29 މާޗް 2020 - 12:21
ފުލުހުންގެ މަގްސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރާ އިތުބާރު ކުރެވޭ ބަޔަކަށް ވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ ޚިދުމަތަށް 87 އަހަރު ފުރުން ފާހަގަކޮށް ސީޕީ ހަމީދު މިއަދު ދެއްވި ހިތޯބުގައި ވިދާޅުވީ، ރައްޔިތުންގެ އިތުބާރު ފުލުހުންނާ މެދު އޮތުމަކީ ވަރަށް ވެސް މުހިންމު ކަމެއް ކަމަށެވެ. އެގޮތުން ފުލުހުންގެ މަސައްކަތްތައް ފުރިހަމަ ކުރުމަށް ފަސޭހަވެގެން ދާނީ ވެސް ރައްޔިތުންގެ އެއްބާރުލުމާއި އިތުބާރާ އެކު ކަމަށް ހަމީދު ވިދާޅުވި އެވެ.
އަދި ފުލުހުންނާ ގުޅުން ބަދަހިވުމުން، މުޖުތަމައުއަކީ ރައްކާތެރި ތަނަކަށް ވެގެންދާނެ ކަމަށާއި ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ އެދުންތަކަށް ރިއާޔަތްކޮށް ފުލުހުންގެ ހިދުމަތްތައް ބައްޓަން ކުރަން ފަސޭހަވެގެންދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފާއިތުވެގެންދިޔަ އަހަރު ފުލުހުން ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކޮށްފައިވަނީ ފާއިތުވި އަހަރު އިފްތިތާހުކުރި ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، ޖުމްލަ 73 ޕްރޮޖެކްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން މި އަހަރު ހާއްސަ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ 15 ކަމެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
ސީޕީ ވިދާޅުވީ ފުލުހުން ކުރަމުން އަންނަ ގިނަ މަސައްކަތްތަކަކީ ބޭރު ގައުމުތަކުގެ އެހީތެރިކަމާ ފަންނީ އެހީތެރިކަން ލިބިގެން ކުރިއަށްގެންދާ މަސައްކަތްތަކެއް ކަމަށެެވެ. އަދި އެ މަސައްކަތްތައް ވަރަށް ކާމިޔާބުކަން ވެސް ސީޕީ ހަމީދު ފާހަގަކުރައްވާފައިވެ އެވެ.
ސީޕީ ވިދާޅުވީ މިދިޔަ އަހަރު ފުލުހުން ރައްޔިތުންނާ އޮންނަ ގުޅުން ބަދަހިކޮށް، އިތުބާރު ހޯދުމަށް ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ. އެ މަސައްކަތްތައް ކޮށްފައިވަނީ އެ އަހަރު އިފްތިތާހުކުރި ސްޓްރެޓެޖިކް ޕްލޭނާ އެއްގޮތަށް ކަމަށެވެ. އެ ޕްލޭން ތަންފީޒުކުރުމަށްޓަކައި، ޖުމްލަ 73 ޕްރޮޖެކްޓެއް އެކުލަވާލާފައިވާ ކަމަށް ވިދާޅުވި އެވެ. އަދި އޭގެ ތެރެއިން މި އަހަރު ހާއްސަ އަހަންމިއްޔަތު ކަމެއް ދޭން ޖެހޭ 15 ކަމެއް ކަނޑައަޅާފައިވާނެ ކަމަށް ވެސް ވިދާޅުވި އެވެ.
އެގޮތުން 2018 ވަނަ އަހަރު ފެށުނު ނެއިބާހުޑް ޕޮލިސްގެ ޚިދުމަތް ފުޅާކޮށް، މާލޭގެ އިތުރަށް އައްޑޫ އަދި ފުވައްމުލަށް ސިޓީގައިވެސް މި ހިދުމަތް ތައާރަފްކޮށްފައިވާ ކަމަށެވެ. އަދި ކޮވިޑް-19އާ ގުޅިގެން ދިމާވެފައިވާ ހާލަތު ބަދަލުވިހާ އަވަހަކަށް އިތުރު ހަ އަތޮޅެއްގައި، ޚިދުމަތް ތައާރަފްކުރާނެ ކަމަށް ވިދާޅުވި އެވެ. މީގެ އިތުރަށް އަތޮޅު ތެރޭގައި ދެމުން އަންނަ ހިދުމަތްތައް ހަރުދަނާ ކުރުމުގެ މަސައްކަތް ވެސް ކުރިއަށް އޮތް އަހަރު ތެރޭގައި ކުރިއަށްދާނެ ކަމަށް ވިދާޅުވި އެވެ.
