މައްކާ- މާޗް 5، 2020: އުމްރާގެ އަޅުކަން މިދުވަސްވަރު ހުއްޓާލާފައިވާތީ މައްކާގެ ގެފުޅު ވަށާއިގެން އޮންނަ ސަރަހައްދު ހުސްވެފައި. --ފޮޓޯ:އޭއެފްޕީ
20 މާޗް 2020 - 11:52
މައްކާ (މާޗް 20) - ކޮރޯނާވައިރަސް ހުއްޓުވަން އަޅާ ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ސައުދީ އަރަބިއާގެ މާތްވެގެންވާ ދެ ހަރަމްފުޅުގެ ހަރިންމަ ތެރޭގައި ނަމާދު ކުރުން ވަގުތީ ގޮތުން މިއަދުން ފެށިގެން މަނާކޮށްފި އެވެ.
ހަރިންމަ ތެރެއަށް ވަނުމުގެ ހުއްދަ ވެސް މިހާރު ދެނީ މަދު ބަޔަކަށް ކަމަށްވާތީ މައްކާގެ މަސްޖިދުލް ހަރަމް އާއި މަދީނާގެ މަސްޖިދުއްނަބަވީގައި ޖަމާއަތުގައި މި ދުވަސްވަރު ނަމާދު ކުރެވެނީ ވަރަށް މަދު އަދަދެއްގެ ބަޔަކަށެވެ. މަސްޖިދުލް ހަރަމްގެ ފުރަތަމަ ފަންގިލާގައި ޑރ. ސައުދު އަލް ޝުރައިމް އިމާމުވެ ކުރެއްވި ރޭގެ ފަތިސް ނަމާދުގެ ޖަމާއަތުގައި ވެސް ބައިވެރިވެފައި ވަނީ މަދު ބައެކެވެ. އަދި މަދީނާގައި ހުންނަ ކީރިތި ރަސޫލާގެ މިސްކިތުގައި ޝެއިޚް އަބްދުއްރަހުމާން ޚުޒައިފީ އިމާމުވެ ކުރެއްވި ފަތިސް ނަމާދުގެ ޖަމާއަތުގައި ވެސް ބައިވެރިވީ މަދު ބައެކެވެ. އާއްމުންނަށް ހުޅުވާނުލި ނަމަވެސް ދެ މިސްކިތުގައި ފަސް ވަގުތު ނަމާދު ކުރާނެ އެވެ.
ރޭގެ ފަތިސް ނަމާދުގެ ކުރިން މަސްޖިދުއްނަބަވީގެ ދޮރާށިތައް ވަނީ ބަންދުކޮށްފަ އެވެ. މިސްކިތުގެ ހަރިންމަ އަށް ވައްދާފައި ވަނީ މަދު ބައެކެވެ.
Masjid An Nabawi gates are closed to prevent worshippers from entering as per new information released by the authorities which only authorised very few people to enter the Masjid Compound. pic.twitter.com/6Dvoi0tAUc
— 𝗛𝗮𝗿𝗮𝗺𝗮𝗶𝗻 (@HaramainInfo) March 19, 2020
މަސްޖިދުލް ހަރާމް އާއި މަސްޖިދުލް ނަބަވީ އަށް ދެވެން އޮންނަ މަގުތައް ބަންދުކޮށް ދެ މިސްކިތުގެ ކާރު ޕާކިން ވެސް މިހާރު ވަނީ ބަންދުކޮށްފަ އެވެ.
ސައުދީން ކުރިން ވަނީ ދެ ހަރަމްފުޅު ފިޔަވައި އެހެން މިސްކިތްތަކުގައި ނަމާދު ކުރުން ވަގުތީ ގޮތުން ބަންދުކޮށްފަ އެވެ.
ކޮވިޑް-19 އަށް ޕޮޒިޓިވް 274 މީހުން ސައުދީން މިހާތަނަށް ވަނީ ފެނިފަ އެވެ. ސައުދީ އަރަބިއާ އިން މިހާރު ވަނީ ބައިނަލްއަގުވާމީ ހުރިހާ ވައިގެ ދަތުރުތަކެއް ހުއްޓާލައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދީން
20 March 2020
އިސްލާމްދީނަކީ ލުއިފަސޭހަ ދީނެވެ. ހެޔޮ ޞިއްޙަތުގައި ތިބުމުގެ މައްޗަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވެއެވެ. އަދި ހެޔޮ ޞިއްޙަތާއި ޢާފިޔަތުގެ ނިޢުމަތް މިންވަރު ކުރެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާކުރުމަށް އިރުޝާދު އައިސްފައިވެއެވެ. ބަލިމަޑުކަމެއް ކުރިމަތިވެއްޖެ ޙާލަތުގައި ދީނުގެ ވާޖިބުތަކާއި ރުކުންތައް އަދާކުރުމުގައި ވެސް އެތައް ލުޔެއް މާތް ﷲ ދެއްވާފައިވެއެވެ.
ސަރުދާރު
20 March 2020
ސަލަފުއް ސާލިހުން ކޮރޯނާ ވައިރަސް ފެތުރެންފެށިމާ ޢަމަލް ކުރެއްވީ މިހެންބާއޭ ހިތައް އަރަނީ.
ޚލމހ
20 March 2020
އިސްލާމީ ތާރީޚުގައިވެސް މިގޮތަށް ބަންދުކުރިތޯ ކުރިން؟
ލާލަ
20 March 2020
ކޮންމެހެން ބަންދު ނުކޮށް ވާން ނެތިގެން އެ ބަންދު ކުރީ. އަދި ބޭހެއް ހޯދިފައި ނުވާ ހަލުވިކަމާއެކު ގައިންގަޔަށް ފަސޭހަކޮށް އަރާ ބައްޔެއްގައި މީހުން ހިމާޔަތްކޮށް މި ބަލިން ސަލާމަތްވުމަށް އޮތް މަގަކީ މިއީކަމަށްވީމަ. އެންމެންވެސް ގޭގައި ތިބޭށެވެ. ﷲ އިރާދަކުރެއްވިޔާ މި ހިތާމަވެރި ދުވަސް ވެސް މާޒީވެދާނެ.
ވޮޗްޑޯގް
20 March 2020
އަހަރެމެން މި އުޅެނީ މާލޭގެ މިސްކިތްތައް ބަންދުކޮށްގެން ކަންބޮޑުވެގެން ނުވިތާކަށް ސަރުކާރަށް ލާދީނީ އޭވެސް ގޮވަނީ. ހެޔޮ އެއްގޮޮތްވެސް ނެތް. ބަންދު ނުކުރީމަ ގޯސް ބަންދުކުރީމަވެސް ގޯސް. މިދައްކަނީ އޮތްވަޅު ގުރޫޕްގެ ވާހަކަ.