ވިޔަފާރި / ދުނިޔޭގެ އިގްތިޞާދު

މިއީ އެންމެ ބޮޑު އިގްތިސާދީ ކާރިސާ: އައިއެމްއެފް

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓެލީނާ ޖޯޖީވާ ވާހަކަދައްކަވަނީ--

ކޮވިޑް-19 އާ ގުޅިގެން ދުނިޔޭގެ އިގްތިސާދު މިހާރު އޮތީ މަޑުޖެހިފައި ކަމަށާއި މިއީ އިގްތިސާދީ ގޮތުން ދުނިޔެ އަށް އަންނާނެ އެންމެ ބޮޑު ކާރިސާ ކަމަށް އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އިން ބުނެފި އެވެ. ދުނިޔޭގެ އެންމެ ބޮޑު މާލީ އެއް އިދާރާ އިން ބުނެފައި ވަނީ ދުނިޔޭގެ އިގްތިސާދު ރަނގަޅުވުމުގެ އަލާމާތްތައް ދެން ފެންނާނީ އަންނަ އަހަރުން ފެށިގެން ކަމަށެވެ.

އައިއެމްއެފްގެ މެނޭޖިން ޑިރެކްޓަރު ކްރިސްޓެލީނާ ޖޯޖީވާ ވިދާޅުވީ، ގައުމުތަކުގެ ސިއްހީ ކަންކަން ރަނގަޅުކޮށް، ކޮވިޑް-19 ގެ ހާލަތާ ކުރިމަތިލުމަށްޓަކައި ވަރަށް ގިނަ ފައިސާ މި ވަގުތު ބޭނުންވާ ކަމަށެވެ. އަދި މި ކަންކަން ކުރުމަށްޓަކައި ގައުމުތަކުން އަޅަމުން އަންނަ ފިޔަވަޅުތަކަށް އޭނާ ވަނީ މަރުހަބާ ވިދާޅުވެފަ އެވެ.

މިކަންކަމާ ގުޅިގެން ދުނިޔޭގެ އެންމެ ބޮޑު "20 އިގްތިސާދު"ގެ ފައިނޭންސް މިނިސްޓަރުންނާއި ސެންޓްރަލް ބޭންކްތަކުގެ ވެރިންނާ އައިއެމްއެފުން ވަނީ މަޝްވަރާކޮށް، ހާލަތުން އަރައިގަތުމަށް ކުރެވިދާނެ ކަންކަން ބަލައިފަ އެވެ.

"ކޮރޯނާވައިރަހުގެ ސަބަބުން މުޅި އިންސާނިއްޔަތަށް ކުރާނެ އަސަރު ދެނެގަންނަން ވެސް ދަތި. މި ހާލަތުގައި އިގްތިސާދަށް ކުރިމަތިވާ ގެއްލުންތައް ކުޑަ ކުރުމަށްޓަކައި ގައުމުތަކުން އެކުގައި މަސައްކަތް ކުރުން މުހިއްމު،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އާ ގުޅިގެން މިހާރު ވެސް ތިން ލައްކަ އަށް ވުރެ ގިނަ މީހުންނަށް މި ބަލި ޖެހިފައިވާ އިރު 16،000 ވުރެ ގިނަ މީހުން ވަނީ މި ބަލީގައި މަރުވެފަ އެވެ. މި ބައްޔާ ގުޅިގެން ގިނަ ގައުމުތަކަކުން ބޯޑަރު ބަންދުކުރުމާ އެކު، ވިޔަފާރިތައް ވަނީ ހުއްޓިފަ އެވެ. ބައެއް ގައުމުތަކުން ދަތުރުފަތުރު މެދުކަނޑާލި އިރު، އޭގެ ތެރޭގައި ވިޔަފާރީގެ މުއާމަލާތްތައް ނުހިމެނޭ ގޮތަށް ވެސް ބޯޑަރުތައް ވަނީ ބަންދުކޮށްފަ އެވެ.

ޖޯޖީވާ ވިދާޅުވީ، ދުނިޔޭގެ އިގްތިސާދު ދަށަށްދާ އިރު މި ރިސެޝަންގެ ހާލަތު 2008 ވަނަ އަހަރު ކުރިމަތިވި "ދަ ގްރޭޓް ރެސިޝަން" އަށް ވުރެ ގޯސްވާނެ ކަމަށް ބެލެވޭ ކަމަށެވެ. އޭރު އެމެރިކާ ބޮޑެތި އިންވެސްޓްމެންޓް ބޭންކްތައް ކަމަށްވާ ލޭމަން ބްރަދާސް އާއި މެރީލް ލިންޗް ފަދަ ކުންފުނިތައް ބަނގުރޫޓުވި އިރު ދުނިޔޭގެ އެކި ގައުމުތަކުގެ 400 އަށް ވުރެ ގިނަ ބޭންކް ބަނގުރޫޓުވި އެވެ. މިކަމުގެ އަސަރު ރާއްޖެ އަށް ވެސް ވަނީ ބޮޑަށް ކޮށްފަ އެވެ. އެގޮތުން ޑޮލަރުގެ ތާށިކަން ބޮޑުވެ، ތަކެތީގެ އަގު އިންތިހާ އަށް މައްޗަށް އުފުލުނެވެ.