ސީޕީ ހަމީދު ވިދާޅުވީ، ފުލުހުންގެ މަސައްކަތްތަކުގެ ތެރެއިން އާންމުން އެންމެ ބޭނުންވާ އެއް ކަމަކީ ކުށުގެ މައްސަލަތައް ކަމަށެވެ. އެގޮތުން 2018 ވަނަ އަހަރާ އަޅާބަލާ 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތައް ގިނަކަން ފާހަގަކުރައްވައި ވިދާޅުވީ އެ މައްސަލަތައް ގިނަވި ނަމަވެސް، ޕްރޮސެކިއުޓްކުރަން ފޮނުވި މައްސަލަތައް ވެސް އިތުރުވެފައިވާ ކަމަށެވެ. މިއީ ވެސް ރައްޔިތުންގެ އިތުބާރު ހޯދުމަށް ކުރާ މަސައްކަތްތައް ކާމިޔާބުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ސީޕީ ވިދާޅުވި އެވެ.
ފުލުހުންގެ 87 އަހަރީ ދުވަހުގެ މުނާސަބަތުގައި ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ހަމީދު ދެއްވާ ޚިޠާބު #MPS #PoliceDay #ފުލުހުންގެދުވަސްhttps://t.co/WR5PRXMUno
— Maldives Police (@PoliceMv) March 29, 2020
ސީޕީ ހަމީދުގެ ހިތާބު
ފާއިތުވެގެން ދިޔަ އަހަރުތައް ތެރޭގައި ފުލުހުންގެ ކަންކަން ހުރި ގޮތަށް ބަލައި އާންމުންގެ މެދުގައި ފުލުހުންނަށް އޮތް އިތުބާރު ވަރަށް ބޮޑަށް ވަނީ ގެއްލިފަ އެވެ. އަދި މިކަން ހައްލުކޮށް ފުލުހުންނަކީ ރައްޔިތުންނާ ގާތުން މަސައްކަތްކުރާ އެކުވެރި އަދި އިތުބާރު ކުރެވޭ ބަޔަކަށް ހައްދަވާ ދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ވައުދުވެވަޑައިގެންފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
29 March 2020
މިތާ ހުޅުމާލެ ނިރޮޅު މަގުގަ އެކި ހިސާބުތަކުގަ ކޯނު ބަހައްޓައިގެން ކީއްތަ ތިކުރަނީ؟ ޗެކުކުރަނީކީ ނޫން، ބަންދުކުރަނީކީ ނޫން. ހަފްތާއެއް ވަންދެން އެއްވެސް ކަމެއް ނުވާގޮތަށް އެ ކޯނުތައް ބެހެއްޓުމުގެ ޭ ބޭނުމެއް ނުފެނޭ
މާވަހަރު އަލީ
29 March 2020
އިތުބާރަކީ ގެއްލުވާލީމަ އަނބުރާ ލިބޭނެ އެއްޗެއް ނުނޭ އިނގޭތޯ!
ރިޒޫމާ
29 March 2020
އިތުބާރު ނުކުރެވޭ،ނުވެސް ކުރާނަން.
