ޚަބަރު / އައްޑޫ

އައްޑު އަށް މާސްކާއި ސެނިޓައިޒާގެ އިތުރު އެހީތައް

އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލް (އޭއީއެޗް) އަށް މާސްކާއި ސެނިޓައިޒާ ފަދަ އަސާސީ މެޑިކަލް ސާމާނުގެ ދަތިކަން ކުރިމަތިވެފައިވާ ކަމަށް ބުނުމާ ގުޅިގެން އެކި ފަރާތްތަކުން ތަކެތި ހަދިޔާކުރަން ފަށައިފި އެވެ.

މިދިޔަ ހޮނިހިރު ދުވަހުގެ ރޭ ހެޕީ މާކެޓްގެ ފަރާތުން ހޮސްޕިޓަލަށް ސެނިޓައިޒާ އަދި ހިތަދޫ ސުވާދިވް ކެފޭ އިން 300 މާސްކް ހަދިޔާކޮށްފައި ވަނިކޮށް މިއަދު ވެސް އިތުރު ސާމާނުތަކެއް ދެ ފަރާތަކުން އައްޑު އަށް ވަނީ ހަދިޔާކޮށްފަ އެވެ.

އައްޑޫ ހޮސްޕިޓަލާއި ސިއްހީ މަރުކަޒުތަކަށް އެހީގެ ތަކެތި ފޯރުކޮށް ދިނުމުގެ ގޮތުން ރައްޔިތުންގެ މަޖިލީހުގެ ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް މިއަދު ވަނީ 1،500 މާސްކާއި ސެނިޓައިޒާ ހަދިޔާކޮށްފަ އެވެ. މި ތަކެތި އައްޑޫ ހޮސްޕިޓަލާ ހަވާލުކުރަނީ މޯލްޑިވްސް ރެޑް ކްރެސެންޓް މެދުވެރިކޮށެވެ

މީގެ އިތުރުން ހިތަދޫގެ ކުލަބެއް ކަމަށްވާ އެފްސީ ޒެފިއާ އިން މިއަދު ވަނީ ކޮވިޑް-19 އާ ދިމާކޮށް އައްޑޫގައި ގާއިމުކުރި އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އީއޯއީސީ) އަށް ގިނަ ތަކެތި ހަދިޔާކޮށްފަ އެވެ. އެ ކުލަބުން ހަދިޔާކުރި ތަކެތީގެ ތެރޭގައި ހިމެނެނީ 500 މާސްކާއި 2،000 އަންގި އާއި 50 ފުޅި ސެނިޓައިޒާ އާއި ފަސް ފުޅި ޑިސްއިންފެކްޓަންޓާއި 86 ފުޅި ހޭންޑް ވޮޝް އެވެ.

މި ތަކެއްޗާ އީއޯސީގެ ފަރާތުން ހަވާލުވެވަޑައިގެންނެވީ އައްޑޫ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) އެވެ. އަދި އައްޑޫ ސިޓީ ކައުންސިލުން ވަނީ ޒެފިއާ އިން ވެދިން އެހީ އަށް ޝުކުރު އަދާކޮށްފަ އެވެ.

އައްޑޫގައި އެކަށީގެން ވަރަށް މާސްކާއި ސެނިޓައިޒާގެ އިތުރުން ޕާސަނަލް ޕްރޮޓެކްޝަން އިކްޕަމްޓް (ޕީޕީއޭ) ނެތް ކަމަށް އޭއީއެޗުން ބުނެފައި ވަނިކޮށް ހޮނިހިރު ދުވަހުގެ ރޭ ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ވަނީ އެ ތަކެތި އައްޑޫގައި އެކަށީގެންވާ ވަރަށް އެބަހުރި ކަމަށް ބުނެފަ އެވެ.

އެގޮތުން ހޮސްޕިޓަލްގައި 289 ގައުންސް (ރައްކާތެރި ވުމަށް އަޅާ ހެދުން)، 1،306 ސާޖިކަލް މާސްކް، 59 އެން-95 މާސްކް އަދި 133 ފުޅި ސެނިޓައިޒާ ހުރި ކަމަށް ބުންޏެވެ.

