ރާއްޖޭގެ މަރުކަޒީ ބޭންކު އެމްއެމްއޭ: ކަރަންސީ ސްވަޕް އާއި އައިއެމްއެފްގެ ފައިސާ ލިބިއްޖެ ކަމަށް ވަނީ ބުނެފައި-- ފޮޓޯ:ނިޝާން އަލީ/މިހާރު
28 އެޕްރީލް 2020 - 17:07
އިންޓަނޭޝަނަލް މަނިޓަރީ ފަންޑު (އައިއެމްއެފް) އާއި ކަރަންސީ ސްވޮޕްއިން 178.9 މިލިއަން ޑޮލަރު (2.7 ބިލިއަން ރުފިޔާ) ލިބިއްޖެ ކަމަށް މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ބުނެފި އެވެ.
އެމްއެމްއޭއިން ބުނީ މި ވަގުތު ރާއްޖޭގެ އިގްތިސާދަށް ކޮށްފައިވާ ނޭދެވޭ އަސަރުތަކަށް ހައްލު ހޯދުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ ގޮތުން ރިޒާވް ބޭންކް އޮފް އިންޑިއާއާ ދެމެދު ވެފައިވާ 400 މިލިއަން ޑޮލަރުގެ ކަރަންސީ ސްވޮޕް އެއްބަސްވުމުގެ ދަށުން 150 މިލިއަން ޑޮލަރު (2.3 ބިލިއަން ރުފިޔާ) ލިބިފައިވާ ކަމަށެވެ. އަދި އައިއެމްއެފުން ދޭން ނިންމި 28.9 މިލިއަން ޑޮލަރު (445 މިލިއަން ރުފިޔާ) ވެސް މިހާރު ލިބިފައިވާ ކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖެ އާއި އިންޑިއާ އާ ދެމެދު ކަރަންސީ ސްވޮޕް އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިދިޔަ އަހަރުގެ ޖޫންމަހުގެ ތެރޭގަ އެވެ. މިއީ 2018 ވަނަ އަހަރު ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އިންޑިއާއަށް ކުރެއްވި ދަތުރުފުޅުގައި ސޮއިކުރެއްވި 1.4 ބިލިއަން ޑޮލަރުގެ އިގްތިސާދީ ޕެކޭޖުގެ ތެރޭގައި ހިމެނޭ ބައެކެވެ.
އެމްއެމްއޭ އަށް ލިބުނު މި ޑޮލަރުގެ ސަބަބުން މިވަގުތު ރާއްޖެއަށް ބޭނުންވާ ޒަރޫރީ ކާބޯތަކެތި އމްޕޯޓު ކުރުމަށާއި ސިއްހީ ދާއިރާއަށް ބޭނުންވާ ތަކެތި އިމްޕޯޓު ކުރުމުގައި ބޭރު ފައިސާ ފޯރުކޮށްދޭނެ އެ އޮތޯރިޓީ އަށް ފަސޭހަ ވާނެކަމަށް އެމްއެމްއޭއިން ބުންޏެވެ.
ރާއްޖޭގެ އިގްތިސާދު ދެމެހެއްޓުމަށް ސަރުކާރުން ނަގާފައިވާ އިތުރު ފިޔަވަޅުތަކުގެ ތެރޭގައި އެކްސްޗޭންޖު ރޭޓު ދެމެހެއްޓުމަށް ބޭންކުތައް މެދުވެރިކޮށް ފޮރިން އެކްސްޗޭންޖް މާކެޓަށް ފޮރުކޮށްދޭ ފައިސާގެ އަދަދު ވެސް ވަނީ އިތުރު ކޮށްފަ އެވެ. އަދި އެމްއެމްއޭގައި ހުރި ވަސީލަތްތައް ބޭނުންކޮށްގެން ބޭންކުތަކަށް ބޭރު ފައިސާ ފޯރުކޮށްދެވޭ ގޮތް ވެސް މިހާރު ވަނީ ރާވައިފަ އެވެ.
އެމްއެމްއޭއިން ބުނީ ރާއްޖޭގެ ކޮވިޑް-19އާ ގުޅިގެން ރާއްޖޭގެ އިގްތިސާދަށް ނޭދެވޭ އަސަރު ކޮށްފައިވާއިރު އެ އަސަރުތައް ވަރަށް ގާތުން ބަލަމުން އަންނަ ކަމަށެވެ. އަދި ވަގުތުން އަޅަން ޖެހޭ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ވެސް އެ އޮތޯރިޓީން ބުންޏެވެ.
