މުނިފޫހިފިލުވުން

"ތަޚުތު" އާ ބެހޭ ގޮތުން ދެކެވޭ ވާހަކަތައް ކަރަން ޖޯހަރް ދޮގުކޮށްފި

ރަންވީރު، ބުޝަން އަދި ކަރަން.

ބޮޑު ބަޖެޓަކުން އޭ-ލިސްޓް ކާސްޓަކާ އެކު ހަދަން ނިންމާފައިވާ ކަރަން ޖޯހަރުގެ ތާރީހީ ބޮޑު ފިލްމު "ތަޚުތު" އާ ބެހޭ ގޮތުން މީޑިއާތަކުގައި ދެކެވެމުންދާ ވާހަކަތައް ދޮގުކޮށްފި އެވެ.

މިދިޔަ ހަފުތާގައި މީޑިއާތަކުން ބުނީ އެ ފިލްމުގައި ހިއްސާނުވާން ނިންމައި ކަރަން ދަރުމާ ޕްރޮޑަކްޝަނާ އެކު ހަދާފައި އޮތް އެއްބަސްވުން އުވައިލަން ފޮކްސް ސްޓާ އިންޑިއާ އިން ނިންމާފައިވާ ކަމަށެވެ. ބައެއް ނޫސްތަކުން ބުނިގޮތުގައި ދަރުމާއާ އެކީގައި ފާއިތުވި 10 އަހަރު މަސައްކަތްކުރި ސްޓޫޑިއޯ އިން ކަރަންއާ ފެއަށް ޖެހެން ނިންމީ "ތަޚުތު" ގެ މަސައްކަތްތައް ލަސްވުމާއި ފިލްމުގެ ބޮޑު ބަޖެޓާ ހެދި އެވެ.

ނަމަވެސް އެ އެއްބަސްވުން އުވައިލި ކަމެއް މިހާތަނަށް ރަސްމީކޮށް ކަށަވަރެއް ނޫނެވެ. އަދި މި ހަފުތާގައި މީޑިއާތަކުން ވަނީ ބުޝަން ކުމާރުގެ ޓީ ސީރީޒުން "ތަޚުތު" ޕްރޮޑިއުސަރެއްގެ ގޮތުގައި ހިއްސާވާން ނިންމާފައިވާ ކަމަށް ޚަބަރު ފަތުރައިފަ އެވެ.

އެގޮތުން ބޮލީވުޑް ހަންގާމާ އިން ބުނީ ބުޝަން ކުމާރުގެ ޓީ ސީރީޒާ އެކު ކަރަން އަށް މިހާރު އެއްބަސްވުމަކަށް އާދެވިފައިވާ ކަމަށެވެ. އެހެންވެ ފުރަތަމަ ފަހަރަށް ދަރުމާގެ ފިލްމެއްގައި ޓީ ސީރީޒުން ހިއްސާވާނެ ފިލްމަކީ "ތަޚުތު" ކަމަށް ބުންޏެވެ. އެ ކުންފުންޏަކީ އިންޑިއާގެ އެންމެ ކާމިޔާބު އަދި ކޮންމެ އަހަރަކު ވެސް ގިނަ އުދެއްދުންތަކެއް ގެނެސްދޭ ތަނެކެވެ.

ހަންގާމާ އިން ބުނިގޮތުގައި ޓީ ސީރީޒުން ކަރަންގެ ފިލްމުގައި ހިއްސާވާން ނިންމީ ކަރަން އަށް ކުރެވޭ އިތުބާރާއި "ތަޚުތު" އާ މެދު ބުޝަން އަށް ބޮޑެތި އުންމީދުތަކެއް ކުރެވޭތީ އެވެ. މި ފިލްމަކީ ގާތްގަނޑަކަށް 200 ކްރޯޑް ރުޕީސް (26 މިލިއަން ޑޮލަރު) ގެ ބަޖެޓަކުން ހަދަން ނިންމާފައިވާ ފިލްމެކެވެ.

މީޑިއާތަކުން ބުނީ ޓީ ސީރީޒީއާ އެކު އެއްބަސްވުމަކަށް ދިއުމުގެ ކުރިން ކަރަން އިންޑިއާގެ ދެކުނު ފިލްމު އިންޑަސްޓްރީގެ ބޮޑު ޕްރޮޑަކްޝަން ހައުސް ލައިކާއާ އެކު ވެސް މަޝްވަރާތަކެއް ކުރި ކަމަށެވެ. އެކަމަކު ދެ ފަރާތަށް އެއްބަސްވުމަކަށް ނާދެވިގެން މަޝްވަރާތައް ހުއްޓާލީ އެވެ. ލައިކާ އަކީ ރަޖްނީކާންތު "2.0" އާއި "ދަރުބާރު" ފަދަ ފިލްމުތައް ގެނެސްދިން ޕްރޮޑަކްޝަން ހައުސް އެވެ.

ނަމަވެސް މި ވާހަކަތައް ދޮގުކޮށް ކަރަން ބުނީ "ތަޚުތު" އާ ބެހޭ ގޮތުން ދެކެވެނީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށެވެ. އަދި އެފަދަ ވާހަކަތައް ފެތުރުމުގެ ބަދަލުގައި މީޑިއާތަކުން މި ވަގުތު ކުރަން މާ މުހިއްމު ކަންކަން ގައުމުގައި އެބަހުރި ކަމަށް ބުންޏެވެ.

އަންނަ އަހަރުގެ ޑިސެމްބަރު 24 އަށް ތާވަލުކޮށްފައިވާ "ތަޚުތު" ގެ ކާސްޓުންނަކީ ރަންވީރު ސިންގް، ކަރީނާ ކަޕޫރް، ވިކީ ކޯޝަލް، އާލިއާ ބަޓް، އަނިލް ކަޕޫރް، ޖާންވީ ކަޕޫރް އަދި ބޫމީ ޕެޑްނޭކަރެވެ.

މި ފިލްމުގެ ޝޫޓިން މިދިޔަ މަހު ފަށަން ނިންމާފައި ވަނިކޮށް ކޮރޯނާވައިރަހާ ގުޅިގެން މަސައްކަތްތައް ވަނީ މަޑުޖައްސާލައިފަ އެވެ.

0 ކޮމެންޓް, 0 ރިއެކްޝަންސް

icon happy icon happy 0%
icon sad icon sad 0%
icon angry icon angry 0%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454