އިލެކްޝަންސް ކޮމިޝަންގެ މެމްބަރުން: އެ މެމްބަރުން ސިޔާސީ ވެފައިވާ ވަރުން އަންތަރީސް ވެއްޖެ ކަމަށް އިދިކޮޅުން ބުނޭ--
24 މާޗް 2020 - 11:37
އިލެކްޝަންސް ކޮމިޝަން (އީސީ) ގެ މެމްބަރުން ސިޔާސީ ވެފައިވާ ވަރު ފެނި އަންތަރީސް ވެއްޖެ ކަމަށް އިދިކޮޅު ޕީއެންސީގެ ނައިބު ރައީސް އިބްރާހިމް ޝުޖާއު ރޭ ވިދާޅުވެއްޖެ އެވެ.
ޝުޖާއު އެގޮތަށް ވިދާޅުވީ އީސީގެ މެމްބަރު ފުއާދު ތައުފީގު ސަރުކާރަށް ފާޑު ވިދާޅުވި ހަބަރެއް ޓްވީޓް ކުރައްވަ އެވެ. ސަރުކާރަށް ފާޑު ވިދާޅުވެ ފުއާދު އިއްޔެ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުން އެމްޑީޕީ އަށް ވޯޓް ދިނީ ތެދުވެރިކަމާއި ކޮރަޕްޝަނަށް ޒީރޯ ޓޮލަރެންސް އޮންނާނެ ކަމަށް ކަމަށެވެ. ނަމަވެސް ސަރުކާރަށް މިވީ 16 މަސް ދުވަހުގެ ތެރޭގައި އެކަންކަން ކާމިޔާބު ވެފައި ނުވާ ކަމަށް ވިދާޅުވި އެވެ.
This is extremely sad. This is not what people wanted from the current government, this Majlis and present ACC. People voted for MDP expecting justice, honesty, sincerity and zero tolerance to corruption but 16 months gone without achieving much. https://t.co/HFRfPDL8Gm
— Fuwad Thowfeek (@FuwadThowfeek) March 23, 2020
ސަރުކާރަށް ފާޑު ވިދާޅުވެ ފުއާދު ކުރެއްވި ޓްވީޓް---
ބާރަށު ދާއިރާގެ ކުރީގެ މެމްބަރު ޝުޖާއު ވިދާޅުވީ އީސީ މެމްބަރުންގެ ސުލޫކާއި ސިޔާސީ ވެފައިވާ މިންވަރު ފެނި އަންތަރީސް ވެއްޖެ ކަމަށެވެ. އަދި އީސީ އަށް އިތުބާރު ކުރާނީ ކިހިނެއްތޯ އޭނާ ސުވާލު އުފެއްދެވި އެވެ.
"އީސީގެ މެމްބަރުން މިހާ ސިޔާސީ ވެފައި ތިބެގެން ބާއްވާ އިންތިހާބެއްގައި މިނިވަން ކަމާ މެދު ސުވާލު އުފެދޭ،" ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ކުރިން ވަނީ އީސީގެ ނައިބު ރައީސް އަހުމަދު އަކްރަމް އަކީ އެމްޑީޕީގެ އެޖެންޓެއް ކަމަށް ތުހުމަތު ކުރައްވައިފަ އެވެ.
ދެވަނަ ދައުރަކަށް އީސީގެ މެމްބަރުކަމަށް އިއްޔެ އައްޔަން ކުރެއްވި އަކްރަމް އެ ކޮމިޝަންގެ ނައިބު ރައީސަކަށް އައްޔަން ކުރުމަށް ބޭއްވި ކޮމިޝަން މެމްބަރުންގެ ބައްދަލުވުމުގައި ވެސް ކުރިން އެމްޑީޕީގެ ހަރަކާތްތަކުގައި އުޅުއްވި ފުއާދު ބައިވެރިވެވަޑައެއް ނުގަންނަވަ އެވެ.
