފުންނައް މިވީ ދިގުތާ ރީހުގަ އަޑުއިވުނީ ކު ރުވާހަކަ ސަ ރުކާ ރުން ކު ރަންވީ ކަމަކީ 6 މަސްދުވަހުގެ މުސާ ރަ ޓެކްސް ތެ ރެއިން ލުއިދީގެން މުވައްޒަފުންނައް ފޮ ރުވަދޭންވީ މިކަހަކަ ހާލަތުގަ މު ވައްޒަފުންނައް އެހީވުމައް ދައުލަތަށާ ކުންފުންޏާ މުވައްޒަފައް ފައިދާވާނެގޮތެއްމީ ގާނޫނުގަ މިގޮތައް ލިޔެލުން ރަނގަޅު

The name is already taken The name is available. Register?

ސިިމް

20 March 2020

އަދާރަން ނުން ހިންގާ ރިޒޯޓް ތަކުގެ މުވައްޒަފުންނަށް މެނޭޖްމަންޓުން އަންނަނީ އެނުވަލް ލީވް ނަގަން މަޖުބޫރު ކުރަމުން. އަދި އެނުވަލް ނިމުމުން ނޯޕޭގަ މަޑު ކުރުމަށް ވަނީ އަންގާފަ. މިކަހަލަ ކުންފުނިތަށް ހަފްތާ އަކުން ފަގީރުވާތީ ހިތާމަކުރަން.

The name is already taken The name is available. Register?

ނައީމު2

20 March 2020

މަހަކު އެެއްފަހަރު.. ހެހެހެ.. ގެއައްފޮނުވާލަން ރަނގަޅުޗާންސެއްދޯ

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454