އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މިރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަނީ. --ފޮޓޯ:އޭއެފްޕީ
21 އެޕްރީލް 2020 - 22:19
ލަންޑަން (އެޕްރީލް 21) - ކޮރޯނާވައިރަހުން ޖައްސާ ކޮވިޑް-19 ގެ ވެކްސިންގެ އިންސާނުން ބޭނުންކޮށްގެން ހަދާ ޓެސްޓްތައް ބުރާސްފަތި ދުވަހު ފަށާނެ ކަމަށް އިނގިރޭސި ވިލާތުގެ ހެލްތު ސެކްރެޓަރީ މެޓް ހެންކޮކް މިރޭ ވިދާޅުވެއްޖެ އެވެ.
ލަންޑަނުގައި ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ހެންކޮކް ވިދާޅުވީ ކޮރޯނާވައިރަހަށް ވެކްސިނެއް ހޯދުމަށް ދުނިޔޭގެ އެހެން އެއްވެސް ގައުމަކަށް ވުރެ ބޮޑަށް އިނގިރޭސި ވިލާތުން ޚަރަދުކުރާ ކަމަށެވެ. ވެކްސިނެއް އުފެއްދުމަށް އޮކްސްފޯޑާއި އިމްޕީރިއަލް ކޮލެޖުގެ މަސައްކަތަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބެމުން އަންނަ ކަމަށް ވިދާޅުވި އެވެ.
ހެލްތު ސެކްރެޓަރީ ވިދާޅުވީ ވެކްސިން އުފެއްދުމަށް އޮކްސްފޯޑް ޓީމުގެ ކްލިނިކަލް ޓްރަޔަލްސް އަށް އިނގިރޭސި ސަރުކާރުން 20 މިލިއަން ޕައުންޑް ޚަރަދުކުރާނެ ކަމަށެވެ.
ކޮރޯނާވައިރަހުގެ ވެކްސިން އަންނަ ސެޕްޓެމްބަރު މަސް ހިސާބުގައި ލިބޭވަރު ވާނެ ކަމަށް އޮކްސްފޯޑް ޔުނިވާސިޓީގެ ޕްރޮފެސަރަކު ވަނީ ވިދާޅުވެފަ އެވެ. ސައެންސްވެރިން ކުރިން ބުނަމުން އައީ އެކި މަރުހަލާތަކަށް ފަހު ކޮރޯނާވައިރަހުގެ ވެކްސިނެއް ލިބޭވަރު ވާނީ 12-18 މަހާ ދެމެދު ކަމަށެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
އަބްދުއްالله
22 April 2020
ސެކެއްޓެރީ އެއް މި ބުނަނީ ކީއްވެ؟ މިނިސްޓަރަކު ނޫނީ އިގިރޭސި ވިލާތުގެ ރައީސް ނުބުނާނީ ކީއްވެ؟ ދެން ބުނާނީ ކާތިބަކު ނޫނީ ޕިޔޯނަކު ބުނި ވާހަކަ ދޯ؟
ޖޯންކުކް
22 April 2020
ހެލްުތު ސެކްރެޓަރީއޭ ބުނީމަ މަނިކުފާނު ހީފުޅުކުރައްވަނީ އެއީ ކާކުކަމަށްތޯ؟
ޜޯލް1
22 April 2020
ޢެމެރިކާގެ ޑިފެންސް ސެކްރެޓަރީގެ ރޯލް ދަންނަންތަ،
ކޮބާ
22 April 2020
ކޮބާ އެއްކަލަ ވެކްސިން ނުޖަހާ ބައިގަނޑު
Mohamed Didi
23 April 2020
އެމީހުން ފިލާ އެބަތިބި ބަޔަކު ވެކްސިން ހޯދަންދެން. ފެންނަ އިރަށް އެމީހުން އެވެކްސިން ޖަހާފަ އެހެން މީހުންނަ އަންގާނެ ނުޖަހާށޭ
ރީތި މޫސަ
22 April 2020
ޔާﷲ އަޅަމެނަށް މިބަލިން ދިފާއުވެވޭނެފަދަ ވެކްސިނެށް އަވަހަށް މިންވަރުކުރަށްވާށި އާމީން
ނަމަވެސް
22 April 2020
އަދި ނޭނގޭ މި ވެކްސިން ވޯރކްކުރާނެ ކަމެއް. އިންސާނީ އަމަލުތައް މަޑުޖައްސަވާފައިވުމުން ދުނިޔޭގެ ޖައްވަށާ އިންސާނުންގެ ސަބަބުން އާލާނުވެވިފަ ތިބި އެހެން ދިރުންތައް އާލާވުމަށް މަގުފަހިވަމުންދާ ދިއުމާ ދުނިޔެ ހަލާކުކުރަމުން ދިއަދިއުމަށް ވަގުތު ލިބެމުން އެބަދޭ. ވައިރަސް މުޅި ދުނިޔެއަށް ފެތުރުމުގެ ބޮޑުމަންޒަރު ބެލުމަށް އަހަރުމެން ކުޅަދާނަވެގެންނުވޭ.
ޟާސް
22 April 2020
ދުނިޔެ މީހުން ކަރާ ފަޅަނީއެއްނޫނޭ މިތާމީހުން ހަދާހެން
މީހާ
22 April 2020
ﷲ އަށް ޙަމްދާއި ޝުކުރު ކުރަން
ދަރަނި ދަންތުރަ
22 April 2020
ﷲ ކޮންމެ ބައްޔަކަށް ވެސް ބޭސް ފަރުވާ ލަށްވާފައިވޭ
ހަމަ ބުއްދި
21 April 2020
ހަމްދު ލިއްލާހި.. ވަރަށް އުފާވެރި ޚަބަރެކެވެ.
ބުރުނުވިލާ.
21 April 2020
ތިއުފައްދާ ވެކްސިން މިރާއްޖެއާއި ހިސާބަށް ފޯރާވަރުވާނީ ކިހާތާކުބާ؟
ޞަލުރު
22 April 2020
ކެއްތެރިވެ ބަލަ، ތިޔަ ކޮމެންޓުންވެސް އިހުސާސުވަނީ މިބަލީގެ ސަބަބުން މީހާ ރުންކުރުވެފަ ހުރިވަރު، ތީ މުސްލިމުންގެ ގޮތެއް ނޫނޭ.
ލެއްގި ކޮމިޝަނަރ
22 April 2020
އަބްދުއްﷲ ޝާހިދަށް އިނގިރޭސި ވިލާތަށް ދަތުރެއް ކުރެވުނު ދުވަހަކުން ތިކަންވާނީ
ބުރުނު އަލީ
22 April 2020
ވާނެ އެއްޗެއް ވާފަހުން. ވެކްސިނަށް ބަރޯސާ ވުމުގެ ހިޔާލު ދޫކޮށްލާ. ބޯހަރުކަން ދޫކޮށް ގޭގަ މަޑުން އޮވޭ ވެކްސިން ލިބެންދެން.
މިގޯތި ބޭބެ
21 April 2020
الحمد لله