ދުނިޔެ / ބަންގްލަދޭޝް

މުޖީބުއްރަހުމާންގެ ގާތިލް 45 އަހަރު ފަހުން ދަންޖައްސައިފި

ޑާކާގައި ބަހައްޓާފައިވާ ބަންގްލަދޭޝްގެ ބާނީ ޝެއިޚް މުޖީބުއްރަހުމާންގެ ފޮޓޯއެއް ކައިރީ ފުލުހަކު މަޑުކޮށްލައިގެން. --ފޮޓޯ:އޭއެފްޕީ

ޑާކާ (އެޕްރީލް 12) - ބަންގްލަދޭޝްގެ މިނިވަންކަމުގެ ބާނީ އަދި މިހާރުގެ ބޮޑު ވަޒީރު ޝެއިޚް ހަސީނާގެ ބައްޕާފުޅު ޝެއިޚް މުޖީބުއްރަހުމާން 1975 ވަނަ އަހަރު އަވަހާރަކޮށްލިކަމުގެ ކުށް ސާބިތުވި ސިފައިންގެ އޮފިސަރަށް، 45 އަހަރު ފަހުން މަރުގެ އަދަބު މިއަދު ދީފި އެވެ.

އަބްދުލް މަޖީދު ދަންސައިފައި ވަނީ މާފް ދިނުމަށް އެދި ރައީސް އަށް ހުށަހަޅާފައި ހުށަހެޅުން މި ހަފުތާގައި ގަބޫލްނުކޮށް ދޫކޮށްލުމާ ގުޅިގެންނެވެ.

ޝެއިޚް މުޖީބު އަވަހާރަކޮށްލީ އޮގަސްޓް 15، 1975 ގައި ގެނައި އަސްކަރީ ބަޣާވާތެއްގަ އެވެ. މުޖީބު އަވަހާރަކޮށްލީ ޕާކިސްތާނުގެ ބާރުގެ ދަށުން ބަންގްލަދޭޝް އަށް މިނިވަންކަން ލިބުނުތާ ހަތަރު އަހަރު ފަހުންނެވެ. އެ ބަޣާވާތުގައި ވަނީ ހަސީނާ އާއިލާގެ ގިނަ ބަޔަކު އަވަހާރަކޮށްލައިފަ އެވެ.

ޝެއިޚް މުޖީބުއްރަހުމާން އަވަހާރަކޮށްލުމަށް ފަހު އަބްދުލް މަޖީދު ވަނީ ފިލައިގެން 25 އަހަރު އުޅެފަ އެވެ. ބަޣާވާތަށް ފަހު ވެސް ފިލައިގެން އޭނާ އުޅުނީ ބަންގްލަދޭޝްގަ އެވެ. ނަމަވެސް ބޮޑު ވަޒީރު ކަމަށް ހަސީނާ ވަޑައިގަތުމާ އެކު 1996 ވަނަ އަހަރު އޭނާ އިންޑިއާ އަށް ދިޔަ ކަމަށް ބެލެވެ އެވެ.

ހަސީނާ ވަނީ އެކަމަނާގެ ބައްޕާފުޅުގެ ގާތިލުންނަށް ދައުވާ ނުކުރެވޭނެކަމަށް އޮތް ގާނޫނު 1998 ވަނަ އަހަރު އުވާލައިފަ އެވެ. އަދި އަބްދުލް މަޖީދުއާ އެކު އެތައް ބަޔަކަށް ވަނީ މަރުގެ ހުކުމް އިއްވައިފަ އެވެ. ބަންގްލަދޭޝްގެ ސުޕްރީމް ކޯޓުން ވަނީ އެ ހުކުމް 2009 ވަނަ އަހަރު ދަމަހައްޓައިފަ އެވެ. އަދި އެކަމުގައި ބައިވެރިވި މީހުންގެ އަދަބު ވަނީ ތަންފީޒްކޮށްފަ އެވެ.

އަބްދުލް މަޖީދު ހައްޔަރުކޮށްފައި ވަނީ އޭނާ މިދިޔަ މަހު އެނބުރި ބަންގްލަދޭޝް އަށް ދިޔަ ތަނުންނެވެ.

7 ކޮމެންޓް, 34 ރިއެކްޝަންސް

icon happy icon happy 65%
icon sad icon sad 12%
icon angry icon angry 24%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

މުޙައްމަދު ޝަމީމް

13 April 2020

ގާތިލްގެ ފޮޓޯގަނޑެއްވެސް ނުލިބިނީތޯ؟

The name is already taken The name is available. Register?

ޝޮކްތެރަޕީ

12 April 2020

ނުވެމްބަރު 3ގެ އުދުވަނީ ހަމާލަގެ މޭސް ތިރިންނަ. މައުމޫން ވަނީ މަައަފްދީފަ.

The name is already taken The name is available. Register?

ހަޑިގިއްލާ

12 April 2020

ފެބްރުއަރީ 7 ގެ ބަޤާވާތުގެ ބައިވެރިންވެސް ވަނީ ހުދު ކާފޫރަށްވެފަ

The name is already taken The name is available. Register?

ހީދު

12 April 2020

ހަސީނާ ކުރެއްވި އެއްމެ ރަގަޅު ކަންތަކެވެ.

The name is already taken The name is available. Register?

ތަނަނަ

12 April 2020

މުހައްމަދު އަމީން ދީދީ ގެ ގާތިލުން މިދުނިޔެ ދޫކޮށް ދިޔައީ ހައްގު އަދަބު ނުލިބި.

The name is already taken The name is available. Register?

އިސްމާލުކަލޭފާނު

12 April 2020

ޑރ. އަފްރާޝީމުގެ ގާތިލުނަށް އަދަބުދިނުންވެސް 45 އަހަރު ފަހުންބާ؟ އެދުވަސް ދެކޭން އަހަރެމެން މިތާ ތިބޭނެބާ؟

The name is already taken The name is available. Register?

އާދަމް ބާއީ

12 April 2020

މަަރަށްމަރު.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454