މި އަހަރުގެ މާޗު މަހުގެ ނިޔަލަށް ރާއްޖޭގެ އިންޓަނޭޝަނަލް ރިޒާމް ހުރީ 741.4 މިލިއަން ޑޮލަރުގަ އެވެ. ނަމަވެސް އިއްޔެގެ ނިޔަލަށް މި އަދަދު ވަނީ 882.6 މިލިއަން ޑޮލަރަށް އިތުރުވެފަ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދަރަނި ދަންތުރަ
29 April 2020
އަވަހަށް ބަހާލާ ލަސްނުކުރޭ ރީދޫކުދިންކޮޅު ވަރަށްހާލުގައި ތިބީ ހާއްސަކޮށް ޖާ ލަސްނުކުރަށްވާ ތިޑޮލަރުތަށް ވިރި ހުސްނުވަނީސް އަމީރޫ އަވަސްކުރަށްވާ މަނިކުފާނަށޤ ވެސް ބައެއް ހާއްސަ ކުރަށްވާތި
ކައްޕިތާނު
29 April 2020
ދަމަކުން ބަަޑިއެއް ޖަހާހެން ވާނުވާވެސް ނޭގޭނެ. ރައްޔިތުންނަށް ކުރާނެ އެއްވެސް މަންފާއެއް ނޯންނާނެ ގާތްކުދިންނަށް ބައި އަޅާލާއިރު. މިހާރުވެސް އެކި ނަންނަމުގަ ލޯނު ދޭ އަޑުވެސް އިވޭ. އެއީވެސް ބޮޑު ނުހޮރޮއްޕާނެއް ކަހަލަ ކަމެއް. ކާކުގެ ފައިބުޑު ދަށަށް ކަމެއްވެސް ނޭގޭ ލޯނު ހޯދަންވެސް ދާންޖެހެނީ
ދެރަ
29 April 2020
ތިޔައީ ލޯން. ދެއްކޭނެ ގޮތްތަކަށް ވެސް ވިސްނަންޖެހޭ. ތަނަވަސްކަމުގެ ދުވަސްވަރު ކުރީ ބޭކާރު ހަރަދު. ޜާއްޖެއާ ނުބައްދަލު ކޮމިޝަންތަކާއި ބިޔަ އުފެދިބޮޑުވާ ބިޔަ މަޖިލީހަކާއި އެތައްސަތޭކަ ކައުްސެލަރުންނާއި އަދި އަންހެނުންގެ ކޮމިޓީތަކާއި ހަދައިގެން ހިންގުމުގެ ހަރަދު އިންތިހާއަށްބޮޑު. މިކަންތައްތައް ބަދަލުކޮށް ގައުމުދެކެލޯބިވެ ޕާޓީގެ މަސްލަހަތު ފަހަތަށް ޖައްސާ އަމިއްލަ އެދުން ދޫކޮށްލުމުން އިގްތިސޯދުކިރެވޭނީ.
ރާއްޖެ ތެރެ
29 April 2020
1.4 ބިލިޔަންގެ އިގްތިސާދީ ޕެކޭޖް ކިޔާނެ ކަމެއް ނެތް. ޢެއީ ބޮޑުތަނުން ދަރަނި.
ޕޮގުބަ
29 April 2020
ބަހާލާ ސަރުކާރުގެ އިސްވެރިންނަށް ރަށްޔިތުންގެ ހައްގުތަކެއް ވާލަމެއް ނޭންގޭނެ
ތިރަށުއައްމަޑޭ
29 April 2020
ނެއްތަ 100000 ވަރު ދެވޭކަށް؟
ހަސަނު
29 April 2020
ބޭރު ފައިސާ ބޭނުން ކުރެވޭ މިންވަރު މަދު ކުރެވޭނެ ގިތްތައް ވެސް ބަލަން ޖުހޭ. ޒަރޫރީ ނުން ކަންކަމަށް ހަރަދު ކުރުން މަދު ކުރުވަން ޖެހޭ...
މަންނާނު
29 April 2020
ވެހޭތާ ރަނގަޅަށް ފެންނަގާލާ މުޅިޤައުމު ވިއްކާނުލައިފިއްޔާ ރަނގަޅު
އަލީ ރަސްގެފާން
29 April 2020
ރާއްޖޭގެ ވިޔަފާރި ބަދަރު އިންޑިޔާގެ ކުންފުންޏަކައް ދިނުމަކީ ރާއްޖެގެ އިގްތިސީދައް ލިބޭ ބޮޑު ހީނަރުކަމެއް. އަޅުވެތި އިގްތިސޯދެއް ރާއްޖޭގަ އޮންނާނީ. ދެރަ
ޝޮކްތެރަޕީ
29 April 2020
ޗައިނާއިން ލޯނުދެނީ ވަރައް ކުޑަ ރޭޓެއްގަ އިންޑިޔާގެ ލޯނު ވަރައްބޮޑު އިންޓަރެސްޓްގަ ދޭނީ.