21 ކޮމެންޓް, 21 ރިއެކްޝަންސް

icon happy icon happy 48%
icon sad icon sad 10%
icon angry icon angry 43%
icon wow icon wow 0%
icon inlove icon inlove 0%
The name is already taken The name is available. Register?

ކޮމެންޓްތައް

އެންމެ ފަސް މަގުބޫލް

އޮނަރަބްލް އަފީފު ދީދީ

11 May 2020

މަޖިލިސް މެންބަރަކަށް ހުންނަވައިގެން ހަމައެކަނި އިކްއިޓޯރިއަލް ހޮސްޕިޓަލަށް އަސްލަމް އެހީވުމަކީ ވަރަށްބޮޑު މައްސަލައެއްނޫންތޯ؟ # މިހެން މިދެންނެވީ އައްޑޫގެ އިޤްތިސޯދީ ހާލަހު ބަދަލު ކުރުމަށާއި ގޭންއެއަރޕޯޓް ތަރައްޤީ ކުރުމަށް ބާރު އަޅަން މަޖިލީހުގެ ތެރެއިން މަސައްކަތް ކޮށްދިނުމަށް އެދުމުން އަސްލަމް ބުނީ "މަޖިލީހުގައި ވާހަކަ ދެއްކޭނީ މުޅި ރާއްޖޭގެ ކަންކަމުގެ މައްޗަށް" ކަމަށާއި ވަކިބައެއްގެ ވާހަކަ ތިހެން ނުދެއްކޭނެ ކަމަށް ކަމުގައިވާތީ.

The name is already taken The name is available. Register?

އަނތަރީސް

11 May 2020

500 މާސް 3 ބަޔަށް އަޅާފަ. ޒެފިޔާގެ ލޭބަލް. އަސްލަމް އާއި ކައުންސިލަށް ކުރިމަތިލާފަ ހުރި މީހެއް ދެން ހުރީ. މިއޮއްފަދަ ރޯދަމަހު މީހުން ކުރާ ކަހަލަ ކަން ތަ މީ. އަނތަރީސްވޭ.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2020

މަޖިލީހުގެ ގޮނޑި ލިބިވަޑައިގަތުމުން މުޙައްމަދު އަސްލަމް ވެސް އައްޑުމީހުނާއި ސިޓީގެ ކަންކަމުގެ މަތިން ހަދާންނައްތާލާފައި ގެންގުޅުނީ ޖައްމޫ އެންޑް ކަޝްމީރު ނޭޝަނަލް ކޮންފަރެންސްގެ ބާނީ ފާރޫޤް އަބުދުﷲ ފަދަ މީހަކަށް. # ކޮންގްރެސް ޕާޓީއާއި ސިއްރިޔާތުގައި ގުޅިވަޑައިގެން "ކަޝްމީރީ ވަތަނީ މީހަކަށް ހެދިގެން އުޅުނު ފާރޫޤް" ގެ ޙަޤީގަތް އެގި އޭނާގެ މަޤުބޫލުކަން ގެއްލި މޯދީގެ ސިޔާސަތު ކަޝްމީރުމީހުން ބަލައިގަނެ ފާރޫގު ބާކީވިގޮތަށް އަސްލަމްވެސް ތިހިރީ ބާކީވެފަ.

The name is already taken The name is available. Register?

ތުއްތުނާ 2

11 May 2020

ޤިޔާމަތްދުވަހުގައި ޢަރްޝީގެ ހިޔާވަހިކަން ނޫންއެހެންއެއްވެސް ހިޔާވަހިކަމެއްނުވާ ދުވަހު އެހިޔާވަހިކަން ލިބެނިވި ހަތް މީހުންގެތެރޭގައި ސިއްރުން ޞަދަޤާތް ކުރާމީހާ ހިމެނެއެވެ..،.....އަދި ޞަދަޤާތެއްކޮށް އޭނާގެ ކަނާއަތުން ޞަދަޤާތްކުރިއެއްޗެއް ވައަތަށްވެސް ނޭގޭހާވަރަށް އެކަން ސިއްރުކޮށްފިމީހާއެވެ..،..... ވީމާ ޞަދަޤާތް ސިއްރުން ކުރުމަކީ ޚާއްޞަ ދަރުމަތަކެއް ލިބިގެންދާ ކަމެކެވެ......

The name is already taken The name is available. Register?