އީސީގެ ރައީސްކަން ކުރިން ކުރެއްވި ފުއާދު މިދިޔަ މަޖިލިސް އިންތިހާބުގައި މައްޗަންގޮޅި ދެކުނު ދާއިރާ އަށް ވާދަ ވެސް ކުރެއްވި އެވެ. އެކަމަކު ވީ ނާކާމިޔާބެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy · Code of Ethics · Editorial Policy
ކޮމެންޓްތައް
ޖިޖަލް
25 March 2020
ފުވާދަކީ 2013 ގައިވެސް ފުރަތަމަ ގޯސްހަދަން ފެށިމީހާ. އޭރުގެ ކޮމިސަން ރޫޅިގެންދިޔައީ އޭނަޔާހެދި. އަނެއްކާ ރާއްޖޭގެ އެންމެ މަތީ ކޯޓުން ސަސްޕެންޑެޑް ސެންޓެންސެއް ނަމަވެސް ހުކުމެއް ކޮށްފަ ހުރިމީހަކު ތިވަރުގެ ނަޒާހަތްތެރި މަގާމަކަށް ލީމާވެސް ސައްކު އުފެދޭ. އަނެއްކާ ކުޅިގަނޑު އެފެށީ!
ނީރާ
24 March 2020
ދުނިޔެއަށް ކުރިމަތިވެފައިވާ ހިތްދަތި ދުވސްވަރުގައި ޚާއްޞަކޮށް ރާއްޖެއަށް ދިމާޗެފައިމިވާ ހިތާމަވެރި ޙާލަތުގައި ޤައުމުފަސާދަކުރުމަށް ޕްރޮފެސަރު މެރެމެޓިކްސްމެން އެކުރާ މަސައްކަތަށް ޝުޖާއުމެން ވާގިވެރިވާތީވެ ޙައިރާންވެ އަންތަރީސް ވެއްޖެއެޖެއެވެ.
ހިބަރުވަދު
24 March 2020
ފުއާދުގެ ތިޔަވާހަކައާގުޅިގެން މަ ދައްކަންބޭނުންވާ ވަރަށްގިނަ ވާހަކަ އެބަހުރި. އެކަމަކު މިފަދަ ނާޒުކު ދަނޑިވަޅެއްގައި ތިޔަކަހަލަ އެއްވެސްކަމަކާ ވިސްނާކަށްނެތީމެވެ. ވިސްނަނީ އަދި ވިސްނަންވީވެސް މުޅި ދުނިޔެއަށް ދިމާވެފައިމިވާ ބަލިމަޑިކަމުން އަރައިގަތުމަށްޓަކައި ބަސްއަހައިގެން ގޭގައި ތިބެވޭނެގޮތެކެވެ.
އެކްޓިވިސްޓް
24 March 2020
ފުއާދު ބުންޏަސް ހަޤީގަތްވާނީ ހަމަ ހަޤީގަތަށް، ރައީސް އިބޫ ޞޯލިހުގެ ސަރުކާރު ބަދުނާމްކޮށް އެމަނިކްފާނަށާއި ސަރުކާރަށް ރައްޔިތުން ކުރާ އިތުބާރު ގެއްލުވާލުމުގެ މަޤުޞަދުގައި ކޮރޮޕްޝަނާއި ފަސާދަތަކާއި ނޭދެވޭކަންތައްތައް ކުރާމީހުންވެސް ސަރުކާރުގެ ތެރޭގައި ވަކިމަދެއްނޫން، މިހާރު ފެތުރެމުންމިދާ ނުރައްކާތެރި ވަބާއިން އަރާގަނެވުނުހާ އަވަހަކަށް ސަރުކާރުގެ ތެރޭގައި ތިބި މިފަދަ ނޭދެވޭ އެއްމެހާ ކަންތައް ހައްލުކުރަން މަސައްކަތްކުރައްވާނެކަމަށް އުއްމީދުކުރަން
