ކްރައުން އެންޑް ޗަމްޕާއިން ހިންގާ ހުރަވަޅި ރިސޯޓުގެ އަންޑަވޯޓާ ރެސްޓޯރެންޓު--
16 މެއި 2020 - 19:38
ރާއްޖޭގައި ގިނަ އަދަދެއްގެ ރިސޯޓުތައް ހިންގަމުން އަންނަ ކްރައުން އެންޑް ޗަމްޕާ ރިސޯޓްސް (ސީސީއާރު) ގެ ރިސޯޓްތައް، ރާއްޖޭގައި ކޮވިޑް-19 ފެތުރެން ފެށުމުން ބަންދުކުރުމަށް ފަހު އަންނަ ޖުލައި 1 ގައި ހުޅުވަން ތައްޔާރުވާން ފަށައިފި އެވެ.
ޗަމްޕާ ކުންފުނިން ރާއްޖޭގައި ނުވަ ރިސޯޓާއި ހޮޓެލްއެއް ހިންގަ އެވެ. މީގެ ތެރޭގައި ހުރަވަޅި ރިސޯޓާއި ކުޑަދޫ މޯލްޑިވްސް އާއި އިންނަހުރާ އާއި ކޮމަންޑޫ މޯލްޑިވްސް އާއި ވެލިގަނޑު ރިސޯޓާއި ކުރެއްދޫ އާއި ވިލަމެންދޫ އާއި މީރު އައިލެންޑް ރިސޯޓް އަދި ޗަމްޕާ ސެންޓްރަލް ހޮޓެލް ހިމެނެ އެވެ.
ކޮވިޑް-19 އިން ރައްކާތެރިވުމުގެ ގޮތުން ރާއްޖޭން ބޭރުން މީހުން އައުން ކޮންޓްރޯލްކޮށް ދަތުރުތައް ހުއްޓާލުމާ އެކު ޓޫރިސްޓުން އައުން ހުއްޓި އިގްތިސާދަށް ވަނީ ހީނަރުކަން އައިސްފަ އެވެ. ނަމަވެސް ޖުލައި މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލަން ސަރުކާރުން އަންނަނީ މަސައްކަތްކުރަމުންނެވެ. އެހެންވެ ސީސީއާރުން ވަނީ އެ ކުންފުނީގެ ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ މީހުންނަށް ހާއްސަ އޮފާތަކެއް އިއުލާންކޮށްފަ އެވެ. މި އޮފާތަކުގެ ތެރޭގައި ބޮޑެތި ޑިސްކައުންޓުތައް ލިބޭ "އާލީ ބާޑް" އޮފާތައް ހިމެނެ އެވެ. މި އޮފާތައް މުޅި އަހަރަށް ދެމިގެންދާނެ ކަމަށް އެ ކުންފުނިން ވަނީ އިއުލާން ކޮށްފަ އެވެ.
ސީސީއާރު ރިސޯޓުތަކުގައި ޗުއްޓީ ހޭދަކުރަން ބޭނުންވާ ޓޫރިސްޓުންނަށް މިހާރު ވެސް ބުކިން ހެއްދުމުގެ ފުރުސަތު ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މިހާރު ބުކިން ހައްދާ ފަރާތްތަކަށް 10 ޕަސެންޓް ފައިސާ ދެއްކުމަށްފަހު ޗުއްޓީ ހޭދަކުރާ ދުވަސް ގާތްވުމުން ބާކީ ބައި ދެއްކޭނެ އެވެ.
ރާއްޖެއިން ކޮވިޑް-19 ފެނުމާ އެކު ގިނަ އަދަދެއްގެ ރިސޯޓުތައް ވަނީ ބަންދުކޮށްފަ އެވެ. މީގެ ތެރޭގައި ސީސީއާރުގެ ހުރިހާ ރިސޯޓެއް ހިމެނެ އެވެ. ނަމަވެސް ސަރުކާރުގެ ޕްލޭނާއެކު އަންނަ ޖުލައި މަހު ހުރިހާ ރިސޯޓުތަކެެއް ހުޅުވާލެވޭނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.
ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވިގޮތުގައި ރާއްޖޭގެ ޓޫރިޒަމް އަލުން ހުޅުވާލެވޭނެ ޕްލޭނެއް މިހާރު ވަނީ އެކުލަވާލައިފަ އެވެ. އެ ޕްލޭނުގައި ލަފާކޮށްފައިވާ ގޮތުން އަންނަ ޖުލައި މަހު ނުވަތަ އޮކްޓޯބަރު މަހު ޓޫރިސްޓުންނަށް ރާއްޖެ ހުޅުވާލެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
Copyright © 2025 Mihaaru · Terms and Conditions · Privacy Policy
ކޮމެންޓްތައް
ކްރައިން
17 May 2020
ތިޔަ ކްރައުން ހުޅުވިޔަސް ނުހުޅުވިޔަސް، ސަރުކާރަށް ދަންނަވަން އޮތީ، މިމީހުން ބޭނުންހާ ގޮތަކަށް ރާއްޖޭގެ ރައްޔިތުންގެ މުދާ ބޭނުންކުރުމަށް ހުއްދަނުދޭށޭ. ޓޫރިޒަމްގެ ފައިދާ މިހާރަށްވުރެ ބޮޑަށް ރައްޔިތުންނަށާ ރާއްޖޭގެ ތަރައްޤީއަށް ކޮންޓްރިބިއުޓް ކުރަން ޖެހެޔޭ. ދިވެހިންނަށް ވަޒީފާ ދިނުމުގެ އިންސައްތަ މަތިކޮށް، ސޯސިއަލް ރެސްޕޯންސިބިލިޓީ ބޮޑުކޮށް، މި ވިޔަފާރީގަ އާއްމު ރައްޔިތުންނަށްވެސް ހިއްސާވެވޭގޮތަށް ސަރުކާރުންވެސް މި ވިޔަފާރިތެރެއަށް ވަންނަންވީ.
އެސްކޮބާރ
17 May 2020
ވީމާ ކަނުލާ އަޑުއަހާ. ރާއްޖޭގެ ޓޫރިޒަމް މިއަހަރުތެރޭ ރަގަޅުވެ ގިނަ އާމްދަނީ ލިބޭނެކަމަށް ދުށުމަކީ ގޯހެއް. ރަށްރަށުގައި ދަނޑުވެރިކަމާއި މަސްވެރިކަން ފުޅާކުރުމަށް ސަރުކާރުން މީހުންނަށް އެހީދެެއްވާ. ވަރަށް މަދު ޓޫރިސްޓުން އަޔަސް މިއަހަރުތެރޭ އެކަށީގެންވާގޮތަކަށް ޓޫރިޒަމުން ނަފާ ނުލިބޭނެ. ރިސޯޓުތަކުގައި އުޅުނު މަސައްކަތްތެރިން ރަށްރަށުގައި އާމަސައްކަތް ފެއްޓުމަށް ވިސްނާ. އާއިލާތައް މާލެއިން ރަށަށް ބަދަލުކުރޭ. ދެން އޮތީ ދަތި ދުވަސްތަކެއް. 2/2
އެސްކޮބާރ
17 May 2020
ތައުލީމީ ވަޒީރު މަދަރުސާތައް ބަންދުނުކުރާން ގަދަހައްދަވަނިކޮށް ބެލެނިވެރިން ދަރިން މަދަރުސާއަށް ނުފޮނުވުމަށް ބުނެ ކޮމެންޓްކުރިން. މާލޭގައި ތޮއްޖެހިގެންއުޅޭ ބަންގާޅީންގެ މެދުގައި ހިތާމަވެރި ކާރިސާއެއްގެގޮތުގައި ކޮވިޑް ފެތުރިގެންދާނެތީ އެކަމަށް ހައްލެއް ގެންނަން ގޮވާލައި މާޗްމަސްތެރޭ ކޮމެންޓްކުރިން. ޓެސްޓްކުރުމުގެ ގާބިލްކަން އިތުރުނުކުރެވޭނަމަ މިހާރު މިފެންނަ މައްސަލަތައް ފެންނާނެތީ ޓެސްޓްކުރުން އިތުރުކުރަންވެސް ދޮޅުމަސްކުރިން ކޮމެންޓްކުރިން. 1/2
ޑރފަލަޑޭ
16 May 2020
އަފީފްދީދީ ހަމަ ޖެހިބަލަ. މިހާރު ނޫހުގަ މިހެން ލިޔެފަ އޮތަކަސް ހުރިހާ ެިސޯޓެއް 1 ޖުލައިގަ ހުޅުވާގޮތަށް އިއުލާންކޮށްފަ އޮތީ. ޔުނިވާސަލްވެސް.