80 ގައުމަކަށް "އެއް ޓްރިލިއަން" ޑޮލަރު އައިއެމްއެފުން ދެނީ

އިގްތިސާދުތަކަށް ކުރިމަތިވާ މި ހާލަތު ރަނގަޅުވާން ފަށާނީ 2021 ވަނަ އަހަރުގެ ތެރޭގައި ކަމަށް އައިއެމްއެފުން ލަފާކުރެ އެވެ. އެހެން ނަމަވެސް ހާލަތުން އަވަހަށް އަރައިގަތުމަށްޓަކައި ގައުމުތަކުން ވެސް މުހިއްމު ފިޔަވަޅުތަކެއް އަޅަން ޖެހޭނެ ކަމަށް އައިއެމްއެފުން ބުނެ އެވެ. މިކަމަށްޓަކައި އެންމެ ފުރަތަމަ ކަމަކަށް ސިއްހީ ދާއިރާގެ ހާލަތު ރަނގަޅު ކުރުމަށްޓަކައި އަޅާ ފިޔަވަޅުތައް ހިމެނެ އެވެ.

"އިގްތިސާދަށް ލިބޭ ގެއްލުން ވަރަށް ބޮޑުވާނެ. އެކަމަކު ވައިރަސް ފެތުރުން ހުއްޓުމާ އެކު މިކަމުން އަރައިގަތުން އަވަސްވާނެ ކަމަށް ބެލެވޭ،" ޖޯޖީވާ ވިދާޅުވި އެވެ.

މި ހާލަތުން އަރައިގަތުމަށްޓަކައި ގިނަ ގައުމުތަކަކުން އަންނަނީ އައިއެމްއެފްގެ އެހީ އަށް އެދެމުންނެވެ. ގައުމުތަކުގެ އިގްތިސާދަށް ކުރިމަތިވެފައިވާ މި ކާރިސާއިން އަރައިގަންނަން އެންމެ އުނދަގޫ ވާނީ ތަރައްގީވަމުން އަންނަ ގައުމުތަކަށެވެ. އެގޮތުން ހާލަތު ގޯސްވެފައިވާ އިގްތިސާދުތަކުން ގާތްގަނޑަކަށް 83 ބިލިއަން ޑޮލަރު އިންވެސްޓު ކުރުން ވަނީ ހުއްޓުމަކަށް އައިސްފަ އެވެ.

އައިއެމްއެފްގެ އެންމެ ބޮޑު ކަންބޮޑުވުމަކީ ކުދި ގައުމުތަކަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަތަކަށް ހައްލެއް ހޯދުމުގައި މި ދަނޑިވަޅުގައި ކުރިމަތިވާނެ ގޮންޖެހުންތަކެވެ. އެކަންކަމަށް ހައްލުތަކެއް ހޯދައިދިނުމަށްޓަކައި އެފަދަ ގައުމުތަކާ އެކު އައިއެމްއެފުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަގީރު ގައުމުތަކަށް އެހީތެރިވުމަށްޓަކައި ހަދާފައިވާ "ކެޓާސްޓްރޮފީ ކޮންޓެއިންމެންޓް އެންޑް ރިލީފް ޓްރަސްޓް" މެދުވެރިކޮށް އެންމެ ބޮޑަށް އެހީ ބޭނުންވާ ގައުމުތަކަށް އެހީވުމަށް އައިއެމްއެފްގެ މެންބަރުންނަށް އެ އިދާރާއިން ވަނީ ގޮވާލައްވައިފަ އެވެ.

3 ކޮމެންޓް, 18 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 100%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުރާސިލް

24 March 2020

ލަފާލުރެވެނީ މި ރާއްޖެ މި މާލީ އަޑިގަޑުން އަރައި ގަނެވޭނީ ނުވަތަ މިލެވެލް އަށް ގެނެވޭނީ 2023 ގެ ނިޔަލައްކަމަށް ދިހަ ބާރަ އަހަރުން ސޭވް ކުރި ލާރިކޮޅު މިދުއްވާލަން ޖެހެނީ އެމްމެ 3 މަސްދުވަސް ތެރޭ ދެން ކިހިނެއް މިކަމުން އަރައިގަންނާނީ

The name is already taken The name is available. Register?

ރައްފުށު ދިވެއްސެއް

24 March 2020

މިފަދަ ދަނޑިވަޅުބަލައި ކުދި އަދި ފަގީގު ގައުމުތައް އަޅުވެތި ކުރުމުގެ ވިސްނުމުގައި ތިބޭ ބޮޑެތި އަދި އަވައްޓެރި ގައުމުތަކާ ދޭތެރޭ ވިސްނަންވާނެ، ނޫނީ ތާއަބަދައް އަޅުވެތިވެ މިނިވަން ކަން ގެއްލިދާނެ....

The name is already taken The name is available. Register?

ނަން

24 March 2020

ތިބުނީ އިންޑިއާގެ ވާހަކަ ދޯ؟ ރަނގަޅު ވާހަކައެއް.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454