ބޮޑުމީހާ
24 March 2020
ފުއާދު ބުންޏަސް ހަގީގަގަތްވާނީ ހަގީގަތަކަށް. ކޮރަޕްޝަނާއި ފަސާދަ އިންތިހާއަށް. މީ ދިވެހިން އެދުނު، ދިވެހިންނަށް ވައުދުވީ ބަދަލެއްނޫން. ޒީރޯޓޯލަރެންސްއަކީ ނޫސްކޮންފަރެންސް ތަކުގައި ބޭނުންކުރާ ބަހެއް
ތިލަދުންމަތި
24 March 2020
އާދައިގެ މަތިން ރީނދޫ މީހުން ބުނާ، ޔާމީނު ގައުމު ދަވާލާ އަނިޔާވެރިވީ! އެކަމަކު، ފުރަތަމަ ރީނދޫ މީހުން މި ކަންކަން ހަނދާންކޮށްލަ ބަލަ!1- ޤާނޫނުގައި ބުނާ މުއްދަތު ހަމަވުމުގެކުރިން ރިޔާސީ އިންތިޚާބުގެ ވޯޓްކަރުދާސްތައް ނައްތާ ނުލާތަ؟ ވީމާ، ވޯޓްގެ ސައްހަ ކަމާމެދު ސުވާލު އުފެއްދި ދާނެ!2- ވެރިކަމަށް އާދެވިއްޖެ! "ބަދަލު" ގެ ގޮތުގައި ޕާޓީ މީހުންނާ ގާތް މީހުންގެ ކުންފުނިތަކަށް މިލިއަން، މިލިއަނުން ނުދޭތަ؟ ޔާމީނު ނުހައްގުން ޖަލަށްލީ މައްސަލައިގެ ފައިސާތަކުގައި ވެސް ނުޖެހި ހުރީ ބޭންކުގައި! 3- މިހާރު ވެރިކަމަށް އަންނަން ހެދީ ހުސް ދޮގުކަން އެގެނީ، ކޮވިޑް އައުމުގެ މާ ކުރިން ގައުމުގެ އިގުތިސާދީ މަސައްކަތްތައް ހުއްޓުމުގެ ސަބަބުން ގިނަ ބަޔަކަށް އޮތީ ހާސްކަން އިތުރުވެފައި! ސަރުކާރުގެ މަސައްކަތްތައް ފެންވަރު ހުއްޓަސް، ނެތަސް ދެނީ ޕާޓީ މީހުންނަށް އެކަނި! ޔާމީނު މިއެެއް ނުބަލާ! ނުހައްގުން ވެރިކަން ވައްޓަން އުޅުނު މީހުންނަށް ނޫނީ ފިޔަވަޅުނާޅާ!
ކޭކުބެ
24 March 2020
ޔާމީނުގެ ހުރިކަންކަމުގެ ވާހަކަ ދެއްކޭވަރަށް މިސަރުކާރުގައި ހަރުދަނާކަމެއް ނެތް. ޔާމީނު ކުރިއަސް އައްނި ކުރިއަސް އިބޫ ކުރިއަސް ކޮރަޕްޝަން ގޯސް. މިހާރު ހިންގާ ސުވާލު އުފެދޭ ކަންކަން ކުއްވެރިކުރަން. އެކަމަކު މިސަރުކާރުގައ ކޮރަޕްޝަން އޮތުން އެއީ ޔާމީނު ކޮރަޕްޓު ނޫންކަމުގެ ހުއްޖަތެއް ނޫން. އަދި އެއީ ކޮރަޕްޝަން އެއީ ހުއްދަ ކަމެއްކަމުގެ ހުއްޖަތެއްވެސް ނޫން. ޔާމީނަށް ވޯޓު ނުލިބުނީ، ވޯޓު އޮޅުވައެއް ނުލެވުނު، ދެން މިސަރުކާރަށްވެސް ނުލިބޭނެ ވޯޓެއް.