އޮނަރަބްލް އަފީފު ދީދީ
16 May 2020
ރިސޯޓްތައް އަލުންހުޅުވާން ފުރުސަތުދޭންވާނީ ރިސޯޓްތަކާއިބެހޭ ޤާނޫނު ފުރިހަމައަށް ތަންފީޒުކުރެވޭނެގޮތްހަދާ ރިސޯޓްގައި ދިވެހިންނާއި ބިދޭސިން ގެންގުޅޭއަދަދު ލިޔެކިއުމުންސާފުކޮށްއިގޭނެފަދަ ވަސީލަތެއްޤާއިމްކޮށްފަ. # އަދި މަހުންމަހަށް ރިސޯޓްމުވައްޒަފުންނަށް މުސާރަދޭތޯއާއި ޓްއަރިޒަމް ޤާނޫނާއިއެއްގޮތަށް "ވައްކަން ކުރުމެއްނެތި" ގެސްޓުންއަތުންނަގާ ސޭވިސްޗާރޖް މުވައްޒަފުންގެމެދުގައި މަހުންމަހަށް އިންސާފު ވެރިކަމާއިއެކު ބަހާކަން ޔަޤީންވާނެ ގޮތްތަކަކާއިއެކު.
ޚަނަ
17 May 2020
މި ބޭބެ ލޮލުފިޔައެއްވެސް ނުޖަހާ އަބަދު ކޮމެންޓުކުރާނީ
ހަސަނު
16 May 2020
ގައުމަށް ފައިސާ ލިބޭ ހަމަ އެކަނި ގޮތަކީ ތުރިޒަމް.. ޓޫރިޒަމް އަލުން ފަށައިގެން ނޫނީ ގައުމަށް އާމްދަނީ ނުލިބޭނެ.. މުޅި ގައުމު ހިންގާ ވަރަށް ލޯނެއް ނުލިބޭނެ.. ހަރުކަށި އުސޫލުތަކަކާއެކު ނަމަވެސް ރިސޯޓު ތައްވެސް، ގައުމުގެ އިގްތިސާދީ އެހެން ހަރަކާތްތައްވެސް އެބަ ޖެހޭ ފަށަން....
އޮނަރަބްލް އަފީފު ދީދީ
16 May 2020
ތިމަންނާމެންނަކީ "ކަތިވަޅިހިފައިގެން ރަށްކޮށާން ނިކުތްމީހުނޭ" ކިޔައި އަދި ޓްއަރިޒަމް ފައްޓާންއުޅުމުން ކާކުހޭ ތިތަނަށް އަންނާނީ ކިޔައިގެން ޔޯރޮޕް މީހުން މަލާމާތްކުރިއޭ ބުނާ އަމިއްލައަށް ބާނީންގެ ޝަރަފު ހޯދަން އުޅޭމީހުންގެދަށުގައި ވެގެންތިބޭކަށް ނުޖެހޭ. # ފަތުރުވެރިކަމުގެ ޙަޤީގީ "ބާނީންނަކީ" ގެސްޓްމީހާއަށް ހިދުމަތްކުރާންތިބޭ މީހުން ފަތުރުވެރިކަން ރާއްޖޭގައި ފެއްޓުމަށް މާލޭސަރުކާރަށް ލަފާދިނީ އިޤިރޭސި ދައުލަތުންކަން އެމީހުންގެ ތާރީޙްގައި އެބައޮތް.
