ސައުދީ އަރަބިއްޔާއިން ރާއްޖެއަށް މިދިޔަ އަހަރު ދިން 50 ޓަނު ކަދުރު ހަދިޔާކުރިކަމުގެ ލިއުމާ އިސްލާމިކް އެފެއާޒް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ހަވާލުވެވަޑައިގަންނަވަނީ.--- ފައިލް ފޮޓޯ/މިހާރު
05 މެއި 2020 - 20:14
ސައޫދީ އަރަބިއްޔާ އިން މި ރޯދަ މަހަށް ރާއްޖެ އަށް ހަދިޔާކުރި ކަދުރުތައް އަދިވެސް ބަހައި ނުނިމޭ ކަމަށާއި އެ ބަހަމުން އަންނަނީ ވީހާ ވެސް އިންސާފުވެރިކޮށް، ވީހާ ވެސް ގިނަ ބަޔަކަށް ލިބޭނެ ގޮތަކަށް ކަމަށް އިސްލާމިކް މިނިސްޓްރީން ދެންމެ ބުނެފި އެވެ.
ކަދުރު ނުލިބޭކަމުގެ ޝަކުވާ އިތުރުވުމާ ގުޅިގެން އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނީ، އިއްޔެގެ ނިޔަލަށް 12،124 ޕެކެޓް ކަދުރު ބަހާފައިވާ ކަމަށެވެ. މީގެ އިތުރުން ފަގީރު 1،483 ގޭބީސީއަކަށް ކަދުރު ބަހާފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި، އިއްޔެގެ ނިޔަލަށް ނުބެހި ބާކީ 12،376 ޕެކެޓް ކަދުރު އެ މިނިސްޓްރީގައި އެބަހުއްޓެވެ.
"އަދި ހަމަ އެހެންމެ ސައޫދީ އަރަބިއްޔާ އިން ހަދިޔާ ކުރެއްވި އެއްވެސް ކަދުރެއް މިހާތަނަށް ދައުލަތުގެ އިސްވެރިންނަށާއި އަދި މި މިނިސްޓްރީގެ މުވައްޒަފުންނަށް ދެވިފައި ނުވާ ކަން ފާހަގަކޮށްލަމެވެ،" ބަޔާނުގައި ވެ އެވެ.
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރެވެ. އެއީ 25،000 ކަދުރު ޕެކެޓެވެ. އެ 50 ޓަނުގެ ކަދުރުގެ ތެރެއިން 50 ކޭސް ކަދުރު ރާއްޖޭގައި ހުންނަ ސައޫދީ އެމްބަސީގެ ބެލުމުގެ ދަށުން ބެހުމަށް ވަނީ އެއްބަސްވެފަ އެވެ. ބާކީ 2،450 ކަދުރު ކޭސް ނުވަތަ 24،500 ޕެކެޓް ބަހަން ނިންމީ އިސްލާމިކް މިނިސްޓްރީން ކަނޑައަޅާ އުސޫލެއްގެ ތެރެއިންނެވެ. އެއީ ސައޫދީ ސަރުކާރުގެ އެންގުމުގައި ކަނޑައަޅާފައިވާ ގޮތެވެ. އެ އުސޫލު ވެސް ވަނީ އާންމު ކޮށްފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
އެ އުސޫލާ ހަވާލާދީ، އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި ކަދުރު ބަހާނީ މާލެ އާއި އައްޑު އާއި ފުވައްމުލަކާއި ކުޅުދުއްފުށީގެ އިތުރުން އެހެން ރަށްރަށުގައި ވެސް މީހުން ދިރިއުޅޭ ގޭބީސީތަކުން ކަދުރު ބަލާ ހާޒިރުވާ ތަރުތީބުންނެވެ. އަދި މިދިޔަ އަހަރު ފަގީރުންގެ ދަފްތަރުގައި ރަޖިސްޓަރީ ކޮށްފައިވާ 2،350 ގޭބީސީގެ ތެރެއިން ކޮންމެ ގޭބީސީއަކަށް އެއް ޕެކެޓް ކަދުރު ދޭންޖެހެ އެވެ. އެ ފަގީރު ގޭބީސީތަކަށް ކަދުރު ބެހުމަށް ފަހު، ބާކީ ކަދުރު ބަހަނީ އެންމެ ފުރަތަމަ އެ ބަލާ ދާ މީހުންނަށް އިސްކަންދީގެންނެވެ. އެ އުސޫލުން ކޮންމެ ގޭބީސީއަކަށް ވެސް ދެނީ އެއް ޕެކެޓް ކަދުރެވެ.
