ވެލާނާގެ ކައިރީގައި މުވައްޒަފުންތަކެއް މަޑުކޮށްލައިފި-- ފޮޓޯ:
01 އެޕްރީލް 2020 - 16:12
ރާއްޖޭގައި ފުރަތަމަ ފަހަރަށް ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގަން މިއަދު ފަށައިފި އެވެ.
މިއަދުން ފެށިގެން މުސާރަ އާއި ލިބޭ އިނާޔަތްތަކުން ޓެކްސް ނަގަން ފަށާ އިރު މި ޓެކްސް ނަގަނީ 60،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުންނެވެ. އިންކަމް ޓެކްސްއާ ގުޅޭ ގޮތުން މަޖިލީހަށް އެންމެ ފުރަތަމަ ހުށަހެޅީ މަހެއްގެ މައްޗަށް 40،000ރ. އަށް ވުރެ ބޮޑު އާމްދަނީއެއް ލިބޭ މީހުންގެ އަތުން ނެގުމަށެވެ. އެހެން މި ބިލް ގާނޫނަކަށް ވީ އިރު އެކަން ވަނީ ބަދަލުކޮށްފަ އެވެ.
މަހެއްގެ މައްޗަށް 60،000ރ. އަށް ވުރެ ބޮޑު، 100،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 5.5 ޕަސެންޓް ނަގާނެ އެވެ. އަދި 100،000ރ. އަށް ވުރެ ބޮޑު، 150،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކުހުގެ ގޮތުގައި ނަގާނީ އަށް ޕަސެންޓެވެ. އަދި، 150،000ރ. އަށް ވުރެ ބޮޑު، 200،000ރ. ނުވަތަ އެ އަށް ވުރެ ކުޑަ އާމްދަނީއެއް ލިބޭ މީހުންގެ އަތުން ޓެކްސްގެ ގޮތުގައި 12 ޕަސެންޓު ނަގާނެ އެވެ. އާމްދަނީ 200،000ރ. އަށް ވުރެ މަތި ނަމަ، ނަގާނީ 15 ޕަސެންޓެވެ.
ކުންފުނިތަކުން ޑިވިޑެންޑަށް އެއް މިލިއަން ރުފިޔާ އަށް ވުރެ އިތުރަށް އާމްދަނީ ލިބޭ އިރު ޑިވިޑެންޑުން ޓެކްސް ނުނަގަން މަޖިލީހުން ވަނީ ނިންމައިފަ އެވެ. އަދި ގާނޫނު ފާސްވީ ވެސް އެހެންނެވެ.
Income Tax Deadlines #AamdhaneenNegeyTax#IncomeTaxMv pic.twitter.com/krHfIXHfPJ
— MIRA (@MIRAmaldives) April 1, 2020
މީރާއިން ވަނީ ފަރުދުންގެ އަތުން އިންކަމް ޓެކްސް ނަގާނެ ސުންގަޑިތައް ވެސް މިއަދު އާންމުކޮށްފަ އެވެ. އެގޮތުން މަހުން މަހަށް ކަނޑާ އުސޫލުން މި ޓެކްސް ދައްކާނަމަ އަންނަ މަހުގެ 15 ގެ ކުރިން ޓެކްސް އަށް ވާ ފައިސާ ދައްކަން ޖެހޭނެ އެވެ. މީގެ އިތުރުން އިންޓެރިމް ޕޭމެންޓްގެ ގޮތުގައި ދައްކަން ޖެހޭ ފުރަތަމަ ޕޭމެންޓް އަންނަ ޖުލައި މަހުގެ 31 ވަނަ ދުވަހަށް ހަމަވާ އިރު ދެވަނަ އިންޓެރިމް ޕޭމެންޓްގެ މުއްދަތު ހަމަވަނީ އަންނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ އަހަރު އެވެ. އަދި ތިން ވަނަ އިންޓެރިމް ޕޭމެންޓްގެ މުއްދަތު ހަމަވަނީ 30 ޖޫން، 2021 އެވެ.
މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 17 ވަނަ ދުވަހު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ތަސްދީގު ކުރެއްވި އިންކަމް ޓެކްސްގެ ގާނޫނުގެ ދަށުން މުސާރައިގެ ގޮތުގައި ލިބޭ އާމްދަނީ ނޫން އެހެން ހުރިހާ އާމްދަނީ އަކުން ޓެކްސް ނަގަން ފެށީ މިއަހަރުގެ ޖެނުއަރީ 1 ވަނަ ދުވަހުން ފެށިގެންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ހަންދްރޯ
02 April 2020
މަސްތުވާތަކެތި ވިއްކާ މިހުންގެ ޓްކްސް ނުނަގަންތަ..ސަރުކާރައް އެންމެ ރަގަޅު ޓެކުހެއް ލިބާނީ ބޮޑެތި ޑީލަރުން އަތުން.. ކޮންމެ ބަސްޓެއްގަވެސް އުޅޭ އެންނު މިލިޔަނުން މިލިޔަނުް
ހޭކެނޑޭ
02 April 2020
ކޮބާ ހުރިހާ ސޭޓުޖީންތައް ކީކޭތޯ ވިދާލުވަނީ މިކަމުގައި. ވަކިން ޙާއްސަކޮއް ހުރިހާ ކުދިންގެ ޖާބިރު ސޭޓު ބުނަނީ ކީކޭތޯ!
ޢިބްރާހިމް މުޙައްމަދު
01 April 2020
ޢަޅެ ތަންފުކެއް ބޮދުވަރު
ގައުމުގެ ދޫ
02 April 2020
އިބުރާހިމާ ކިތައްމީހުންނަށްތަ މަހަކު 60،000 ރުފިޔާ ލިބެނީ، މި ބުނާ ޓެކުހެއް ދައްކާނީ އެހާ ބޮޑެތި މުސާރަވެރިންނޭ. ވާނުވާ ބެލުމެއްނެތި ހަމަ ތަންފުކެއް ބޮޑުވަރޭ ލިޔަހަރަގެން ލިޔެ ކޮމެންޓުކުރަނީ. މާދަމާވެސް އައި.ޖީ.އެމް.އެޗް ގެ ފަންކާ ހުއްޓިފަ ހުއްޓާ ފެނުނަސް ހަމަ ހަޅޭލަވާނީ އިބުރާހީމުމެންނޭ، ނަމަވެސް ހަނދާނުގާ ނުހުންނަ ކަމަކީ ސަރުކާރުން ދޭ ޚިދުމަތަށްވެސް ޚަރަދެއް ހިނގާކަން. ޚިދުމަތް ފަސްޓުކުލާސް ފެންވަރުގަ އެ ކަމަކު ޓެކުސްދައްކަންވީމާ ބޮޑުވަރު.
ޒަހުރާ
01 April 2020
މިއީ އެ ބުނާ ރައްޔިތުންނަށް އަޅާލާ އޯގާތެރި ވެރިކަން. ބަލަ ތިޔަ ޓެކްސް އާޚިރުގައި ހަމަ ދައްކަންޖެހޭނީ ނިކަމެތި ދިވެހި ރައްޔިތުންނަށް. ގެ ކުއްޔަށްދޭ މީހާ ޓެކްސަށް ވާ ވަރަށް ކުލި ބޮޑުކުރާނެ. ވިޔަފާރިވެރިން ޓެކްސަށް ވާ ވަރަށް ތަކެއްޗާ ޚިދުމަތުގެ އަގުބޮޑުކުރާނެ. އާޚިރުގައި ނިކަމެތިން ނިކަމެތިވުން ނޫން ކަމެއް ނުވާނެ. ޚާއްޞަކޮށް އިގްތިޞާދު ހުއްޓިފައިވާ މި ދަނޑިވަޅުގައި ތިޔަ ޓެކްސް ނަގަން ފެށުމަކީ ރިހޭ ފައި މައްޗަށް ފޮއި ވައްޓާލުން ފަދަ ކަމެއް.
އަހުމަދުބޭ
01 April 2020
ތިކަން ކުރާނެތާ އޭރުންދޯ ސިޔާސީ އެންމެންނަށް މުސާރަކޮޅު ދެވޭނީ، މީގަމިވާގޮތަކީ، ޕުރައިވެޓްސެކްޓާރ ގުދުބިދެންދެން މަސައްކަތްކޮށް ލާރިހޯދައިގެން މީރާއަށް ޓެކުސްދެއްކީމައި ސިވިލް ސާރވެންޓުންނާ ސިޔާސީ ވެރިންނަށް މުސާރަ މިދެވެނީ، އެކަމަކު ޕުރައިވެޓް ސެކްޓަރ އަބަދު އޮންނަންޖެހެނީ ނޭވައި ހޮޅިއަށް އެޅިފައި
އާއިޒް
01 April 2020
ޜަގަޅު ނިންމުމެއް.1 މިލިއަނާއި 3 މިލިންއަން އާމްދަނީ ހޯދާ މީހުން އެބައުޅޭ މިި ގައުމުގައި.