ރައީސް ބައެއް ނޫސްވެރިންނާ ސަލާން ކުރައްވަނީ: ޕްރެސް ފްރީޑަމް އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން ވަނީ މަރުހަބާ ކިޔާފައި -- ފޮޓޯ/މިހާރު
28 އެޕްރީލް 2020 - 15:13
ނޫސްވެރި ކަމުގެ މިނިވަން ކަމުގެ އިންޑެކްސްގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާއިން މަރުހަބާ ކިޔައިފި އެވެ.
ރިޕޯޓާސް ވިތައުޓް ބޯޑާސް އިން ނެރޭ ޕްރެސް ފްރީޑަމް އިންޑެކްސްގައި މިއަހަރު ރާއްޖެއިން ވަނީ 19 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، އެ އިންޑެކްސްގެ 79 ވަނަ އަށް އަރައިފަ އެވެ. މިދިޔަ އަހަރު ރާއްޖެ އޮތީ އެ އިންޑެކްސްގެ 98 ވަނައިގަ އެވެ.
އެކަމާ ގުޅިގެން އެމެރިކާގެ ޚާރިޖީ ވުޒާރާ ކަމަށްވާ ސްޓޭޓް ޑިޓާޕްމެންޓްގެ ދެކުނު އޭޝިއާއާ ބެހޭ ބިއުރޯއިން ކުރި ޓްވީޓްގައިވަނީ ނޫސްވެރިކަމުގެ މިިނިވަންކަމުގައި ރާއްޖެއިން ހޯދި ކުރިއެރުމަށް އެމެރިކާ އިން މަރުހަބާ ކިޔާ ކަމަށެވެ. އަދި ދެކުނު އޭޝިއާގެ އެހެން ގައުމުތަކުން ވެސް ރައްޔިތުންނަށް ފަސޭހައިން ހަބަރާއި މައުލޫމާތު ލިބޭނެ އިންތިޒާމް ހަމަޖައްސަން ގޮވާލާ ކަމަށް ވެސް އެ ޓްވީޓްގައިވެ އެވެ.
We commend #Maldives for its tremendous progress this year to improve press freedom. We encourage all SCA countries to ensure their publics have access to reliable news, data & information, which is critical to stopping #COVID19. AGW https://t.co/SuiWZd5qTd https://t.co/SuLAuLqkKH
— State_SCA (@State_SCA) April 27, 2020
އެމެރިކާގެ ސްޓޭޓް ޑިޕާޓްމެންޓްގެ ޓްވީޓް
ނޫސްވެރިކަމުގެ މިނިވަންކަމުގެ މިއަހަރުގެ އިންޑެކްސްގައި ދެކުނު އޭޝިއާއިން ބޫޓާން ފިޔަވައި ދެން އެންމެ ކުރީގައި އޮތީ ރާއްޖެ އެވެ. ދެކުނު އޭޝިއާގެ އެހެން ގައުމުތައް އޮތީ މިދިޔަ އަހަރަށް ވުރެ ފަހަތުގަ އެވެ.
މިދިޔަ އަހަރު ވެސް ރާއްޖެއިން ވެސް ވަނީ އެ އިންޑެކްސްގައި 22 ދަރަޖައިގެ ކުރިއެރުމެއް ހޯދައި، 120 ވަނައިގައި އޮތުމަށް ފަހު 98 ވަނަ އަށް އަރައިފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެބޯގެރި ް
28 April 2020
ރާއްޖޭގައި ނެތީ ތަސައްރަފު ފުދޭ މޮޅު ނޫސްވެރިން. މިނިވަންކަން އެބައޮތް.
ބިގަރުބެ
29 April 2020
ރާއްޖޭގައި އެހެން ޒާތުގެ މީހުންވެސް ތިބި ފެންވަރަކުންދޯ ނޫސްވެރިންވެސް ތިބޭނީ. ތިމާއަށް ކަމުދާ ލީޑަރު ފެއިލްވިއަސް ދިވެހިންނަށް މިވަނީ ބަޣާވާތަކަށް ނޫނީ އިންތިޚާބު ލީ ފާހަގަވެސް ތިރިއަށް ސޮއްސާލީކަމަށް!!