"އަދި ހަމަ އެހެންމެ ސައޫދީ އަރަބިއްޔާ އިން ހަދިޔާ ކުރެއްވި އެއްވެސް ކަދުރެއް މިހާތަނަށް ދައުލަތުގެ އިސްވެރިންނަށާއި އަދި މި މިނިސްޓްރީގެ މުވައްޒަފުންނަށް ދެވިފައި ނުވާ ކަން ފާހަގަކޮށްލަމެވެ،" ބަޔާނުގައި ވެ އެވެ.
"މި ގޮތުން 2019 ވަނަ އަހަރު ރާއްޖޭގައި ޖުމްލަ 63،102 ގޭބީސީ ހުރި ކަމަށް މި މިނިސްޓްރީ އަށް ކައުންސިލްތަކުން ފޮނުއްވާފައިވާ ތަފާސްހިސާބުތަކުން ދައްކަ އެވެ. އެހެންކަމުން، ސައޫދީ އަރަބިއްޔާގެ ސަރުކާރުން މިނިސްޓްރީ އަށް ހަވާލު ކޮށްފައިވާ ކަދުރަކީ، ރާއްޖޭގެ ކޮންމެ ގޭބީސީއަކަށް 1 ޕެކެޓް ކަދުރު ދެވޭ ވަރަށް ވުރެ މަދު އަދަދަކަށް ވުމާ އެކު، މި އަހަރު ލިބުނު ކަދުރު ފަގީރުންގެ ގޭބީސީތަކަށް ބެހުމަށް ފަހު، ކޮންމެ 100 ގޭބީސީއަކަށް 300 ޕެކެޓް ކަދުރު ދިނުމަށް ވަނީ ނިންމައިފަ އެވެ،" އިސްލާމިކް މިނިސްޓްރީގެ ބަޔާނުގައި ތަފްސީލް ކޮށްދީފައި ވެ އެވެ.
އެ އުސޫލުން ކަދުރު ބެހުމަށް ހަވާލުކުރުމުގެ ކަންކަން މިހާރު ވެސް ކުރިއަށް ގެންދާ ކަމަށް އެ މިނިސްޓްރީން ބުނެ އެވެ. އަދި އިއްޔެގެ ނިޔަލަށް 78 ރަށަކަށް 9،567 ޕެކެޓް ޕެކެޓް ކަދުރު ހަދިޔާ ކޮށްފައިވާ ކަމަށް ބުންޏެވެ. ނަމަވެސް 103 ރަށަކަށް ފޮނުވަންޖެހޭ 8،577 ޕެކެޓް ކަދުރާ ހަވާލުވާނެ މީހަކު ކައުންސިލްތަކުން ނުދައްކާތީ، އެ ކަދުރުތައް ނުފޮނުވި އެބަހުރި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
"މާލެ ސިޓީ ކައުންސިލަށް ރައްކާތެރި ގޮތެއްގައި ކަދުރު ބެހޭނެ އިންތިޒާމު ހަމަޖެހެންދެން މާލެ އާއި ވިލިމާލޭގެ ގޭބީސީތަކަށް ދިނުމަށް ޖުމްލަ 290.3 ކޭސް (2903 ޕަކެޓް) ކަދުރު މިނިސްޓްރީގައި ވަނީ ބެހެއޓިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
"ހަމަ އެހެންމެ، ހުޅުމާލޭގައި ދިރިއުޅޭ ރައްޔިތުންނަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން ލިމިޓެޑް މެދުވެރިކޮށް، ކަދުރު ބެހުމަށް ވަނީ 15 އޭޕްރީލް 2020 ގައި 188.1 ކޭސް (1881 ޕަކެޓް) ކަދުރު ހަވާލު ކުރެވިފަ އެވެ،" ބަޔާނުގައި ވެ އެވެ.