ސީދާސީދީ
24 March 2020
ސިޔާސީ ތަންތަނުގަ ތިބެން ޖެހޭނީ ސިޔާސީ މީހުން. އަދުލު ވެރިވީމަ ނިމުނީ. ސިޔާސީ ވިޔަސް އޯކޭ. އެމީހަކު ސަޕޯޓުކުރާނެ ޓީމެއް އެނގޭނީ އެމީހަކަށް. ވައްކަން އޯކޭ އެއްނޫން. އެމްއެމްޕީއާރްސީ ލާރިތައް އަވަހަށް ހޯދާފަ ވިޔަފާރިތައް ކޮޅަށްޖަހަން ވީ ވަގުތު މީ
ސިސޫ
24 March 2020
ތިޔަވުރެން ކުރިން 2008 ކުން 2012 ފެބްރުއަރީ 7 ކަށް ކާލި ލާރިގަނޑު ހޯދާފަ ދިނުން މާ އައުލާކަން ބޮޑު.އަދި ސަރުކާރުގެ މުއަސަސާތަށް އަންދާއަޅިޔަށް ހާދަލި މީހުންނަށް އަދަބުދީ ބަދަލްހޯދުން މާ ބޮޑަށް އަވަސްކުރަންޖެހޭ..ތި ބުނާ އެ މްއެ މް ޕީ އާރް ސީ ޔެއްގެ ފާއިދާ ވެސް ލިބިފަވަނީ މި ހިންގާ ސަރުކާރުގެ އަދި ކޮލިޝަން ގެ ބައިވެރިންގެ ޖީބުތަކަށް..ބުރޯ ގެގަ ބާހައްޓާއިން ކުޅޭކުޅި ތިބޭފުޅަޔަ ނޭގުން އެއީ އަހަރު މެމންގެ މަސްސަލަޔެއް ނޫން.
މައިޒާން
24 March 2020
ފުއާދުބެ އަށް ނައިބުރައީސް ކަން ނުލިބުނީމަ އެ ފެށީ.
ފާމްދޭރި
24 March 2020
ޔާމީނު ވެރިކަުމގަ ވަޒީރުންގެ މަޖްލީހެއްނޯވޭ، ރައިއްޔަތުންގެ މަޖްލީހެއްނޯވޭ. އެހެންވީމާ އެއީ މިޤާނޫނުގެ ދަށުންވެރިކަންކުރިމީހެކޭނުބުނެވޭނެ.
ބޮޑުމީހާ
24 March 2020
ޔާމީން ކަމުނުދާތީ ވެރިކަން ބަދަކުކުރީ
ކަންޒުކާ
24 March 2020
ޔާނު ކަމުނުގޮސްގެން ބަދަލުަކުރި ވެރިކަން ގޯސްކޮށް އަދި ފެންނަނީ. އޭގެ މާނައެއް ނޫން ޔާނު ކަުރީ ހުސް ރަނގަޅު ކަންކަމޭ. އަދި އެއީ ފާޅުކުރައްވާފައިވާ މަހުދީއޭ. ރައްޔިތުން ހޭލުންތެރިވެގެން ވަކިފިކުރަކަށްގޮސް ހުސްނުވެ ފެކްްޓްސް އަށް ބަލައިގެން ވެރިކަން ރަނގަޅުކުރެވޭނީ. ވަކިމީހަކު ވީތީ ގޯސްވެފަ ރަނގަޅުވާނެޔޭ ބުނަން ދަތިވާނެ. އެމަކު ފެންނަ ކަންކަން ޤާބޫލުކޮށް ލޯހުޅުވެން އެބަޖެހޭ. ޤުރުބާންވުން ޙައްޤުވާ ފަދަ ވެރިއެއް މިޒަމާޏުގައި ފެންނާނެ ކަމަށް ނުބަލާ.
އަހުމަދުބޭ
24 March 2020
އަހަރެން ގަބޫލް ކުރާގޮތުގައި ސިޔާސީ މަގާމުތަކުގައި އުޅޭނީވެސް މިޑާޓީ ސިޔާސަތަށް ތާއީދު ކުރާތީއެވެ، ފުއާދުވެސް ބޭނުންވަނީ އީސީގެ ރައީސްކަމެވެ، ނުވަތަ ނައިބުރައީސްކަމެވެ، އީސީގެ މެންބަރެއްގެ ގޮތުގައި ހުންނާކަށް ބޭނުމެއްނޫނެވެ، ދެން އޮތްސުވަލަކީ ކޮންގައުމެއްގައި ސިޔާސީ ގޮތުން މަސައްކަތްކުރަނީ ރައްޔިތުންނަށް ހެވާލައިބަޔަށް އަހަރެން ގަބޫލެއް ނުކުރަން ސިޔާސީގޮތުން އެއްވެސް މީހަކު ގައުމަށް ރައްޔިތުންނަށް ހެވާލައިބަޔަށް އުޅޭނެކަމަށް، ހުސް އަމިއްލަ އެދުނ