އަނީސާ ސެސެލެ

11 May 2020

ޑރ ޝަކީލާއަކީ އައްޑު އަތޮޅައް ހެޔޮއެދިގެން ކަމެއްކޮއްދޭނެ މީހެއްނޫން އޭނަކޮއްދޭކަމެއްގެ ފަހަތުގަ އޮންނާނެ ކޮންމެވެސްކަހަލަ ނުބާރޭވުމެއް!!

The name is already taken The name is available. Register?

ށިދްއދެދެަ22

11 May 2020

އެސްޓީއޯ އިން މާސްކް ނުވިއްކާ އެހެން ބަޔަކުވެސް ނުވިއްކާ. ކިހިނެއް އަސްލަމް އަށް ލިބުނީ. ކޮވިޑްގެ ކުރިން ގެ ސްޓޯރަކަށް ހެދީތަ ؟

The name is already taken The name is available. Register?

އިކުލީލު

11 May 2020

ހެޔޮ ނުވާނެ ނު މިހެން ހަދަން. މީހުން އަތުން އަތުލާފަ ތިމަންނަ މެން ދިން އެއްޗިއްސޭ ބުނަން. އިޚްލާސްތެރިކަމެއް ހުރި ނަމަ މުސާރައިގަ އަތެއް ނުލާނެ މިދަނޑި ވަޅަކު.

The name is already taken The name is available. Register?

އޮނަރަބްލް އަފީފު ދީދީ

11 May 2020

ޑރ ޝަކީލާ ހިންގަވާ ހޮސްޕިޓަލާއި ހެޕީމާކެޓް ގެ ވެރިޔާގެ ކްލިނިކް މާރޖްކޮށް ކައުންސިލަށް ރަމްޒީ ޙިއްސާއެއްދީގެން އައްޑޫގައި އޭޑީކޭއާއި ޓްރީޓޮޕް ހޮސްޕިޓަލަށްވުރެން ކާމިޔާބު ބައިނަލްއަޤުވާމީ މެޑިކަލް ސެންޓަރެއް އުފައްދާ ރާއްޖޭގައި މެޑިކަލް ޓްއަރިޒަމް ފެއްޓުމުގެ ފުރުސަތު އެބައޮތް. # ދައުލަތުން ހިންގާންޖެހޭ ސަރުކާރުހޮސްޕިޓަލަށް ބޭނުންވާސާމާނު މާލޭސަރުކާރުންނުދޭތީ ދިމާވާމައްސަލަ ހައްލުކުރެވޭނީ މިފަދަ ބަދަލެއްގެނެސް ރައްޔަތުންނަށް ޗޮއިސްއެއް ދީގެން.

The name is already taken The name is available. Register?

ޚޫސަނި

11 May 2020

ކޮބާ ސަރުކާރު ލަދެއްނުގަންނާނެ

The name is already taken The name is available. Register?

ގަލަންދާރު

11 May 2020

ކައުންސިލް ޔައުމިއްޔާގަ ލިޔެގެން ބައްދަލުވުމަކުން ފާސްކޮށްގެން ކޮވިޑް މަސައްކަތްކަތަށް ޚާއްސަކުރި 1 މިލިއަން ރުފިޔާއަށް ކުރީ ކީއްހޭ. ރައްޔިތެއްގެ ޙައިސިއްޔަތުން މަ ބޭނުން އެޚަރަދުތަކުގެ ތަފްޞީލު ބަލަން. ސައިޕާޓީ ހަދަންތޯ އެލާރި ބޭނުން ކުރީ. ނޫނީ އެއްވެސް ކޮވިޑް ސާމާނެއް އެއަށް ގަތްތޯ. ދަތި އުނދަގޫ ވިޔަސް ޓްރާސްޕޭރެންސީ އާއި ޑިމޮކްރެޓިކް ޕްރިންސިޕަލްތައް އެއްކިބާ ނުކުރެއްވުމަށް އިލްތިމާސް ދަންނަވަން.

The name is already taken The name is available. Register?

އިތުރު ލިޔުންތައް

މަގްބޫލް ލިޔުންތައް

Daily News Digest

Deliver popular news headlines to your inbox!

Subscribe

Download Mihaaru News App

Offline Alerts

SMS 'sub mihaaru' to 5454