އެހެން އަހަރުތަކެކޭ އެއްގޮތަށް މި އަހަރު ވެސް މާލެ އާއި ހުޅުމާލެ އާއި ވިލިމާލޭގެ މީހުންނަށް ކަދުރު ބަހާނީ އިސްލާމިކް މިނިސްޓްރީން ބުނިގޮތުގައި މާލޭ ސިޓީ ކައުންސިލް މެދުވެރިކޮށެވެ. ނަމަވެސް މާލެ ސަރަހައްދުގައި މިހާރު ހަލުވިކަމާ އެކު ފެތުރެމުންދާ ކޮވިޑް-19 އާ ގުޅިގެން ރައްކާތެރިކަމާ އެކު ކަދުރު ބެހުމުގައި ހުރަސްތަކެއް ކުރިމަތިވެފައިވާ ކަމަށް ބުންޏެވެ. އެހެންވެ، އެ ކަމާ ގުޅޭ ގޮތުން މާލޭ ސިޓީ ކައުންސިލާ އެކު މިހާރު ވެސް އިސްލާމިކް މިނިސްޓްރީން އަންނަނީ މަޝްވަރާ ކުރަމުން ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
1441 ވަނަ އަހަރު ރަމަޟާންމަހަށް ދިވެހިރާއްޖޭގެ ރައްޔިތުންނަށް ސަޢޫދީ ޢަރަބިއްޔާއިން ހަދިޔާކުރެއްވި ކަދުރު ބެހުމާ ބެހޭ ނޫސްބަޔާން#Roadha41#MVIaffairs pic.twitter.com/XkxxaGKNpL
— Ministry of Islamic Affairs (@MVIaffairs) May 5, 2020
އިސްލާމިކް މިނިސްޓްރީގެ ބަޔާން
"މާލެ ސިޓީ ކައުންސިލަށް ރައްކާތެރި ގޮތެއްގައި ކަދުރު ބެހޭނެ އިންތިޒާމު ހަމަޖެހެންދެން މާލެ އާއި ވިލިމާލޭގެ ގޭބީސީތަކަށް ދިނުމަށް ޖުމްލަ 290.3 ކޭސް (2903 ޕަކެޓް) ކަދުރު މިނިސްޓްރީގައި ވަނީ ބެހެއޓިފަ އެވެ،" ބަޔާނުގައި ބުންޏެވެ.
އެކަމަކު، މާލެ ސަރަހައްދު ލޮކްޑައުން ކޮށްފައިވާތީ، މާލެ އާއި ވިލިމާލެ އާއި ހުޅުމާލޭގައި ދިރިއުޅޭ 426 ފަގީރުންގެ ގޭބީސީތަކަށް ކަދުރު ބެހުމަށް ޔޫތު އެންޑް ސްޕޯޓްސް މިނިސްޓްރީގެ ޚާއްސަ ޓާސްކް ފޯހާ 426 ޕެކެޓް ކަދުރު ހަވާލުކޮށްގެން ބެހި ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެ އެވެ.
އެ މިނިސްޓްރީން ނިންމާފައި ވަނީ ރަށްރަށުން ހަވާލުނުވާ ކަދުރުތައް ކޮވިޑް-19 އާ ގުޅިގެން މީހުން ބައިތިއްބާފައިވާ ކަރަންޓީން ފެސިލިޓީތަކަށް ބެހުމަށެވެ. އެހެންވެ، އަންނަ ހޯމަ ދުވަހުގެ ކުރިން ކަދުރާ ހަވާލުވުމަށް ކައުންސިލްތަކުން މީހަކު ފޮނުވަން އިސްލާމިކް މިނިސްޓްރީން ވަނީ އަންގައިފަ އެވެ
މިހާރު ވެސް ކަރަންޓީން ފެސިލިޓީތަކަށް ވަނީ 250 ޕެކެޓް ކަދުރު ބަހާފައި ކަމަށް އެ މިނިސްޓްރީން ބުނެ އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކަޑަބައި
06 May 2020
އެހެން އަހަރުތަކެކޭ ވެސް އެއްގޮތަށް މި އަހަރު ވެސް ސައޫދީ އަރަބިއްޔާ އިން ރާއްޖެ އަށް ހަދިޔާކުރީ 50 ޓަނުގެ ކަދުރު ދިވެހިރާއްޖެއަށް އެތެރެވި ތާރީޚް އިސްލާމިކް މިނިސްޓަރަށް އެގިލައްވާނަމަ އެތާރީޚް ވިދާޅުވެދެއްވުން އެދެމެވެ.
