12 މެއި 2020 - 09:16
އެމެރިކާގެ މަޝްހޫރު ބާސްކެޓް ލެޖެންޑް މައިކަލް ޖޯޑަންގެ ކެރިއަރުގައި ބޭނުންކުރި ތާރީހީ ބޫޓެއް ނީލަމެއްގައި ވިއްކައިލަން ހުޅުވާލައިފި އެވެ.
އެމެރިކާގެ އޮކްޝަން ހައުސް ސޮދަބީޒުން ކުރިއަށް ގެންދާ ނީލަމުގައި ޖޯޑަން ބޭނުންކުރި އެއާ ޖޯޑަން 1 ވިއްކައިލަން ހުޅުވައިލީ މިދިޔަ ހުކުރު ދުވަހު އެވެ. މި ނީލަން މި މަހުގެ 17 އާ ހަމައަށް ކުރިއަށް ގެންދަން ހަމަޖެހިފައިވާ އިރު، ބޫޓް އެންމެ ދަށްވެގެން ވެސް 150،000 ޑޮލަރަށް ވިއްކައިލެވޭނެ ކަމަށް ސޮދަބީޒުން ބުންޏެވެ.
ރަތާއި ހުދާއި ކަޅު ކުލަ އެކުލެވޭ އެ ބޫޓަކީ ނައިކީން 1985 ސީދާ ޖޯޑަން އަށް ހާއްސަކޮށްގެން އުފެއްދި ބޫޓެކެވެ. އަދި އޭގައި ޖޯޑަންގެ އޮޓޯގްރާފް ވެސް ހިމެނެ އެވެ. އަދި އެ ބޫޓަކީ ކުލަބް ޝިކާގެ ބުލްސްގައި އޭނާ ހޭދަކުރި މުއްދަތުގެ ތެރޭގައި ކެރިއަރުގެ ވަރަށް ގިނަ ދުވަސްތަކެއްގައި ބޭނުންކުރި ބޫޓެކެވެ.
Game-worn & autographed by the legendary Michael Jordan, these Nike Air Jordan 1s from 1985 are now available for bidding. One of the most important basketball sneakers of all time, these sneakers were made exclusively by Nike for the Chicago Bulls player. https://t.co/7maeZzhAdj
— Sotheby's (@Sothebys) May 8, 2020
އެއާ ޖޯޑަން 1 އަށް ލިބުނު ބޮޑު މަޝްހޫރުކަމާ އެކު، ކުދިކުދި ބައެއް ބަދަލުތައް ގެނެސްގެން ނައިކީން އެ ވައްތަރުގެ ބޫޓް ފަހުން ބާޒާރަށް ވެސް ނެރެފައިވެ އެވެ. މި ބޫޓް ފަރުމާކޮށްފައި ހުންނަނީ އަރައިގެން ހުންނަ އިރު ފައިގެ ތަނބިކައްޓަށް ވުރެ ތަންކޮޅެއް މައްޗަށް ހުންނަ ގޮތަށެވެ.
ދުނިޔޭގައި އުފެދުނު އެންމެ ހުނަރުވެރި ބާސްކެޓް ކުޅުންތެރިންގެ ތެރޭގައި ހިމެނޭ ޖޯޑަންގެ ކެރިއަރު 1984-2003 އާ ހަމައަށް ކުރިއަށް ގެންދިޔަ އެވެ. އޭނާގެ ކެރިއަރުގެ ރަން ޒަމާނަކީ 1984-1998 އެވެ. އެ މުއްދަތުގެ ތެރޭގައި ޖޯޑަން ބާސްކެޓުން ބޮޑެތި ކާމިޔާބީތަކެއް ހޯދާފައިވެ އެވެ. އޭގެ ތެރޭގައި އެމްބީއޭގެ ޗެމްޕިއަންކަން ހަ ފަހަރެއްގެ މަތިން ހޯދާފައިވެ އެވެ.
މިހާރު އުމުރުން 57 އަހަރުގެ ޖޯޑަން އަކީ ބާސްކެޓް ކެރިއަރުން ހޯދި އާމްދަނީން އެންމެ ފުރަތަމަ އެންބީއޭގެ ތާރީހުގައި ވެސް ބިލިއަނަކަށްވި ފުރަތަމަ ކުޅުންތެރިޔާ އެވެ. އެ މަގާމު އޭނާ އަށް ލިބުނީ 2014 ގަ އެވެ. މިހާރު މިލްކިއްޔާތު 2.1 ބިލިއަން ޑޮލަރަށް އަރާ ޖޯޑަން އަކީ ފަސް ކުދިންގެ ބައްޕައެކެވެ. އޭނާގެ ތިބެނީ ދެ ފިރިހެން ކުދިންނާއި ތިން އަންހެން ކުދިންނެވެ.
Copyright © 2024 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ދެރަ
13 May 2020
މަ ހިލޭ ލިބުނަސް ބޭނުމެއްނުކުރާނަން. މޮޔަ އިންސާނުންގެ ސަބަބުން ބައެއްމީހުން މުއްސަދިވަނީ.
ކުނިވަސް ދުވާ ބާ ބޫޓް
12 May 2020
މޮޔައިންގެ ސަހަރު.
އިޔެ1
12 May 2020
ކޮބައި މައްސަލައަކީ؟ އެކި މީހުން ހިތްހަމަ ޖެހުން ހޯދާނީ އެކި ގޮތް ގޮތަށް. ކޮފީ، ރެޑްބުލް، ތެޔޮގަނޑު ފްރައިޑް ރައިސް އިން ވެސް ހަމަ ލިބެނީ ހިތްހަމަ ޖެހުން.