ކ. ގުޅިފަޅު:
02 އެޕްރީލް 2020 - 14:28
ތިލަފުއްޓާއި ގުޅީފަޅުން ދޫކޮށްފައިވާ ބިންތަކުގެ ކުލިން 30 ޕަސެންޓް މާފުކޮށްދީފި އެވެ.
އެ ކުންފުނިން އިއްޔެ ނެރުނު ބަޔާނުގައި ބުނީ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ ދަތިތަކަށް ހައްލެއް ހޯދައިދޭން މި މަހުން ފެށިގެން ކުރިއަށް އޮތް ތިން މަހަށް ދައްކަންޖެހޭ މަހު ކުލިން 30 ޕަސެންޓް އުނިކުރަން ނިންމާފައިވާ ކަމަށެވެ.
ކުލި ކުޑަކޮށްދިން ތަންތަނުގެ ތެރޭގައި ބިމާއި ކުއްޔަށް ދޫކޮށްފައިވާ އެޕާޓްމަންޓުތައް ހިމެނެ އެވެ. އެޕާޓްމަންޓްތަަކަކީ ގުޅީފަޅުގައި މީގެ ކުރިން ހެދި ފްލެޓުތަކެވެ. އެ ތަންތަން މިހާރު ކުއްޔަށް ހިފައިގެން އުޅެނީ ކުންފުނިތަކުން، އެ ކުންފުނިތަކުގެ ބިދޭސީ މަސައްކަތްތެރިން ގެންގުޅުމަށެވެ.
ދުނިޔޭގައި ފެތުރެމުންދާ ބަލިމަޑުކަމެއްގެ ގޮތުގައި ކަނޑައަޅާފައިވާ ކޮވިޑް-19 ގެ ސަބަބުން ދިމާވެފައިވާ މާލީ ދަތިތަކާ ގުޅިގެން ކުންފުނިތަކާއި އަމިއްލަ ފަރާތްތަކުން އަންނަނީ ލުއިތައް ދެމުންނެވެ.
ހުޅުމާލޭގައި ދޫކޮށްފައިވާ ފްލެޓުތަކުގެ ކުލި ވެސް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ކުޑަކޮށްދީފައިވާއިރު އަމިއްލަ މީހުން ވެސް އަންނަނީ އެ މީހުން ކުއްޔަށް ދީފައިވާ އިމާރާތްތަކުގެ ކުލި ކުޑަކޮށްދެމުންނެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ބޮޑުމީހާ
02 April 2020
މިވަގުތަކީ އައްޑޫ މީހުންނާއި ހުވަދޫއަށް ނިސްބަތްވާ މީހުންގެ ތެރެއިން މާލޭގައި ބޮޑު ކުލީގަ އުޅޭ މީހުން އައްޑޫއަށް ބަދަލުވާންވީ. ބިން ބޮޑު، ޓާޝިއަރީ ހޮސްޕިޓަލް، މަތީ ތައުލީމު، މަސް ފެކްޓްރީ، ޓޫރިޒަމް، އިންޓަރނޭޝަނަލް އެއާޕޯޓު އަދި ސީޕޯޓު. ހުރިހާ ހިދުމަތެއް އެބަހުރި. ބިން ލިބޭނެ ގޮތް ހައްދަވާ، ބަދަލުވާނަން
ދޭސީ
02 April 2020
ދިވެހި ސަރުކާރު ހިނގަނީ ވިޔަފާރިތައް ހިމާޔަތް ކޮށްދޭން. އެޗްޑީސީން މީހުން ދިރިއުޅޭ އެޕާޓްމަންޓުތަކުގެ އެންމެ ފުރިޔާއެއްވެސް އަގު ކުޑަކޮށްލަދޭން ނުކެރުނު. 30% ކުލި ލަސްކޮށްދިނީ. ދިރިއުޅުމަށްވުރެ ވިޔަފާރި މުހިއްމު.
ކޮވިޑް
02 April 2020
ކަލޯ ފެނޭތަ...ވަރިހަމަ އެއްނުން ނިކަމެތިންނަށް މުސާރަ ނުލިބުނަސް, ފަހުންދައްކާ ގޮތަށް ޕަސެންޓް ހެދިޔަސް...މިވެރިން ނައް މާފް...މީތި ކަޑަ...ހަމަ ވާންޖެހޭ...ކުރާކަން ތައް ދެކޮޅު ނުޖެހޭ...އަމަލާ ބަހާ ދިމާނުވޭ...
ބޮޑުމީހާ
02 April 2020
މުޅިން ވިޔަފާރިވެރިންނަށް އެހީތެރި މިވަނީ. އެހީތެރިވާއިރު ދިވެހިންގެ ވަޒީފާ ހިމާޔަތްކުރާނެ ވިޔަފާރިވެރިންނަށް އިސްކަންދީ
ނިރު
02 April 2020
ދިރާގުންވެސް އަގަކަށް ބަދަލެއް ނުގެނޭ ފާޑުފާޑުގެ އެޑޮންތަށް ހަދަނީ ... މިފެނިގެން ދިޔައީ ހަރުމުދާ ވިއްކުމުގެ ހިތި ނަތީޖާ...
ގޯސް
02 April 2020
ވިސްނާލާ މުއްސަދިން ތިޔަތަންތަނުން ބިންނަގާފަވާނީ. އެހުރިހާއެއްޗެއް ކަނޑާލީމަ ދެން ދައުލަތަށް ލުބޭނީ ކޮން އާމްދަނީއެއް. ޢެކަމަކު ދެރަ ނިކަމެތި މީހާ ޖީއެސްޓީ ދައްކަންޖެހޭ. އަދި ހުޅުމާލެ ފްލެޓްތަކުން ވެސް ކުލި ލުއިކޮށެއްނުދޭ. ކުރިކަމަކީ އޮޅުވާލުން.
އަންނި ތަކުރުބެ
02 April 2020
ހުރިހާއެއްޗަކުން ވެސް ޕަސަންޓުން އެބަކުޑަކުރޭ ނޫސް ތަކުން އެއްވެސް ބިލަކުން އަދިޕެކޭޖަކުން ނުފެނޭ އަނެއްދިވެހިރާޖެިން ފެންނާނެ ކަމައްވަނީ ......