އޮނަރަބްލް އަފީފު ދީދީ
16 May 2020
ރިސޯޓްތަކަށް ވަޒީފާއަށް ދާ މީހުން (ކުރިން ތިބި މީހުނާއި އަލަށް ދާ ކުދިންވެސް) ފުރަތަމަ ދެމަހު ތިކުދިންގެ މުސާރަ ބަރާބަރަށް ނުދީ ގެސްޓުން އަތުންނަގާ ސޭވިސްޗާރޖް ޤާނޫނާއިއެއްގޮތަށް ބަހަމުންނުދާނަމަ މިފަހަރު "އެންމެން އެކުއެކީގައި ގުޅިގެން" ޙައްޤުހޯދުމަށް ތެދުވާންޖެހޭނެ. # ވަކިވަކި ރިސޯޓްތަކުން މިކަންކުރުމުގެ ބަދަލުގައި ދުވަސް ކަޑައަޅާ "ޙައްޤު ހޯދުމަށް" ހުރިހާ ރިސޯޓަކުން އެއްފަހަރާ ތެދުވެ ދުނިޔޭގެ މީޑިޔާގެ ސަމާލުކަން މިފަހަރު ހޯދަންވާނެ.
އޮނަރަބްލް އަފީފު ދީދީ
16 May 2020
ފުރިހަމަ ހިސާބު ޖެހުމަކުން ހިސާބުޖަހާ އާއިލާއާއި ދުރުގައި ދަރިންނަށް ލޯބިނުދީ ރެއާއި ދުވާލު އެހެން މީހަކު މުއްސަނދިކޮށްދިނުމަށް އެތެރޭގައި ހުރި ހިތް ދަތިކަން ފޮރުވައި ގެސްޓްމީހާއަށް ހިނިތުންވުން ދައްކައިގެން ޙަޤީގީ ހާލަތާއި ދިމާ އިދިކޮޅަށް މަސައްކަތް ކުރުމަށް ނިކުންނާނީތޯ ނުވަތަ ރަށުގައި ހުރެގެން ލިބޭ ކުޑަކުޑަ އާމްދަނީން ދިރިއުޅެން ދަސްކޮށް އާއިލާއާއިއެކު އުފާވެރި ހިތް ހަމަޖެހޭ ދިރިއުޅުމެއް ރަށުގައި އުޅޭނީތޯ ނިންމަވާ. ރިސޯޓް ލައިފަކީ އާއިލާ ބިކަކޮށްލާކަމެއް.
އަންޑާޕޫލްމާ
16 May 2020
ބުރޯ ޑޮލަރާނުލާ މިޒަމާނުގާ ކިހިނެއް ދިރިއުޅޭނީ.
އޮނަރަބްލް އަފީފު ދީދީ
16 May 2020
ހަނިމާދޫއާއި ގޭންއެއަރޕޯޓް ކައިރީގައި ހުރި ރަށްރަށުގެ ގެސްޓްހައުސްތައް ކުރިއަށްއޮތް 2 އަހަރުދުވަހަށް އެންމެންއެއްބަސްވެގެން ބެޑް އެން ބްރެކްފާސްޓް ރޫމަކަށް 50 އެމަރިކާ ޑޮލަރަށް ވިއްކަންފައްޓަވާ ބޮޑު ފައިދާއެއްނެތަސް ގެސްޓްހައުސް ވިޔަފާރި ވައިގަހިފާގޮތް ހަދާ ސަރަހައްދަށް ޓްއަރިޒަމް ފުޅާކުރަން މަސައްކަތް ކުރަށްވާ. # ވަޒީފާއިން ވަކިކުރި އަދި މުސާރަނުދީ ފޮނުވާލި ކުދިންކޮޅުގެ ތަޖުރިބާގައި މިކަން ކޮށް ރަށުގައި ތިބެވޭނެގޮތެއް ޤުތުބާންވެހެންވެސް ހޯދާ.