26 މާޗް 2020 - 07:33
ކޮރޯނާވައިރަހާ ދެކޮޅަށް ކުރަމުން އަންނަ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން، ހޮލީވުޑްގެ ތަރި އާނޯލްޑް ޝްވެޒްނެގާ އެއް މިލިއަން ޑޮލަރު ހަދިޔާކޮށްފި އެވެ.
އެމެރިކާގެ ކެލިފޯނިއާ ސްޓޭޓްގެ ގަވަރުނަރުކަން ވެސް ކޮށްފައިވާ 72 އަހަރުގެ އެކްޓަރު މިލިއަން ޑޮލަރު ހަދިޔާކުރީ ފްލެކްސްޕޯޓް ކިޔާ ޖަމާއަތަކުން ގޯފަންޑްމީ ޕޭޖްގައި ފްރޮންޓް ލައިން ރެސްޕޮންޑާޒް ފަންޑްގެ ނަމުގައި ކުރިއަށް ގެންދާ ކެމްޕޭނަށެވެ.
I never believed in sitting on the couch and complaining about how bad things are, I always believed we should all do our part to make things better. This is a simple way to protect our real action heroes on the frontlines in our hospitals, and I’m proud to be part of it. https://t.co/F7s1dh0YFz
— Arnold (@Schwarzenegger) March 24, 2020
އެ ކެމްޕޭނަކީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރީ ސަފުގައި މަސައްކަތްކުރާ ފަރާތްތަކަށް ބޭނުންވާ އެކިއެކި އެހީތައް ފޯރުކޮށް ދިނުމަށް ބޭނުންވާ ފައިސާ އެއްކުރަން ކުރިއަށް ގެންދާ ކެމްޕޭނެކެވެ. އެގޮތުން ފްރޮންޓް ލައިން ރެސްޕޮންޑާޒް ފަންޑަށް މިހާތަނަށް ތިން މިލިއަނަށް ވުރެ ގިނަ ޑޮލަރު ލިބިފައިވެ އެވެ. އަމާޒަކީ މަދުވެގެން 10 މިލިއަން ޑޮލަރު އެއްކުރުމެވެ.
އާނޯލްޑް ކުރި ޓްވީޓެއްގައި ބުނީ މި ދަނޑިވަޅަކީ އެއްވެސް މީހަކު ޝަކުވާކުރަންވީ ވަގުތު ނޫން ކަމަށާއި ކުރަންވީ ކަމަކީ އެ މީހަކަށް ވެވުނު ވަރަކުން އެހީތެރިކަން ފޯރުކޮށް ދިނުން ކަމަށެވެ.
ވަކިން ހާއްސަކޮށް ނުރައްކާތެރި ވަބާއެއް ފެތުރެމުންދާ މި ވަގުތު އެންމެންގެ ސަލާމަތާއި ރައްކާތެރި ކަމަށް އިސް ސަފުގައި މަސައްކަތްކުރާ އެންމެންނަށް ޝުކުރާއި ތައުރީފު ހައްގުވާ ކަމަށް ބުންޏެވެ. އަދި މިފަދަ މަސައްކަތެއްގައި ހިއްސާވެވުމަކީ ފަހުރެއް ކަމަށް ވެސް އާނޯލްޑް ބުންޏެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
2828
26 March 2020
މި އުދަގޫ ދަޑިވަޅުގަވެސް އެންމެ ފުރަތަމަ ނާށިގަޑު ހިފާގެން ސަލާން ޖަހަން މިނުކުތީ މަހުޖަނުން އެކަމަކު އެހެން ގައުމުތަކުގަ މަހުޖަނުން މިލިޔަނުން އެހީފޯރުކޮއްދެމުން ދަނީ ދިވެހި މަހުޖަނުން ނުވީ ތާކައް ސުޓާފުން ގެ މުސާރަކަޑާ ވަޒީފާއިން ވަކިކޮށް މުސާރަނުލިބޭ ގޮތަށް ސުޓާފުން މިފޮނުވަނީ ދަހިވެތިކަމާ ޖައްބާރުކަން ދުރުކުރައްވާތޯ ﷲ ހަޖުރަތު ދުވާދަންނަވަން