ބަކު
06 May 2020
މީކަނޑައެޅިގެން ދޮގެއް އިސްލާމިކް މިނިސްޓްރީގަ އުޅޭ މުއައްޒިފުންނަށް 2ކޭސް ވެސް ލިބިފަ އެބަހުރި މަށައް އެގިގެން މިބުނީ
ޙަބީބު
06 May 2020
ޢަދިނުވޭ ބަހާކައް ރޯދަނި މެންދެން ބަހައްޓާ މިއޮތީވާ ސަރުކާރެއް ބަރަވެލި ދުވެލީގަ ދޮޅުއަހަރުވީއިރު އެއްކަ މެއްނުވި
ކަދުރު ކޯ
06 May 2020
ކޯވިޑް ޓެސްޓު ކޮއްފަ ބަހާތި، ކަދުރު ޑިސްއިންފެކްޓްކުރުން މުހިންމު!
އަލިބެ
06 May 2020
އަހަނަނަށް އެގޭ ނުނިމޭކަން. ނިމުމުގެ ކުރިން މިގެއަށްވެސް ލިބޭނެ. ދެއްތޯ
ގޮނިސ
06 May 2020
ވާނުވާ ނޭގޭ އެކިފަހަރު އެކިގޮތަށް މަހުލޫފް ދެއްކި ވާހަކަޔާ މިހާރު ތިޔަ ދައްކާ ވާހަކަ ދިމަލެއްނުވޭ ހެޔޮނުވާނެ ބުހުތާނު ދޮގު ހަދަން ކޮންފަދަ އަނިޔާވެރި ސަރުކާރެއްތަ
ދަރަނި ދަންތުރަ
05 May 2020
ވާނެބާ ؟ނުވާނެބާ؟ ވާނެބާ؟ ނުވާނެބާ؟ މިވެރިކަމުގައި ކުރަންޖެހޭ ކަމެއް ކުރަންޖެހޭ ގޮތަށް ނުކުރެވޭނެކަން ވޭތުވެދިޔަ ދުވަސްތަކުން ވަނީ ޔަގީން ކޮށްދެއްވާފައި އަލަން އުފަންވާ ކުއްޖާގެ ހަދިޔާ ފޮށި ، ވީމައި ތިކަދުރުތަށްވެސް 2023 ހުގައި ބަހަށް ރައީސް ސޯލިހު ނިންމަވައިފި އިސްލާމިކު މިނިސްޓަރ ހައްޕު...
ޢަލީހާން
05 May 2020
ނޫސްވެރިން ެެެެެެެެެެެެެެެެެ އަދި ސޯސަލް މީޑިޔާ ނެއްނަ މަ މިއަހަރު މީގެ އަޑެއްވެސް ނީވޭނެ....ކީއްކުރާނީ...ނިޔައް ރަގަޅު ވެގެންތާ......
ގަމާރު
06 May 2020
2014 ވަނަ އަހަރު ކަދުރު ބަހަންފެށީ ރޯދަމަސް ނިމެނިކޮށް، ނޫސްވެރިން ކީއްވެބާ މިކަހަލަ ސްޓަޑީ ނުހަދަނީ
އުދަމުދި
05 May 2020
ގޭބަންދުގަ ތިބޭބަޔެއް ކިހިނެއްތޯ ތިޔަބަލާދާނީ މިދިޔަ އަހަރުވެސް މިނިވަންކަމާއެކު ދެވުނުއިރުވެސް އެބަހާތަނައް ދިޔައީމާ ބުނީ ހުސްެއްޖެޔޯ އެކަމަކު ރޯދަމަހު ފަހުދުވަހު އިސްލާމިކް މިނިސްޓުރީން އައިދީ ކާޑަކައް ޕެކެޓް ދޫކުރި މިވީގޮތެއް ނޭންގުނު ހުސްވިކަދުރު ރޯދަމަހު ފަހުދުވަހު ލިބުން މީއަރަތެއްތޯ
ބުޅާ ލޯބި
05 May 2020
ތި ކަދުރުތައް ބަހަން ބަންގާޅު ކުދިންނާ ހަވާލު ކޮއްލާ. އެވެރިން މާ ތެދުވެރިވަނެ މިއުޅޭ ދިވެހިންނައްވުރެ
މަޒް
06 May 2020
ކަލޭ ދާންވީނުން ރާއްޖެ ދޫކޮއް ބާންގާޅަށް..