ދަތްނެތްކުއްޖާ
29 March 2020
އިތުބާރު ކިހިނެއްތޯ ކުރާނީ! ޓަނުން ޓަނުން ތިޔަ ހިފާ ޑްރަގު ތަކަކަށް ވަނީ ކިހިނެތް ތޯ ވެސް ރައްޔިތު މީހާ އަކަށް ނޭގޭ. ރައްޔިތުންގެ ކުރިމަތީ ގައި ތިޔަ ތަކެތި ނައްތާލަނީކީނޫން. ބުނަނީ ތަޙުޤީގު ތަޙުޤީގު އަށް ބެހެއްޠިފައޭ އެތަކެތި ހުރީ. ދެން ވާގޮތެއްނޭގެ ޖައްވަށް ފަޒާއަށް އެތަކެތި އަރައިގެންދަނީ. ހިފޭ ޑްރަގު ތައް ދުވަހުން ދުވަހަށް ރައްޔިތުންގެ ކުރިމަތީގައި ކޯޓެއްގެ އަމުރެއްގެ ދަށުން ނައްތާލެވެންޖެހޭނެ. އޭރުން ޙެއްކެއްވެސް ނުގެއްލޭނެ. މިކަން ކޮއްބަލަ!
މަލާ
29 March 2020
ފުލުހުންގެ މަގްސަދަކީ ރައްޔިތުންނާ ވީހާ ވެސް ގާތުން މަސައްކަތްކުރާ އިތުބާރު ކުރެވޭ ބަޔަކަށް ވުން ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވާއިރު އެއްފަހަރުވެސް ބައްލަވާލެއްވިންތޯ ރާއްޖެތެރޭ ރަށްރަށަށް ޑިއުޓީއަށް ފޮނުވާފަ ތިބޭ ފުލުހުންގެ ކަންތައް ހުންނަގޮތް. ޔަގީނުންވެސް ކޮލަމާފުށީގަ ތިބޭ ފުލުހުން ތިބެނީ އޮފީސް ތެރޭގަ.މަސްތުވާތަކެތި ބޭނުންކުރާމީހުންނާ ގާތްގުޅުމެއްއޮވޭ.ރަށުތެރޭގަ ވަނީ ކީއްތޯބަލާލާކަށް ނުނިކުމޭ.ކިހިނެއް އިތުބާރު ކުރާނީ.
ކުމާރުު
29 March 2020
އިންޓެލިޖެންސް މައްސަލައެއްގައި ހަމީދު އިތުބާރު ގެއްލިފައި ހުއްޓާ ފުލުހުންގެ ބޮޑު މީހަކަށް ބަހައްޓައިގެން މިކަން ކުރަނީ ކިހިނެއްތޯ؟
ގާދިރު
29 March 2020
ފުރަތަމަ ތި ތަނުގެ އެތެރޭގެ ކަރަޕްޝަން އިސްލާހު ކޮށްފަ ދެން ތިކަމާ އުޅެންވީ ނޫންތޯ..
އަހުމަދުބޭ
29 March 2020
މިގައުމުގައި މިކިޔާ ޑިމޮކްރަސީ އޮތްހައިދުވަހަކު ޕޮލިހުންނަކަށް ތިކަމެއްނުވާނެ، އެއީ ޕޮލިހުންނަކީ ވެސް އިންސާނުންނަށް ވާތީ، ކޮންމެ ފަސްއަހަރަކުން ވެރިކަމާ ތަޅައިފޮޅައި ސިޔާސީވެރީންނަށް ޚިދުމަތް ދޭހައި ހިދަކު ތިކަމެއްނުވާނެ ހައްތަހައިވާނީ ގޯސް
އެންދެރި
29 March 2020
ފުލުހުން ނިކުމެ ރޭގަނޑު 9 ން ހެނދުނު 6 ށް މަގުމަތީ އުޅުން މަނާ ކުރަން ވީ އެވެ. ލޯކަލް މާރުކޭޓް ގެ ހާލަތު ގޯހެވެ. އެއްޗެއް ގަނެފަ ފައިސާ މިދޭން ޖެހެނީ ގަވާއިދާ ހިލާފައް ކޭޝިޔަރަކަށް ހުންނަ ބިދޭސީ މީހާ އަތަށެވެ. އޭނަ އެފައިސާ ބައެއް ފޮނުވާލަނީ ބޭރަށެވެ. ދިވެހީން ގެ ވަޒީފާ ދަނީ ގެއްލެމުންނެވެ.